“ތީ ޝާމާގެ ފްރެންޑެއް… ކޮންވާހަކައެއް ދައްކަން އަހަރެން މިތަނަށް ގެނައީ…” އާމިލްގެ ހުރީ ރުންކުރު ގޮތެކެވެ. ހައިރާންކަމާއެކު އާމިލްއަށް ބަލަން ހަނާއަށް ހުރެވުނެވެ. އޭނާއަށް ހަމަ ރަނގަޅަށް ވެސް ހަނާ ނޭނގުނީބާއޭ ހިތަށް އެރިއެވެ.
“އަހަރެން މިއައީ ޝާމާގެ ރަޙުމަތްތެރިއެއްގެ ގޮތުގައެއްނޫން، އެކަމަކު ޝާއިނާގެ ކުރީގެ ރަޙުމަތްތެރިއެއްގެ ގޮތުގައި.” އާމިލްއަށް ބަލަން ހުރެފައި ހަނާ ބުނެލިއެވެ.
އާމިލް އެއްޗެކޭ ނުބުނެ ހަނާއަށް ނަޒަރު ހުއްޓާލި ގޮތަށް ހުންނަން ފެށުމުން ހަނާ އިޝާރާތް ކޮށްލީ އެތެރެއަށް ވަނުމަށެވެ. ހަނާ ކުރިއަށް ހުރެ ކެފޭތެރެއަށް ވަނެވެ. އެހެންމީހުންގެ ސަމާލުކަން ނުލިބޭނޭ ހިސާބުގައި ހުރި މޭޒެއް ޚިޔާރު ކުރުމާއެކު، ހަނާ އައިސް އިށީނދެއްޖެއެވެ. އާމިލް އިށީނީ މޭޒުގެ އަނެއްފަރާތުގައި ހަނާގެ ކުރިމަތީއެވެ. ކޯއްޗެއްތޯ ގެންނާނީ ވެސް އެހީ ހަނާއެވެ. ކެއުންތަކެއް ކެއުމުގެ ޝައުގެއް އާމިލްގެ ނެތެވެ. އޭނާ ކޮފީއެއް ނެގުމުން، ހަނާ ވެސް އޯޑަރުކުރީ ފިނި ބުއިމަކަށެވެ. ވެއިޓަރު ގޮސް، މޭޒުދޮށުގައި ހަނާއާއި އާމިލް އެކަނިވުމުން، އެތަނަށް އައި މަޤްޞަދުގައި ހަނާ ހިފައިފިއެވެ.
“ފިރާޒުއަށް އިތުބާރުކުރަންވީ… އޭނާ ދެއްކީ ތެދު ވާހަކައެއްހެން ހީވާތީތަ؟.” ހަނާ ދުރުދުރުން ދެއްކި ވާހަކައަށް އާމިލް ރައްދު ދިނެވެ.
“ހަމައެއްފަހަރު ވެސް ހިތަކަށް ނާރާތަ އެއްޗެއް، ފިރާޒު އޭރު ދެއްކި ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އޮތީކަމަށް ވެސް ވެދާނެ، އާމިލްގެ ލައިފްގަ ކަމެއް ތަފާތުހެން ކުޑަކޮށް ވެސް ހީނުވޭތަ؟. ބައްދަލުވާއިރު، މި ބައްދަލުކުރެވެނީ އިނާއާ ނޫންހެން ހިޔެއްނުވޭތަ؟.” ހަނާއަށް ޤަބޫލުކުރަން ދަތިވިއެވެ.
“ހޫމް… ހިޔެއްނުވޭ…” މޭޒުމަތީ ވެއިޓަރު ގެނެސް ބެހެއްޓި ކޮފީ ތަށްޓަށް ބަލަން އިނދެ އާމިލް ބުންޏެވެ. ދެން މަޑުމަޑުން އިސް އުފުލާލައި ހަނާއަށް އޭނާ ބަލާލިއެވެ.
“ދިސް އިޒް އަ ސަޕްރައިޒް… ކޮންމެވެސް ވާހަކައެއް އެބޯތޭ ކިޔާފައި، ބުނަން ތިއުޅެނީ އޭރުގަ އަހަރެންގެ ހުރި ގާލްފްރެންޑާއި އޭނާގެ ކޮއްކޮއާ ދެމީހުން ވަކިކުރަން އަހަންނަށް ނޭނގެއޭތަ؟… އެހެން ކަންނޭނގެ ތިބުނެވެނީ…” އާމިލްގެ މޫނުންނާއި އަޑާއި ރާގުގައި ހުރީ އޭނާގެ ބޮލުގައި ކަމެއް އަޅުވަން ހަނާ ބޭނުންވަނީ ހެއްޔޭ އަހާފަދައިންނެވެ.
“ނޫން، ތިގޮތަކަށް މާނަކޮށްފައެއްނޫން އަހަރެން މިވާހަކަ މިދައްކަނީ.” ހަނާ ނިކަން އަވަހަށް ބުނެލިއެވެ.
“އެހެންނޫނިއްޔާ، ދެން ތި ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟.” އާމިލް ގަޔާނުވި ކަހަލައެވެ.
ހަނާއަށް ތުންފިއްތާލެވުނެވެ. މޭޒުމަތީ ހުރި އޭނާގެ ތަށީގައިވާ ހޮޅީގައި ތުންފަތް ޖައްސާލައި އެތިފޮދެއް ބޯލުމަށްފަހު ފުންނޭވާއެއްލީ މީހާ ހަމަޖެހިލުމަށެވެ. އެގޮތުގައި އޭނާ އާމިލްއަށް ބަލާލުމެއް ނެތި ވާހަކަދެއްކިއެވެ. ހާނާ ދެއްކި ވާހަކަތަކުގެ އަސްލު ގުޅިފައިވީ ފޮޓޯއަކާކަން ބުނެލިއެވެ.
“ފޮޓޯ އެކޭ…” އާމިލްއަށް ހައިރާންކަން ލިބުނެވެ.
“އާން!… ހީވާގޮތުން އެ ފޮޓޯ ޝާމާ ނަގާފައި ހުރީ ތި ދެމީހުން ކުރާކަމެއްކޮށް ނިމުނު ވަގުތު. ތިބިގޮތުން އެވަރު އެނގޭ.” ހަނާ ބުންޏެވެ.
“އެހެންވީމަ… އެއީ ހަމަ ޝާމާ…” ޚިޔާލަކަށް ގެއްލިފައި އިނދެ އާމިލްއަށް ބުނެވުނެވެ.
“އާން.” ހަނާ ބުނެލިއެވެ.
މީހަކަށް ޝާމާކަން ނޭނގުނީ އޭނާގެ ލޯ ކައިރީ އިންނަ ކަޅުތިލަ ފޮރުވާފައި ހުރީމަކަން ހަނާއަށް ވިސްނުނެވެ. އާމިލްގެ ޠަބީޢަތަށް ބަދަލުތަކެއް އައި ނަމަވެސް އޭނާ އެކަން މޫނުމަތިން ނުދެއްކިއެވެ. އިހު ހުރި ހައިރާންކަމާއި ސުވާލު އުފެދި، ފުން ޚިޔާލަކަށް ގެއްލިފައި އިން އިނުން މިހާރު ފެންނާކަށް ނެތެވެ. ފެންފޮދެއް ބޯން ތަށީގައި ދެއަތުން ހިފާލީ އަތުގައި ހުރި މަޑު ތުރުތުރުގެ އަސަރު ކަނޑުވާލުމަށެވެ. ދެން ކުޑަކޮށް ހިނިއައިސްފައި ވާހަކަދައްކަން ފެށިއެވެ. ދެއްކުންތެރި އެ ހިނިތުންވުމުން ހުރިހާކަމެއް ފަރުދާކުރުމަށް ބޭނުންކުރަމުންނެވެ.
“ތީ ހާދަ ޤަބޫލުނުކުރެވޭ ވާހަކައެކޭ، ވެދާނެ ހަދައިގެން އުޅޭ ފޮޓޯއަކަށް، އަނެއްކާ ޝާއިނާ ވެސް އޭރު އުޅުނީ ނިކަންފާޑަކަށް.”
“އެހެންވިޔަސް… އާމިލް!، ކިހިނެއް ތިހެދީ…” ހަނާއަށް ވާހަކަ ކުރިއަށް ނުގެންދެވުނީ، އާމިލްގެ އަތުގެ ތެރެއަށް ތަށިތަޅައިގެން ދިއަތަން ފެނިފައެވެ.
“މިތަން ވަރަށް ހާދަ ފިންޏޭ، ބޮލުގައި ރިއްސަނިކޮށް މިއައީ… މޭބީ ވީ ޝުޑް ގޯ ނައު، އަހަރެން ބިލު ކަނޑާލަފާނަން.” ޓިޝޫ އިން ދެއަތާއި މޭޒުމަތި ފުހެމުން އާމިލް ބުންޏެވެ. އޭނާ ހަނާއަށް އިތުރަށް ވާހަކަދައްކާނޭ ފުރުޞަތެއް ނުދިނެވެ. މޭޒު ދޮށުން ތެދުވެ އެ ތަނަށް އައި ވެއިޓަރާއެކު ފައިސާ ދައްކަން ކައުންޓަރުގެ ދޮށަށް ދިޔައީއެވެ. ހަނާއަށް މަޑުކޮށްލެވުނީ އާމިލް ކަންތައްކުރާ ގޮތް ބެލުމަށެވެ. އޭނާ ފައިސާ ދައްކާފައި ކެފޭއިން ނުކުމެގެން ދިޔައީ އެނބުރި ހަނާއަށް ބަލާ ވެސް ނުލައެވެ. މަޑުމަޑުން ހަނާ ވެސް ތެދުވީ ގެއަށް ދާށެވެ. އެހެންނަމަވެސް ސިކުނޑީގައި އެތައް ސުވާލުތަކެއް ވިއެވެ.
* * * * *
“ކީކޭ…” ޝާއިނާއަށް ބުނެވުނީ ހައިރާންވެފައި ހުރެއެވެ. އޭނާގެ ކުރިމަތީ ރާޔަން ހުރީ ޖެހިލުންވެފައެވެ.
“ކޮފީއަށް ދާން… ސަޓަރޑޭ… އޯކޭ ހޭ.” ތެޅިތެޅި އޮތް ހިތަކާއެކު ރާޔަން ވާހަކަދެއްކިއެވެ.
“އަހަރެން ފްރީ… އެކަމަކު، އަހަރެން ނުބުނަން ދޯ ދާނަމޭ.” ޝާއިނާ ބުނެލިއެވެ. ރާޔަން ކުރިއަށްވުރެ ބޮޑަށް އަނގަ ސަކަރާތްވެއްޖެއެވެ. ހަމުގެ ކުލަ އަލިވުމުގެ ސަބަބުން އޭނާގެ ދެކަންފަތާއި މޫނު ލަދުން ރަތްވާންފެށިއެވެ.
“ވެލް… ދެޓްސް ޓްރޫ… ސްޓިލް… އައި ވުޑް އެޕްރިޝިއޭޓް… އަސްލު އެހާ ރޫޑުކޮށް ކަންތައްކުރެވުނީމަ، މަޢާފަށް އެދެން ބޭނުން، އައި ހޭވް އެކްޓެޑް… ސޯ ޝޭމްފުލީ… އަންޓިލް ނައު…”
ރާޔަންއަށް ޝާއިނާއާ ހަތަރުކަޅި ހަމަކޮށްލަން ވެސް އުނދަގޫވިއެވެ. ހިތުގެ ތެޅުން އަވަސްވީ ވަރަކަށް ބޭކާރު ހަރަކާތް ރާޔަންއަށް ކުރެވޭ ގޮތް ވިއެވެ. މި މަންޒަރު ބަލަން ހުރި ޝާއިނާއަށް މަޖާވިއެވެ. މަދުން ނުފެންނަ ކަހަލަ މައުސޫމްކަމެއް ރާޔަންގެ ހުރީކަން ފާހަގަވިއެވެ. ދެ ޒުވާނުންގެ ސަމާލުކަން އަތުލީ އެމީހުންގެ ގާތަށް އިތުރު މީހަކު އައުމުންނެވެ. ރާޔަންގެ މޫނުގައިވި އަސަރު ބަދަލުވެލައި މީހާ ސީރިއަސްވިއެވެ. ޝާއިނާގެ މޫނު އަސަރެއްނެތް ހިލައިގެ ބުދަކަށް ބަދަލުވެލި ކަހަލައެވެ.
“ހޭ… ތީނައޭ މި ހޯދަނީ…” މާޒިން އައިސް މަޑުކޮށްލަމުން ބުންޏެވެ.
“ތީ… ކާކު؟” ރާޔަންއަށް ބުނެވުނެވެ. ހިތްހަމަނުޖެހިފައެވެ.
“އޯ، އައި އެމް ޖަސްޓް ގޮއިން ޓު ގެޓް ސްޓްރެއިޓް ޓު ދި ޕޮއިންޓް، ހޭ… ހަނދާންވޭތަ އެންމެފަހުން ބައްދަލުވި ދުވަހު ބުނި އެއްޗެއް.” މާޒިން ބުނެލިއެވެ. އެއާއެކު ޝާއިނާއަށް ވިސްނާލެވުނެވެ.
“ބިސައިޑްސް، އައި އޭމް ނޮޓް އިންޓަރެސްޓެޑް އިން ޝެއަރިން ސަމްވަން ވިތް މައި ސިސްޓަރ.” ހަނދާނުން މަންޒަރުތައް ސިފަވެގެން އައެވެ.
“ތީނަ ބުނިހެން ކަންތައް ކުރަން އަހަރެން ވިސްނައިފިން، މި ސަޓަރޑޭގަ ފްރީތަ؟.” ލުއި ހިނިތުންވުމަކާއެކު މާޒިން އަހާލިއެވެ.
“ސަޓާރޑޭ…” ޝާއިނާ މިހެން ބުނެލަން ވާއިރަށް ރާޔަން ވާހަކަދެއްކިއެވެ.
“އޭނާ ބިޒީ އެ ދުވަހު.” ރާޔަން ބުނެލިއެވެ.
“އަހަރެން އަދި އެއްބަހެއް ނުވަމެންނު.” ރާޔަންއަށް ބަލާލަމުން ޝާއިނާ ބުންޏެވެ. ރާޔަން ވަގުތުން މާޔޫސްވާގޮތްވެއްޖެއެވެ.
“ގްރޭޓް، އެހެންވީމަ ކޮންތާކަށް ދާނީ އަހަރުމެން.” މާޒިން ނިކަން ގަޔާވެ ބުނެލިއެވެ.
“ތީނައާ އެއްކޮށް ވެސް ދާނަމޭ އަހަރެން ނުބުނަން.” ޝާއިނާ ބުނެލިއެވެ.
ކޮލެޖުގެ ގޯތިތެރޭ ހަރަކާތްތެރިވަމުން ދިޔަ ދަރިވަރުންނަށް ސަމާލުކަމެއް ނުދީ ހިނގަމުން އައި ޝާމާއަށް ހުއްޓެވުނެވެ. އަންހެން ކުއްޖެއްގެ ގާތުގައި މާޒިން ހުރީތީ ފެނުނީމައެވެ.
“ވަޓްސް ގޮއިން އޯން، ޔޫ ހެވެންޓް ރިޓާންޑް އެނީ އޮފް މައި ކޯލްސް ލޭޓްލީ…” ޝާމާގެ ހިތް ވާހަކަދެއްކިއެވެ.
ޝާމާ ސިހުނީ ރާޔަންއާއި މާޒިން މަޑުކޮށްލައިގެން ހުރި އަންހެންކުއްޖާ އެނބުރިލީމައެވެ. އެހިނދު ޝާއިނާއާއި ޝާމާގެ ނަޒަރު ސީދާވެލައިފިއެވެ. ކިހިނެއްތޯ މިވަނީ އަމިއްލަ ހިތާއި ޝާމާއަށް ސުވާލުކޮށްލެވުނެވެ. ދެން އެ ލަފުޒުތައް އޭނާގެ ދުލުން ވެސް ބޭރުކޮށްލެވިއްޖެއެވެ.
“ތި ތިން މީހުން އެކުގައި ކީއްކުރަނީ؟، ކޮންއިރަކު ތި ތިން މީހުން ބައްދަލުވާން ފެށީ؟.” އަޖައިބުވެ އަންތަރީސް ވުމުގެ އިތުރުން ޝާމާގެ ބޮލުގައި ރިހުމެއް އުފެދުނު ކަހަލައެވެ. އޭނާ ކުރި ސުވާލަށް ޖަވާބެއް ލިބެން ދެން މަޑުކުރުމެއް ނެތި މާޒިންއާ އޭނާ ގާތްވެލިއެވެ.
“އާން، މި ހަނދާންވީ… މާޒް، މި ވީކަންޑްގަ ފްރީތަ؟، ފިލްމަށް ދާން ކަމަށް.”
މާޒިންގެ މުލައްދަނޑީގައި ހިފާލައި ގާތްވެގެން ހުރެ ޝާމާ ވާހަކަދެއްކިއެވެ. އޭރު އޭނާގެ ނަޒަރު ޝާއިނާއަށް ހުއްޓިފައި ވިއެވެ. މާޒިންއަކީ އޭނާގެ މީހެއްކޭ ޝާމާގެ ޢަމަލުން ދައްކަން މަސައްކަތް ކުރާ ކަހަލައެވެ. އެވަގުތު ރާޔަންއަށް ވިސްނާލެވުނީ ފިލްމަށް ދާން ޝާމާ ބުނި ހަނދާންވީމައެވެ. އޭނާ ޝާމާގެ ދަޢުވަތު ޤަބޫލުނުކުރުމުން، ރައްދުގައި ޝާމާ ބުނީ ފިލްމަށް ދާނީ ފިރިހެން ކުއްޖަކާ އެކީކަމެވެ.
“ވަޓްސް ދި އޮކޭޝަން؟… ތިހެން ޑޭޓަކަށް އެހުމަކީ ޝާމާގެ ގޮތެއް ނޫނެއްނު. އިޓްސް ޓޫ ބޭޑް ދެޓް އައި ޑޯންޓް ހޭވް މޯ ފްރީ ޓައިމް…” ހިނިއައިސްފައި ހުރެ މާޒިން ބުނެލިއެވެ. ދެން ޝާމާގެ އަތުގެ ތެރެއިން އަތް ދަމައިގަނެއްޖެއެވެ.
“މި ވީކަންޑުގައި ވަރަށް މުހިންމު ކަމެއް ރާވަމުން މިދަނީ. އެހެންވީމަ ކިހިނެއްވާނީ މީނަ ގޮވައިގެން ދާން…” ނުބައި ހިންޏެއް އައިސްފައި ހުރެ މާޒިން އިނގިލި ދިއްކޮށްލީ ޝާއިނާގެ ގާތުގައި ހުރި ރާޔަންއަށެވެ.
“އޯ، ކަމޯން…” ނުރުހިފައި ރާޔަންއަށް ބުނެލެވުނެވެ.
“އަހަރެން ފުރަތަމަ އެހީ އޭނާ ގާތު، ތިކަންތައް މަގޭ ބޮލަށް ޖަހަން ނޫޅޭ…” މާޒިންއާ ދިމާއަށް ރާޔަން ބުނެލިއެވެ. މިބުނެވުނީ ކީކޭކަން ރާޔަންއަށް ރެއަކާލީ ބުނެވުނު ފަހުންނެވެ. ދުލުން ބޭރުކޮށްލެވޭ ބަހަކީ އަނބުރާ ގެނެވޭ އެއްޗެއް ނޫނެވެ. އޭނާއަށް އަނގަމަތީ އަތްތިލަ ޖައްސާލެވުނީ އެކަން އިޙްސާސް ވެގެންނެވެ. ނުރައްކާތެރި ބެލުމަކުން ޝާމާ ބަލަން ހުއްޓެވެ.
“އިޓްސް ފައިން… އިޓްސް އަންޑަސްޓޭންޑަބަލް، އަހަރެން ކުރިން ބުނިހެން، އަހަރެމެން ދެމެދުގައި މީހުން ހީކުރާ ކަހަލަ… އެއްވެސް ގުޅުމެއްނެތް” ފަހު ލަފުޒުތައް ބުނަންވީއިރު ޝާމާ ވެރިކޮށްލި ހިނިތުންވުން އެ ތުންފަތުން މުޅިން ފިލައިފިއެވެ.
“ތިހެން ތިބުނީ ކީއްވެ؟، އޭނާ ހަމައެކަނި ބޭނުންވީ ކޮފީއަކަށް އަރަން، ކޮންމެވެސް ސަބަބަކާ ހުރެ އުފެދިފައި ހުރި ނުރުހުން ދޫކޮށްލައި، ޞުލްޙަވުމުގެ ނިޔަތުގައި…. އެނީވޭޒް…” ޝާއިނާ މިހެން ބުނެލުމާއެކު ރާޔަންއާ ދިމާއަށް އެނބުރިލިއެވެ.
“ސަޓަރޑޭ ދޯ… ފޯނު އެބައޮތްތަ؟… ގެނޭ ނަންބަރު ޖަހައިދޭނަން.” ޝާއިނާ ބުނެލިއެވެ. ރާޔަންއަށް ޤަބޫލުނުކުރެވުނަސް ނިކަން އަވަހަށް އާނއޭ ބުނެ ފޯނު ނަގައި ޝާއިނާއަށް ދިއްކޮށްލިއެވެ.
“އޭނާ ކުރީ ކީއް؟، ތި ކަންތައް ކުރަނީ ރަނގަޅަކަށްނޫން… ވާންޓް ޔޫ ދި ވަން މެސިން ވިތް ހިމް… ވައި؟… ވައި އާ ޔޫ އޯލްވޭޒް…” ޝާމާއަށް އަމިއްލަ ނަފްސު ނުހުއްޓުވުނެވެ. އެހިނދު އޭނާގެ ދެއަތުގައި ހިފެހެއްޓީ މާޒިންނެވެ.
“ހޭ… ދެޓްސް އިނަފް… މިތަނަށް މީހުން އެއްވާން ފަށައިފި، އައި ޑޯންޓް ނީޑް ދި އަންނެސެސަރީ އެޓެންޝަން.” މާޒިން ބުނެލިއެވެ.
“މާޒް… ޔޫ ސްޓޭ… މި ވީކަންޑްގައި ކޮންމެވެސް ކަމެއް ކުރަން ހިނގާ…” މާޒިންގެ އަތުގައި ހިފައިގެން ޝާމާ ހިނގައިގަތެވެ. ދާން ބޭނުންނުވިޔަސް ޝާމާއާއެކު މާޒިން ހިނގައްޖެއެވެ.
“ތޭންކްސް…” ޝާއިނާއާއެކު އެކަނިވުމުން ރާޔަން ބުނެލިއެވެ.
“ކޮންކަމަކަށް؟. އަހަރެން އެއްބަސްވީ ޝާމާ ވާހަކަދެއްކި ގޮތުން… އޭނާ ވާހަކަ އަނބުރާލަން އުޅުނު ގޮތް ކަމުނުދިޔައީމަ. އެހެންވީމަ… ކޮންތާކަށޭ ދަނީ؟، ރަނގަޅުތަނަކަށް އަހަރެން ގެންދަންވާނީ…” ޝާއިނާ ބުނެލިއެވެ.
“އޮފްކޯސް… އެކަމާ ނުވިސްނާ. އަހަރެން މެސެޖު ކުރާނަން…” ރާޔަން ބުންޏެވެ.
* * * * *
މާޒިން ގޮވައިގެން ޝާމާ އައިސް މަޑުކުރީ ކޮލެޖުގައި މަރާމާތު ކުރަން ފަށާފައި ހުރި އިމާރާތުގެ ބިއްދޮށުގައެވެ. އެންމެންގެ ލޯތަކުން އެއްކިބާވާން ބޭނުންވެގެންނެވެ.
“ކީކޭތަ ބުނަން އުޅުނީ…” މާޒިން ސުވާލުކުރިއެވެ.
“ކީއްވެހޭ ތިހެން ތިހަދަނީ؟.” ޝާމާއަށް ވާހަކަދެއްކުނީ ވަރަށް ބާރަށެވެ.
“ޔޫ އާ މައިން، މާޒް ބުނީމެންނު ތީ އަހަރެންގެ މީހެކޭ… ދެން ކީއްވެ… ކީއްވެ އޭނާއާއެކު ހުރީ، ކީއްވެ ތިހެން ކަންތައް ތިކުރީ، ނުވާނެ ކައިރިވެގެން… ފްރޮމް ނައު އޮން، އައި ވޯންޓް ޔޫ ޓު ސްޓޭ އެޓްލީސްޓް ވަން މީޓާ އަވޭ…”
“ޝާމާ… އަހަރެން ފޫހިވޭ މާބޮޑަށް އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅޭ ވައްތަރުގެ އަންހެން ކުދީންދެކެ.” މާޒިންގެ އަޑުގައިވި ސީރިއަސްކަމާއި އެ ބެލުމުގައިވި ބީރައްޓެހިކަން ޝާމާ ހިމޭން ކުރުވިއެވެ.
“އަހަރެން ހީކުރީ އަހަރެމެން ދެމެދުގައި އޮތީ ވަރަށް މިނިވަން ފަސޭހަ ގުޅުމެއް ކަމުގައި، ދެހިތް ބަނދެވި ދުރުނުވެވޭހާ ގާތް ގުޅުމެއް އުފައްދަން ނޫންކަން މިއުޅެނީ ޝާމާއަށް ސާފުވެފައިކަން އެނގޭ އޮންނާނީ… އެހެންވެ ޝާމާ އެހެން ފިރިހެނުން ކައިރިއަށް ދިޔަޔަސް އަހަރެން އެއްޗެކޭ ނުބުނަނީ، އެކަމާ އަޅާނުލީ… އެހެން ފިރިހެނުންނާއެކު ކުރާ ކަންކަމަކީ އަހަންނާ ބެހޭ ކަމެއްނޫން، އަހަރެމެންގެ މި ގުޅުން ކުރިއަށް މިދަނީ އެހެން، ދެމީހުން ބައްދަލުވީމަ، އެވަގުތަކީ އެހެން މީހުންގެ މަތިން ހަނދާންނައްތާލައި އަހަރެމެން ދެމީހުން އެކަކުއަނެކަކަށް ސަމާލުކަން ދޭ ވަގުތެއް، އެކަމަކު ޝާމާއަށް މިގުޅުމުގެ އަސްލު ވަކިކުރަން ނޭނގޭނޭނަމަ… ދެން އައި ގެސް ދިސް އިޒް އިޓް.” މާޒިންގެ މޫނުގައިވި ސީރިއަސްކަން ކަނޑާލައި އަބަދުމެ ފެންނައިރު ހުންނަ ސަމާސާ ގޮތް ވެރިކޮށްލިއެވެ. ލުއި ހިނިތުންވުމެއް ޝާމާއަށް ދެމުން ބޮލުގައި މާޒިން އަތްތިލަ ހިންގާލިއެވެ.
“ހޭ… މާޒް… އަހަރެން ނުބުނަމެންނު… ފުރަތަމަ އަހަރެމެން… މާޒް… އަހަރެން ދެއްކި ވާހަކައާ އެހެން ފިރިހެނުންނާއެކު އަހަރެން އުޅުމާ ހުރީ ކޮން ގުޅުމެއް؟.” ހާސްވެ ކަންބޮޑުވެފައި ހުރެ ޝާމާ ބުންޏެވެ. ހަމަ އެވަގުތު އޭނާގެ ފޯނަށް މެސެޖު އަންނަން ފެށިއެވެ. ރުޅިގަދަވެފައި ކުދިކިޔަމުން ފޯނު ނަގައި ބަލާލިއެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު ފޯނަށް ބަލަން ހުރެފައި އޭނާގެ ޢާއްމު ގޮތަށް ރުޖޫޢަވީ ކަހަލައެވެ. ދެން މާޒިންއަށް ބަލާލުމާއެކު ދާން ޖެހޭހާ މުހިންމުކަމެއް ޖެހިއްޖެކަން ބުނެލިއެވެ. ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ ފަހުން ކުރިއަށް ގެންދަން ބޭނުންވާކަން ބުނެ ޝާމާ ދާން ހިނގައިގަތެވެ.
“މައި… އާންޓް ޔޫ ބިޒީ…” ކުރު އަވަސް ނޭވާއެއް ބޭރުކޮށްލުމާއެކު މާޒިން ބުނެލީ މާނަވީ ގޮތަކަށެވެ.
* * * * *
“އައި ގޮޓް ޔޯ ޓެކްސްޓް…” ދުވަހަކުވެސް ނުހިނގާހާ ބާރަށް ހިނގާފައި އައުމުން ޝާމާ ހުރީ ވަރުބަލިވެ ނޭވާ ކުރުވެފައެވެ.
“އަވަހޭ އައިލެއް…” ހޮޅިދަނޑީގައި ލެނގިލައިގެން ހުރެ އާމިލް ބުނެލީ ހިނިތުންވަމުންނެވެ.
“އެހެންނުވާނީ… އަހަރެން ފަހަތުން މީހަކު އަޅުވާލައިގެން އެބައުޅެޔޭ ބުނީމަ.” ޝާމާ ހުރީ ސަމާސާކުރާ ކަހަލަ މޫޑެއްގައެއްނޫނެވެ.
“އަހަރެމެން ބައްދަލުނުވާތާ ކޮންދުވަހެއް، އެހާ ދުވަސް ފަހުން ބައްދަލުވީމަ ވެސް އެއީތަ މުހިންމުވީ ކަމަކީ… އައި މިސްޑް ޔޫ.” އާމިލް ބުނެލިއެވެ.
“ދެޓްސް ނޮޓް ދި އިޝޫ ހިއާ…” ޝާމާ ވާހަކަ ދައްކަދައްކާ ހުއްޓައި އޭނާގެ ކޯތާފަތުގައި ހިފާލުމާއެކު އެ ތުންފަތް އާމިލްގެ ތުންފަތުން ޤައިދު ކޮށްލައިފިއެވެ. އާމިލްގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރު އޭނާގެ ހަރަކާތުން ޝާމާއަށް ފާހަގަވެ، އާމިލް އެދޭ ގޮތަށް އެތުންފަތުން އުފާ ދިނުމަށް ހުޅުވާލިއެވެ.
“އަހަރެންގެ ގެ މިތާ ވަރަށް ކައިރީގަ ހުންނާނީ…” ޝާމާއާ ދުރަށް ޖެހިލަމުން އާމިލް ބުންޏެވެ.
“އަހަރެމެން ވާހަކަދައްކާލަން މަޑުކޮށްލަން ކަމަށް… އެނގެއެއްނު އަހަރެން ބުނަން މިއުޅޭ އެއްޗެއް، ނޫންތަ؟.” އާމިލްގެ އަޑު މަޑުވެލިއެވެ. ޝާމާ އާނއެކޭ ބުނީ މިފަހަރު އާމިލްއާ ގަޔާވެގެން ހުރެއެއްނޫނެވެ.
އާމިލްއާއެކު އައިސް އޭނާގެ ގެއަށް ވަންއިރު މުޅި ގެ އޮތީ ފަޅަށެވެ. އޭނާ ޝާމާ ގޮވައިގެން އައިސް ކޮޓަރިއަށް ވަނެވެ. އާމިލް ގާތްވެލަން އުޅުމުން ޝާމާ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“މިއާދެވުނީނު… ދެން ބުނެބަލަ، ކިހިނެއްވީ؟…” ޝާމާ ބޭނުމީ ހަމައެކަނި ވާހަކަދައްކާށެވެ.
“މިވަގުތު އެވާހަކަ ދެއްކުން މުހިންމުތަ؟، ކިހާ ދުވަހެއްފަހުން މިދިމާވީ… ނޫންތަ ޝާމާ.” އާމިލް ޖެހިލީ ކުރިއަށެވެ. އޭނާ ބޭނުންވަނީ ކޮންކަމެއްކަން ޝާމާއަށް ނަގައިގަތުން އުނދަގުލެއްނުވިއެވެ.
ގިނައިރެއްނުވެ ދެ ޒުވާނުން ތިބީ އެނދުގައެވެ. ޝާމާގެ މަތިން ހަނދާންވިވަރު އާމިލް ބުނަމުންދިޔައެވެ. ޝާމާ ބޭނުންވީ އަވަސްކުރާށެވެ. އެހެންވެ އާމިލްގެ ކުދިކުދި ބީހުންތަކަށްވުރެ އެ ހަށިގަނޑު އެދެނީ ކޮންކަމެއްކަން ބުނެލިއެވެ.
“އެކަމަކު ޝާމާ ރެޑީއެއްނޫން، އެހާ ދުވަސްކޮށްފަ… އަވަސްއަރުވާލާ ހިތެއްނެތް، އަނެއްކާ ރެޑީ ނުވާއިރު ތަދުވެދާނެ.” އާމިލް ބުނެލިއެވެ.
“ބަޓް އައި ލައިކް އިޓް ވެން އިޓް ހާޓްސް… ޕްލީޒް އަމްމު.” އާމިލްގެ ކަނދުރާގައި ދެއަތް އަޅުވާލައި ގާތަށް ދަމާލަމުން ޝާމާ ބުންޏެވެ. އާމިލްއަށް ކެތެއްނުވިއެވެ. ހުރަސް ބޭނުންކުރަން އާމިލް އުޅުމުން އެކަމުގައި ވަގުތު ބޭކާރުނުކުރުމަށް ޝާމާ ބުނެލިއެވެ. އޭނާ މިހާރު ބޭސް ބޭނުންކުރާތީ ނުރައްކަލެއްނެތޭ ބުނަމުންނެވެ.
ދާހިއްލާ ފޯވަމުންދިޔަ އާމިލްގެ ދުލުން ޝާމާއަށް އިރުއިރު ކޮޅުން ގޮވާލެވެއެވެ. ދުވަސްތަކަކަށްފަހު ގާތްވުމުން ލިބުނު ހިތްހަމަޖެހުން މާބޮޑުހެން އާމިލްއަށް އިޙްސާސް ވެއެވެ. ލައްޒަތުގެ ދާނުގައި ހޯދަމުންދިޔަ އުފާތަކުން ދެޖިސްމުގައި އުފެދިފައިވި ހޫނުގެ އާވި ސިކުނޑިއަށް ބާރު ފޯރުވީ ކަހަލައެވެ. ޝާމާދެކެ ވަރަށް ލޯބިވެޔޭ އާމިލް ބުނެލިއެވެ. ހަމައެހިނދު ޝާމާ ވެސް އެފަދައިން ރައްދު ދީފިއެވެ. ލޯބީގެ ބަސްތަކުން އާމިލްގެ ހިތް ފުރާލަދޭން ޝާމާ ފެށިއެވެ. ގިނައިރެއްނުވެ ޝާމާގެ ހަޤީޤީ ބޭނުން ފުދުނެވެ. ވަރުބަލި ކަމާއެކު އާމިލް އެނދުގައި އޮށޯވެލިއެވެ. މަސްތުކަމުގެ އަސަރުގައި ޖެހިފައި އޮވެ ޝާމާއަށް ލޯބިވެތި ބެލުމަކުން ބަލާލިއެވެ.
“ޑިޑް އިޓް ފީލް ގުޑް…” ޝާމާ ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން ހިނިތުންވުމެއް ދިނެވެ.
“ޔާ، ލެޓްސް ޑޫ އިޓް އަގައިން…” އާމިލް ބުނެލިއެވެ.
“އެކަމަކު އިހަށް ދައްކަން އުޅުނު ވާހަކަ ނިންމަމާ…” އާމިލްގެ އިސްތަށިގަނޑާ ކުޅެލަމުން ޝާމާ ބުންޏެވެ. އެއާއެކު އާމިލް ވެސް ތެދުވެ އެނދުގައި އިށީނދެލައިފިއެވެ.
“އޭނާގެ ނަމަކީ ހަނާ… ޝަންނުގެ ކުރީގެ ފްރެންޑެއް، ހަމަކުއްލިއަކަށް މަށަށް ގުޅާފައި ބުނީ މީޓުވާން، އޭނާ އަހަރެން ކައިރީ އެހީ، އަހަރެން ޑޭޓްކުރިއިރު، ޝާމާއޭ ޝަންނުއަށް ވެގެން އުޅުނީ.” އާމިލް ބުނެލިއެވެ.
“ދެން… ކީކޭ އަމްމު ބުނީ.” ޝާމާއަށް އަހާލެވުނީ ނިކަން އަވަހަށެވެ.
“އަހަރެން ބުނީ އަހަރެން އެހާ ގަމާރެއްނޫނޭ، އަހަންނަށް އަހަރެންގެ ގާލްފްރެންޑާއި އޭނާގެ ކޮއްކޮ ވަކިކުރަން ނޭނގޭހާ.” އާމިލް މިހެން ބުނިއިރު އެ މޫނުގައިވީ ތަފާތު އަސަރެކެވެ. އޭނާ ކަމަކާ މެދު ވިސްނާ ކަހަލައެވެ.
“އެހެންވީރު އޯކޭ، ދެން އިތުރު ވާހަކައެއް ނުދައްކާތަ؟.” ޝާމާ އޮޅުންފިލުވުމުގެ ގަސްދުގައި އެއްސެވެ.
“ވަރަށް އެހެންކަހަލަ ވާހަކައެއް ވެސް އަދި ބުނި… އޭނާ ފޮޓޯއެއްގެ ވާހަކަދެއްކި، އަހަންނަށް ނޭނގި އަހަރެމެންގެ ފޮޓޯއެއް ޝާމާ ނެގިންތަ؟.” އާމިލް އަހާލިއެވެ.
“ކީކޭ… ފޮޓޯއެކޭ… ތިވާނީ އެޑިޓްކޮށްގެން އުޅޭ ފޮޓޯއަކަށް.” ޝާމާއަށް ވެރިވި ނުތަނަވަސްކަން ފޮރުވަމުން ވާހަކަދެއްކިއެވެ. އަދި އާމިލްގެ ގާތުން ކަމެއް ކޮށްދެވިދާނެތޯ ޝާމާ އަހާލިއެވެ.
“އެމް އައި ސަޕޯސްޑް ޓު ޑޫ ދިސް ފޯ ފްރީ.” ލަނެތް ހިންޏެއް އައިސްފައި އިނދެ އާމިލް ބުނެލިއެވެ. އަދި ޝާމާގެ އަތުގައި ހިފާ ދަމާލަމުން އެނދުމައްޗަށް އަރިއަކަށް ދެ މީހުން ވެއްޓިގަތެވެ.
“އޮފްކޯސް ނޮޓް.” އާމިލްއާ ގާތްވެލަމުން ޝާމާ ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ އާމިލް އެބުނާ ފޮޓޯއެއްގެ ކަންތަކެވެ. އެ ފޮޓޯއަކީ ރަނގަޅު ފާލެއްކަމުގައި ނުވާނޭކަން ޝާމާއަށް އެނގޭތީ އެކަމާ ވިސްނެނީއެވެ.
* * * * *
“ހާދަ ލަސްވީ…” ރާޔަންއާ ދިމާއަށް އަންނަ ޝާއިނާ ފެނި ބުނެލިއެވެ.
“ސޮރީ…” ޝާއިން ބުނެލިއެވެ.
“ފްލަވާ ދައްޗެއް…” ޝާމާގެ ބޮލުގައި ޖަހާފައި އިން ދެ ދައްޗަށް ބަލަން ހުރެ ރާޔަން ބުނެލިއެވެ.
“އިއްޔެ އަހަރެން ގަތް އެއްޗެހި އައިއިރު ސެލާއެއް ލާފައި އޮތް ހަދިޔާއެއް މީ. ކިހިނެއްވީ؟… ލުކް ހައު ޔޫ އާ އޯލް ޑްރެސްޑް އަޕް، ޑެނިމް ޝާޓް…” ޝާއިނާ ބުނެލުމާއެކު ރާޔަން ރަކިވެއްޖެއެވެ.
“މީ އަހަރެން އަބަދުވެސް ލާ އުޅޭ އެއްޗެހި.” ރާޔަން ވާހަކަދެއްކި އަވަސް އަރުވާލާފައެވެ.
“ދިސް އިޒް އޯކްވާޑް… ލެޓްސް ބީ މޯ އަންޑަސްޓޭންޑިން، އޯކޭ…” ރާޔައާއެކު ހިނގައިގަންނަމުން ޝާއިނާ ބުންޏެވެ.
“އައި ޑިޑިންޓް މީން ޓު ސޭ ދެޓް ޔޫ ލުކްޑް ވިއާޑް، މްމްމް…. ޔޫ ލުކް ކިއުޓް…” ބުނަން ނުބުނަން އުޅޭ ހެން ރާޔަން ބުނެލިއެވެ. ޝާއިނާއަށް ބަލާލަން ވެސް އޭނާއަށް ނުކެރުނެވެ. އަނެއްކާ ވެސް ލަދުގަންނަވާ ލާފާނޭ ހީވީއެވެ.
“ތި ޑެނިމް ގަމީހުގަ ރާޔަން ވެސް ވަރަށް ސްމާޓް، ކޮލެޖުން ފެންނަ ގޮތާ ވަރަށް ތަފާތު، ރާޔަންއާ ޕެސްޓެލް ޓޯންސްތައް ވަރަށް ގުޅޭ.” ޝާއިނާ ބަދަލުކޮށްލި ހިނިތުންވުމުގެ އަސަރުގައި ގެއްލިފައި ހިނދުކޮޅަކަށް ރާޔަން ހުއްޓެވެ. ދެން އަނެއްކާ ވެސް ނަޒަރު ވަކިކޮށްލައި ޝުކުރު އަދާކުރިއެވެ.
ރެސްޓޯރެންޑާ ކައިރިވުމާއެކު ރާޔަން އެދުނީ ހަމައެކަނި ކޮފީއަކުން ނިންމާލުމުގެ ބަދަލުގައި ޝާއިނާ ބޭނުން އެއްޗެއް ކެވިދާނޭ ކަމެވެ. އަގާމެދު ނުވިސްނުމަށެވެ. ކާހިތްވާއެއްޗެއް ހުރިނަމަ ގެނަންވީކަމެވެ. ރާޔަންގެ އުމުރާ ބަލާފައި އޭނާގެ އުޅުމާއި މިޒާޖު ހީވަނީ މާ ޅަހެންނެވެ. ޢާއްމު ފިރިހެންކުދީންނާ ޚިލާފަށް އޭނާ މާ އަވަހަށް ރަކިވެއެވެ. ލަދުގަނެއެވެ. ޝާއިނާއަށް ހިނިތުންވެވުނެވެ.
ރެސްޓޯރެންޓުގެ މޭޒުދޮށުގައި ރާޔަންއާއި ޝާއިނާ ތިބީ އެކަކުއަނެކަކަށް ކުރިމަތިވާނޭ ހެންނެވެ. ޝާއިނާ އޯޑާކުރި ބާވަތްތައް ފެނިފައި ރާޔަން އިނީ އަޖައިބުވެފައެވެ. އެހުރިހާ އެއްޗެއް ކެވޭނެތޯ އޭނާއަށް އަހާލެވުނެވެ. އެއާއެކު ޝާއިނާ ބުނީ އޭނާ ބޭނުން އެއްޗަކަށް އޯޑަރުދޭން ބުނެފައި ރާޔަންގެ ޚިޔާލު ބަދަލުވީތޯއެވެ. ވަގުތުން ރާޔަން ހައްޕު ކިޔައިފިއެވެ. ވެއިޓަރު މީހާ އެތަނުގައި އަލަށް ތަޢާރަފްކުރި ކަޕްލް މީލް ޕެކްގެ ވާހަކަދެއްކިއެވެ. އެއާއެކު ނިކަން އަވަހަށް ރާޔަން ބުނެލީ އެ ދެމީހުން އުޅެނީ ރައްޓެހިވެގެން ނޫންކަމެވެ. މާނަކުރީ އެހެންނޫންކަން ބުނެދީ މަޢާފަށް އެދިފައި ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން ޝާއިނާގެ ނަޒަރު ރާޔަންއަށް ހުއްޓުނެވެ.
“ފްރެންޑްސްއިން ތިބޭތަ؟.” ޝާއިނާ އަހާލިއެވެ.
“އެކްސްކިއުޒް މީ…” ހައިރާންކަމާއެކު ރާޔަންއަށް ބުނެލެވުނެވެ. ޝާއިނާ އެހެން އެހުމުގެ ބޭނުމެއް އޭނާއަށް ދޭހަނުވީއެވެ،
“މިކަހަލަ ރެސްޓޯރެންޓްތަކަށް އައިސް ނޫޅެންތަ؟. އަހަރެންގެ ރައްޓެހިންނާއެކު ތަންތަނަށް ދިޔައީމަ މީހުން ބައެއްފަހަރު ހީކުރޭ އެއީ ކަޕްލްއެކޭ، ރެސްޓޯރެންޓްތަކުގައި ހުންނަ ކަޕްލް މީލް ޕެކު އަހަރެމެން ނަގަން، އެއީ މައްސަލައެއްނޫނެއްނު، ނޫނީ ރާޔަން ބޭނުންނުވަނީ ދޯ މީހުންނަށް ހީވާން އަހަރެމެންނަކީ ކަޕްލްއިންކަމަށް.” ޝާއިނާ ބުނެލިއެވެ. ހީވީ ރާޔަންގެ އަނގަގޮއްވަން އުޅެނީ ހެންނެވެ.
“ނޯ… އެހެނެއްނޫން… މީހުން އެހެން ހީކުރުމަކުން އަހަރެންނަށް މައްސަލައެއްނެތް، އަހަންނަށް އޯކޭ.” ރާޔަން ބުނެލިއެވެ.
“ވަޓް… ވައި ވުޑް ޔޫ ސޭ ދެޓް ސޯ ސީރިއަސްލީ.” ޝާއިނާ ބުނެލިއެވެ. ޤަބޫލުނުކުރެވިފައެވެ. އެވަގުތު ވެއިޓަރު މީހާ ދެ ތަށި ގެނެސް މޭޒުމަތީ ބަހައްޓާފައި ހިނގައްޖެއެވެ.
“އަހަރެން އޮރެންޖު ޖޫހެއް، އެޕަލް ޖޫނެއް ނުބޮން…” ދެ ތަށްޓަށް ބަލަން އިނދެ ރާޔަން ބުނެލިއެވެ.
“މީ މަށަށް ގެނައި ދެ ޑްރިންކް.” ޝާއިނާ ބުނެލިއެވެ.
“އައި ހޭވް ޓު ސޭ ދިސް އިޒް އަ ސަޕްރައިޒް، ޝާމާ ދުވަހަކުވެސް މިހާ ގިނައިން ނުކާނެ.” ރާޔަންއަށް ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ.
“އޭނާ ގެއަށް ގޮސް އެވަރަށް ކާނެ، އަހަރެން ފަލަ ނުވިޔަސް އަހަންނަކީ ގިނައިން ކާމީހެއް، ކޮންމެތަނަކަށް ދިޔަޔަސް އަހަރެން ކާން ބޭނުން ވަރަކަށް ކަން.” ޝާއިނާ ބުނެލިއެވެ.
“އަހަންނާއި ޝާމާ ކުރިން ވަރަށް ގާތް، ނޭނގެ މިހެންވާން ޖެހުނީ އަސްލު ކީއްވެކަމެއް.” ޚިޔާލެއްގައި އިނދެ ޝާއިނާއަށް ބުނެވުނެވެ.
“ކުރިންނޭ…” ޝާއިނާ ބުނި އެއްޗަކުން ބައެއް ރާޔަން ތަކުރާރުކޮށްލިއެވެ.
“އާން… އެޓްލީސްޓް އޭނާ ކޮލެޖަށް ޖޮއިން ކުރުމުގެ ކުރީން. އެކަމަކު އެއީ މާކުރީގެ ކަމެއް. އޭރު އެއޮތް ގުޅުން ދެން އަލުން ބޭއްވިދާނޭހެން ހިޔެއްނުވޭ.” ޝާއިނާ ވާހަކަދެއްކިއިރު ރާޔަން އިނީ ފަރުވާތެރިކަމާއެކު އޭނާއަށް ބަލާށެވެ.
“ޔޫ ހޭވް ކްރަޝް އޮން ޝާމާ، ނޫންތަ؟… ތި ދެމީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އުފެދިއްޖެނަމަ، އޭނާ ގާތު އަހާލައްޗޭ، މިހާރު އެ އުޅޭ ގޮތަށް އޭނާ އުޅެނީ ކީއްވެތޯ، ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ އެއްޗެކޭ ކިޔަސް… އެއީ އަހަރެންގެ ކޮއްކޮ، ދެމެދުގައި އޮތީ ލޭގެ ގުޅުން، އެއްބަނޑުއެއްބަފާކަމުގެ ގުޅުން… މަންމައާއި ބައްޕަގެ އަހަރެމެން ދެބީނުން ނޫން ދަރިއަކުނެތް، އަބަދު ދެކޮޅުވެރިކަމާއެކު ނޫޅެވޭނެ، ގޮތްދޫކޮށް ދިރިއުޅުމައިގެން ކުރިއަށް ވެސް އެބަދާންޖެހޭ.”
މޭޒުމަތީގައި ކާއެއްޗެހީގެ ތަށިތައް ދެ ވެއިޓަރުން ވެގެން އައިސް އަތުރާލިއެވެ. ޝާއިން ވަގުތުން ކާން ފެށިއެވެ. ވިސްނަން އިނދެފައި ރާޔަން ވާހަކަދެއްކީ މޭޒު ކައިރިން ވެއިޓަރުން ދިޔައިމައެވެ. ޝާއިނާގެ މައިންބަފައިން ކޮބާތޯ ރާޔަން އަހާލިއެވެ.
“އެބައުޅޭ… ވަޒީފާގައި ދެމީހުން ވެސް އުޅެނީ، އޮފީސް ފަރާތުން ބައްޕަވީ މެލޭޝީއާގައި، ކުރު ކޯހެއްގައި ގޮސް، ބައްޕައަށްވުރެ ކުރީން މަންމަ ފުރައިފި ޕާކިސްތާނަށް، ހަމަ އޮފީހާ ހެދި… އަހަރެމެން މިތިބީ އަމިއްލައަށް އުޅެވޭވަރުވެފައެއްނު، އެމީހުން ބޭނުންވާ މިނިވަންކަން އެމީހުންނަށް މިހާރު ލިބެންވާނެތާ.” ޝާއިނާ ބުނެލިއެވެ.
“އަޅެއް ތެދަށްބުނެބާ… ހަމައެއްވެސް ކަމެއް ނުކުރަންތަ ޝާމާއަށް.” ރާޔަން އަހާލިއެވެ.
“އެހުމުގެ ބޭނުމަކީ ކޮބާ؟، އަހަރެން ކޮންމެ އެއްޗެކޭ ބުންޏަސް އެމީހަކު ހީކުރާނޭ ގޮތަކަށް ހީކުރާނީ، ޤަބޫލުކުރާނީ އެމީހުންނަށް ފެންނަ އެއްޗެއް.”
“އެހެންވިޔަސް ކިޔާދެވިދާނެއެއްނު.” ރާޔަން އެދުނެވެ.
“އަހަރެން ވާހަކަދެއްކިޔަސް އެކަކުވެސް އަޑެއް ނާހާނެ، އަހަރެން ދައްކާ ވާހަކައެއް މީހަކު ޤަބޫލުކުރާނޭ ކަމަށް މިހާރު އުންމީދެއްނުކުރަން، ކަންކަމަށް އުންމީދުކުރުމަކީ ހަށިގަނޑުން ހަކަތަ ހުސްވެ މީހާ ވަރުބަލިކުރުވާކަމެއް، އެހެންވީމަ… ރާޔަން ވެސް ހީކުރާނެ ގޮތަކަށް ހީކުރަންވީ، ޔޫ ސީ ތިންގްސް ފްރޮމް ޔޫ ވިއު ޕޮއިންޓް.” ކެއުމައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ޝާއިނާގެ ހިފަހައްޓާލައިގެން އިން އުލާއި ސަމްސާ ތަށީ ތެރޭ ބޭއްވިއެވެ. އިސްޖަހާލައިގެން އިނީ ކާތަށްޓަށް ގެއްލިފައިހެން ހީވިޔަސް ޝާއިނާގެ ލޮލަށް ސިފަވަނީ އެހެން މަންޒަރުތަކެކެވެ.
— ނުނިމޭ —