THEE QADAR DHEVE INSAANAKEE [PART 9]

ނިތްކުރިއަށް އަރައިގެން ދިޔަ ރޫތަށް ފިލުވާލަމުން ފުންނޭވާއެއް ޝަބާ ބޭރުކޮއްލިއެވެ. އަދި ލޯގަނޑު ކުރިމަތިން އެއްފަރާތް ވެލާފައި އަޅުވާފައި ހުރި ތުވާލިން އޭނާގެ މޫނު ފޮހެލައިފިއެވެ. އަދި ފާޚާނާގައި އެއްޗެހި އަޅުވަން ހަރުކޮއްފައި ހުރި އެސްލޯން ހޮޅިކޮޅުގައި އަޅުވާފައި އޮތް އޭނާގެ ބުރުގާ ނަގާ އެޅިއެވެ. ދެވަނަ ފަހަރަށް ލޯގަނޑު ބަލާލީ ބުރުގާ ހެޔޮވަރު ކޮއްލުމުގެ ބޭނުމުގައެވެ. ލާފައި ހުރި ދޫހެދުން ގަޔަށް ރީތިކޮއްލަމުން ފާޚާނާއިން ނުކުމެގެން އައިސް އެނދުގައި ޝަބާ އޮންނަ ފަރާތުގައި އޮށޯވެއްޖެއެވެ. ޝަބާ ކޮޓަރިއަށް ވަނީއްސުރެން އެކޮޓަރީގައި ވަނީ ހަމަހިމޭންކަމެވެ. ނާއިލު އަނގައިން ނުބުނާތީ ޝަބާއަށްވެސް އިތުރަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އިރުކޮޅަކު އޮތުމަށްފަހު މަޑުމަޑުން ދެލޯ މަރާލީ އަރާމުކޮށް ދެން ނިދާލަންވީ އޭ ހިތާއެވެ. ނަމަވެސް ކަމެއް ހަދާންވެގެން އަވަސް އަވަހަށް މޯބައިލް ފޯނު ބޭއްވުނު ތަނެއް ހޯދިއެވެ. އަދި ފޯނު ފެނުމުން އެނދު ކައިރީ ހުރި ސައިޑް ޑޭބަލްގެ މަތީ ބޭއްވީ ފޯނު ނިއްވާލާފައެވެ. މިފަހަކަށް އައިސް ޝަބާ ކޮންމެ ރެއަކުވެސް ފޯނު ނިއްވާލަނީ ނަވާލު ގުޅާފާނެތީއެވެ.

ނާއިލުގެ ހާލު ހަމަ އެހެން ރޭ ރެއެކޭ އެއްފަދައެވެ. އޭނާގެ ލޮލާ ނިދިވަނީ ރުޅިވެފައެވެ. ފިކުރުވަނީ ގިނަވެފައެވެ. ބޮލުގައި ނުކެނޑޭ ރިހުމެއްވަނީ އުފެދިފައެވެ. ޝަބާ އާއިމެދު ދެވޭ ޚާއްޞަ ކަމާއިއެކު ހިތާ ސިކުނޑީގައިވަނީ އެތަކެއް ހާސް ސުވާލުތަކެއް ފުނިޖެހިފައެވެ. އަދިވެސް ދެކޮޅު ހަދަމުންދަނީ ޝަބާ އާއި ވާހަކަދެއްކުމާއިމެދުއެވެ. ޒަމީރު އެކަމަށް ގޮވާލިޔަސް އިޖާބަދޭން ބޭނުންނުވަނީއެވެ. މިކަހަލަ ސަކަރާތެއްގައި އޮވެފައި ސައިޑް ޓޭބަލް މަތީ ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. ބާރަގަޑި ބައިވަނީއެވެ. މިހާރު ޝަބާ އޮންނާނީ ނިދިފައި ކަމުގައި ނާއިލު ޔަގީން ކުރިއެވެ. ޝަބާއަކީ އެނދުގައި ފުރޮޅޭ އަންހެން ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ. ފުރަގަސް ދީގެން ކިތަންމެ އިރަކު ޝަބާ އެއޮންނަ ގޮތަށް އޮވެދެއެވެ. ނިދީގައި ނާއިލާއި ދިމާލަށް ނޭބުރޭ ކަމެއް ނޭނގެއެވެ. ޔަގީންނުންވެސް އަދި ނާއިލަށް އެފަދަ ގޮތަކަށް އޭނާ އާއި ދިމާލަށް ނިދީގެ ތެރޭގައި ޝަބާ އެނބުރިގެން އޮއްވާ ފެނިފައެއްނެތެވެ. އަރާމު ނިދީގައި ޝަބާ ވީތީ އެކަމާވެސް އޭނާގެ ހިތް ހަސަދަވެރިވިއެވެ. އެކަނިވެރިކަން އޭނާ ވަށާލަމުން ދިޔައިރު ޝަބާއަށް އެކަމުގެ އެއްވެސް ހިލަމެއްނުވާތީ އެގޮތް ނާއިލަށް ކަމަކު ނުދިޔައެވެ. ކުއްލިއަކަށް ޝަބާ ހޭލައްވާލަން ހިތަށް އެރިއެވެ. ޝަބާގެ ނިދިނަގާލާ މުޅި ރޭ ހަރާބު ކޮއްލަންވީއޭވެސް ހިތަށް އެރިއެވެ. ފިކުރުގައި އޮތް ނާއިލު ދިޔައީ ސިއްސައިގެންނެވެ. ކޮންމެވެސް މީހަކު އެކޮޓަރީގައި ޓަކިދިނީއެވެ. ކާކުބާއޭ ހިތަށް އަރާ ތަންކޮޅެއް ބާރަށް އެސުވާލު ކޮއްލަން ހިތަށް އެރިއެވެ. އެހެންނަމަވެސް އަނގައިން އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެވަނަ ފަހަރަށް ޓަކިޖަހައިފިއެވެ. ދެން ފެނުނީ ނާއިލަށް ފުރަގަސްދީގެން އޮތް ޝަބާ ތެދުވިތަނެވެ.

“ނީލްބެ އައީ ކަންނޭގެ” އެނދުން ތެދުވެ ނާއިލަށް ބަލާލަމުން ޝަބާ ބުނެލިއެވެ. އަދި އަޅައިގެން ހުރި ޑަބަލްނެޓު ފޮތީގެ ބޮޑު ބުރުގާ ރަނގަޅުކޮއްލުމާއިއެކު ދޮރު ހުޅުވަން ދިޔައެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަބާގެ ހަރަކާތްތަކަށް ނާއިލުގެ ނަޒަރު ހުއްޓާލައިގެން އޮތެވެ. އޭރު ޝަބާ އޮތީ ނުނިދާކަން ނާއިލަށް ޔަގީން ކުރެވުނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރުގެ ބޭރުން އެހެންޏާ ފެންނަ ފަނޑުއަލިކަމެއް މިރެއަކުނެތެވެ. މީހަކު ފެންނަން ނެތުމުން ޝަބާ ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮއްލީ ވަރަށް ޖެހިލުންވެފައި ހުރެ ލަސްލަސްހުންނެވެ. ވަށައިގެންވަނީ ކަޅު އަނދިރިކަމެވެ. އެކޮޓަރީގެ ނިދާ ބޮކިން ދޮރުން ބޭރަށް އެޅިފައިވާ ފަނޑުއަލިކަން ފިޔަވާ އެހެން އެއްވެސް އަލިކަމެއް ގެޔަކު ނެތެވެ. ޝަބާ ބޯއަރިކޮއްލާފައި ލޯހިމަކޮއްލަމުން އެއްޗެއް ފެނޭތޯ ތަންކޮޅެއް ބޮޑަށް އަނދިރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ.

“ނީލްބޭ…” ޝަބާ އަނދިރީގެ ތެރޭން ހިލަމެއް ނުވިކަމަކު ގޮވާލިއެވެ.

“ލައިޓު ނުޖެއްސިގެން މިއުޅެނީ… އާދެބަލަ…” ފިރިހެނެއްގެ އަޑު ސިޓިން ރޫމުގެ ތެރެއިން އިވުނެވެ. އަޑުއައި ކޮޓަރި އާއި ތަންކޮޅެއް ދުރުން ކަމަށްވާތީ އެހެން ބުނީ ކާކުކަމެއް ޝަބާއަށް ޔަގީނެއްނުވިއެވެ. އޭނާއަށް ކޮޓަރިއަށް ދެމިގަނެވުމާއިއެކު ބަލާލެވުނީ ނާއިލުއަށެވެ. އަދިވެސް އޭނާ އެއްޗެއް ބުނާކަށް ގަސްދެއް ނުކުރެއެވެ. ޝަބާ ހިތްހަމަނުޖެހުނެއެވެ. އަމިއްލަ ހިތާ ނާއިލުގެ ޝަކުވާ ކޮއްލުމަށްފަހު ސައިޑް ޓޭބަލް މަތީ އޮތް ފޯނު ނަގާ ހުޅުވާލުމައިއެކު އޭގައިވާ ލައިޓު ދިއްލާލައިފިއެވެ. އަދި ކޮޓަރީގެ ދޮރުލައްޕާލަމުން އަދިވެސް އެއްފަހަރު ނާއިލަށް ބަލާލިއެވެ.

“އެބަ އަންނަން، ބޭރު ލައިޓުތަކަށް ކޮންމެވެސް ކަމެއްވެގެން އެއުޅެނީ، އެއްކޮށް އޮތީ އަނދިރިވެފަ، ކޮންމެވެސް މީހަކު އެބަ އުޅޭ ސިޓިން ރޫމުގަ… ނީލްބެހެން ހީވަނީ، ލަހެއްނުވާނެ އިނގޭ” ނާއިލު އެއްޗެއް ނުބުނިކަމުގައި ވިޔަސް ޝަބާ އޮޅުން ފިލުވާދިނެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓެއްކަމަކު ނާއިލުގެ ހިތް އޭނާގެ މައްޗަށް ރުހެން ޝަބާ ބޭނުންވީއެވެ. މަޑު މަޑުން ކޮޓަރީގެ ދޮރު ލައްޕާލާފައި ސިޓިން ރޫމަށް ނުކުތުމަށް އޮތް ހިމަ މަގުން ލާފައި ޝަބާ ދިޔައީ ފޯނުގައި ދިއްލިފައި ހުރި އަލީގެ އެހީގައެވެ. ދުރުދުރަށް އަލިކުރަމުންނެވެ. ވަށައިގެންވި ކަޅު އަނދިރިކަމުގެ ތެރޭގައި ޝަބާ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގަނެފައެވެ.

ކުއްލިއަކަށް ސިޓިން ރޫމުގެ ފާރު ކައިރީ ހުރި މީހަކު ޝަބާގެ އަތުގައި ހިފާދަމައިގަނެއްޖެއެވެ. މޭގަނޑު ތެޅިގަތްގަތީނުން ހީވީ އަނގައިން ނުކުމެދާނެހެންނެވެ. ސިހިގެންގޮސް ބިރުގަތްވަރުން ޝަބާއަށް ހަޅޭލަވައިގަނެވުނެވެ. އެހެންނަމަވެސް އަޑެއް ނުނިކުތެވެ. ކޮންމެވެސް މީހަކު އޭނާ ހުރީ ފާރާލާ ތަތްކޮއްލާފައެވެ. އެމީހެއްގެ އެއްއަތްވަނީ ޝަބާގެ އަނގަމަތީ އެޅިފައެވެ. ހަޅޭކުގެ އަޑު ނުނިކުތީ އެހެންވެއެވެ. އަތުތެރޭ ބާރުކޮއްލެވިފައި އޮތް ފޯނުގެ އަލި އެމީހާގެ މޫނަށް ޝަބާއަޅުވާލިއެވެ. އެއާއިއެކު މުޅި މީހާ ތެޅިގަތެވެ. ގައިގާ ހުރި ބާރެއް ލާފައި ސަލާމަތްވާން ބޭނުންވެގެން ތެޅިގަތް ކަހަލަ ގޮތަކަށެވެ. އޭނާގެ ކުރިމަތީގައި ހުރީ ނަވާލެވެ. އޭނާގެ މޫނަށް ޝަބާގެ ފޯނުގެ އަލި އެޅުމާއިއެކު ވަރަށް ބާރަށް އަތުން ޖަހާ ޝަބާގެ ފޯނު ބުރުވާލައިފިއެވެ. އޭތި ގޮަސް ޓައިލްސްތަކުގެ މަތީގައި ޖެހުނުތަން ފެނުނެވެ. އެއާއިއެކު އެފޯނުގެ ބައިތަށް ވަކިވަކިވެގެންދިޔައެވެ. އަނެއްކާވެސް ޝަބާ ހަޅޭލެވޭތޯ އުޅުނެވެ.

“މަށަށް ފިލަފިލައިގެން އުޅެވޭނެކަމަށްތަ ހީކުރީ، އަހަރެން ރީތިގޮތުގަ ޝަބާ ގާތު ނޭދެންތަ، އަހަރެންގެ ހިތަށް ތަދުކުރަން އުޅޭގޮތް އަހަންނަށް ނުފެންނަ ކަމަށްތަ ހީކުރީ” ނަވާލު، ޝަބާ އާއި ގާތްވެލާފައި ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެވަގުތު ޝަބާ ވާހަކަދައްކާކަން އޭނާގެ އަނގަމަތީގައި އަޅާފައި އޮތް ނަވާލުގެ އަތަށް އިޙްސާސް ކުރެވިގެން ދިޔައެވެ. އެހެންވެ މަޑުމަޑުން އަތްދުރަށްޖައްސާލިއެވެ. އެވެސް ޝަބާގެ މޫނުގައި ފިރުމާލަމުން ދަތްދޮޅީގައި ހިފާ އުފުލާލާފައެވެ.

“އަހަންނަކީ ނާއިލުގެ މިލްކުގައިވާ އޭނާގެ މީހެއް، ނަވާލުގެ ބަހެއް އަހަރެންގެ މައްޗަކަށް ނުހިނގާނެ، ކިހިނެއްވެގެންތަ ތިއުޅެނީ، އަހަންނަކީ ނަވާލުގެ ކާކުކަން ހަމަ ނޭނގިގެންތަ ތިވައްތަރަށް ތިއުޅެނީ، ތިހާ ދަށްފެންވަރަކަށް ނަވާލު ވެއްޓިދާނެއޭ އަހަރެން ހިތަކަށްވެސް ނާރާ…” ޝަބާގެ ތުންފަތުގައި ނަވާލު ދެއިނގިލި ޖައްސާ ބާރުކޮއްލިއެވެ.

“ކީއްވެތަ ލެކްޗަރު ތިދެނީ، އައި ނޯ ހޫ ޔޫ އަރ، ބަޓް އައި ނޯ އައި ވޯންޓު ޔޫ ސޯ ބޭޑްލީ، އައި ކާންޓް ސްޓޭ އަވޭ ފްރޮމް ޔޫ… ރުހުމުގައި އެއްފަހަރުވެސް އަހަންނަށް ބަލާލަބަލަ، އަހަންނަށް މަޖުބޫރު ނުކޮއްބަލަ މިހެން ބާރުގެ ބޭނުންކުރަން” ނަވާލުގެ އަޑުގައިވަނީ މަސްތުވެރި ގޮތެކެވެ. ޝަބާ އާއި އެހާ ގާތުގައި އޭނާ ހުރިއިރު އޭނާގެ ހަށިގަނޑުން ދުވާ ފިރިހެންވަންތަ ސެންޓުގެ ވަހުންވެސް ޝަބާ އިތުރަށް ހާސްވިއެވެ. އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާއިމެދު ބިރުގަތެވެ. އަވަސް އަވަހަށް ހިތާ ހިތާ ދުޢާ ކޮއްލެވުނެވެ. މިމުސީބާތުން އޭނާ ސަލާމަތްކޮއްދެއްވާތޯއެވެ.

“ކިތަށް ފަހަރުތަ ބުނަންވީ އަހަންނަކީ ނާއިލުގެ އަނބިމީހާއޭ، އަހަރެންގެ ހުރިހާ އެއްޗަކީ އޭނާގެ ހުރިހާ އެއްޗެއް، އަހަރެން ވަރަށް ފޫހިވޭ ނަވާލު ދެކެ، އެއްފަހަރުވެސް ރުހުމުގަ ނަވާލަށް ބަލާލާކަށް ބޭނުމެއްނޫން، ތިމާގެ އަންބަކު ހުރިކަން ހަނދާނެއް ނެތްތަ، އަހަރެން މޯނާއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އެހެންނޫނީ ތިކަން ހުއްޓާލާ، ނާއިލު ގާތުވެސް ބުނާނަން” ޝަބާ ގަދަހަދަމުންދިޔައެވެ. ނަވާލު، ޝަބާ ކިޔާ އެއްޗަކަށް މާބޮޑު ފަރުވާލެއްނެތި އޭނާގެ އަތުގެތެރެއަށް ޝަބާ ލާ ފިއްތާލިއެވެ ދެހަށިގަނޑު އެއްވެފައި ވާ ކަހަލައެވެ. ޝަބާ ބިރުން ތެޅިފޮޅެމުންދިޔައެވެ. ދޫކޮއްލުމަށާ އެހެން ނުހެދުމަށް އެދި ނަވާލަށް އާދޭސްކުރަމުންދިޔައީ، އޭނާއަށް ނަވާލުގެ ހަށިގަނޑުން ކަމެއް ފާހަގަ ކުރެވިގެންނެވެ. ނަވާލުގެ އެދުންވެރިކަން ބޮޑުވެފައިވާކަން ޝަބާއަށްވެސް އިޙްސާސް ކުރެވެން ފެށިއެވެ. ހިފަހައްޓާގަނެގެން ޝަބާގެ ބުރުގާ ބޭލުމަށް ނަވާލު މަސައްކަތް ކުރަމުން ދިޔައެވެ. ޝަބާއަށް ރޮވިއްޖެއެވެ.

 “ނާއިލު ނާއިލު ނާއިލު… އެއީ ފިރިހެނެއްތަ، އޭނަ ޝަބާ ބޭނުންވެގެނެއްނޫޅޭ، އެހެންނޫނަސް އޭނައަކީ އަންހެނެއްގެ އެދުން ކީއްކުރަން، އަމިއްލަ އެދުންވެސް އަމިއްލައަށް ފުއްދާލެވޭނެ މީހެއްނޫން، އަހަރެން ކުރިންވެސް ބުނިންދޯ ޝަބާ ބޭނުންވަނީ ނާއިލު އާއިއެކު އުޅެންކަމުގައިވާނަމަ އެގޮތްވެސް އަހަންނަށް ކަމުދެޔޭ، އެކަމަކު އެއްފަހަރު ނޫނީ ދެފަހަރަކު އަހަރެން ގާތަށް… އަސްލު ޝަބާވެސް ހިތްހަމަޖައްސާލާކަށް ބޭނުމެއްނުވޭތަ، އަހަންނަށް އެނގޭ ތީ ކުރީގަ މީހަކާ އިނދެފަހުރި މީހެއްކަން، އެހެންވީމަ ބޭނުންތަކާ، ހުރިހާ ހިއްސެއްވެސް މަސައްކަތް ކުރާނެކަން…” ނަވާލުގެ ވާހަކަ މެދުކަނޑާލީ ޝަބާއެވެ.

“ހެޔޮނުވާނެ، ﷲ އަށް ޓަކައި ކަލޭ ބިރުވެތިވެބަލަ، އަހަންނަކީ ކަލެއަށް ހުއްދަކުރެވިފައި އިން އަންހެނެއް ނޫން، ކަލެއާއި އެއްރަޙިމުގައި އޮތް ލޭގެ ހައްޤަކަށް އަރައިގަންނައިރު ހިތެއްވެސް ނެތީތަ، އާދޭސް ކުރަން، އަހަންނަކީ ނިކަމެތި އަންހެން ކުއްޖަކީމު، އަހަރެންގެ ހާލައިގެން ދޫކޮއްލާ، އާދޭސް ކުރަން… ކޮންމެ ފާފައަކަށްވެސް ތަޢުބާ ވުމުގެ ފުރުޞަތު އަހަރުމެންނަށް އޮވޭ، ނަވާލު ހެޔޮވިސްނުމަށް އާދެބަލަ، އަމިއްލަ އަނބިމީހާ އާއިމެދު ވިސްނާލަބަލަ، ނިކަމެތި ބޭބެގެ ޙައްޤަކަށް އަތްގަދަނުކުރޭ ނަވާލް، އާދޭސް ކުރަން… ﷲ ގެ ކޯފާ އާއިމެދު ބިރުގަނެބަލަ… ނޫން…ނޫން …ނޫން” ޝަބާއަށް ތަންކޮޅެއް ބާރަށް ރޮއެގަނެވުނެވެ. ދެންފެނުނީ ނަވާލުގެ އަތަށް އޮޅާލި ޝަބާގެ ބުރުގާއެވެ. އަދި ކޮއްޕާލިގޮތުން ފާރުގައި ގޮސް ޝަބާ ޖެހުނުގޮތުން އަޑުކިޔައިގެން ދިޔައެވެ. ނަވާލުގެ ހޫނު ނޭވާތަށް ޝަބާގެ މޫނާ ކަރާއި ކަންފަތާ ކަނދުރާއަށް އިޙްސާސް ކުރެވެމުންދިޔައިރު ނަވާލުގެ އެއްއަތް ހުރީ ޝަބާގެ ކަރުގައި ހިފަހެއްޓިފައެވެ. ދޭތެރެއަކުން ކަރަށް ބާރުވެގެން އެއަތުގައި ޝަބާގެ ދެއަތުން އެލިގަނެވެއެވެ. ނަވާލުގެ އަތަކީ އެކަތައިގެ އަތެކޭ އެއްވަރެވެ. އޯކަށް ދެމޭއަޑުނޫން އަޑެއް ކަރުބުޑުން ނުނިކުތެވެ. ދެލޯ ރަތްވެ މީހާ ކަރުނުން ތެމެމުންދިޔައެވެ. ބޮލުގައި ޖަހާފައި ހުރި ހުޅި ނައްޓާލުމާއިއެކު ޝަބާގެ އެރީތި ދިގު ފަށުވި އިސްތަށިގަނޑު ނިއުޅާލިއެވެ. ނަވާލުގެ ކަންތައް އެހިސާބުން ނިމުނީކީ ނޫނެވެ. ބިމުގައި ދެފައި ތަޅައިގަތް ޝަބާ ނަވާލުގެ އަތުން ދެއަތް ދޫކޮއްލުމަށްފަހު އޭނާގެ ހެދުމުގައި ހިފަހައްޓަން މަސައްކަތް ކުރިއެވެ. އޭރު ނަވާލު މަޑުމަޑުން ޝަބާގެ ދިގު އެހެދުން މައްޗަށް އެރުވޭތޯ މަސައްކަތް ކުރަނީއެވެ.

“އަހަރެން ބޭނުންވެއްޖެ ކޮންމެ އެއްޗެއް އަހަންނަށް ލިބޭނެ، އެއެއްޗެއް ނުލިބެނިސް އަހަންނަށް ހިންދެމިވެސް ނުލެވޭނެ… އަހަރެން ހިއެއްނުކުރަން ތީ ނިވާވެގެން އިން ބިއުޓީ ކުއީނެއް ކަމަކަށް، އައި ލަވް ޔޯ ހެއަރ… ވާ… ތިހާ ރީތި ކުޑަކަޅުވައެއް އަހަންނެއް އަދި ދުވަހަކުވެސް ނުދެކެން… ހަންގަނޑު ހާދަ އޮމާނޭ…” ނަވާލުގެ އަޑުވެސް ޝަބާއަށް ހީވަނީ ނުބައި ޝައިތާނީ އަޑެއްހެންނެވެ. ޝަބާގެ އަރުގައި އަޑުތާށިވެފައި ހުއްޓެއްކަމަކު ހިތުގެ ދޫ އަދިވެސް ހަރަކާތް އެބަ ކުރެއެވެ. އޭނާގެ ނަފްސުގެ ރައްކާތެރިޔަކީ އޭނާ މިދުނިޔެއަށް ނޭވާލުމަށް މިންވަރު ކުރެއްވި އާލަމްތަކުގެ ވެރިފަރާތްކަމުގައި ޤަބޫލުކޮށް އެކަމަށް ދުޢާކުރިއެވެ. ޝައިތާނާގެ ކިބައިގެން ސަލާމަތްކޮއްދެއްވާ އޭނާގެ ފިރިމީހާއަށް އޭނާ ރައްދުކޮއްދެއްވުން އެދިއެވެ. އޭނާގެ ހާލައިގެންނެވެ.

ޝަބާ ރޯއަޑާއިއެކު ޓައިލްސްތަކުގައި އޭނާގެ ދެފައިތަޅާއަޑު މުޅިތަނުގައި ހަރުލާފައި ހުއްޓެވެ. ސިޓިން ރޫމު ދޮރުގެ ތަޅުވަޅަށް ތަޅުދަނޑި ކޮއްޕާލި އަޑެއް، ދޮރުހުޅުވުނު އަޑެއް ނަވާލަކަށް ނީވެއެވެ. ކުއްލިއަކަށް ދިއްލިގެން ދިޔަ ހުދު ލައިޓުގެ އަލިން ވަށައިގެންވި މާޙައުލު އަލިވެގެން ދިޔައެވެ. ޝަބާގެ ކަރުގައިވި އެކަތައިގެ އަތް ކުއްލިއަކަށް ދޫވެގެން ހިނގައްޖެއެވެ. ޓައިލްސްތަކުގެ މައްޗަށް ޓަސްލާފައި ޝަބާ ވެއްޓުނީ އެއްވެސް ބާރެއްނެތް މީހަކުހެންނެވެ. ސިޓިން ރޫމު ދޮރު ލައްޕާލަން ހަނދާން ނެތިފައި ދެލޯ ބޮޑުކޮށްގެން ނީލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އައިނައިގޮތެއް ނޭނގި ފެނުނީ މީކާ އައިސް ނަވާލުގެ މޭގައި އަޅާ ކޮއްޕާލިތަނެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ ކުޑަކުއްޖަކު ފަދައިން ފިރުކިފައި ޝަބާ އައިސް އޭނާގެ ބުރުގާ ނަގާ ބޮލަށް މަހާލިއެވެ. އަދި ފާރުގައި އަތްވިއްދާލަމުން ތެދުވަން އުޅުނު ވަގުތު މީކާ އައިސް ޝަބާއަށް އެހީވުމަށް އޭނާގެ ގައިގާ އަތްލަން އުޅުނު ވަގުތު ސިއްސައިގެން ގޮސް އަނެއްކާވެސް ޝަބާ ވެއްޓިއްޖެއެވެ. އަތުން ހަނާއަޅާލިގޮތުން އޭނާގެ ގައިގާ އަތްނުލާށޭ ބުނާކަހަލައެވެ. ނަވާލު ދުވެފައި އައިސް ސިޑިން އަރައިގެން މައްޗަށް ހިނގައްޖެއެވެ. މީކާއަށް ހާސްވެފައި ހުރެ ފަހަތަށް ޖެހިލެވުނެވެ. އެވަގުތު ޝަބާ އެހުރީ ވަރަށް އާދަޔާއި ހިލާފު ޚާލެއްގަކަން މީކާއަށް ވިސްނުނެވެ. ޝަބާ އޭނާގެ ދެފައި މައްޗަށް ތެދުވިގޮތަށް މީކާއަށް ބަލާލިއެވެ. އޭރުވެސް އޭނާ ރޮނީއެވެ. ތުރުތުރު އަޅަ އަޅާއޮތް އަތަކުން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާފައި މީކާއަށް ބަލަމުން ދިޔައެވެ. ޝަބާ އެބުނަން މަސައްކަތް ކުރަނީ ކީކޭކަންވެސް އޭނާއަށް ނަގައިގަނެވުނެވެ. އަވަސް އަވަހަށް މީކާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ޝަބާ ފާރުގައި ޖެހެމުން އަރިއަޅަމުން ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.

މިރޭވެސް ޝަބާ ބޭރަށް ނުކުންނަން މޮޅު ރޭވުމެއް ރޭވީކަން ނާއިލަށް ހީވެ އެކަން ހިތުގައި އަޅައިގެން އޮތެވެ. ޝަބާ ވަން އަޑުއިވި، އެ ދިމާލަށް ބަލާލުމާއިއެކު  ތަރުތީބު ގެއްލިފައި ހުރި ޝަބާ ފެނުމުން އޭނާގެ ރުޅި އަމިއްލަ ކޮންޓްރޯލުން ބޭރުވެގެން ދިޔައެވެ.

“ކޮބާ މިރެއަށް ނިމުނީތަ، އަންނަންވީ ދޯ، ކުރިއަށް މިއޮތް ދެތިން ރެއަށް ވާވަރަށްތަ ތިއައީ އަނދިރި ހިއްކާފަ، ނޫނީ މާދަމާރޭ އެހެން ކަމެއް ދޯ އޮތީ…” ނާއިލުގެ އަޑު ބާރެވެ. ދޮރުފަތުގައި ޖެހިގެން ހުރި ޝަބާގެ ކޯތާފަތުންލާފައި ފައިބަމުންދިޔަ ކަރުނަ ނާއިލަކަށް ނުފެނެއެވެ. އަދި ޝަބާ އެހުރީ ކޮންފަދަ ހާލެއްގަ ކަންވެސް އޭނާއަށް އަންދާޒާކޮއްލަންވެސް ނޭނގެއެވެ. އެހާ ސަމާލުކަން އޭނާއަށް ޝަބާއަށް ނުދެވުނީއެވެ. އޭގެ ބަދަލުގައި ހިތުގެ އުދާސްކަން ޝަބާއަށް ބޭރުކޮއްލަން އޭނާ އޮތީ ބޭނުންވެފައެވެ. ނާއިލުގެ ޖުމްލަތަކުން އިތުރަށް ޝަބާގެ ހިތްރޮއްވާލިއެވެ. ދުވަހަކުވެސް ދެރަނުވާވަރަށް އޭނާ މިރޭ ދެރަވެ ހިތުގައި ޖެހިއްޖެއެވެ.

“އަހަންނާއިއެކު އުޅެން ބޭނުންކަމަށް ހެދިގެން ޝަބާ ކީއްވެތަ އުޅެނީ، މީހުންނަށް އެކަހަލަ އޮޅުވާލުމުގެ މަންޒަރުތައް ނުދެއްކިއްޔާ ރަނގަޅުވާނީ، ނޫނީ އެބައޮތް އެހެން ގޮތެއް… ޝަބާ ބޭނުންވަނީ އަހަންނާއިއެކު ދެމަފިރިންހެން އުޅެންށެންނު، އަހަރެން މިހިރީ ތައްޔާރަށް… ޝަބާއަށް ވާނެތަ އެކަން… އަނބިފިރިކަމުގެ ގުޅުން ހިންގަން އަހަރެން ބޭނުން، މިރޭ މިވަގުތު، ޝަބާއަށް އެކަން ވާނެތަ، ހެ ހެ ހެ… އަހަންނަށް އެނގޭ ޝަބާ ފިރިމީހާވެގެން އުޅުނަކަސް އެކަމެއް ނުވާނެ ކަން، އަހަރެންގެ ހާލައިގެން އަހަރެން އުޅެދާނަން، ޝަބާ ކޮންމެހެން އަހަންނަކަށްވެސް އެހެން މީހުންނަކަށްވެސް މާ ގޮތްދައްކައިގެން އުޅޭނެކަމެއް ނެތް، ތިގޮތް ހުއްޓާލާ…” ނާއިލުގެ ދޫބަންދުވީ ކުއްލިއަކަށެވެ. އޭނާގެ ގާތުގައި އައިސް ހުއްޓުނު ޝަބާ ފެނިފައެވެ. ރަތްވެފައި ހުރި ދެލޮލުން ނާއިލަށް ބަލަން ހުރުމަށްފަހު ބޮލުގައި އޮތް ބުރުގާ ބާލާ ބިންމައްޗަށް ވައްޓާލައިފިއެވެ. ނާއިލުގެ ހިތުގައި އެޖަހާލީ ކޮންކަހަލަ ވިންދެއްކަމެއް ނޭނގެއެވެ. އޭނާ އެއޮތީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެއްނޫނެވެ. އެކަމަކު އޭނާގެ ނަޒަރު ޝަބާ އާއި ވަތްކެއްވެސް ނުކުރެވުނެވެ. އަނގައިން ބަހެއްވެސް ނުބުނެވުނެވެ. މުޅި މީހާ ގަނޑުވެ ދެލޯ ބޮޑުވެފައި އޮތެވެ. ނާއިލު ބަލަބަލާ ހުއްޓާ ޝަބާގެ ހަށިގަނޑުގައިވި ދޫހެދުންވެސް ޓައިލްސްތަކުގެ މައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު ބޭއިޙްތިޔާރުގައި ނާއިލަށް ދެލޯމަރާލެވިއްޖެއެވެ. ހަޤީޤަތުގައި އޭނާ ދެންމެ ޝަބާއަށް އެބުނި ޖުމްލަތަކަކީ އޭނާ ބޭނުންވެގެން ބުނި ޖުމްލަތަކެއް ނޫނެވެ. އެކަމަކު އޭނާގެ ދުލުން ބޭރުކުރެވުނު އެންމެ ލަފްޒެއްވެސް އަނބުރާ ނުގެންދެވޭނެއެވެ. ކުއިލްޓުގެ ތެރެއަށް ވަން ޝަބާގެ ހަށިގަނޑު ނާއިލުގެ ގައިގާ ޖެހުނު ވަގުތު އޭނާއަށް ހީވީ ކަރަންޓު ޝޮކެއް އައިހެންނެވެ. ޝަބާގެ ހަށިގަނޑުގެ ފިނިކަމުންނެވެ. ޝަބާގެ މޫނަށް ނާއިލު ބަލާލިއިރު އެމޫނުގައި މީގެ ކުރިން ދުވަހަކުވެސް ނުފެންނަހާ ވޭނާ ހިތްދަތިކަން ފޮރުވިފައިވާތަން ފެނުނެވެ. ސިކުނޑީގެ މައްޗަށް ބާރުފޯރުވާ ޝަބާގެ ބީހުންތައް ހުއްޓުވަން އޭނާ ބޭނުންވިއެވެ. އެކަމަކު އަލަށް މިކުރެވޭ އިޙްސާސްގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އެފަދަ ހިތްގައިމު އަސަރެއް މުޅި ހަށިގަނޑަށް ކުރިވި މީ ފުރަތަމަ ފަހަރެވެ.

ކޮންމެ ބީހިލުމަކާއިއެކު ޝަބާގެ ހިތް ފޮތިވެގެންދެއެވެ. ލެވޭ ކޮންމެ ފުންނޭވާއެއްގައި އެތަކެއް އާހްތަކެއް ފޮރުވިފައިވިއެވެ. ޚަޔާތުގައި އައި އެންމެ ހިތްދަތި ކުރުވަނިވި ވޭނުންފުރިގެންވި ރޭކަމުގައި މިރޭ ވެގެން ހިނގައްޖެއެވެ. ފިރިމީހާއަށްޓަކައި އޭނާ ނުކުރާނެ ކަމެއް ނޯންނާނެކަން އޭނާގެ ވެރި ރަސްކަލާނގެ ދެނެވޮޑިގެން ވާނެއެވެ.

ހަށިގަނޑުގައި އުފެދެމުންދިޔަ ބުނެދޭންނޭގޭ ކަރަންޓުގެ އޮއެވަރުގައި ޖެހި ނާއިލުގެ ދެލޯ މެރެމުންދިޔައެވެ. އޭރުވެސް އޭނާއަށް ކުރެވެމުންދިޔަ އިޙްސާސްތަކާއި އެހުރިހާ ކަމެއްގެ އަސްލު ގުޅުފިއިވަނީ ޝަބާ އާއި ކަމެއް ޤަބޫލު ކުރަން ދަތިވެފައި އޮތެވެ. އެފަދަ ހިތްވަރެއް ޝަބާއަށް ލިބެންވީ ސަބަބަކާއިމެދު އޭނާއަށް ވިސްނުނެވެ.

* * * * * * * *

ނާއިލުގެ އުމުރުގެ ބޮޑުބައި ހޭދަވެގެން ދިޔައީ ކިޔެވުމުގައެވެ. އޭނާއަކީ އެހެން ފިރިހެނުން ހެން އަންހެނުންނާއި މާ ދޯޅުވެގެން އުޅޭ މީހެއް ނޫނެވެ. ރަޝިޔާގައި އެންމެފަހުން ހޭދަކޮއްފައި އައި ދުވަސްކޮޅަކީ އޭނާގެ ހަޔާތް ފުރަތަމަ ފަހަރަށް ބަދަލުވެގެން ދިޔަ ދުވަސްވަރެވެ. “ލޯބި” މިލަފްޒަކީ އާމު ލަފްޒަކަށްވިޔަސް އޭއީ ކިހާ ބާރުގަދަ، އެތަކެއް އިޙްސާސްތަކެއް އެލަފްޒަކާއި ގުޅިފައިވާ ލަފްޒެއްކަން ނާއިލުއަށް ފުރަތަމަ ފަހަރަށް އެނގުނީވެސް އޭރުއެވެ. މަޑުމައިތިރި މިޒާޖަކާއި ކަންތައްތަކާއި ފިކުރު ހިންގުމަކީ ނާއިލުގެ ތަބީޢަތެވެ. ޢާއިލާގެ ތެރޭގައި އޭނާ ޚާއްޞަވެގެން ދިޔައީވެސް އެހެންވެ ކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ.

“ހާދަ ދުވަހެއް ފަހުންނޭ މަންމަމެން ގާތަށް ތިއައީ، އެވަރަށް އާދޭސް ކުރީމަވެސް، ދަރިފުޅު މާލެ އަންނާނެ ކަމާއިމެދު މަންމަ ހުރީ ޝައްކެއްގެ މަތީގަ” ސަމީރާއަށް ނާއިލު ފެނުމުން ބުނެލެވުނެވެ. އަވަސް އަވަހަށް އެދަރިފުޅުގެ ހިދުމަތަށް ހުސްވެލި ކަހަލައެވެ. ސަމީރާގެ ލޮލަށް ނާއިލު ފެނުނީއްސުރެން އޭނާގެ އަތުން ދޫކޮށެއް ނުލިއެވެ.

“މަންމާ، އަޅުގަނޑު ކިޔަވާ ނިންމާފަ އަންނަން އޮތީ ހަމަ މަންމަމެންގެ ގާތަށް” ނާއިލު، ސަމީރާ ގެނެސް ގަޔާ ކައިރިކޮއްލަމުން މިހެން ބުނެ ބޮޑު ކޮޓަރީގެ ސޯފާގައި އިށީނދެއްޖެއެވެ.

“އެއީ ތެދެއްނު ސަމީރާ، އެހެންނޫނަސް އަހަރުމެން ދަރިއަކު މޮޅު ޑޮކްޓަރަކަށް ވުމީ މިޢާއިލާއަށްވެސް ލިބޭ ކިހާ ބޮޑު ޝަރަފެއް” ހިނިއައިސްފައި އިންނެވި އަސްލަމް ބުނުއްވިއެވެ.

“ކޮބާތޯ ހުރިހާ އެންމެން” ނާއިލު ގޭގެ އެކި ދިމާލަށް ނަޒަރު ހިންގާލަމުން ބުންޏެވެ.

“ކޮން ހުރިހާ އެންމެނެއް، ނަވާލު ދޯ ތި ހޯދަނީ… އޭނައެއް މިހާރު ނުފެންނާނެ” ނާއިލުގެ ފަހަތުން އަޑު އައުމާއިއެކު އޭނާ ބަލާލިއެވެ. އޭރު ފޮށިތައް އެތެރެއަށް ވައްދާފައި ނީލް އަންނަނީއެވެ.

“ހެ ހެ ހެ… އެހެންތަ، މަންމާ، ބައްޕާ، އަޅުގަނޑު ފްރެޝްވެލަން ކޮޓަރިއަށް ދިޔަޔަސް އެންމެ ރަނގަޅު ތޯ” ނާއިލު ބުނެލިއެވެ. އަސްލަމް އާއި ސަމީރާ ހިނިއައިސްފައި ތިބެ ބޮލުން އާނއެކޭ ބުނުމުގެ ގޮތުން އިޝާރާތްކޮއްލިއެވެ.

ނީލް ގޮވައިގެން ސިޑިން އަރައިގެން ދިޔަ ނާއިލު ހުރީ ވަރަށް ގިނަ ސުވާލު ކުރަން ބޭނުންވެފައެވެ. އޭނާގެ ކޮއްކޮ ނަވާލާއި ގުޅޭ ގޮތުންނެވެ.

“ތުއްތޮން، ނަވާ ގާލްފްރެންޑެއް ގެންގުޅެނީތަ، އަޅުގަނޑަށް ހީވީ އެކަހަލަ ވާހަކައެއްހެން ތުއްތޮން ބުނަން އުޅުނީ” ނާއިލު ބުނެލިއެވެ.

“ޔޫ އަރ ރައިޓް، ފާޑެއްގެ އަންހެން ކުއްޖަކާއިއެކު އެގޭގަ ވަރަށް ގިނައިން އުޅޭ، ހެނދުނު ހޭލި ގޮތަށް ހީވަނީ އެގެއަށްހެން އެދިޔައީ” ނީލް ބުނެލިއެވެ. އޭނާގެ ވާހަކަ ހުރި ގޮތުން ނަވާލުގެ އުޅުމާމެދު ނީލް އެހާ ހިތްހަމައެއް ނުޖެހެއެވެ.

“ކޯލް ހިމް، ޓެލް ހިމް އައި އެމް ހޯމް” އުފާވެރި ރާގެއްގައި ނާއިލު ބުނެލިއެވެ. ހީވަނީ އޭނާ އެހުރީ ނަވާލާއި ބައްދަލު ކޮއްލާ ހިތުން ކެތްމަދުވެފައި ހެންނެވެ.

ފެންވަރާލައިގެން ނުކުމެ އަލަމާރި ހުޅުވާލި އިރު އޭނާގެ އެތަށް އަންނައުނެއް އަލަމާރީގައި ހުއްޓެވެ. ހިރަފުހުގެ އަސަރެއް އެއިން އެއްވެސް އެއްޗެއްގައެއް ނުވެއެވެ. ކޮޓަރިވެސް ވަނީ ވަރަށް ސާފުކޮށެވެ. ހިތްގައިމު މަޑުމަޑު ވަހެއް އެކޮޓަރީގައި ހަރުލާފައި ހުއްޓެވެ. ނާއިލު ހިތާ ހިތުން އޭނާގެ މަންމައަށް ތަޢުރީފު ކުރިއެވެ. އެއީ މަންމަގެ މިންނަތް މަސައްކަތްކަން އޭނާއަށް ޔަގީންވެއެވެ. އަލަމާރިން ނެގި ޓީޝާޓެއް ނާއިލު ގައިގާ ޖައްސާލި އިރު ތަންކޮޅެއް ކުރުވިއެވެ. އެހެންވެ ދެން ހުރި އެއްޗެހިވެސް ބަލާލާހިތެއް ނުވިއެވެ. އަވަސްވެ ގަތީ ފޮށި ހުޅުވުމަށެވެ. އޭގައި ރަބަރު ވެކިއުމް ކޮތަޅު ތަކަކަށް ލާފައި ހުރި އޭނާގެ ދާއެއްޗެހި ނެގިއެވެ. އަދި ތަރުތީބުކޮށް ހުރި ބައިން ކަޅާ ރަތުގެ، ފުޅާ ރޮނގު ތަކެއް ދަމާފައި ހުރި ގަމީހެއް ނަގައިގަން އައިސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. އޭނާ ރީތިވާން ގެންގުޅޭ ހުރިހާ ސާމާނެއް އޭރު ހުރީ ރީތިވާ މޭޒުގެމަތީ އަތުރާލާފައެވެ. ބޮޑީ ސްޕްރޭ ފުޅި ނަގާ ނާއިލުގެ ހަށިގަނޑަށް ޖަހާލީ ވަކި އުސޫލެއްނެތިއެވެ. ދިގު އިސްކޮޅާއި އެއްވަރަށް ލޯގަނޑުގެ ދިގުމިން ނެތުމުން ކުޑަކޮށް ގުދުވެލާފައި ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލްކޮއްލިއެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރި ވުމަށް އޭނާ ދިޔައީ ތައްޔާރުވަމުންނެވެ.

“ހާއި ބީބީ…” ކާކޮޓަރިއަށް ދިއުމަށް ކޮޓަރިން ނުކުން ނާއިލަށް ނަވާލުގެ އަޑުއިވުނެވެ. ދެބެންނަށް އެކަކު އަނެކަކު ފެނުމުން އުފަލުންގޮސް ހިފައިގަނެއްޖެއެވެ. ބާރު ހިނިގަނޑެއް ދެމީހުން ޖަހާލުމާއިއެކު އެކަކު އަނެކަކަށް ބަލާލީ، އެތަކެއް އަހަރު ތަކެއްވަންދެން ނުފެނި ހުރުފައި ފެނުމުން، ދެމީހުންނަށްވެސް އައިސްފައި ހުރި ބަދަލުތައް ދެނެގަންނަން ބޭނުންވެފައި ހުރި ހެންނެވެ.

“ކޮންއިރަކު ބިލްޑު ކުރަން ފެށީ” ހައިރާންވެފައި ހުރެ ނާއިލުއަށް އަހާލެވުނެވެ.

“މިހާރު ޓޫ މަންތްސް ވަރަކަށް ވެދާނެ، ހިތަށް އެރީ ބޮޑީ ފިޓު ކޮއްލަން، މިހާރު މިއުޅޭ އަންހެން ކުދިންނަށް ކަމުދަނީ ހުރިހާ ދިމާލެއްގަވެސް ގޮޅި ގޮޅި ޖަހާލާފަ ހުރީމަ” ބެލްކަނީ ފާރުގައި އަތްއަޅުވާލަމުން ބުނެލިއެވެ.

“އޯ، އެހެންވީމަ ތީ ގާލަކަށްޓަކައި ކުރާ މަސައްކަތް ދޯ” ނާއިލު ހެވިލާފައި ބުނެލިއެވެ.

“ނޫނޭ ވަކި އެހެނެއްނޫން، ދެން ބީބީ ބުނެބަލަ، އެކޮޅުގަ އުޅޭ އިރު ވަރަށް ދޮންކުދިންނާ ދިމާވާނެ އެންނު، ޑޯންޓް ޓެލް މީ ޔޫ ޑޯންޓް ހޭވް ސަމްވަން ސްޕެޝަލް” ނަވާލު ބުނެލިއެވެ.

“އަހަރެން ނަވާއަށް ދޮގެއް ހަދަންވީ ކީއްކުރަން، ހަމަ ސީރިއަސްކޮއް، އަދިއެއް ނެތް އެކަހަލަ އެއްވެސް މީހެއް… އެކޮޅުގަ ހާދަ ބުރައޭ” ނާއިލު ބުނެލިއެވެ.

“ބީބީ ހާދަ ހިކިއްޖެއޭ، އެކޮޅުގަ ޖިމްތަކެއް ނުހުރޭތަ” ނަވާލު، ނާއިލުގެ ގޮނޑުގައި އަތްޖަހާލަމުން ބުނެލިއެވެ.

“ކެއުން ސަކަރާތީ، ގިނަ ފަހަރަށް އެންމެން އެކުގައި ތަނަކަށް ކާލަން ދާން ވަރަށް މަދު ފަހަރަކު ޓައިމްވަނީ، އެންމެން އުޅޭ ގޮތް އަހަންނަށް ކަމުނުދާނެކަން ނަވާއަށް އެނގޭނެ، ގިނަ ފަހަރަށް އަމިއްލައަށް ކައްކާލައިގެން ކަނީ، އަހަންނަކީ ދުވަހަކުވެސް ކެއްކި މީހެއް ނޫން، ބަދިގެ ފެންނަ ހިސާބަށް ނުދާ މީހަކަށް އެއްޗެއް ކައްކާކަށް ނޭނގޭނެއެންނު، އެހާލުގަ އުޅޭ މީހުން ދެންވެސް އުޅެނީ، ހަތަރުވަރަކަށް މީހުން އެކުވެގެން އެޕާޓްމެންޓެއް ނަގައިގެން އުޅެނީ، މަންމައަށް އެނގިއްޖެއްޔާ ފަހެއް ނުޖެހޭނެ އެކޮޅަށް ގޮސް އަހަރެން ކައިރީ މަޑުކުރާކަށްވެސް، މަށެންނު ލަދުން ހަލާކުވާނީ… ނޫންތަ… ހެހެހެ… އަދި އެނގޭތަ ކޮންމެ އެއްޗެއް ކެއްކިޔަސް ހުންނަނީ ޗަސްވެފަ… އެއީ ވާވަރަކީ…” ނާއިލު ހެމުން އޭނާ ބޭރުގައި އުޅޭ ގޮތުގެ ވާހަކަ ކިޔާދިނެވެ.

ދެބެންގެ ވާހަކަ މެދު ކެނޑުނީ ކޮޓަރިން ނުކުން ނީލް ފެނިފައެވެ. ތިންމީހުން އެކުގައި ކާކޮޓަރިއަށް ދިޔައެވެ. ނާއިލު އާއި ނަވާލު ދައްކަން ހުރި ވާހަކަ ވަރަށް ގިނައެވެ. ކައިނިމިގެން ޢާއިލާ އާއިއެކު ބޮޑުކޮޓަރީގައި މަޑުކޮއްލެވުނީ މަދު ވަގުތުކޮޅެއްގައެވެ. ނަވާލު އޭނާގެ ކާރު ދުއްވުމުގެ ހުނަރު ނާއިލަށް ދައްކާލަން ބޭނުންވެގެން ދެމީހުން އެކުގައި ނުކުތީ މާލޭގެ މަގުތަކުގައި ކާރު ދުއްވާލުމަށެވެ.

“ބައްޕަ ބުނުއްވި މިކާރު އަހަންނަށް ދިނިއްޔޯ” ނަވާލު ފޮނިގޮތަކަށް ހުންގާނު ބުރުގައި ދެއަތުން ހިފާލާމުން ބުނެލިއެވެ.

“ރަނގަޅެންނު، ދެން ގާލްފްރެންޑް ލައިގެން ދުއްވަން އޮންނާނެ އެންނު، ނަވާ، އަދިވެސް އޭނާ އާއި ބެހޭ ގޮތުން އެއްޗެއް ނުބުނަމެންނު” ނާއިލު ބުނެލިއެވެ.

“އަދި ރައްޓެއްސެއްނުވަން، ހަމަ ފްރެންޑްސް… އެގެއަށްދަނީވެސް ފްރެންޑްސް ގޮތުގަ، ބައްޕަގެ ބިޒްނަސް ފްރެންޑެއް މޯނާ އާއި މަނާރްގެ ބައްޕައަކީ، އެދެމީހުންނަކީވެސް އަހަރެންގެ މިހާރު ތިބި އެންމެ ގާތް ދެރަޙްމަތްތެރިން، މާދަން މޯނިންގަ އެމީހުން އަންނާނެ މިގެއަށް، މަންމައަށްވެސް އެމީހުން ފެނިފަ ތިބީ، ތުއްތޮން އެހާ ލައިކެއް ނުވާހެން މަށަށް ހީވަނީ…” ނަވާލު ވިސްނާލާފައި ބުނެލިއެވެ.

“ތުއްތޮންގެ ގޮތް އެނގެއެންނު، އެއީ މަންމަގެ ފޭވަރިޓް، އަސްލު ނަވާލު އުޅޭގޮތުން ހިތްހަމަނުޖެހެނީ ކަންނޭގެ، މަންމަވެސް ބުނެއެންނު، މެރީ ނުކޮށް އެހާ ގިނަދުވަސްވަންދެން އެކުގައި އުޅޭކަށް ނުވާނެއޭ، ތުއްތޮންގެވެސް އެހުންނަނީ އެކަހަލަ ވިސްނުމެއް، އެކަމަކު ހީޒް ދަ ބެސްޓް ބްރަދަރ ވީ ގޮޓް، ނޫންތަ…” ނާއިލު، ނަވާލަށް ބަލާލަމުން ބުނެލިއެވެ.

“ހޫމް… އެހެންވެޔޭ ތުއްތޮންދެކެ ރުޅި ނާދެވެނީވެސް، އަހަރެން މެރީ ކުރަން ވަރަށް ވިސްނަން، އެކަމަކު އަދި އަވަސްއަރުވާލާކަށް ނުވިސްނަން” ނަވާލު އޭނާގެ ޚިޔާލު ހުރިގޮތް ބުނެލިއެވެ. ނާއިލު އޭނާ ކުރާ އުންމީދުތަކުގެ ވާހަކަ ނަވާލަށް ކިޔާދިނެވެ. ކައިވެންޏަކާ ހަމައަށް އޭނާއަށް ދެވޭނީ ކޮންޒަމާނަކުން ކަމެއްވެސް ނޭނގޭކަމެވެ. ދެބެންވެސް އެރޭ ކަމަކަށް އެއްބަސްވިއެވެ. ކައިވެނި ކުރިޔަސް ކުރާނީ ލޯބިވާ މީހާ އާއިއެވެ.

އާ ދުވަހެކެވެ. ހެނދުނު ހެނދުނާ ކަހަލަ ގޮތަކަށް ނަވާލު ހޭލިގޮތަށް އޭނާ އުޅުނީ މޯނާ އާއި މަނާރް އެގެއަށް ގެނައުމުގެ ކަންތަކުގައެވެ. މީރުވަސް ދުވާ ސެންޓު ޖެހުމާ ހަށިގަނޑުގެ މަސްތަށް އެނގޭނޭފަދަ ގަޔަށް ބާރު ޓީޝާޓު ލުމާއި، ސިފައަށް އެތަށް ސަމާލުކަމެއް ނަވާލު ދިނެވެ. ކާރުގައި އައިސް “ސަނީ ކޯނަރ” ގޭގެ ދޮރުމައްޗަށް ނަވާލު މަޑުކޮއްލުމާއިއެކު މޯބައިލް ފޯނު ނަގާ މަނާރްގެ ނަންބަރަށް ގުޅާލިއެވެ.

“ކޮބާ، ކޮންއިރަކުން ނުކުންނަނީ، މީނީ ބަލާއައިސް” ނަވާލު ބުނެލިއެވެ.

“ފިއު ސެކެންޑްސް ތެރޭގަ މިނިކުންނަނީ، ދޮންތަ އާއި ހެދި ލަސްވަނީ” ލުއި ހީނލުމަކާއިއެކު މަނާރުގެ އަޑު ފޯނުން އައީ އަސްލު އަޑަށްވުރެވެސް ހިތްގައިމު ކޮށެވެ.

މަނާރްބުނީ ތެދެކެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭ ދޮރުހުޅުވާލާފައި އެނިކުތީ މޯނާ އާއި މަނާރެވެ. ރިސޯޓު ވިޔަފާރީގައި މަޝްހޫރުކަން ހޯދާފައިވާ އެންމެން ދަންނަ ނަމުންނަމަ، ނާލު ހަކީމުގެ ހަގަށް ތިބި ދެބެންނެވެ. ފޮނިގޮތެއް ލިބިފައިވާ އެދެއަންހެން ކުދިންނަށް ބަލާލާއިރު ބޮލުން ފެށިގެން ފައިގެ ނިޔަފައްޗާއި ހަމައަށްވެސް ފެންނަނީ ރާއްޖޭން ބޭރުގެ ކުލަވަރުތަކެވެ. އިސްލާމް ދީން ޤަބޫލުކޮށްގެން އުޅޭ ބައެއްގެ ތެރޭގައި އެފަދަ ގޮތަކަށް އަންހެން ދަރިން ފެނުމަކީ ހިތާމަ ހުރިކަމެކެވެ. ދެކުދިންގެ ތެރެއިން ދޮށީ މޯނާއެވެ. އެއްބަނޑު އެއްބަފާ ދެކުދިން ކަމުގައިވިޔަސް ދެކުދިންގެ ހެދި ބޮޑުވުމުގައި، ހަށިގަނޑުގެ ބައްޓަމާ އިސްކޮޅުގައި ތަފާތުކަމެއް ހުއްޓެވެ. މޯނާއަށްވުރެ އިސްކޮޅުން މަނާރް ދިގެވެ. އެކަމަކު މަނާރުގެ ހަށިގަނޑުގެ ބައްޓަމަށްވުރެ މޯނާގެ ހަށިގަނޑުގެ ބައްޓަން ރީތިވެފައި ވަނާތަކުގެ ރީތިކަން ފުރިހަމައެވެ.

“އާލީ މޯނިންގަ ތިގެއަށް ދާގޮތަށް ހަމަޖެއްސީ ކީއްވެތަ” މޯނާ ބުނެލިއެވެ.

“އެހާ ހެނދުނުތަ، މިހާރު އެހެރަގެން އެގާރަ ޖަހަނީ… މޯނާ ރޭގަ ނިދީ ވަރަށް ލަހުން ދޯ” ކާރު ދުއްވަމުން ނަވާލު ބުނެލިއެވެ.

“ދޮންތައަށް ރޭގަ ގެއަށްވަދެވުނީ ދޭއްޖަހަން އުޅެނިކޮށް، އެވަރުންވެސް ގުރޫޕު އެންމެން ޓެރެސްގަތިބި އެތަށް އިރެއްވަންދެން” މަނާރް ހެވިފައި އިނދެބުނެލިއެވެ.

“މަނާރް ހުންނަނީ އަހަންނަށް ފާރައަށްވިއްޔަ” މޯނާ، މަނާރުގެ ކޮނޑުގައި އަޅާ މަޑުމަޑުން ދުރަށް ކޮއްޕާލިއެވެ.

ގޭތެރެއަށް ވަދެގެން އައިއިރު ސިޓިން ރޫމުގައި އިނީ ޝަރުމީލާ އާއި ސަމީރާއެވެ. އަސްލަމް އާއިއެކު ނީލްވެސް ވާނީ ބޭރަށް ގޮސްފައިކަން ނަވާލަށް އެނގުނެވެ. އެއީ ހެނދުނުގެ ނާސްތާ ކުރަންތިބެ އެމީހުން ދެއްކި ވާހަކައިގެ ސަބަބުންނެވެ.

“މަންމާ” ނަވާލު އެތެރެއަށް ވަންނަމުން ސަމީރާއަށް ގޮވާލިއެވެ.

“މޯނާ… މަނާރް… އަވަހަށް އާދޭ އެތެރެއަށް، ކޮބާ މަންމަގެ ޚާލު ކިހިނެއްތަ، ސައިބޯންވީނު” ސަމީރާއަށް ނަވާލުގެ ރަޙުމަތްތެރިން ފެނުމާއިއެކު ސޯފާއިން ތެދުވެ ވާހަކަދައްކަން ފެށިއެވެ.

“ހުރިހާ އެންމެންވެސް ރަނގަޅު” މޯނާ ލަދުވެތި ގޮތަކަށް ބުނެލިއެވެ. ސަމީރާގެ މިޒާޖު މޯނާ އާއި މަނާރަށްވެސް ވަރަށް ކަމުދެއެވެ. ސަމީރާ އައިސް ދެކުދިންގެ އަތުގައި ހިފާލަމުން ގޮވައިގެން ކާކޮޓަރި އާއި ދިމާލަށް ދިޔައެވެ. އެމީހުންގެ ފަހަތުން ހިތްހަމަޖެހިފައި ހުރި ނަވާލު ހިނގައިގަތެވެ. އޭރު އޭނާގެ އަތުގައި އޮތް މޯބައިލާއި ކުޅެމުންދިޔައެވެ.

ސައިގެ ކަންތައްތައް ނިމުުނުއިރަށް ނަވާލު އަވަސް އަރުވާ ލާފައި ބޭނުންވީ މޯނާމެން ގޮވައިގެން ނާއިލު އާއި ބައްދަލު ކުރުމަށް މައްޗަށް ދިއުމަށެވެ. ސަމީރާއަށް އެކަން އެނގެއެވެ. އެހެންނަމަވެސް އޭނާ ހުރީ ހިތްހަމަޖެހިލާފައެވެ. އެހާ ދުވަސްކޮއްފައި ނާއިލު މާލެ އައުމުން އޭނާ ފޫހިވިޔަ ނުދިނުމަށް ނަވާލު ހުންނާނެކަން ސަމީރާއަށް ޔަގީންވާތީއެވެ. އެދެބެންގެ ގާތްކަން ޚުދު ސަމީރާއަށްވެސް ފެނޭވިއްޔާއެވެ.

“ބީބީ… މައި ފްރެންޑްސް އާ ހިއަރ” ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއިއެކު ނަވާލު ހުޅުވާލާފައި ބުނެލިއެވެ. އޭރު ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަނެގެން ޓީވީ ބަލަން ނާއިލު އޮތެވެ. އޭނާ އަވަސް އަވަހަށް ތެދުވެ އަލަމާރީގައި މީގެ އިރުކޮޅެއް ކުރިން ބާލާފައި އަޅުވާލި ޓީޝާޓު ނަގާ ހަށިގަނޑަށް ހެޔޮވަރު ކޮއްލިއެވެ. އަދި ކޮޓަރިން ނުކުމެ ހޯދާލެވުނެވެ.

ކުއްލިއަކަށް ނާއިލުގެ ނަޒަރު ހުއްޓުނީ ހިމަތޮޅިކޮށް ހުރި އަންހެން ކުއްޖާއަށެވެ. ދެއަތުގެ ބަދަލުގައި ދެ ވާކޮޅު ލާފައި ހުރި ޓޮޕެއްލާފައި ހުރިއިރު ބޭރުން ހުރީ ތުނިތުނި ހުދުކުލައިގެ ގަމީސްކޮޅެއް ލައިގެންނެވެ. ހަމުގެ ކުލަ އަލިވުމުގެ ސަބަބުން އެތުނިތުނި ފޮތީގެ ތެރެއިން އެއަންހެން ކުއްޖާގެ ހަށިގަނޑުގެ ބޮޑުބައެއް ފެންނަމުންދިޔައެވެ. ލައިގެން ހުރި ކުރުކުރު އައިސްބްލޫ ކުލައިގެ ސޯޓު ކޮޅުން، އެހިމަ ދެފައިގެ އޮމާންކަން ހާމަވެފައި ވެއެއެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ނާއިލުއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. އުޑުން ޕަރީއެއް އޭނާއަށްޓަކައި ފޭބީ ކޮންދުވަހަކު ބާއޭ އޭނާގެ ހިތަށް އެރުމުން ލުއިލުއި ހީނލުމަކުން ހީލެވުނެވެ. ފެންނަމުންދިޔަ އެރީތި ހިތްގައިމު މަންޒަރުގެ ހުރަހަކަށް ނަވާލު ވެއްޖެއެވެ.

“ބީބީ، މީ މޯނާ، މީ މަނާރް… މިއަދު މެންދުރު ބާބިކިއު ހަދަން ކަމަށް މި ވިސްނަނީ، މަންމަގެ އެއްވެސް މައްސަލައެއްނެތޯ ބުނެފި” ނަވާލު މަޖާވެލާފައި ބުނެލިއެވެ.

“ހާއި…” ނާއިލުއަށް އެންމެ ފުރަތަމަވެސް ސަލާމަށް އަތްދިއްކޮއްލެވުނީ މަނާރަށެވެ. އޭރު މަނާރުގެ ބަލާލުމުގައިވެސް ތަފާތު ބަޔާންކުރަން ދަތި ވިދުމެއްވާކަން ޔަގީނެވެ. އޭނާ ފަދައިން ނާއިލުއަކީ ވެސް ދިގު އިސްކޮޅެއް ލިބިފައިވާ ފިރިހެނެވެ. މަނާރަށް ދިގު މީހުން ވަރަށް ކަމުދެއެވެ. މޯނާ އާއި ޚިޔާލުގެ ގޮތުން ތަފާތު އެތަށްކަމެއް އޭނާގެ ހުރެއެވެ. އޭނާގެ ހިތުގެ ރާޖާއަކީ ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހަކަށް ވާކަށް ނުޖެހެއެވެ. އިސްކޮޅާ އެއްވަރުގެ ހަށިގަނޑެއް ލިބިފައިވަނިކޮށް އެނިމުނީއެވެ. އެކަމަކު އޭނާގެވެސް މޯނާ އާއި އެއްބަސްވާ ޝަރުތެއް އޮވެއެވެ. އެއީ ޚަޔާތަށް ގެންނަ ބައިވެރިއަކީ ރީތި ފިރިހެނަކަށް ވާންޖެހެއެވެ. ފުރަތަމަ ބައްދަލުވުމުންވެސް މަނާރަށް ނާއިލު ޚާއްޞަވެގެން ހިނގައްޖެއެވެ.

ސަލާމް ކުރިއިރު މޯނާ އާއި ސަލާމް ކުރެވުނީ އާދައިގެ ގޮތަކަށް ކަމަށްވިޔަސް، މަނާރުގެ އަތުގައި ނާއިލަށް ހިފާލެވުނީ ދެއަތުންނެވެ. ހަމައެގޮތަށް މަނާރަށްވެސް ސަލާމްކޮއްލުމަށް ދެއަތްތިލަ ބޭނުންކޮއްލެވުނެވެ. ކޮށްލެވުނު ޚާއްޞަ ސަލާމާއިއެކު އެދެމެދުގައި އެނބުރިގަތް ޖަޒުބާތުގެ ވައިރޯޅިތަކުން ފިނިކަން އިޙްސާސް ކުރެވުނީ ހަމައެކަނި ނާއިލަށާއި މަނާރަށެވެ. ނަވާލު އާއި މޯނާ ވާހަކަ ދައްކަމުން ދަނިކޮށް އޭނާ މަނާރަށް ގޮވާލާފައި ކަމަކާ މަޝްވަރާ ކޮއްލިއެވެ.

މަނާރާއި ނާއިލުގެ ހަޔާތުން މުޅިން އާބާބެއް ފެށުނީއެވެ. އެދުވަހަށްފަހު މަނާރު ހުންނަނީ ނަވާލާއިއެކު އެގެއަށް އަންނާނޭ ފުރުޞަތަކަށް ބަލަބަލައެވެ. އެފަދަ ފުރުޞަތެއް ނުލިބިއްޖެނަމަ، މޯނާ އާއި ގުޅާލައިގެން އެގެއަށް ދާނޭ ޕްލޭންތައް ރާވައެވެ. މޯނާވެސް ހުންނަނީ ނަވާލުގެ ގާތުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ބޭނުންވެފައި ކަމަށްވާތީވެ އޭނާ އަމިއްލައަށް އެފަދަ ފުރުޞަތުތައް ހޯދިއެވެ.

ގޭތެރެއިން ދެއަންހެން ކުދިން ފެންނާތީ އެކަމާ ކަންބޮޑުވަނީ ނީލެވެ. ސަމީރާ އާއި އަސްލަމްއަށް ހީވެފައި އޮތީ އެމީހުންގެ ދަރިން ބޮޑުވެ މީހުނާއި އިންނަވަރު ވެއްޖެކަމެވެ. އެހެންވެ އެދެމަފިރިން ތިބީ އެވާހަކަ ކުދިންގެ ގާތުގައި ދައްކަން ނިންމައިގެންނެވެ. އެމީހުންގެ ޒަމާނުގައި ކަންކަން އޮންނަ ގޮތް، މިހާރުގެ ކުދިންނަށް ކަމަކު ނުދާނެކަން އެދެމަފިރިން ދަނެވެ. ދަރިން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވާއިރު އެކުދިންގެ ލޯ އެތަންތަނުގެ މާޙައުލަށް ހުޅުވި ވިސްނުން ބަދަލުވާނެކަން އެމީހުނަށް ވިސްނެއެވެ. އެހެންވެ އެއްވެސް ކަމެއްގައި މަޖޫބުރުކަމެއް ގެންގުޅޭކަށް އެމީހުން ބޭނުމެއްނުވެއެވެ.

މަނާރާއި މޯނާ “ޕާލްވިއު” ގެއަށް އައިސްގެން އުޅުނު ދުވަހެކެވެ. މޯނާ ހީވަނީ ނަވާލުގެ ގައިގާ ތަތްލައިގެން އުޅޭ އައްޓަން މަހެއްހެންނެވެ. ފަހަތުން ނުނައްޓައެވެ. އޭނާގެ ކޮޓަރިއަށްވެސް ވަންނަނީއެވެ. އެކަމާ ނަވާލު ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެކަމަކު އެއްޗެއް ބުނަން ބޭނުން ނުވީ މޯނާ އަކީ މަނާރުގެ ދައްތައަށްވެފައި، ނަވާލުގެ ޝައުގުވެރިކަން ވަނީ މަނާރު އަތުލާފައި ކަމަށް ވާތީއެވެ. އެހެންވެ މޯނާއަށް ކަމެއް މަނާކޮއްފިއްޔާ މަނާރަށްވެސް އެގެއަށް ނާދެވިދާނެތީއެވެ. އެހެންވިޔަސް މަޑަމަޑުން މޯނާގެ ހަރަކާތްތަކަށް އިޖާބަނުދީ ނަވާލު ހުންނަން ފެށިއެވެ.

ނާއިލުގެ ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރުގެ ފުޅާ ދާރާގައި ދެފައިނަގައިގެން އިށީނދެލައިގެން އިން މަނާރުގެ އަތުގައި އެކިވަރުގެ ބިއްލޫރިކޮޅުތަކެއް އޮތެވެ. ކުޑަދޮރު ހުޅުވާލާފައި ހުރިއިރު ދެފަރާތަށް ކަހާލެވިފައި ހުރި ދޮރުފޮތިގަނޑުވަނީ ފުޅާ ދިގު ރިބަން ފަށަކުން އައްސާލެވިފައެވެ. އެތާ ދާދި ގާތުގައި ނާއިލު ގޮނޑިއެއް ބަހައްޓައިގެން އިނެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތުވެސް ގޭތެރެއަށް ވަނީ ހިރަފުހުގެ އަސަރުކޮއްފައެވެ. އެއީ ހަދަމުންދާ ގެއަކަށްވެފައި އޭރު އިމާރާތް ކުރާ މީހުންގެ މަސައްކަތް ނުނިމޭތީއެވެ. ސިމެންތީގެ ހިރަފުހުގެ އަސަރު ވަށައިގެންވި މާޙައުލަށް ވަނީ ފެތުރިފައެވެ. އެއްފަހަރު ކުޑަދޮރު ލައްޕަންވެސް ނާއިލު ޚިޔާލު ދިނެވެ. ނަމަވެސް މަނާރް އެކަމާ އެއްބަހެއްނުވިއެވެ. ދެޒުވާނުންވެގެން މަސައްކަތެއް ކުރިއަށް ގެންދިޔައެވެ. ޝައުގުވެރިކަމާއިއެކު ރީތިވާނޭހާ ގޮތްގޮތަށް އަތުގައި އޮތް ކަންވާރުތަކަށް ބިއްލޫރި ކޮޅުތަށް އަމުނާ ހަރުކުރަމުން ދިޔައެވެ. އެއްކޮށް ހަދާ ނިންމާލެވުމާއިއެކު ނާއިލު އޭނާގެ އަތުގައި އޮތް އެތި މައްޗަށް ހިއްލާލާ މަނާރަށް އޭގެ ފުރިހަމަކަން ދައްކާލިއެވެ.

“ވާއު، އައި ލަވް އިޓް” މަނާރް އިންތަނުން ތެދުވެ ލޯބިވެތި ގޮތަކަށް ނާއިލުގެ އަތުގައި އޮތް އެއްޗަށް ބަލާލާފައި ބުނެލިއެވެ.

“މި ވިންޑް ޗައިމް މަނާރަށް، ކުރިން މަނާރް ހެދި ވިންޑް ޗައިމް އަހަރެންގެ އަތުގައި ބާއްވާނަން، އެގޮތް އެންމެ ރަނގަޅުތަ” ނާއިލު ހެވިފައި ހުރެ ބުނެލިއެވެ.

“ޔެސް، ތިގޮތް މާ ރަނގަޅު… ނާއިލު… ދުވަހަކުވެސް ތި ވިންޑް ޗައިމް އެއްލާ ނުލައްޗޭ” މަނާރު ފާޑަކަށް ބަލާލާފައި ބުނެލިއެވެ. އޭނާގެ ހިތުގައިވަނީ ކީކޭ ކަމެއް ނާއިލަށް ވިސްނައިގަންނާކަށް ފަސޭހައެއް ނުވިއެވެ.

“ކީއްވެ އަހަރެން މީތި އެއްލާލަންވީ، އައި ލައިކް ޔޫ، އަހަންނަށް މަނާރް ވަރަށް ސްޕެޝަލް، މި ވިންޑް ޗައިމްއަކީ އަހަންނަށް މަނާރުގެ މަތިން ހަނދާންކޮއްދޭނެ އެއްޗެއް” ނާއިލުގެ ބަލާލުމުގައި ވަނީ ސީރިއަސްކަމެވެ.

“ސީރިއަސްކޮށްތަ، އީވަން އައި ލައިކް ޔޫ” މަނާރު ތުއި ގޮތަކަށް ދެކޮޅަށް އެނބުރިލަމުން ލައިގެން ހުރި ޖިންސުގެ ދެޖީބަށް ކުޑަކޮށް ދެއަތްތިލަ ލައްވާލައިގެން ހުރެ ބުނެލިއެވެ. ދެމީހުންގެ ނަޒަރު ދިމާވި ވަގުތު ހިމޭންކަން ވެރިވެގެން ދިޔައެވެ. އެއްޗެއް ނުބުނެ ކުޑައިރަކޮޅު ހުރުމަށްފަހު ނަވާލު މަޑުމަޑުން މަނާރުގެ ގާތަށް އަންނަން ފެށިއެވެ. ލަދުން ހުރި މަނާރް މަޑުމަޑުން ފަހަތަށް ފަހަތަށް ގޮސް ފާރާއި ކުޑަދޮރާއި ގުޅިފައިވާ ހިސާބުގައި ޖެހި ހުއްޓުން އެރިއެވެ. އިތުރަށް އޭނާއަށް ފަހަތަށް ދިއުމަށް ކޮޓަރީގެ ފާރު ހުރަސްއެޅީއެވެ. އޭރުވެސް ނާއިލު މަޑުމަޑުން ހުރެ އޭނާ އާއި ގާތްވަމުންދިޔައެވެ. ނާއިލުގެ އަތުގައި އޭރުވެސް ވިންޑް ޗައިމް އޮތެވެ. ނާއިލު ވަކިވަރަކަށް މަނާރާއި ގާތް ވުމާއިއެކު އޭނާ ނާއިލުގެ އަތުގައި އޮތް ވިންޑްޗައިމަށް ދަމައިގަންނަމުން، އޭތި ހިފައިގެން ހެމުހެމުން އެކޮޓަރިން ނުކުތެވެ. ނާއިލުވެސް ހިނިއައިސްފައި ބޯކަހާލާފައި ފަހަތަށް އެނބުރި ދޮރާ ދިމާލަށް ބަލާލިއެވެ. އެވަގުތު ދޮރުމަތީ ހުރި މަނާރު، ނާއިލަށް ދޫނެރިލާފައި ވައްތަރު ޖައްސާލިއެވެ.

“އައި ހޯޕް ޔޫލް ކޯލް މީ…” މަނާރު ކޮޓަރީގެ ދޮރު ލެއްޕުމުގެ ކުރިން ބުނެލިއެވެ.

“މޭބީ” ނާއިލު ފޮނިގޮތަކަށް ދެކޮނޑު އަރުވާލަމުން ބުނެލިއެވެ. އޭނާ ފިރިހެނަކަށްވެ ހުރެ ގަދަކޮއްލަން ބޭނުންވި ކަހަލައެވެ. އެހެން ބުނުމުން ދެވަނަ ފަހަރަށް މަނާރު ވައްތަރު ޖައްސާލިއެވެ.

“އަހަރެން މި ވިންޑް ޗައިމް އަޅުވާނީ ކުޑަދޮރުގަ” މިހެން މަނާރު ބުނެލި ގޮތުން ހީވީ ނާއިލަށް ނުސީދާ މެސެޖެއް ދިންހެނެވެ. ލުއިލުއި ގޮތަކަށް ނާއިލު ހީނލިއަޑުއިވުނެވެ. މަނާރު އިތުރަށް ބަލާލުމެއްނެތި ކޮޓަރީގެ ދޮރު ލައްޕާފައި ހިނގައިގަތެވެ. އޭރު އެކޮޓަރި އާއި ދާދި ގާތުގައި ހުއްޓި ހުރި ނަވާލު، މަނާރަށް ފެނުނީ ދެނެވެ. ނަވާލުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އޭނާ ހީވަނީ ކޮންމެވެސް ކަހަލަ ޝޮކެއްލިބިފައި ހުރި މީހެއްހެންނެވެ.

“ކޮބާ ދޮންތަ” ނަވާލު ފެނުމުން ވަގުތުން މަނާރަށް އަހާލެވުނެވެ.

“މައި… ރޫމްގަ…” ނަވާލަށް ރަނގަޅަށް ޖުމްލަ އެކަށް ނުބުނެވުނެވެ. އާގަމަ އަރާފައި ދެންވެސް ހުރެވުނީއެވެ.

“އައި ލައިކް ޔޯ ބްރަދަރ، ހީޒް ރިއަލީ ކޫލް… އޭނަ ހުސްތަ” ކުއްލިއަކަށް މަނާރް އައިސް ނަވާލުގެ އަތުގައި ބައްދާލަމުން ވާހަކަދައްކަން ފެށިއެވެ. މަނާރާއި އެކު ނަވާލުގެ ދެފައިވެސް ހަރަކާތްކުރިއެވެ. މަނާރުގެ މިސްރާބު ހުރީ ނަވާލުގެ ކޮޓަރިއަށް ދިއުމަށެވެ. މޯނާގެ ގާތަށެވެ.

“ސީ.. ހީ މޭޑް ދިސް ވަން، ސްޕެޝަލީ ފޯ މީ” މަނާރުގެ އަތުގައި އޮތް ވިންޑްޗައިމް އޭނާ ދައްކާލިއެވެ. ނަވާލުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. އަނގައިންވެސް ނުބުނެ އޭނާ މަނާރް ދައްކާ ވާހަކަތައް އަޑުއަހަމުންދިޔައެވެ. ކަންފަތަށް އިވޭ އަޑުތަކަށް ދެން އެންމެ ސުކުންތަކުވެސް ކެތްނުކުރެވޭނޭކަން އެނގުމުން އަވަސް އަވަހަށް މަނާރުގެ އަތް އަމިއްލަ އަތާ ވަކިކޮއްލުމާއިއެކު މަނާރު ދުރަށް ޖައްސާލިއެވެ.

“އައެމް ނޮޓް ފީލިންގް ވެލް، އެހެން ބުނަން ވެގެން ތިރިއަށް ދިޔައީ… އެކަމަކު… ދެން ހަނދާން ނެތުނީ” ނަވާލު، މަނާރާއި ހަތަރު ކަޅި ހަމަނުކޮށް ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

“އޯ، ކިހިނެއްވީ ނަވާއަށް، ބޮލުގަ ރިއްސަނީތަ… ދޮންތަ ގޮވައިގެން ދާންވީ ދޯ، މި ދޮންތައަށް ނޭނގޭނެ އައިސްފިއްޔާ ދާކަށްވެސް، ޔޫ ޑޯންޓް ވޮރީ، ހަމަ މިހާރު ދޮންތަ ގޮވައިގެން މިއުޅެނީ ދާން އެނގޭ” މަނާރު ބުނެލީ ވަރަށް ގާތްކޮށެވެ. ނަމަވެސް އެއްގޮތަކަށްވެސް ނަވާލުގެ މޫޑަށް އަންނަމުންދިޔަ ބަދަލުތަކެއް މަނާރަކަށް ފާހަގައެއް ނުކުރެވުނެވެ. އޭނާ ބުނިހެން ނަވާލުގެ ކޮޓަރިއަށް ވަދެވުމާއިއެކު މަނާރު އަވަސްވެގަތީ މޯނާ ގޮވައިގެން އެގެއިން ނުކުތުމަށެވެ. ނަވާލު އެއްވެސް ކަމެއް ކުރާ ހިތްނުވެފައި ހުއްޓެއް ކަމަކު އޭނާއަށް މަނާރު އެކަނި ގެއަށް ފޮނުވާލާކަށް ނުކެރުނެވެ. އެހެންވެ އިސްނަގައިގެން އޭނާގެ ކާރުގައި އެ ދެ އަންހެން ކުދިން ގެއަށް ގެންގޮސްދިނެވެ.

ހިނިއައިސްފައި ހުރެ ނާއިލު އޭނާގެ ކުޑަދޮރު ލައްޕާލާފައި ކުޑަދޮރުގެ މަތީ ފަތިގަނޑުގައި ވިންޑް ޗައިމް ހަރުކޮއްލައިފިއެވެ. އަދި އިރުކޮޅަކު އެއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ހިތާ ސިކުނޑީގައި ކަންތައްތަކެއް ރޭވެމުންދިޔައެވެ. ކުރިން ނުކުރެވޭފަދަ ޚިޔާލުތަކެއް ވެރިވަމުންދިޔައެވެ. މީހާރު އޭނާ އެނބުރި ކިޔަވަން ދާހިތެއްވެސް ނެތެވެ. އެއަށްވުރެ މާލޭގައި ހުންނަން އޭނާ ބޭނުންވެފައި ވެއެވެ. ނާއިލުގެ ރޭގަނޑުގެ ނިންޖާއި، މީހާގެ ހަމަޖެހުން ދެވަނަ އިންސާނަކުވަނީ ނަގާލާފައެވެ. އެއިންސާނަކީ މަނާރެވެ. ހުރިހާ ވަގުތަކުހެން ކުރެވެނީ އެއަންހެން ކުއްޖާގެ ޚިޔާލެވެ. އެނދުމައްޗަށް އުއްޑުން ވެއްޓިގަތް ނާއިލު ބޯދަށަށް ދެއަތް ލައްވާލައިގެން އޮވެ އަދިވެސް ބަލަމުން ދިޔައީ ވިންޑްޗައިމަށެވެ.

ކޮޓަރިއަށް އައިސް ވަނީއްސުރެން ނަވާލު އެނދުން ތެދުވާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭނާގެ ހިތަށްވަނީ ވަރަށް ތަދުވެފައެވެ. ލޯބީގެ ވިންދު ފުރަތަމަ ފަހަރަށް އެހިތުގެ ނާރުތަކުގައި ޖަހާލުމާއިއެކު، އޭގެ ފޮނި މީރު ރަހަ އަރުގައި ނުލައިގެން އުޅެނިކޮށް މީހަކު އެވަނީ ހިތުގެ ނާރުތަށް ބުރިބުރި ކޮއްލާފައެވެ. އެފަދަ ބޮޑު އަނިވެރިޔަކީ ކާކުކަން ނަވާލަށް އެނގެއެވެ. އެމީހަކު އެނގުންވެސް ވީ ނަވާލަށް ލިބުނު އިތުރު ހިތްދަތި ކަމަކާއި ވޭނަކަށެވެ. އެތަށް އިރަކު އޭނާއަށް ވިސްނަން އޮވެވުނެވެ. ވިސްނި ވަރަކަށް އޭނާގެ ހިތާ ސިކުނޑި ހާސްވުން ނޫންގޮތެއް މެދުވެރިއެއް ނުވިއެވެ. ބަލަބަލާ ހުއްޓާ ތެޔޮ ނާށި ކާޅު ގެންގޮސް ނިމިއްޖެކަން ނަވާލަށް ޔަގީންވިޔަސް އޭނާ އެކަން ޤަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. އޭނާއަކީ އެހާ ފަސޭހައިން ބަލި ޤަބޫލު ކުރާ މީހެއް ނޫނެވެ. ކުޑައިރުއްސުރެ އޭނާއަކީ އެއްވަނައަށް މަސައްކަތް ކުރާ ޒުވާނެކެވެ. މިހާރުވެސް އެންމެ ކާމިޔާބު މީހާއަށް ވާންޖެހޭނީ ޚުދު އޭނާއެވެ. ކިޔެވުން ހުއްޓާލީ އިތުރަށް ކިޔަވާހިތް ނުވާތީއެވެ. އެކަމުގައި އޭނާގެ ބޭބެ ނާއިލު އާއި ވާދަކުރާކަށް އޭނާ ގަސްދެއް ނުކުރެއެވެ. ނުވިތާކަށް މީގެ ކުރިން ދުވަހަކުވެސް ނަވާލު، އޭނާގެ ބޭބެ އާއި ވާދަކުރާފަދަ ވިސްނުމެއްވެސް ނުގެންގުޅެއެވެ. ނަމަވެސް ލޯބީގައި ނާކާމިޔާބު މީހަކަށް އޭނާ ވާކަށް ބޭނުމެއްނޫނެވެ. އެކަން އޭނާއަށް ކާމިޔާބު ކުރެވެން އޮތީ އަމިއްލަ ލޭ ޤުރުބާން ކޮއްގެން ވިޔަސް، އެގޮތްވެސް އޭނާއަށް އެންމެ ރަނގަޅެވެ. ކޮންމެ ގޮތަކުންވެސް ސަފުގެ އެންމެ ކުރީގައި ހުންނަން ޖެހޭނީ ނަވާލެވެ.

އެދުވަހަށް ފަހު ނަވާލުގެ ނަޒަރިއްޔާތު ނާއިލާއި މެދު މުޅިން ބަދަލުވެއްޖެއެވެ. ހިތާ ސިކުނޑީގައި ބަދަލު ހިފުމުގެ ރޫޚު އަށަގަނެ، ނާއިލު ބަލިކޮއްލާ އޭނާގެ މައްޗަށް ގަދަވެގަތުމުގެ ރޭވުންތައް ސިއްރުވެރި ގޮތެއްގައި އަމިއްލަ ސިކުނޑީގައި ރާވަމުންދިޔައެވެ. މަނާރުއަކީ ނަވާލުގެ މަންޒިލެވެ. އެމަލުން ފޮނިބުއިމުގެ ހުއްދަ ލިބެންވާނީ ހަމައެކަނި އޭނާއަށެވެ. އަނެއްކޮޅުން އެމަލަށްވެސް ނަވާލު ނޫން މީހަކަށް ހުށައެޅުމެއް ދިނުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

“ދޮންތާ، ނަވާ މިހާރު ހާދަ ފާޑެކޭ ދޯ” މަނާރު އޭނާގެ އެނދުގައި އޮތް މޯނާއަށް ބުނެލިއެވެ.

“ނޭނގެ މަށަކަށް” ހިތެއްގޮތަށް ބައްޓަންކޮއްފައި އޮތް މަޑުމަޑު ކެހެރި ބާލީހުގައި ބާރަށް ބައްދާލައިގެން އޮތް މޯނާ ބުނެލިއެވެ. އޭނާގެ އަޑުގައި ތަފާތުކަމެއް އެކުލެވިފައި ވާކަން މަނާރަށް ނަގައިގަނެވުނެވެ.

“ދޮންތާ، ވަޓް ހެޕަން، ހާދަ ރޫޑްކޮށް ތިބުނީ” ޓީވީގެ ރިމޯޓް ހިފައިގެން ބަންޑުން އޮތް މަނާރުގެ ސަމާލުކަން މޯނާއަށް ހުއްޓާލަމުން އަހާލިއެވެ.

“ނަވާއަށް ނޭނގުނަސް އަހަރެންގެ މޭގަވެސް ވަނީ ހިތެކޭ، އިޓް ހާޓް ލައިކް ހެލް….” މޯނާ ރޯކަން މަނާރަށް އެނގުނީ ދެނެވެ. އެނދުމައްޗަށް ރިމޯޓު ދޫކޮއްލުމާއިއެކު އަވަސް އަވަހަށް މޯނާގެ ގާތަށް ޖެހިލިއެވެ.

“ވަޓް ހެޕެން، ޓެލް މީ ޑިއަރ” އޯގާތެރިކަން ފާޅުކުރަމުން މަނާރު ބުންޏެވެ. އަދި މޯނާގެ ބުރަކަށީގަ އާއި ބޮލުގައި ފިރުމަމުން ދިޔައެވެ.

“އަހަރެން ލޯބިވާކަން ނަވާއަށް އެނގޭނެ، ދެން ކީއްވެ އޭނަ އެހާ ދުރުދުރުން އެއުޅެނީ، އައި ވިލް ޑޫ އެނީތިންގް ފޯ ހިމް، އޭނައަށް އެވަރު އެނގޭނެ މިހާރު، އެކަމަކުވެސް އޭނާ އަހަރެންދެކެ ލޯތްބެއް ނުވޭ، އެއީ ކީއްވެތަ؟ އަހަރެން ހުތުރީތަ” މޯނާ ރޮމުން ވާހަކަ ދެއްކިއެވެ. މަނާރުގެ ހިތަށްވެސް އޭނާގެ ދައްތަ ރޯތަން ފެނުމުން އަސަރު ކުރިއެވެ.

“ދޮންތާ، ޔޫ އަރ އަ ޕާފެކްޓް ސިސްޓަރ، ޕާފެކްޓު ބޮޑީ… އަހަރެން އަބަދުވެސް ބުނަމެންނު ދޮންތަ ކަހަލަ ބޮޑީއެއް އަހަންނަށް ލިބުނު ނަމައޭ، ތިކަހަލަ ރީތި ރީތި އިސްތަށިގަނޑަކާ، ނަވާ އެއީ ބޮޑު މޮޔައެއް، އޭނަ ސިސްދެކެ ލޯބި ނުވުމަކީ އޭނާގެ ލޮސް، އެކަމާ ދޮންތަ ދެރަވާނެ ކަމެއްނެތް…” މަނާރު ލޯތްބާއިއެކު ބުނެލިއެވެ.

“އެކަމަކު މި ފީލިންގްސްތައް ހުއްޓުވާކަށް އަހަންނަކަށް ނޭނގޭ، ނަވާ ލޯބި ނުވިޔަސް އަހަރެން އަދިވެސް ލޯބިވޭ، ވަރަށް ބޮޑަށް ލޯބިވޭ” މޯނާ ބުނެލިއެވެ.

“ފަހަރެއްގަ ވެދާނެ ނަވާ ހާސްވީކަމަށްވެސް، ބޯއީޒް އަރ ލައިކް ދެޓް، ގިވް ހިމް ސަމް ޓައިމް، އޭރުން އޯކޭ ވެދާނެ ކަންނޭގެ، ދޮންތަ އޭނައަށް ނުގުޅާ ދުވަސް ކޮޅަކު މަޑުކޮއްލަ ބަލަ، އަހަރުމެން އެގެއަށްވެސް ނުދާނީ” މަނާރު މޮޅު ޙިޔާލެއް ދިނެވެ. ކަރުނައިގެ ދެލޮލުން މޯނާ، މަނާރަށް ބަލާލިއެވެ. އެވަގުތު މަނާރު، މޯނާގެ ދެލޯ ފޮހެލަ ދީފައި ދެން ހުއްޓާލުމަށް ބުންޏެވެ. އޭނާގެ ޕްލޭން ފޭލެއް ނުވާނެކަން ޔަގީން ކޮއްދެމުންނެވެ.

ދެން އައި ހަފްތާއެއް ހާ ދުވަސްތަކުގެ ތެރޭގައި ނަވާލާއި މަނާރާ ދިމާވާގޮތެއް ނުވިއެވެ. ރޭގަނޑު ފޯނަށް ގުޅިޔަސް ހުންނަނީ ކޯލް ވެއިޓިން އަރާފައެވެ. ޝައްކުވެގެން ގޮސް ނާއިލުގެ ކޮޓަރިއަށް ވަންނައިރު އޭނާވެސް އޮންނަނީ ފޯނު ގައެވެ. އިންތިހާ ދަރަޖައިގެ ރުޅި އޭނާ މޮޔަވާވަރު ކުރިއެވެ. ހޭބުއްދި ފިލާ އަތުން ފައިން ގޯސް ހަދަންވެސް ހިތަށް އަރަމުންދިޔައެވެ. އެހެންނަމަވެސް ނަވާލު ނިންމީ އޭނާގެ ކޯލު މަނާރު ނަގަން ދެން އެފޯނަށް ގުޅުމަށެވެ. ހައެއްކަ ފަހަރު ގުޅިފަހުން މަނާރު ފޯނު ނެގިއެވެ.

“ވާ….ޓް….” މަނާރު ހިތްހަމަ ނުޖެހިފައި ހުރި ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ފުރަތަމަ ގުޅީމަވެސް ފޯނު ނެގިނަމަ އެހާ ގިނައިން ނުގުޅާނެ އެންނު” ނަވާލު ބުނެލިއެވެ.

“މިގަޑީގަ ނަވާލު އަހަންނަށް ގުޅަން ޖެހޭވަރުގެ ކަމެއް އޮންނާނެއޭ އަހަރެން ހިތަށް ނޭރީ، އެހެން ނޫނަސް ވަރަށް އިމްޕޯޓެންޓު ކޯލެއްގަ އިނީ” މަނާރު ބުނެލިއެވެ.

“ކީއްވެތަ މިހާރު ނާންނަނީ، މޯނާވެސް ގުޅީމަ ފޯނެއް ނުނަގާ، މަނާރާއި ދިމާ މިވަނީ އެހާ ވަރުން، ކިހިނެއްތަ ވީ” އައި ބަދަލެއްވެއްޖެއާ އައީ ނަވާލަށްކަން އެނގި ހުރެ އޭނާ އެ ސުވާލުކުރިއެވެ.

“ސިސްއަށް ހާޓްވި ވަރު ނަވާއަކަށް ނޭނގޭނެ، ޝީ ލަވްސް ޔޫ ޑޭމް އިޓް، ނަވާ ކީއްވެތަ ދޮންތަ ރިޖެކްޓު ތިކުރަނީ، ކޮބާތަ މައްސަލައަކީ، އަހަންނަށް ޔަގީން ނަވާދެކެ އެވަރަށް ލޯބިވާނެ ދެވަނަ ގާލްއެއް ނުލިބޭނެކަން، އަހަރެން ބޭނުމެއްވެސް ނޫން އެހެން ގާލްއެއް ނަވާގެ ލައިފަށް އަންނާކަށްވެސް… ނަވާ ބުނިހާ ގޮތެއް ހަދައިގެން ދޮންތަ އުޅޭނެކަން އެނގެއެންނު” މަނާރު ފައްޗަކަށް އަމުނާލާހެން އަމުނާލިއެވެ.

“އައި ނޯ…” މިފަހަރު ނަވާލުގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

“ތީތަ ނަވާއަށް ބުނަން އެނގުނު އެއްޗަކީ، ދޮންތަ ކައިރީ އަހަރެން ބުނީ ދެން ތިގެއަށް ދާނެ ކަމެއް ނެތޭ، ދޮންތައަށް ހާޓްވާ ކަމެއް މަށެއް ނުކުރާނަން” މަނާރު އަޑަށް ބާރު ލާފައި ބުނެލިއެވެ.

“ސޮރީ… މޯނާ ކައިރީ ބުނޭ އަހަރެން ވިސްނާލަން ކުޑަ ޓައިމް ކޮޅެއް ދޭށޭ، އައެމް އިންނަ ވެރީ ޑެލިކޭޓް ސިޓުއޭޝަން، ޔޫ ވޯންޓް އަންޑަރސްޓޭންޑް، އެހެންވީމަ އިތުރަށް ސުވާލު ނުކުރާތި، އެކަމަކު އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ގުޅުން ކެނޑޭކަށް، އައި ރިއަލީ ވޯންޓު ސީ ޔޫ… އައި ވޯންޓު ސީ ބޯތް އޮފް ޔޫ…” ނަވާލަށް އެންމެ ފުރަތަމަ ބުނެވުނު ގޮތުން މަނާރު އެއްޗެއް ހީކޮއްފާނެތީ ފަހުން މޯނާވެސް އޭނާގެ ވާހަކައިގައި ހިމަނާލިއެވެ.

“ނަވާގެ މެސްއެއް ތީ، ނަވާ ބުނޭ ދޮންތަ ކައިރީ، އަހަރެން މިބުނަނީ ނަވާ ވާހަކަދައްކަން ބޭނުންވެގެން މިހާރު އެބަ ގުޅަޔޭ، އޭރުން ދޮންތަ ފޯނު ހުޅުވާނެކަން ޔަގީން، ނަވާ އަމިއްލައަށް ދޮންތަ އާއި ތިވާހަކަތައް ދައްކާ” މަނާރުގެ ރާގު ހުރިގޮތުން ނަވާލު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކުވެސް މަނާރާއި ދިމާލަށް އެކަމާއި ގުޅިގެން އެއްޗެއް ބުނާނެހާ ހިތްވަރެއް އޭނާގެ ދުލަކު ނެތެވެ.

މަނާރު ފޯނު ކަނޑާލުމާއިއެކު ނަވާލު މޮޔައެއްހެން ކޮޓަރި ތެރޭ އެނބުރިގަތެވެ. ދެން ހަދާނެ ގޮތަކާއިމެދު އަވަހަށް ވިސްނާލިއެވެ. މޯނާއަށް ނުގުޅާ މަނާރު އެގެއަށް ގެނެވޭކަށްނެތެވެ. ހިތާ ސިކުނޑިއަށް ނުބައި ޚިޔާލުތައް ވެރިވާން ފެށިއެވެ. އެއްފަހަރު މަނާރު ރޭޕް ކޮއްލަންވީއޭވެސް ހިތަށްއެރިއެވެ. އޭރުން މަނާރު އޭނާގެ މިލްކަކަށް ވެދާނެއޭ ނަވާލުގެ ހިތަށް އެރީއެވެ. އަނެއްފަހަރު އޭނާގެ ހިތް އެކަމާ ދެކޮޅުވެއެވެ. އެފަދަ ކަމެއް މަނާރަށް ކޮއްފިއްޔާ ޚުދު އޭނާގެ އަމިއްލަ ނަފްސަށްވެސް މާފެއް ނުކުރެވޭނެއެވެ. މަނާރުދެކެ ވަނީ އަމަށަކު ލޯތްބެއް ނޫންވިއްޔާއެވެ. އެހަށިގަނޑުގައި ހިމަ ކޫރެއް އެޅޭތަން ބަލަންވެސް ކެތެއްނުވާނެއެވެ. ދެން އޭނާގެ ވިސްނުމަށް އައީ އެއަށްވުރެވެސް ނުބައި ޚިޔާލެކެވެ. އިންސާނަކު މިދުނިޔާއި ވަކި ކޮއްލުމެވެ. އޭނާ އާއި މަނާރާއި ދެމެދު ހުރަސްވެފައިވާ ފާރު ތަޅާލާ ބިމާ ހަމަކޮއްލުމެވެ. އެހެން ހަދަން އޭނާއަށް ކެރޭނެއެވެ. ނަވާލުގެ ސިކުނޑި ކަންކުރަންވީ ގޮތް އޭނާއަށް ބުނެދެމުންދިޔައެވެ. ޝައިތާނާ އޭނާގެ ވިސްނުމުގެ ދޮރު ބަންދުކޮއްލާފައިވާ ކަހަލައެވެ. ކުރެވެން އުޅޭ ނުބައިކަމުން ސަލާމަތްކޮއްދޭނޭ މީހަކު އޭނާގެ ގާތުގައި ނުވެއެވެ. އަލިކަމެއް އެހިތާ ސިކުނޑިއަށް ވާޞިލުވާވަރަށް ވުރެން އެ އެއްޗެހީގެ އަނދިރިކަމުގެ ކަޅުކުލަ ގަދައެވެ. އެނބުރި އައުމެއް ނުވާ ހިސާބަށް އޭނާގެ ޚިޔާލުވަނީ ދަތުރު ކޮއްފައެވެ. ކުއްލިއަކަށް އެ ޙީޔާލާމެދު އޭނާ ހިތްހަމަޖެހި އުފަލުން ހޭންފެށިއެވެ. ހީވަނީ މޮޔަވެފައި ހުރި މީހެއްހެންނެވެ. އަވަސް އަވަހަށް އެނދުމަތީ ބޭއްވުނު ފޯނު ނަގާ މޯނާއަށް ގުޅިއެވެ.

“އައެމް ސޯ ސޮރީ، އައި މިސް ޔޫ… ކީއްވެތަ ކުއްލިއަކަށް ހުރެފަ ތިހާ ދުރުވީ…” ނަވާލު ވަރަށް ދެރަފައި ހުރިކަން އޭނާގެ އަޑުން ދައްކަން ވަރަށް މަސައްކަތް ކުރިއެވެ.

މޯނާގެ ކަންފަތުގައި ނަވާލުގެ އަޑުޖެހުމާއިއެކު، ރޮއެ ރޮއެ ދުޅަވެފައިވާ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައްވެސް ހިނދުނު ކަހަލައެވެ. އެއްޗެއް ބުނަން ނޭނގިފައި ހިނދުކޮޅަކު އިނދެވުނީ އެހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހިތްއެދޭ ފަރާތަކުން ކިތަންމެ ކުޑަކުޑަ އިޝާރާތެއް ކޮށްލިނަމަވެސް އެހިތް އެކަމާ އުފާކޮށް، ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހިލަނީ، މީވެސް އަޖައިބެއް ކަހަލަ ކަމެކެވެ. މޯނާގެ ހިތަށް އިޙްސާސް ކުރަން ޖެހުނު ހިތްދަތިކަން ފިލާ ދިޔައެއްކަމަކު އޭނާގެ ސިކުނޑި ހުށިޔާރުވެ ހުރުމަށް ހަނާއަޅާލި ކަހަލައެވެ.

“ހާދަހާ ހިތްވަރެއް ލާފައޭ މިގުޅީ މޯނާއަށް، އެވަރުން ގުޅީމަވެސް އެއްޗެއް ނުބުނާނަންތަ؟ އަހަންނާ އަނގައިން ނުބުނަން ހުވާކޮއްގެންތަ ތިހުރީ” ނަވާލުގެ އަޑުއިވުނެވެ.

“ކީއްކުރަން ތިގުޅީ” ދެރަވެފައި ހުރިވަރު ފޮރުވަން މަސައްކަތް ކުރަމުން މޯނާ ބުނެލިއެވެ. އޭނާވެސް ބޭނުންވީ ސިކުނޑި އާއި އެއްބައިވާށެވެ. ހިތަކީ ނިކަން ފަސޭހައިން ދޯކާ ދޭ އެއްޗެކެވެ. އެކަމަކު ބައެއްފަހަރު ވަރަށް ތެދުވެރިވެސް އެއްޗެކެވެ.

“ދެން އަހަރެން ގުޅަންވީ ކާކަށް، އައި މިސް ޔޫ ސޯ މަޗް، ހީކުރީ މޯނާ ކުރިންވެސް އަހަންނަށް ގުޅާ ގޮތަށް ގުޅާނެކަމަށް، އެކަމަކު މިހާރު އެނގިއްޖެ ތިހިރީ ގުޅާ ކަހަލަ ޚިޔާލެއްގައެއް ނޫންކަން، އަހަރެންގެ މަތިން މޯނާ ހަނދާން ނައްތާލައިފިކަން…” ނަވާލު ބުންޏެވެ.

“ނަވާ އަހަރެން މިސްވެގެން އުޅޭތީ ހައިރާންވެއްޖެ، އަހަންނާ ސަމާސާ ކުރަނީތަ، އަހަރެންގެ ފޯނު ހުޅުވީ ނަވާ އަހަރެންގެ ގާތު ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭތީ، އެވެސް މަނާރް އާދޭސް ކުރިވަރުން، ތިކަހަލަ ސަމާސާތައް ނުކޮށް ދެން ބުނަން ބޭނުންވި ވާހަކައެއްވިއްޔާ އަވަހަށް ބުނަންވީނު، އަހަރެން މިހިރީ ނަވާ އާއި ސަމާސާ ކުރަން ބޭނުންވެފައެއްނޫން” މޯނާ ބޭނުން ނުވިޔަސް އޭނާގެ ހިތުގެ ރިހުން، އެއަޑުންވެސް ފާޅުވެގެން ހިނގައްޖެއެވެ.

“މީކުރާ ސަމާސާއެއް ނޫން، ހަމަ ތެދަށް މިބުނީ… ޓްރަސްޓް މީ މޯނާ، މޯނާ މަތިން ވަރަށް ހަނދާންވޭ، ނުފެންނަން ފެށީމަ އެކަން އިޙްސާސް މިކުރެވުނީ، މޯނާގެ އަޑު އިވުމުން އެލިބޭ ހިތްހަމަ ޖެހުން އަހަންނަށް ބުނެދޭކަށް ނޭނގޭ، އޯލް އައި ނޯ އިސް، ޔޫ އަރ ވެރީ ސްޕެޝަލް، އެއްވެސް އަންހެން ކުއްޖަކާމެދު މިވަރަށް ނުވިސްނޭ، މަނާރުވެސް ހުރީ އަހަރެންދެކެ ރުޅި އައިސްފަ، އައި އޭމް އަ ކެއަރލެސް ގައި، ވިސްނި އެނގެން ޖެހޭ ކަންތައްތައްވެސް މިއެނގެނީ މާފަހުން” ނަވާލުގެ ވާހަކަދެއްކުން އޮމާންވެފައި އެއަޑުގެ އަސަރު ގަދައެވެ. މޯނާގެ ދެލޯ ހުރީ ހުޅުވައިގެން ކަމަށް ވިޔަސް، އަދި އެ ދެލޮލަށް ފެންނަކަމުގައިވިޔަސް، އޭނާއަކީ ލޯކަނު މީހަކަށް ނަވާލު ހަދާލީ ކުޑަކޮށްވެސް ޝައްކެއްނުކުރެވޭހާ ބުއްދިވެރި ކަމާއިއެކުއެވެ. މަކަރުވެރި ރޭވުންތަކުން ފުރިފައިވާ ހިޔަޅަކަށް ނަވާލު ވެދާނޭ ކަމަށް ވިސްނާލަން މޯނާގެ ހިތަށްވެސް ނައީއެވެ. މޯނާ ލޯބިވީ ކަނުމީހަކު ފަދައިންނެވެ. ލޯބިވާއިރު އަނެކާގެ ގައިގާ ހުރި ސިފަތަށް ދެނެގަންނަން މަސައްކަތް ކޮއްލިނަމަވެސް މިހެނެއް ނުވާނެއެވެ. ގިނަފަހަރަށް ޒުވާން އުމުރުގައި ލޯބިވެވިފައި ހުންނަނީ މޯނާ ފަދައިންނެވެ. ހަޤީޤަތް ނޭނގި ހުރެ ހިތުގެ އިޙްސާސްތަކަށް މީހާއަށް ފިދާވެވެނީއެވެ. ސިކުނޑި އާއި ތިމާގެ ޒަމީރުގެ އަޑަށް ބީރު ކަންފަތެއް ދެވި ހުރެއެވެ.

“އައި މިސްޑް ޔޫ ޓޫ…” ގަދަކުރަމުން އައި މޯނާގެ އަޑު ބަދަލުވެ، ނަވާލުގެ ދަލުގެ ތެރެއަށް ވަންނަން އޭނާ ނިންމީ އަމިއްލައަށެވެ. ހިތުގެ އިޙްސާސްތަށް ހަމައަކަށް އެޅުވުމަށްޓަކައި އޭނާ ބަލި ޤަބޫލު ކުރި ކަހަލައެވެ. މޯނާގެ އަޑުއިވުނު ހިނދު ނަވާލުގެ ތުންފަތަށް ވެރިގެން ދިޔައީ ކާމިޔާބު ލިބިއްޖެ ކަމުގެ ހިނިތުންވުމެކެވެ. އޭނާގެ ރޭވުންތެރިކަމުން ވެއްޔާއި މޮޑެލަން ގަސްދުކޮއްފައިވަނީ ކިތަށް މީހުންގެ ޙަޔާތްކަންވެސް އެނގެނީ ޚުދު އޭނާއަށެވެ. ރާވާފައިވާ ހުރިހާ ދަންތުރައެއްވެސް ވަނީ ހަމަ ނަވާލުގެ ހިތުގައި ފޮރުވިފައެވެ.

“ދެން ކޮން އިރަކުން އަހަންނަށް ފެންނާނީ، މަނާރާއި ދެމީހުން އަންނަންވީނު، އަހަރެން މިހިރީ މޯނާ ދެކިލަން ބޭނުންވެފަ” ނަވާލު ބުނެލިއެވެ.

“ތިގެއަށް… ތިގެއަށް ދެންދާނީ ނަވާ އަހަރެން ގެންދިޔަ ދުވަހަކުން، އަމިއްލައަކަށް ދެން ނުދާނަން، އަހަރެން ބޭނުންވަނީ ނަވާ އަހަންނަށް ކެއަރ ކުރާވަރު އެނގެން، އޭރުން އަހަންނަށް ޤަބޫލު ކުރެވޭނީވެސް” މޯނާ ޖެހިލުންވެފައި ހުރެވެސް އޭނާގެ ޝަރުތު ކަނޑައެޅިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވަނީ ނަވާލުގެ ލޯބި އިޚްސާސް ކޮއްލާނޭ ފުރުޞަތެކެވެ. އޭނާއަށްވެސް ލޯތްބާ އަޅާލުން ބޭނުންވާކަން ނަވާލަށް ވިސްނައިދިނުމެވެ. މޯނާގެ ވިސްނުން ވަނީ ނަވާލާއިއެކު ވަރަށް ދުރަށް ދަތުރު ފަށާފައެވެ. ޒަވާޖީ ހަޔާތަކާއި ހަމައަށް ދަތުރު ކުރުމުގެ ހުވަފެން މޯނާ ދެކެއެވެ. ކަސްރަތު ކުލާހުން ފުރަތަމަ ދެމީހުން ބައްދަލުވި ވަގުތުންފެށިގެން މޯނާގެ ސިކުނޑީގައިވަނީ އެމަންޒަރު ފަނޑުވުމެއްނެތް ފަދަ ގޮތަކަށް ކުރަހާލެވިފައެވެ. ހުރިހާ އަންހެން ކުދިންގެ ތެރެއިން ނަވާލުގެ ހަޔާތުގެ ބައިވެރިއަކަށް ވާނީ އޭނާކަމުގައި މާކުރިން މޯނާ ވަނީ ނިންމާފައެވެ.

ނަވާލާއި މޯނާ ވާހަކައިގައި އެތަށް ގަޑިއިރެއް ވޭތުކުރިއެވެ. މިރޭ ނަވާލު އެހުރީ މޯނާގެ ހިތްހަމަ ޖައްސާލަ ދިނުމަށް މުޅިން ހުސްވެގެން ކަހަލައެވެ. އޭނާގެ ވާހަކަތައް ހުރި ގޮތުން ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް އެފަދަ ޖަޒުބާތީ ރީތި ޒުވާނަކު އެމީހުންގެ ޚަޔާތަށް އައުމަށް އެދޭނެކަން ޔަގީނެވެ. މިރެއަކީ މޯނާގެ ހަޔާތް މުޅިން ތަފާތު ހަރުފަތަކަށް ގެނައި ރެއަކަށްވާއިރު، މިރޭ އޭނާއަށް ލިބުނު އުފަލުގެ ކޮޅެއްވެސް ނެތެވެ. ފޯނު ބޭއްވުމާއިއެކު ފުންމައިގެން އެނދުން ތެދުވި މޯނާ ދުއްވައިގަތީ މަނާރުގެ ކޮޓަރިއަށް ވަނުމަށެވެ. މޯނާގެ ކޮޓަރީގެ ދޮރުމަތީގައި ހުރި މަނާރުގެ ކޮޓަރިއަށް އޭނާ ވަންއިރު މަނާރު އޮތީ ގަދަ ނިދީގައެވެ. އެއްވެސް އުސޫލެއްނެތް ފަދަ ގޮތަކަށް ނިދާފައެވެ. އެނދުގެ ވަކި ކޮޅެއްގައި ނިދަން އޮތުމަކީ މަނާރަށް މުހިންމު ކަމެއްނޫނެވެ. ޖެހުނު ގޮތަކަށް އެނާ އޮވެ ނިދައެވެ. ހުއްޓުން އަރާފައި ހުރި މޯނާގެ ތުންފަތަށް ވެރިވި ލުއިލުއި ހިނިތުންވުމާއިއެކު ފޯނުން ގަޑިބަލާލަންވެސް ހަނދާންވީ ދެނެވެ. އޭރު ފަތިހު ހަތަރެއް ޖަހާ ދަނީއެވެ. މަޑުމަޑުން ހިނގާލާފައި އައިސް އެނދުގެ އެއްފަރާތަށް އެލިފައި އޮތް ކުއިލްޓު ނަގާ ކޮއްކޮގެ ގައިމަތީގައި ރީތިކޮށް އަޅާލަ ދިނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

އެތަށް ގަޑިއިރެއްގައި ހޭލާ އުޅުނު މޯނާއަށް ނިދާފައި ހޭލެވުނު އިރު މެންދުރުވަނީއެވެ. އެއްވެސް ކަމެއް ކުރުމުގެ ކުރިން އޭނާ އާއި ނަވާލާއި ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް މަނާރަށް ކިޔާދީފިއެވެ. މޯނާގެ މޫނުމަތިން ފެންނަ އުފާވެރިކަން މަނާރުގެ ހިތަށްވެސް ހަމަޖެހުން ގެނުވިއެވެ. ނަވާލު އޭނާގެ ދައްތަގެ ހިތް ހަލާކު ނުކޮއްލި ކަމަށްޓަކައި ހިތާ ހިތާ ޝުކުރުވެރިވެވުނެވެ. އަދި ހިތުގައި ނަވާލާމެދު އޮތް ކިލަނބުކަން ފިލުވާލެވުނީ ހީވެސް ނުކުރާހާ ފަސޭހަ ކަމާއިއެކުއެވެ. މުޅި ދުވަސް އުފާވެރިކަމުގައި ނިމިދާނެކަން ދެބެންވެސް ތިބީ ޤަބޫލު ކޮއްލައިގެންނެވެ. މޯނާގެ އުފާވެރި ކަމުގެ ޚަބަރު ނާއިލުގެ ކަންފަތާއި ހަމައަށް ފޯރާކަށް ގިނައިރެއް ނުނެގިއެވެ.

“ކުރިންވެސް އަހަންނަށް ހީވިއޭ އެދެމީހުންގެ މެދުގައި އޮންނަނީ ހަމައެކަނި ފްރެންޑްޝިޕް ނޫންހެން، ނަވާ އެކަހަލަ ވާހަކައެއް ނުވެސް ބުނެހުރެ ކޮއްލި ކަންތައް، އޭނާ އާއި ދިމާކޮއްލާނަން” ނާއިލު، މަނާރަށް ބުނެލިއެވެ.

“ހޭ… ޑިޑް ޔޫ މިސް މީ” މަނާރު ވަރަށް ނޫން ގޮތަކަށް އަހާލިއެވެ. އޭނާގެ ހިތުގައި ނާއިލަށް ޚާޢްޞަކަމެއް ދެވިފައިވާކަން ޚުދު ނާއިލަށްވެސް އިޙްސާސް ކުރެވެއެވެ. ނަމަވެސް އޭނާ ފާޅުގައި އެކަމަށް ފިޔަވަޅެއް އަޅަން ބޭނުންނުވާ ކަހަލައެވެ. މަނާރުގެ ފަރާތުން ހުށައެޅުމެއް އަންނަން ދެން މަޑުކުރާ ކަހަލައެވެ.

ބޭރުފުށުން ހަމަޖެހިލައިގެން ހުންނަ ނަވާލުގެ ހިތާ ސިކުނޑީގައި ވަނީ ކިހާ ވަރެއްގެ ހައިޖާނެއް ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. އޭނާގެ އުޅުމުން އެކަހަލަ އެއްވެސް ކަމެއް ނުފެނެއެވެ. ނަމަވެސް ސަމީރާގެ ސަމާލުކަން ވަނީ ނަވާލަށް ދެވިފައެވެ. ހަވީރުގެ ވަގުތުގައި ސައިހަދާފައި ހުރީ ބޮޑުކޮޓަރީގައެވެ. އަސްލަމް އާއި ނީލްވެސް ގޭގައި ނޫޅޭތީ އާއިއެކުވެސްމެއެވެ. ކާންތިބޭ ބޮޑުމޭޒުގެ ދޮށުގައި ހުރި ގޮނޑިތައް އަރާމު ނޫންވީމައެއްނޫނެވެ. ސަމީރާ ބޭނުންވީ ދަރިންނާއި އެކު ވާހަކަދައްކާލާނެ ވަގުތުކޮޅެކެވެ. އެފަދަ މާޙައުލެކެވެ. ކާމޭޒު ދޮށަށްވުރެ ބޮޑުކޮޓަރީގެ ސޯފާތަކުގައި ތިބެ ހަވީރުގެ ސައިބޯލުމުން އެމާޙައުލު ކުދިންގެ ސިކުނޑިތައް ހުޅުވާލުމަށް އެކުވެރި މާޙައުލަކަށް ވެގެން ދާނޭ ކަމުގައި ސަމީރާއަށް ހީވެފައި އޮތުމުންނެވެ.

“މިއަދު މިހިރީ ނަވާލަށް އެންމެ މީރު ޒިލޭބީ ހޯދާފަ” ވަރަށް ހިނިއައިސްފައި އިނދެ ފަހަރަކު ސައިޖޯޑެއް ދެދަރިންނަށް ދިއްކުރަމުން ސަމީރާ ބުންޏެވެ.

“މަންމާ، އަޅުގަނޑު ހިތަށް އަރާ ނަވާ މިހުރިހާ ހަކުރެއް ކާއިރުވެސް ލޮކި މަސްތަކެއް ޖަހާފައެއް ނުހުރެޔޭ، އެކަމަކު މީނާ ނޫނީ ނޫޅޭނެ މިގޭގަ އެވަރަށް ފޮނި އެއްޗެހި ހަށިގަނޑަށް އެތެރެކުރާ މީހަކު” ނާއިލު ހެވިފައި އިނދެ ދިމާކޮއްލާ ފަދަ ގޮތަކަށް ބުނެލިއެވެ.

“ހަކުރު ނުކާ މީހާގެ މާ ލޮކި މަސް ގިނައެންނު، ތިހިރީ ވިއްޔަ ހުންނަ ވައްތަރު، ނާޑެއް ހެން، ޑޮކްޓަރަކަށްވާން އުޅުނަސް ހަށިގަނޑުގައި ޑޮކްޓަރެއްގެ އެއްވެސް ސިފައެއްނެތް…” ނަވާލުގެ ވާހަކަތަކުން ނާއިލަށް އެއްޗެއް ނުވިސްނުނު ކަމުގައި ވިޔަސް އޭނާ އިނީ ނާއިލާއި ވާހަކަ ދައްކަން ބޭނުންވެފައި އިން ކަހަލަ ގޮތަކަށް ނޫނެވެ. އެއާއި ޚިލާފަށް ފުރުޞަތެއް ފަހިވެއްޖެނަމަ މިހާރުވެސް ކަރުގައި ހިފަން ބޭނުންވެފައި އިން މީހަކު ފަދައިންނެވެ.

“އެކުއްޖަކު ހުންނާނެ ގޮތެއް އެނގޭނީ ހަމަ އެކުއްޖަކަށް، ތިދެކުދިންނަކީ އެއް ރަހިމުގައި އުފެދިގެން މި ދުނިޔެއަށް ނޭވާލީ ދެކުދިން، އެކަމަކު ބައެއް ފަހަރު މަންމަ ހައިރާންވޭ ތިޔަ ދެކުދިންގެ މިޒާޖު ތަފާތު ކަމުން، އެއްމާބަނޑު ދެބެންނޭ ބުނާވަރުވެސް ނުވޭ، އެކަމަކު ތިދެކުދިންގެ ސިފަވެސް ކިހާ ވައްތަރު، ނާއިލުގެ މޫނު ދިގުކޮށް ހުރެފަ ނަވާލުގެ ދަތްދޮޅި ތަންކޮޅެއް ބޭރަށް ހުންނާތީ މަންމަ ތިދެކުދިން ބޮޑުވެގެން އައި އިރު ފާހަގަ ކުރަން އެނގެނީ، އެކަމަކު މިހާރު ތި ތިބީ ފުރިހަމަ ޒުވާނުންނަށް ވެފަ، ދެކުދިންގެ ވައްޓަފާޅިތަށް ތަފާތުވުމުގެ ސަބަބުން މިހާރު ތިދެކުދިން މާބޮޑަށް ސިފަ ވައްތަރެކޭ ނުބުނެވޭނެ، އެކަމަކު މަންމަ ތިކުދިން ގާތު ވާހަކައެއް ބުނަން ބޭނުން، ޒުވާން ދުވަސްވަރަކީ އާކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވާނެ ދުވަސްވަރެއް، ޚާއްޞަކޮށް މިކަހަލަ ޒަމާނެއްގަ… އަނެއްކާ ތިކުދިންގެ އުމުރުގެ ގޮތުންވެސް މީ ވަރަށް އެހެން ކަހަލަ އިޙްސާސްތައް ކުރެވޭނޭ އުމުރު ފުރައެއް، މަންމަ ބޭނުންވަނީ ތި ދެކުދިންނަކީ އަންހެނުންނަށް ކަމޭހިތާ އެމީހުންގެ އިޙްސާސްތަކަކީ ކުޅޭކުޅިވަރަކަށް ނަހަދާނެ ކުދި ބަޔަކަށް ވުން، އަންހެން ކުދިންގެ އިއްފަތްތެރިކަން ފިރިހެން ކުދިންނާ މާބޮޑަށްވެސް ތަފާތު ވާނެކަން ދަންނަން ވާނެ، ކައިވެނީގެ ބޭރުން ކަތި ފިޔަވަޅެއް ކޮންމެވެސް ނާޅާތި، މަންމައަށް އެނގޭ އެކަހަލަ ވަގުތުތަކުގައި އެންމެ ގާތުގައި ހުންނަނީ ޝައިތާނާކަން، އެކަމަކު މަންމަ ތިކުދިންނަށް ދިން ތަރުބިއްޔަތުގެ މަތިން ހަނދާންނައްތާ ނުލައްޗޭ، މަންމަ އާއި ބައްޕަގެ އަނބުރާ އިއްޒަތަށް ތިކުދިން ނޫނީ ދެން ވިސްނާނީ ވަކި ކޮންބައެއް، މިފަދަ ވާހަކަތަކަކީ ގިނަ ފަހަރަށް ފިރިހެން ދަރިންނަށްވިޔަސް ބަފައަކަށް ދައްކަން މާފަސޭހަ ވާހަކަތަކެއް ނޫން، އެހެންވެ މިކަންކަން މިއަދު މަންމަ މި ހަނދާންކޮއްދެނީ…” ސަމީރާގެ ވާހަކަ މެދުކެނޑުނެވެ.

“މަންމާ، ދެން ކޮންކަހަލަގެ ވާހަކައެއްތޯ ތި ދައްކަވަނީ، އަޅުގަނޑުމެން ގޯސްކޮށެއް ނޫޅެމޭ” ނަވާލަށް ސަމީރާގެ ވާހަކައިން ކުޑަކޮށް އުނދަގޫވެފައި އިންހެން އޭނާގެ އަޑުން ހީވެއެވެ.

“މަންމަ ތިކުދިންގެ ނިންމުންތައް ގޯސް ކުރަނީއެއްނޫނޭ، އަސްލު މިކަހަލަ ވާހަކައެއް ދައްކަން ޖެހުނީ، މިފަހަކަށް އައިސް މިގެއަށް ތިޔަ ދެކުދިންގެ ރަޙުމަތްތެރިކަމުގައި އައި ދެ އަންހެން ކުދިން ނުފެންނާތީވެ، މައްސަލައަކީ ކޮބައި ކަމެއް މަންމައަކަށް ނޭނގޭ، އެކަން އެނގުން މުހިންމެއްވެސް ނޫން، މަންމައަށް ޔަގީންވާ ކަމަކީ ތިކުދިންގެ ޚާއްޞަ ރަޙުމަތްތެރިންތަކެއް ކަން އެއީ، އެހެންވީމަ ދިމާވެގެން އުޅޭކަމެއްވެސް ޚައްލުކޮށް ރީތި ގޮތުގައޭ ވާނީ ގުޅުން ކަނޑާލަންވެސް، އެއިން ކުއްޖަކަށް ދެރަވާނޭފަދަ ގޮތަކަށް ނުވާނެ ކަންތައްކޮއްގެންނެއް، ތި ދެކުދިން ކައިވެނި ކުރާނެ ކުއްޖަކު އެނގޭނީ ތިކުދިންނަށް، މަންމަ އާއި ބައްޕަ އެކަމަށް ފާޑުކިޔާކަށް ނެތިން، އެކަމަކު މަންމަމެންގެ އެދުމެއް އެއީ ތިގޮތަށް ގިނަ ބައިވެރިންތަކެއް ޚިޔާރު ކުރުމުގެ ބަދަލުގައި ރަނގަޅު އެއްކުއްޖަކާއިއެކު ގުޅުމެއް ގާއިމުކޮށް، އެބައިވެރިޔަކާއިއެކު ކައިވެންޏަކާއި ހަމައަށް ދިއުން” ސަމީރާގެ ނަޞޭޙަތް އަޑުއެހުމުގައި ދެދަރިންވެސް ތިބީ ކިޔަމަންތެރިކަމާއި އެކުގައެވެ. މަންމައަށް ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ. މަންމަގެ ހިތުގެ އަޑު އެމީހުންގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. ސައިޖޯޑުން އެތިފޮތެއް ބޯލުމާއިއެކު ނާއިލު އޭނާގެ މަންމަ އާއި ލުއިލުއި ހިނިތުންވުމެއް ބަދަލުކޮއްލިއެވެ. އެހިނިތުންވުން ސަމީރާއަށް ނަގައިގަންނާކަށް އުނދުގުލެއް ނުވިއެވެ.

“ދަރިފުޅު ވާހަކައެއް ބުނަން ބޭނުންވެފަ އިންހެން ހާދަ ހީވެޔޭ، އަނެއްކާ މިދެއްކި ވާހަކަ އާއި ގުޅުން ހުރި ކަމެއްތަ” ސަމީރާ ހިނިއައިސްފައި އިނދެ އާދައިގެ ގޮތަކަށް އަހާލިއެވެ. ކުއްލިއަކަށް ނަވާލުގެ ނަޒަރު ނާއިލަށް ހުއްޓިގެން ދިޔައެވެ. އޭނާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އޭނާގެ ހިތަށް އެތަކެއް ސުވާލުތަކެއް ޖަމާވެގަތް ކަހަލައެވެ.

“އަޅުގަނޑު… އެނބުރި ދާހިތެއްނެތް، މަންމަމެން ގާތު މިކޮޅުގައި މަޑުކުރާހިތްވަނީ” ނާއިލުގެ ހިތުގައިވާ އެއްޗެއްގެ ދެބައިކުޅައެއްބައި ދުލާ ހަމައަށް ގެނައެވެ.

“ދެން ދަރިފުޅުގެ ކިޔެވުމޯ، ނިމެން މިހާ ކައިރިވެފަ އޮއްވަ މިކޮޅުގަ މަޑުކުރަން ތިޚިޔާލު ކުރީ ކީއްވެތޯ މަންމަ އަހާލަން ބޭނުން” ހައިރާންވެފައި އިނދެ ސަމީރާއަށް އަހާލެވުނެވެ. އެތަކެއް އުންމީދުތަކެއް ނާއިލު އާއިމެދު ކުރަމުން އައިނަމަވެސް އެކަން ހާމަކުރަން ސަމީރާ ބޭނުންނުވީއެވެ. މަތީ ތަޢުލީމަށް ކުއްޖާ ނުކުންނަނީ އަމިއްލައަށެވެ. އެހެންވީމަ އެކަމަށް މަޖުބޫރުކުރާ މަޔަކަށް ވާން ސަމީރާ ބޭނުމެއްނުވެއެވެ. ނަމަވެސް ދަރިފުޅާ ވާހަކަދައްކައިގެން އެފަދަ ގޮތަކަށް ޚިޔާލު ބަދަލުވާން ޖެހުނު ސަބަބެއް އޭނާ އޮޅުން ފިލުވާނެއެވެ.

“މަންމާ، އަޅުގަނޑު ބޮޑުވެއްޖެއޭ މަންމަ ބުނުއްވައިފީމު، އަޅުގަނޑަށްވެސް އެކަން އިޙްސާސް ކުރެވޭ… އަޅުގަނޑު…” ނާއިލުގެ ވާހަކަ މެދުކަނޑާލީ ނަވާލެވެ.

“އަޅުގަނޑު މިއުޅެނީ މީހަކާ އިންނަން” ކުއްލިއަކަށް ނަވާލު ބުނި ޖުމްލައިން ނާއިލާއި ސަމީރާއަށް ހުއްޓުން އެރިއެވެ. ނާއިލުވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިއުމަށްވުރެ ނަވާލަށް އިސްކަން ދިނެވެ.

“ހެ ހެ ހެ… ސީރިއަސްކޮއްތަ” ނަވާލަށް ނާއިލު ބަލާލީ ޔަގީން ނުކުރެވިފައި އިންފަދަ ގޮތަކަށެވެ.

“މެރީއޭޖް އިސް ނޮޓް ފަނީ، ނޫންތޯ މަންމާ، ކައިވެނި ކުރަން ނިންމުމަކީ ވަރަށް ސީރިއަސް ނިންމުމެއްނު” ނަވާލު، ނާއިލަށް ލޯ އަޅާލަމުން ބުނެލިއެވެ. އޭނާގެ ބޭނުމަކަށްވީ ނާއިލުގެ ވާހަކަ މެދުކަނޑާލުމާއިއެކު ސަމީރާގެ ސަމާލުކަން އަތުލުމެވެ. އެކަންވެސް އޭނާއަށް ކާމިޔާބު ވެއްޖެއެވެ. ނަމަވެސް ސަމީރާގެ ގާތުގައި ކައިވެނި ކުރަން ހަމަޖެއްސީ ކޮންކުއްޖަކާ ކަމެއް ނަވާލު ނުބުންޏެވެ.

“މަންމާ، އަޅުގަނޑު ޚިޔާލު ކުރަނީ ކައިވެންޏާއި ހަމައަށް ދިއުމަށް، ހުރިހާ ކަމެއް ޔަގީންވުމުން މަންމަ ގާތުވެސް ބުނާނަން” ނަވާލަށް އޭނާއަށް ކިޔޭ ނުކިޔޭވެސް ނޭނގޭ ކަހަލައެވެ. ހަޤީޤަތެއް ނެތް ހުވަފެންތަކެއް ޢާއިލާއަށް ދައްކަމުން އޭނާ ދިޔައެވެ.

ކައިވެނީގެ ވާހަކަ ދެއްކުނު ފަހުން ދެތިން ދުވަސް ފާއިތުވެ ދިޔައިރު ސަމީރާގެ ސިކުނޑީގައިވަނީ ސުވާލު މާކެއް ޖެހިފައެވެ. މޯނާ އާއި މަނާރު އަންނަތަން ނުފެންނާތީ ޔަގީންކޮށް އެތަނުން ކުއްޖެކޭ ބުނާކަށް އޭނާއަކަށްވެސް ނޭނގެއެވެ. ނަމަވެސް ސުވާލުގެ ޖަވާބު ލިބުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ނަވާލު ކައިވެނި ކުރަން ނިންމާފައިވަނީ ކޮންގެއެއްގެ ކާކުގެ ދަރިއަކާކަން ސަމީރާއަށް މިހާރު އެނގި ޔަގީންވެއްޖެއެވެ. ނަމަވެސް އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން އޭނާ މަސައްކަތް ކުރިއެވެ. އެއީ ނަވާލު އަމިއްލައަށް އައިސް އެކަން ހާމަ ކުރަންދެންނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *