DHEBEENUN [EP-17]

“އަހަރެން ވާހަކަދެއްކިޔަސް އެކަކުވެސް އަޑެއް ނާހާނެ، އަހަރެން ދައްކާ ވާހަކައެއް މީހަކު ޤަބޫލުކުރާނޭ ކަމަށް މިހާރު އުންމީދެއްނުކުރަން، ކަންކަމަށް އުންމީދުކުރުމަކީ ހަށިގަނޑުން ހަކަތަ ހުސްވެ މީހާ ވަރުބަލިކުރުވާކަމެއް، އެހެންވީމަ… ރާޔަން ވެސް ހީކުރާނެ ގޮތަކަށް ހީކުރަންވީ، ޔޫ ސީ ތިންގްސް ފްރޮމް ޔޯ ވިއު ޕޮއިންޓް.” ކެއުމައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ޝާއިނާގެ ހިފަހައްޓާލައިގެން އިން އުލާއި ސަމްސާ ތަށީ ތެރޭ ބޭއްވިއެވެ. އިސްޖަހާލައިގެން އިނީ ކާތަށްޓަށް ގެއްލިފައިހެން ހީވިޔަސް ޝާއިނާގެ ލޮލަށް ސިފަވަނީ އެހެން މަންޒަރުތަކެކެވެ.

“އައި ބިލީވް ޔޫ.” ރާޔަން ބުންޏެވެ. ޝާއިނާއަށް އިސްއުފުލާ ބަލާލެވުނީ އަޖައިބުވެފައެވެ.

“އަހަންނަށް ހީވަނީ ކޮންމެވެސް ހިސާބުން މިސްއަންޑަސްޓޭންޑިންއެއް ހިނގީހެން، އަހަރެންނަށް ޝާއިނާގެ ގޮތެއް ނޭނގޭ، ދިމާވިތާ ވެސް ގިނަ ދުވަހެއްނުވޭ، އެހެންވިޔަސް ތީ އެބުނާ ކަހަލަ މީހެއްހެން އަހަރެންނަށް ހިޔެއްނުވޭ.”

ރާޔަންގެ ވާހަކަތައް އިވިފައި ޝާއިނާގެ ހިތަށް އުނދަގޫވީއެވެ. ޒީނިޔާ ނޫން މީހަކު އޭނާ ދެއްކި ވާހަކަ އަޑެއް ނާހައެވެ. ކައިރީގައި އުޅުނު އެންމެން ވެސް ދިނީ ބީރުކަންފަތެކެވެ. ބެލީ ޝާއިނާ ކުށްވެރިކުރެވޭތޯއެވެ. ރާޔަންއަށް ޝާއިނާގެ ގޮތް ނޭނގޭއިރު ވެސް އޭނާ ޝާއިނާގެ ވާހަކަތައް އަޑުއަހައިފިއެވެ. އަދި ޝާއިނާގެ ބޮލުގައި އިލްޒާމުތަކެއް އަޅުވާކަށް ނޫޅުނެވެ. ލޮލުން ކަރުނަ ފައިބަން ފެށީ ޝާއިނާގެ އިޚްތިޔާރެއް ނެތެވެ.

“ވައި އޭމް އައި… އައި ކާންޓް… ސްޓޮޕް ކްރައިން…” ދެއަތުން ލޯ ފުހެމުން ޝާއިނާ ވާހަކަދެއްކީ އާގަންނަމުންނެވެ. ރާޔަން އަވަސް އަވަހަށް މޭޒުމަތީ ހުރި ޓިޝޫ އެތިން ދެތިން ޓިޝޫ ނަގާ ޝާއިނާއަށް ދިއްކޮށްލިއެވެ.

* * * * *

“އަމްމު، އަހަރެން ދަނީ…” އަތްދަބަސް ނަގަމުން ޝާމާ ބުނެލިއެވެ. މުޅި ރޭ އޭނާ ހޭދަކުރީ އާމިލްއާއެކުއެވެ.

“ކީއްވެ؟. ދެން މިއަދު އެއްކޮށް އަހަންނާއެކު މަޑުކޮށްލަބަލަ.” އާމިލް ބުނެލިއެވެ.

“ހެނދުނު އެބައޮތް އެޕޮއިންޓްމެންޓެއް.” ޝާމާ ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަދެއްކިއެވެ.

“ވެއިޓް… އިޒް އިޓް ދެޓް ބާސްޓެޑް އަގެއިން؟.” އާމިލްގެ ސަމާލުކަން ވަގުތު ޝާމާއަށް ހުއްޓިއްޖެއެވެ.

“އޭނާއެއްނޫން.” ޝާމާ ބުނެލިއެވެ.

“ޑޯންޓް ގޯ…” ޝާމާ ދާން އުޅުމުން އޭނާގެ އަތުގައި އާމިލް ހިފިއެވެ.

“ދޫކޮށްލާ… އަހަރެން ދާން ވަރަށް މުހިންމު.” އަތް މިނިވަންކޮށްލުމަށް ދަމައިގަންނަމުން ޝާމާ ބުންޏެވެ. އެއާއެކު އާމިލް ގާތަށް ރުޅި އަތުވެއްޖެއެވެ. ޝާމާ އެ ދަނީ ރަނގަޅު ކަމަކުނޫނޭ އާމިލްގެ ހިތް ބުނެއެވެ.

“ޝާމާ ހީކުރަނީ ހުރިހާ ފިރިހެނުން ޝާމާއަށް ޓަކައި މަޑުކޮށްގެން ތިބީކަމައްތަ، ކުޅޭ ބުދުތަކެއްހެން އަހަރެމެންގެ އިޙްސާސްތަކާއި ކުޅެވިދާނޭ ކަމަށްތަ؟.” އާމިލްއަށް ހަޅޭލަވައިގަނެވުނެވެ. އެވަރުން އޭނާ ހުއްޓައެއް ނުލިއެވެ.

“ޝާމާ ހީކުރަނީ ޝާމާ ބޭނުންވާ ގޮތަށް ވެދާނޭތަ، ޔޫ އާ ނަތިންގް ބަޓް އެން އިމިޓޭޝަން އޮފް ޔޯ ސިސްޓަރ.” އާމިލްގެ ބަސްތަކާއެކު ޝާމާ ހުރީ ޝޮކެއް ޖެހިފައި ހުރި މީހަކު ފަދައިން ގަބުވެފައެވެ. ދެ ލޯ ބޮޑުކޮށްގެން އަޖައިބުވެފައިވާ މީހަކު ފަދައިން އާމިލްއަށް ނަޒަރު ހުއްޓާލި ގޮތަށެވެ.

“ޝާމާގެ ގޮތުގައި ޤަބޫލުކުރާނޭ މީހަކަށް، އަހަރެންނޫން މީހަކުނެތް، އަހަރެން ޝާމާ ބަލައިގެންފިން…”

“ލެޓް ގޯ އޮފް މީ.” ހަރުކަށިކަމާއެކު ޝާމާ ބުނެލިއެވެ. އެހިނދު އާމިލްއަށް އިތުރަށް ޝާމާ ހިފަހައްޓާކަށް ނުކެރުނެވެ.

“އައި އޭމް ލީވިންގް…” ޝާމާ ނުކުންނަން ހިނގައިގަންނަން ބުނެލިއެވެ.

* * * * *

“އާ ޔޫ އޯކޭ…” ރެސްޓޯރެންޓްއިން ނުކުމެފައި ވެސް ރާޔަން އަހާލިއެވެ.

“ތޭންކްސް ފޯ އެވްރިތިންގް.” ޝާއިނާ ޓިޝޫކޮޅުން ނޭފަތް ފުހެލަމުން ބުނެލިއެވެ.

“އައި ގެސް ނައު ވީ އާ އީވަން…” ރާޔަންއަށް ބުނެވުނެވެ.

“ވަޓް… އޯ ކަމޯން…”

“އެހެންބުނީކީ ނޫނޭ… އެ ދުވަހު ޝާއިނާ އަހަންނަށް ޓިޝޫ ދިނީ…” ރާޔަން ބުނެދޭން އުޅުނެވެ.

“އޯކޭ ފައިން… ލެޓްސް ކޯލް އިޓް އީވަން… ތޭންކްސް، ފޯ ދި މީލް. އައި ރިއަލީ އިންޖޯއިޑް އިޓް.” ޝާއިނާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އޭނާ ދަނީ ކަމުގައި ބުނަމުން އެދުނީ މީގެ ފަހުން ދެމީހުން ބައްދަލުވިޔަސް ނުރުހުމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު ކުރިމަތިލުމަށެވެ.

“އާގް… ވަޓް އެމް އައި ސަޕޯސްޑް ޓު ޑޫ ނައު…” ފުންނޭވާއެއް ދޫކޮށްލުމާއެކު ރާޔަން ބުނެލީ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުންނެވެ. ޝާއިނާއަށް ރޮވުނީތީ އޭނާ ބޭނުންވީ ގެއަށް ދާށެވެ. އެހެންވެ ދެމީހުންނަށް އެކުގައި މާގިނަ ވަގުތެއް ހޭދައެއް ނުކުރެވެއެވެ.

ޖެހިގެން އައި ދުވަހު ކޮލެޖުން ޝާމާއާ ރާޔަން ބައްދަލުކުރިއެވެ. ބެންޗުގައި އިށީނދެ ލައިގެން އިން ޝާމާ އިސް އުފުލާލައި ކުރިމަތީ ހުރި ރާޔަންއަށް ބަލާލައި ހިނިތުންވެލިއެވެ.

“އަހަރެން ރުޅިއެއް ނާދޭ.” ޝާމާ ބުނެލިއެވެ. އެހެންނަމަވެސް އޭނާ އެ އިނީ ރުޅިއައިސްފައިކަން ރާޔަންގެ ޟަމީރު ދެނެގަތެވެ. ޖީބަށް ދެއަތް ކޮށްޕާލައިގެން ހުރި ރާޔަންއަށް ޝާމާގެ ކޯތާފަތުގެ މަތިން ލޯކައިރީގައި އިން މަލަންކޮޅު އަޅައިގަތެވެ.

“ލޯ ކައިރިއަށް ކިހިނެއްވީ؟. ހަލާކުވީތަ؟.” ރާޔަން އަހާލިއެވެ.

“ރާޔަން ކަންބޮޑުވާންޖެހޭވަރު ކަމެއްނޫން އެއީ.” ޝާމާ ހިނިތުންވެލައިގެން އިނަސް އެ ހިނިތުންވުމުގައި އުފާވެރިކަމެއްނެތެވެ.

“ރުޅި ނާންނަންޏާ، ފިލްމަށް ދަމާ… އަހަރެންގެ ޓްރީޓެއް.” ރާޔަން ބުނެލިއެވެ.

“ރާޔަން… އަހަންނަށް ކަމެއް ދިމާވެއްޖެނަމަ ރާޔަންގެ ގާތަށް އައުމަށް ބުނީމެންނު، އެކަމަކު މިފަހަކަށް އައިސް ހީވަނީ، ރާޔަން ބަދަލުވެއްޖެހެން.” ޝާމާގެ ތުންފަތުގައިވި ދެއްކުންތެރިކަމުގެ ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. ދެ ލޮލާއި މޫނުގައި އެއްވެސް އަސަރެއްނެތެވެ. ބިންމައްޗަށް ޝާމާގެ ނަޒަރު ހުއްޓިފައިވިއެވެ.

“އެކަހަލަ އެއްޗެހި ބުނީމަ ޝާމާއަށް ކަމަކުނުދެއެއްނު، އަހަންނަށް ހީވަނީ އަހަރެމެން ބައްދަލުވި ފަހުން ޝާމާއަށް ވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެހެން.” ރާޔާން ބުނެލިއެވެ.

“ކިހާ ދުވަހެއްވެއްޖެ އަހަރެމެންނަށް އެކަކުއަނެކަކު އެނގޭތާ؟. އޮރިއެންޓޭޝަންގެ ކުރިން ވެސް ރާޔަންއަށް އަހަރެން އެނގޭހެން ހީވޭ.” ޝާމާ ބުނެލިއެވެ.

“އެ ވާހަކަ ޝާމާ ދައްކަން ބޭނުންނުވާހެން ހީވާތީ އަހަރެން އެއްޗެކޭ ނުބުނަން ހުރީ.”

ހަޤީޤަތުގައި ރާޔަން ގަސްދުކޮށްގެން ހުރީ ވެސް އެ ދެ މީހުންގެ ފުރަތަމަ ބައްދަލުވުން ޝާމާ ހަނދާންނެތްނަމަ ކިޔާދިނުމަށެވެ. އަދި އެއަށްފަހު ޝާމާއާ މެދު އޭނާގެ ހިތުގައިވާ އިޙްސާސްތައް ހާމަކުރާށެވެ.

“މި ދިޔައަހަރުގެ ސްޕޯޓްސް ޑޭގެ ވޮލީމުބާރާތުގައި ބައިވެރިވާން އަހަރެން މި ކޮލެޖަށް އައީ… ސްޓޫޑެންޓް ޔޫނިއަން އޮފީސް ނުފެނިގެން އެނބުރެނިކޮށް، ކުއްލިއަކަށް ޔޫ އައީ… އަހަންނަށް އެދުވަހު ހެލްޕްވި މީހަކީތީ.”

“ސްޕޯޓްސް ޑޭ…” ރާޔަން އެ ބުނި ދުވަހުގެ ހަނދާން ޝާމާ ހުއްޓެވެ. ކުއްލިއަކަށް އޭނާ ހާސްވާގޮތްވެއްޖެއެވެ. އިންތަނުން ތެދުވެވިއްޖެއެވެ.

“ރާޔަން، އައި އޭމް ސޮރީ، އައި ޑޯންޓް ފީލް ވެރީ ގުޑް… އެހެން ފަހަރަކުން މިވާހަކަދައްކަމާ، އޯކޭތަ؟.” އަވަސްއަވަހަށް ޝާމާ ބުނެލިއެވެ.

“ޑަކްޓަރަށް ދާންވީނު.” ޝާމާއަށް ފަރުވާތެރިކަމާއެކު ބަލަން ހުރި ރާޔަން ބުނެލިއެވެ.

“މިތަނުން ހިނގައިދާނަންތަ؟.” ޝާމާ ބުނެލީ ތަންކޮޅެއް ބާރަށެވެ. ދެބުމަ ކައިރިކޮށްލެވުމާއެކު ރާޔަން ހަލުވިކޮށް އެތަނުން ހިނގައްޖެއެވެ.

ނިތްކުރިން ހިއްލަން ފެށި ދާތިކިތައް ގިނަވެ މޫނުން ފައިބާކަން ޝާމާއަށް އިޙްސާސްވެއެވެ. އަލުން ބެންޗުގައި އޭނާއަށް އިށީނދެވުނެވެ. އޭނާގެ ނަޒަރު ފައިދަށުގައިވި ބިންގަނޑަށް ހުއްޓިފައިވީއިރު، އޭނާގެ ސިކުނޑީގައިވީ ރާޔަން އެބުނާ ދުވަހު ކަންތައް ހިނގި ގޮތެވެ. އޭނާ އެ ދުވަހު ކޮލެޖަކަށް ނާދެއެވެ. އޭނާ ދިޔައީ އާމިލްއާ ބައްދަލުކުރާށެވެ. ދެ މީހުން ތިބީ ޢާއްމުކޮށް ބައްދަލުކުރަންދާ ގެސްޓް ހައުސް އިން ނެގި ކޮޓަރީގައެވެ. ދުނިޔޭގައި ހިނގާ އެއްވެސް ކަމަކަށް އެމީހުންގެ ސަމާލުކަމެއްނެތެވެ. ދެ ހަށިގަނޑުގެ އެދުން ފުއްދުމުގައި ކެތްތެރިކަން ކުޑަވެފައި ތިއްބެވެ. އޭރު އަދި އާމިލްއަށް ޝާމާއަކީ ޝާއިނާ ނޫންކަމެއް ނޭނގެއެވެ.

“އައި ތޯޓް ހީ ވޯޒް މައިން…” މަޑުމަޑުން ޝާމާ ބުނެލީ ރާޔަންގެ ޚިޔާލުގައި އިނދެއެވެ. ރާޔަން އޭނާއާ ބައްދަލުކުރި ދުވަސް ޝާމާ ހަނދާން އެބަހުއްޓެވެ. އޭރު އޭނާ ޝާމާއާ އެއްކޮލެޖަކުން ކިޔަވަން ވެސް ފަށައިފިއެވެ. ޝާމާގެ ނަން ބުނުމުން ރާޔަންގެ މޫނުން ފާޅުވި އުފާވެރިކަން ފާހަގަވިއެވެ. އެހެންވިޔަސް ރާޔަން އެ ހޯދަނީ ޝާމާއެއް ނޫންކަން އޭނާއަށް އެނގިއްޖެއެވެ.

“އެންމެން އޭނާދެކެ އެހާ ގަޔާވާންވީ ކީއްވެ؟. އަހަންނަކީ ދެން ކާކު؟… ކީއްވެ އަހަރެންނާ ނުގުޅެންވީ؟.” ޝާމާގެ ހިތުގައިވި ޒަޚަމްތަކުގެ މަތީ އެ ސުވާލުތައް ވަކިދަމަން ފެށި ކަހަލައެވެ. އެއާއެކު ދެން އޭނާގެ ހަނދާނަށް އައީ އެންމެފަހުން ބައްދަލުވި ފަހަރު އާމިލް ކީ އެއްޗިއްސެވެ. ވަކިން ބޮޑަށް ޝާމާއަށް އިސް އޮބާލެވުނެވެ.

“އޭނާހެން ވުމަށް، ދެން ނެތްތައް ކުރެވޭނޭ ކަމެއް… އެކަމަކު އެއީ ކީއްވެ؟.” ލޭ އޮހޮރެމުންދިޔަ ޝާމާގެ ހިތާއި ސުވާލުކުރެވުނެވެ. އެއާއެކު އޭނާގެ ކަންފަތުގައި އަނެއްކާ ވެސް ގުގުމާލީ އާމިލްގެ ދުލުން އުކާލި ޒަހަރުގެ ބަސްތަކެވެ. މިހާތަނަށް ޝާމާއަކީ ޝާއިނާގެ ނަކަލު ފިޔަވައި އެއްވެސް މީހެއްނޫނޭ އޭނާ ބުނީއެވެ.

ފުންމައިގެން ތެދުވި ގޮތަށް ރާޔަން ހޯދަން ޝާމާ ދުއްވައިގަތެވެ. އޭރު އަދި މައި އިމާރާތުގެ ތެރެއަށް ރާޔަންއަށް ނުވަދެވެއެވެ. ޝާމާ ގޮވާ އަޑަށް އޭނާ ހުއްޓި އެނބުރިލިއެވެ. އެހެންނާލާފައި އައި މާޒިންއަށް ޝާމާގެ އަޑު އިވި ބަލާލިއެވެ. ރާޔަންގެ މުލައްދަނޑީގައި ޝާމާ ހިފާލިއެވެ.

“ކީއްވެ ދުވެފައި ތިއައީ؟. ހުރިހާކަމެއް ރަނގަޅުތަ؟. ހާދަ ދާހިއްލާފައި… ކަމެއްވީތަ؟. ޔޫ ޑޯންޓް ލުކް ގުޑް.” ޝާމާއަށް ބަލަމުން ރާޔަން ވާހަކަދެއްކިއެވެ.

“ރާޔަން… ލެޓްސް ގޯ އޮން އަ ޑޭޓް…” ޝާމާއަށް ބުނެވުނީ ބާރަށެވެ. އެއަޑު އިވޭ ހިސާބުގައި މާޒިން ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.

“ޝާމާ… ކުއްލިއަކަށް ކޮންވާހަކައެއް ތިދައްކަނީ؟.” ރާޔަން ހައިރާންވިއެވެ.

“ޑޭޓް ކުރަން ފަށަމާ، އަހަރެން ވަރަށް ބޭނުން… ރާޔަންއާމެދު އަހަރެން ގޯސްކޮށް އެއްވެސް ކަމެއްނުކުރާނަން. އެހެންވީމަ ބުނެބަލަ؟… ކިހިނެއްވާނެ ޑޭޓްކުރަން ފެށުން.” ޝާމާ ހީވަނީ ކަމަކާ ކެތްތެރިކަން ކުޑަވެފައި ހުރިހެންނެވެ.

“މިހާރު ތިކިޔާ އެއްޗެއް ނޭނގުނު، އަހަރެން ހީކުރީ ޝާމާ ބަލިވީކަމަށް، އިރުކޮޅެއް ކުރީން އެހެން ނުބުނަންތަ؟. ދެން ކުއްލިއަކަށް އައިސް ތި ދައްކަންފެށީ ކޮންވާހަކައެއް؟.” ރާޔަންއަށް ވެސް ޤަބޫލުކުރަން ދަތިވީއެވެ.

“އައި އޭމް ފައިން، ހިތަށް އެރީ މިހަރު ނުބުނެއްޖެއްޔާ ވަގުތު ފާއިތުވެދާނޭ.”

މަންޒަރު ބަލަން ހުރި މާޒިންގެ ގާތުގައި އޭނާއާއެކު އެންމެ ގިނައިން އުޅޭ އަންހެންކުއްޖާ ހުއްޓެވެ. އެ ދެމެދުގައި އޮތް ރަޙުމަތްތެރިކަން ވަރުގަދައެވެ. އޭނާއަށް ޝާމާ އުޅޭ ގޮތް ފެނި އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އޭނާއަށް ޝާމާއަކީ ކާކުކަން ނޭނގުނަސްއެވެ.

“ވާއު… މިކަހަލަ ފެންނާނީ މަދުފަހަރު، ބަލާބަލަ، އަޅެ ދޯ… އެވަރު ޑެސްޕަރޭޓް ނުވިޔަސް ވެދާނެ، މާޒް… ތީނައަށް ކިހިނެއްވީ؟. އަނެއްކާ ދަންނަ ބައެއްތަ އެއީ؟.”

“ދެޓްސް ޕެތެޓިކް.” ފޫހި ރާގެއްގައި މާޒިން ބުނެލިއެވެ. އެހިނދު އޭނާއާއެކު ހުރި އަންހެންކުއްޖާ ހޫން ލައްވާލީ ސުވާލު އުފެދިފައި ހުރެއެވެ. އެއާއެކު ނިކަން އަވަހަށް މާޒިން ބުނެލީ އެއީ ކޮންބައެއްކަމެއް އޭނާއަށް ނޭނގޭކަމަށެވެ.

“އައި ޑޯންޓް ވޯންޓް އެނީތިންގް ޓު ޑޫ ވިތް ދެމް އެނީމޯ.” މަޑުމަޑުން މާޒިން ބުނެލިއެވެ.

“މިފަހަކަށް އައިސް ޝާމާ ހާދަ ފާޑަކަށޭ ތިއުޅެނީ، ފަހުން ވާހަކަދައްކަމާ، ވެން ޔޫ އާ ފީލިންގް ބެޓާ.” ރާޔަން ބުންޏެވެ. އެހެންނަމަވެސް ޝާމާ ހުރީ ފަހަށް މަޑުކުރާ ގޮތަކަށް ނޫނެވެ.

“އަދިވެސް ޖަވާބެއް ނުދެމެންނު.” ޝާމާ ބުނެލިއެވެ. ރާޔަން ހިމޭންވެފައި ބަލަން ހުރުމުން ޝާމާ ދެއަތުން ރާޔަންގެ އަތުގައި ހިފިއެވެ. އާދޭސް ކުރާ ފަދައިން އޭނާ ރާޔަން ގާތު، އޭނާއާ ރައްޓެހިވުމަށް އެދެންފެށިއެވެ.

“ލުކް!… ޖަސްޓް ކާމް ޑައުން، އަހަރެން ވިސްނަން ވެސް ވަގުތު ބޭނުންވާނެއެއްނު.”

“ވިސްނާށޭ… ވަގުތު… އެކަމަކު ކީއްވެ ވަގުތު ބޭނުންވަނީ؟. ރާޔަން އަހަރެންދެކެ ލައިކްވެއެއްނު.” ޝާމާ ބުނެލިއެވެ. އެއާއެކު ރާޔަންގެ މޫނުގައި ފެންނަން ހުރި ހުރިހާ އަސަރެއް ފިލައިގެން ހިނގައްޖެއެވެ. މަޑުމަޑުން ޝާމާގެ އަތް އޭނާގެ އަތާ ވަކިކޮށްލިއެވެ.

“އެކަން އެނގޭ ދޯ… އަބަދުވެސް އެކަން ޝާމާއަށް އެނގޭ، ނޫންތަ؟.” ރާޔަންގެ އަޑުގައި ތަފާތު ހިމޭންކަމެއްވިއެވެ.

“ރާޔަން…” ޝާމާއަށް ގޮވާލެވުނީ ނުހަނު މަޑުންނެވެ.

“ޝާމާ ބުނީ އަހަރެމެންނަކީ ހަމައެކަނި ރައްޓެހިންނޭ، އަހަރެމެންގެ ގުޅުމާމެދު ޝާމާ ދުށީ ވެސް ރައްޓެހިކަމުގެ ނަޒަރުންކަން، ޝާމާއަށް އަބަދުވެސް އަހަންނަކީ ރައްޓެއްސެކޭ.”

“އެވާހަކަ… ރާޔަން… އަސްލު… އަހަރެންނަށް އޭރު މިހެން އިޙްސާސެއްނުވޭ، އޭރު ނޭނގޭ އަހަންނަށް މިވާ ގޮތްތަކަކީ ރާޔަންދެކެ ލައިކްވާތީ ވާގޮތެއްކަމެއް، ޕްލީޒް… އައި ޖަސްޓް ޑިޑިންޓް ރިއަލައިޒް ހައު އައި ފެލްޓް އެންޑް…”

“ދެން ދޭ… އެހެންނޫނަސް އަހަރެން މިބުނީނު އަހަންނަށް ވަގުތު ބޭނުންވާނޭ… އެހެންވީމަ ދޭ.” ޝާމާގެ ވާހަކަ ނުނިމެނީސް ރާޔަން ބުންޏެވެ.

* * * * *

ޒީނިޔާއާއި ޝާއިނާ އެކުގައި ސަރައްކާލި ހުރަސްކޮށް ބޭރަށް ނުކުންނަން އައިއެވެ. އެވަގުތު ސަރައްކާލީގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ޝާމާ ފެނުނީ ޒީނިޔާއަށެވެ.

“ހުއް!… ބަލާބަލަ… ބިޗް އެޓް ޓެން އޮ-ކްލޮކް.” ޒީނިޔާ ބުނެލީ ޝާމާ ހުރި ދިމާއަށް ބަލަން ހުރެއެވެ. އެހިނދު ޝާއިނާ ވެސް ބަލާލައިފިއެވެ. އެމީހުންނަށް ޝާމާ ހުރި ހިސާބަށް އާދެވެންވީއިރު ޝާމާ އެނބުރި ބަލާލައިފިއެވެ. ޒީނިޔާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ. ކަޅިއަޅަނީ ކޯއްޗެއް ބޭނުންވީތޯ ޒީނިޔާ ބުނެލީ ފޫހިކަމުގެ އިންތިހާގައެވެ. އެހިނދު ހަރުކޮށް ޝާމާ ފަސްއެނބުރި ނުކުމެގެން ދިޔައީއެވެ.

“ވަޓް؟… އޭނާ ޅޯ އަޅައަޅާފައި ކުރަން އެނގުނު ކަމަކީ އެއީތަ؟. ނުކުމެގެން ދިއުން…” ޒީނިޔާ ބުނެލިއެވެ.

“ޒީ… އޭނާ ރުޅިނާރުވާ.” ޝާއިނާ ބުނެލީ ޝާމާ ދިޔަ ދިމާއަށް ބަލަން ހުރެއެވެ. ޝާމާއާ އެގޮތަށް ދިމާކުރާނަމަ ރަނގަޅު ނަތީޖާއެއް ނުނިކުންނާނޭ ޝާއިނާއަށް ހީވަނީއެވެ. އޭނާ ބޭނުންވަނީ ޝާމާއާ ވީހާ ވެސް ދުރުން އުޅޭށެވެ. އޭނާގެ އެއްވެސް ކަމަކާ ވެސް ނުބުހޭށެވެ. ފެންނަކަމަށް ވެސް ނުހަދާށެވެ. އުޅެން ފަސޭހަވާނީ އެގޮތްވީމައެވެ.

* * * * *

ފޯނު ހިފައިގެން އެނދުގައި ރާޔަން އޮތީ ފޭސްބުކްއަށް ވަދެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ޝާމާގެ ޕްރޮފައިލަށެވެ. އޭނާ ޕޯސްޓް ކޮށްފައިވާ ފޮޓޯއަށެވެ. އެ ފޮޓޯގައި ޝާމާ ފެންނަން ހުރި ގޮތާމެދު ރާޔަންއަށް ވިސްނުނެވެ. ބުނެދޭން ސީދާ ނޭނގުނަސް، ޝާމާއަށް ބަދަލުތަކެއް އަތުވެއްޖެކަމާމެދު ރާޔަންއަށް ވިސްނުނެވެ. އޭނާގެ އުޅުމުގައި ވެސް ތަފާތުކަމެއް އެބަހުރިކަން ރާޔަންއަށް ދެނެގަންނަން އެނގެއެވެ. އެއާއެކު އޭނާ ސުވާލު އުފެދުނެވެ.

“ވޯޒް ޝީ އޯލްވޭޒް ލައިކް ދިސް؟… ކުރިއަކުން ފާހަގައެއްނުވޭ، މޯ ލައިކް…”

އަމިއްލަ ހިތާ ވާހަކަދައްކަމުން ފޭސްބުކް ވޯލް ރާޔަން ބަލަމުން އައެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލުތައް ހުއްޓުމަކަށް އައީ ފޭސްބުކްއިން ސެޖެސްޓްކޮށްފައިވާ ރައްޓެހިންގެ ތެރެއިން ޝާއިނާ ފެންނަން އިނުމުންނެވެ. އޭނާގެ އެކައުންޓަށް ވަދެ ބަލާލުމަކުން ގޯހެއް ނެތޭ ރާޔަންގެ ހިތަށް އެރީ، ޝައުގުވެރިވީވަރުންނެވެ. އެއާއެކު ޝާއިނާގެ ޕްރޮފައިލް ހުޅުވާލިއެވެ. ހުރިހާ ޕާސްޓެއްހެން ހުރީ އެންމެންނަށް ފެންނާނޭހެންނެވެ. އެހެންވިޔަސް ރާޔަންއަށް ފާހަގަކުރެވުނީ ޝާއިނާގެ އެކައުންޓުގައި ފޮޓޯ މަދުކަމެވެ. ފޯސްޓުތައް ބަލަމުން ދިޔައިރު ޝާމާއާއި ޝާއިނާ ހަޤީޤަތުގައި ވެސް ހާދަ ވައްތަރޭ ރާޔަންގެ ހިތަށް އަރަމުންދިޔައެވެ.

ކުއްލިއަކަށް ރާޔަންއަށް އެނދުން ތެދުވެވުނެވެ. ޝާއިނާގެ ޕްރޮފައިލްގެ ތެރެއިން ފެންނަން ހުރި ފޮޓޯއަށް، އެސްފިޔަ ޖަހާލުމެއްނެތި އޭނާ ބަލަން އިނެވެ. އެ ފޮޓޯއާއެކު ލިޔެފައިވާ ލިޔުންކޮޅު ތަކުރާރުކޮށް ރާޔަން ކިޔެވެ. ޝާއިނާ އަލުން ކިޔެވުން ފެށުމަށް ރެޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް އައި ދުވަހު އިދާރީ ކަންކަމާބެހޭ އޮފީސް ނުފެނި ކެމްޕަސް ތެރޭ ގެއްލުމުން، އޭނާ ހަނދާންވީ، ކޮލެޖަށް އަންނަ ކުދީން ގެއްލިގެން އުޅޭއިރު، އެކުދީންނަށް އެހީވެވުނު ދުވަސްތައް މަތިންކަން ލިޔެފައި އޮތެވެ. އެކަމާ ގުޅިގެން އޭނާގެ އޭރުގެ ފޮޓޯއެއް ލާފައި އިނެވެ.

“ވަޓް ދަ…” އަޖައިބުވެފައި ރާޔަންއަށް ބުނެލެވުނެވެ.

* * * * *

ޖެހިގެން އައި ދުވަހު ޝާމާ ހުރީ ރާޔަން ކޮލެޖަށް ނައިސްގެންނެވެ. އޭނާއަށް ވަގުތު ވެގެން އާއްމުކޮށް އިންނަ ބެންޗާ ދިމާއަށް ރާޔަން އައި ވަގުތު ޝާމާ އެތަނުން ބައްދަލުކޮށްފިއެވެ.

“އެކަމާ ވިސްނައިފިންތަ؟.” މައުސޫމް ހިނިތުންވުމެއް ވެރިކޮށްލުމާއެކު ޝާމާ ދެއަތް ފުރަގަހަށް ލައި އެއްއަތުން އަނެއްއަތް ހިފަހައްޓައިލިއެވެ.

“އެވާހަކަ ދެއްކުމުގެ ކުރިން އަހަރެން އަހަންވެފަ އެބައޮތް އެއްޗެއް.” ރާޔަން ބުނެލިއެވެ. ހިނިތުންވުން ފުޅާލެވި ޝާމާ، އަވަހަށް އަހާށޭ ބުނެލިއެވެ.

“ހަނދާން އެބަހުރިތަ މިދިޔަ އަހަރު އަހަރެން ގެއްލިގެން އުޅެނިކޮށް އަހަންނަށް ދާންވީ މިސްރާބު ކިޔައިދިން ހަނދާން.” ރާޔަން އަހާލިއެވެ.

“އެ ދުވަސް… އޮފްކޯޒް، ހަނދާން އެބަހުރި.” ހީނލަމުން ޝާމާ ބުނެލިއެވެ.

“އިއްޔެ އަސްލު އަހަރެން ވަރަށް ސަޕްރައިޒްވި، ކުއްލިއަކަށް އެހާ ކުރީގެ ވާހަކައެއް ރާޔަން ފެށީމަ…”

“ކީއްވެ ދޮގު ތި ހަދަނީ؟.” ރާޔަން ބަލަން ހުރީ އެއްގޮތަކަށް ވެސް ގަޔާނުވެފައެވެ. ޝާމާއަށް ހުއްޓުން އެރިއެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު ރާޔަންއާ ހަތަރުކަޅި ހަމަކޮށްލެވުނީ ހާސްވެފައި ހުރެއެވެ.

“އެނގޭތަ، އޮން ޔޯ ފޭސްބުކް…. އަޅާނުލާ، އެކަމުގެ ވާހަކަދެއްކުން މުހިންމެއްނޫން، އަހަރެން ހޯދި ހޯދުމުން އެނގުނީ، އޭރު އާޓްސް ޑިޕާޓްމެންޓް ކުދީންގެ ބްރޭކް ކަމަށް އެދުވަސްވަރަކީ، އެހެންވީމަ ކެމްޕަސްގަ އެއްވެސް ބަޔަކު ނޫޅޭ… ކީއްވެ އަހަންނަށް ތި ދޮގު ހަދަނީ؟، އިޒް ދެއާ އެނީތިންގް އަބައުޓް ޔޫ… ދެޓްސް ރިއަލް؟.” ރާޔަންއަށް ބުނެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.

“އަހަރެމެން ބައްދަލުވުމުން، އަހަންނަށް ޝާމާގެ ފުށުން ކަމުދިޔަ ސިފަތަކަކީ، އަރެންނަކަށް ހިޔެއްނުވޭ، އެއިން އެއްވެސް ކަމަކީ ހަޤީޤަތެއްހެން، އެއީ އަސްލު ޝާމާގެ ގޮތްހެން… ސޮރީ، ބަޓް އައި ވުޑް ބެޓާ ގެޓް ގޮއިން.” ރާޔަން ދެ ފަރާތަށް ބޯހޫރާލުމާއެކު އެނބުރިލީ ދާށެވެ. އިތުރަށް ޝާމާއާ ވާހަކަދައްކަން ވެސް އޭނާ ބޭނުންނުވީއެވެ. އެހިނދު ޝާމާ ގޮވާލިއެވެ. ރާޔަންގެ އަތުގައި ހިފިއެވެ.

“ރާޔަން މަޑުކޮށްބަލަ، އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.” ރާޔަން ދިޔަނުދޭން އޭނާގެ ޓީޝާޓުގައި ވެސް ޝާމާ ހިފެހެއްޓިއެވެ.

“އައި ލައިކް ޔޫ އަ ލޮޓް، އަހަންނަށް ރާޔަން ގެއްލިދާނޭތީ އަހަރެން ދޮގު ހެދީ، އެއީ އަހަރެންދެކެ ލައިކް ނުވާންވީ ސަބަބެއްނޫނެއްނު، އަހަންނަށް އެނގޭ ރާޔަންއަށް އަހަރެންކަން ކަމުދަނީ…”

“ޝާމާ… ޝާމާއަށް ބުނާނޭ ހަމަ އެކައްޗެއް ވެސް އަހަރެންގެ އަތަކުނެތް.” ޝާމާއަށް ފުރަގަސްދީގެން ހުރި ރާޔަން އިސްއޮބާލިއެވެ.

“އެކަމަކު އޭ ޗަކާ ދައްކާނޭ ވާހަކަ އެބަހުރި ދޯ. ނޫންތަ؟.” ޝާމާގެ ޠަބީޢަތް ގޯސްވިއެވެ. ރާޔަނައަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ކީއްވެތަ އޭއްޗަކަށްވާންވީ، އެހެންމީހަކަށްނުވެ… އިޒް ޝީ ޓްރައިން ޓޫ ސެޑިއުސް ޔޫ؟. ދެޓް ވޯންޓް ޑޫ ރާޔަން، ޔޫ އާ ބިޓްރޭއިން މީ، ތީ އަހަރެންގެ މީހަކަށް ވާންޖެހޭނީ…”

“ޝާމާ… ގުޑްބާއި.” ރާޔަން މިހެން ބުނެލުމާއެކު އަތް ދަމައިގަތީ ނިކަން ބާރަށެވެ. އަދި ދެފަޔަށް ލެވުނުހާ ބާރަކާއެކު ނިކަން އަވަހަށް އެތަނުން ހިނގައްޖެއެވެ.

* * * * *

“އޯ ކަމޯން… ދެ ދުވަސް މަތިން އެ ބިޗް ފެނުމަކީ ނަސީބަކަށްވުރެ ބަދުނަސީބެއްކަން ޔަގީން.” ކުލާސްތައް ނިންމާފައި ސިޑިން ފޭބި އިރު ތިރީ ސަރައްކާލީގައި ޝާމާ ހުރީތީ ފެނިގެން ޒީނިޔާ ބުނެލިއެވެ. ޝާމާ ހުރީ ޝާއިނާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ވީ ނީޑް ޓު ޓޯކް… ހަމައެކަނި އަހަރެމެން ދެ މީހުން.” ޝާމާ ބުނެލިއެވެ.

“ހޭ، ވަޓް އާ ޔޫ ޓްރައިން ޓު ޕުލް، އޭނާ ގާތު ބުނަންވެފަ ވާހަކައެއް އޮތީއްވިއްޔާ، އަހަރެން ކައިރީ ބުނީމަ ފުދޭނެ.” ޒީނިޔާ ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ. އެހިނދު އޭނާގެ ކޮނޑުގައި ޝާއިނާ ހިފަހައްޓާލިއެވެ.

“ޒީ… އިޓްސް އޯކޭ، އަހަރެން އޭނާއާ އެކަނިހުރެ ވާހަކަދެއްކިޔަ ދީ.” ޝާއިނާ ބުނެލިއެވެ. އެކުވެރިޔާ ބުނުމުން ޒީނިޔާއަށް ޖެހުނީ އެއްބަސްވާށެވެ. އެތަނުން ޒީނިޔާ ދިޔައީ ޝާމާއާއެކު ޝާއިނާ އެކަނި ވާހަކަދައްކަން ބަހައްޓާފައެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *