DHEBEENUN [EP-18]

“ވީ ނީޑް ޓު ޓޯކް… ހަމައެކަނި އަހަރެމެން ދެ މީހުން.” ޝާމާ ބުނެލިއެވެ.

“ހޭ، ވަޓް އާ ޔޫ ޓްރައިން ޓު ޕުލް، އޭނާ ގާތު ބުނަންވެފަ ވާހަކައެއް އޮތީއްވިއްޔާ، އަހަރެން ކައިރީ ބުނީމަ ފުދޭނެ.” ޒީނިޔާ ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ. އެހިނދު އޭނާގެ ކޮނޑުގައި ޝާއިނާ ހިފަހައްޓާލިއެވެ.

“ޒީ… އިޓްސް އޯކޭ، އަހަރެން އޭނާއާ އެކަނިހުރެ ވާހަކަދެއްކިޔަ ދީ.” ޝާއިނާ ބުނެލިއެވެ. އެކުވެރިޔާ ބުނުމުން ޒީނިޔާއަށް ޖެހުނީ އެއްބަސްވާށެވެ. އެތަނުން ޒީނިޔާ ދިޔައީ ޝާމާއާއެކު ޝާއިނާ އެކަނި ވާހަކަދައްކަން ބަހައްޓާފައެވެ.

ދެބީނުން

“ދެން ބުނަންވީނު.” ދެ މީހުން އެކަނިވުމުން ވެސް ޝާމާ ހިމޭނުން ހުންނާތީ ޝާއިނާ ބުނެލިއެވެ.

“ތި ކުރާ ހުރިހާކަމެއް، ތި ކުރަނީ ހަމަ ގަސްދުގަ، ނޫންތަ؟، އެހެންވެ ދޯ އަލުން ކިޔެވުން ފެށުމުގެ ބަހަނާގައި މިތަނަށް އައީ.” ޝާމާ ބުންޏެވެ.

“ތި ދައްކާ ވާހަކައެއް ނޭނގެ.” ޝާއިނާ ޖަވާބު ދިނީ ނިކަން އަވަހަށެވެ.

“އަހަރެންގެ ހުރިހާ އެއްޗެއް… ފަހަރަކު ކަމެއް… ޔޫ ޓޭކިން އިޓް އޯލް.” ޖަޒުބާތުތައް ހިފަހައްޓައިގެން ހުރުން ފަސޭހަ ކަމަކަށް ޝާމާއަށް ނުވިއެވެ. ރުޅިގަދަވެގެން އޭނާގެ ސިކުނޑި ބޮމެއްހެން ގޮވަން އުޅޭ ކަހަލައެވެ.

“އަދިވެސް ނޭނގޭ ތި ދައްކަނީ ކޮންވާހަކައެއްކަމެއް، ސާފުވާނޭހެން ކިޔާދެވިދާނެތަ؟.” ޝާއިނާ ވެސް ކޮއްކޮއަށް ދެއްކީ އެއްވެސް އަސަރެއްނެތް މޫނެކެވެ.

“ކަލޭ އަހަރެންގެ ހުރިހާ އެއްޗެއް ފޭރިގަންނަމުން ތިދުވަނީ. އަދި ނޭނގޭކަމަށް އެބަ ހަދައޭ.” ޝާމާއަށް ހަޅޭލަވައިގަނެވުނެވެ.

“ފޭރިގަތީއޭ… މީހަކަށް މީހެއްގެ އެއްޗެއް ފޭރިގަނެވޭތަ؟. މޭބީ ނޮން އޮފް ދެޓް ވޯޒް ޔޯސް ޓު ބިގިން ވިތް.” ޝާއިނާއަށް ވެސް ބުނެވުނީ އަޑަށް ބާރުލާފައެވެ. ޝާމާއަށް ލިބުނު ސިހުމާއެކު އެ މޫނުގައިވި ނުރުހުން ފިލައްޖެއެވެ. ދެ ލޯ ބޮޑުކޮށްލައިގެން ހުރެ ޝާއިނާއަށް އޭނާ ބަލަން ހުއްޓެވެ.

“ކިހިނެއްވީ؟… ބިރުގަތީތަ؟… މަޑުމަޑުން ކަންކަން އަތުން ބީވެގެންދާން ފެށީމަ… ޝާމާ އަހަރެންނަށް ކުރި ކަންތައްތަކަށްފަހު، އަދިވެސް އަހަރެންނަކީ ކުރީގެ އޯގާތެރި، ޝާމާއަށް އަޅާލައި، އެހީތެރިކަން ފޯރުކޮށްދިން ދައްތައަށް ވާނޭ ކަމަށްތަ ހީކުރީ، ދުވަހަކުވެސް އަހަރެން ބަދަލެއް ނުވާނޭ ހީވަނީތަ؟.” އެއްވެސް އަސަރެއްނެތް ބެލުމަކާއެކު ޝާމާއަށް ބަލަން ޝާއިނާ ހުއްޓެވެ. އޭނާ ރައްދުގައި ބުނާނޭ އެއްޗަކަށް ތައްޔާރުވެގެންނެވެ. ނަމަވެސް ޝާމާ ވާހަކަނުދެއްކުން ޝާއިނާ ސުވާލުކުރިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ؟. ކަލޭ ހިތުހުރި އެއްޗެއް ކިޔާ، ބޭނުންހާ ގޮތަކަށް ކަންތައްކުރަން އެންމެ ރަނގަޅު، އެކަމަކު އަހަރެންވެއްޖެއްޔާ ކޮށްގެން ނުވަނީ… އަހަރެންނަށް އެއްޗެކޭ ބުނުމުގެ ހައްޤެއްނެތީ؟.”

“ކަލޭ… ކަލޭ ތިގޮތްތަ ބޭނުންވަނީ، ޔޫ އާ ގޮއިން ޓު ރިގްރެޓް ދިސް، ޔޫ ތިންކް ދެޓްސް ދި އޮންލީ ވަން ދެޓް އައި ހޭވް؟.” ދަތްކުނޑިވިކާލަމުން ޝާމާ ބުނެލިއެވެ. އޭނާ އަވަސް ފިޔަވަޅުގައި އެތަނުން ދިއުމަށް އެނބުރިލިއެވެ.

ސިޑީގެ އަނެއްފަރާތުގައި އެ މީހުންގެ ވާހަކަ އަޑުއަހަން ރާޔަން ހުރިކަން އެނގުނީ، އޭނާ ސިޑިއަށް އަރަން އައިވަގުތެވެ. ޝާމާއާއި ޝާއިނާއަށް ވެސް ހުއްޓުންއެރި އެވެ. ރާޔަންއަށް ދެ މީހުން އެއްފަހަރާ ބަލާލިއެވެ. ޝާމާ މަޑުކުރުމެއްނެތި ހަރުކޮށް ހިނގާފައި ދިޔައީއެވެ. ރާޔަން އެނބުރިލީ އައިކޮޅަށް ދާށެވެ. އެހިނދު ޝާއިނާ ގޮވާލިއެވެ.

“އައި އޭމް ސޮރީ، އެނގޭ ދެންމެ އަޑުއިވުނު ވާހަކަތަކުން ރުޅި އަންނާނެކަން، އަހަރެންނަކީ ރާޔަން ނުދަންނަ މީހެއްގެ ގޮތުގައި ދުށް ނަމަވެސް ބްލޭމެއް ނުކުރާނަން، އެކަމަކު… ޕްލީޒް… ގިވް މީ ދި ޗާންސް ޓު އެކްސްޕްލެއިން.” ޝާއިނާ ބުންޏެވެ.

* * * * *

ޚިޔާލުތަކަށް ގެއްލި ހުރެ ކޮލެޖުގެ ގޯތި ތެރެއަށް ޝާމާ ނުކުތެވެ. ހިތާހިތުން ޝާއިނާއަށް އެއްޗެހި ކިޔަމުންނެވެ. ހަނދާނަށް އައީ ޒީނިޔާ، އޭނާއާ ދިމާއަށް ބުނެފައިވި ބަސްތަކެވެ.

“ވައި ޑޯންޓް ޔޫ ގިވް ދެޓް ޝިޓް އަ ބްރޭކް، އެންޑް ފައިންޑް އަ ލައިފް އޮފް ޔޯ އޯން.” ޒީނިޔާއާ ބައްދަލުވި ދުވަހު އޭނާ ޝާމާއަށް ބުނީ އެފަދައިންނެވެ.

“އައި ޑޫ… އައި ހޭވް ސަމްތިން ދެޓް ބިލޯންގްސް ޓު މީ.” އަމިއްލަ ނަފްސަށް ޝާމާ ބުނެލިއެވެ. އެއާއެކު އަނެއްކާ ވެސް ހަނދާން އާވިއެވެ. މިފަހަރު އާމިލް އޭނާއާ ދިމާއަށް ބުނި ޖުމްލައެވެ. ޝާމާއަކީ ޝާއިނާގެ ނަކަލެއް ކަމާއި އިތުރު އެއްވެސް މީހެއްނޫނޭ އާމިލް ބުނީމައެވެ.

“ނޯ!، ޔޫ އާ އޯލް ރޯންގް، އައި ހޭވް ސަމްތިންގް ދެޓް މައިން، އެންޑް މައިން އެލޯން.” އިހުނަށްވުރެ ބާރުލައި ޝާމާގެ ނަފްސަށް އޭނާ ބުނެލިއެވެ.

ފިޔަވަޅު އަވަސްކޮށްލައި ކޮލެޖުގެ ގޯތިތެރެ ޝާމާ ހޯދަން ފެށިއެވެ. ބެންޗުތަކާއި އެނޫން ވެސް ދަރިވަރުން ތިބޭނެހެން ހީވާ ދިމާތަކެވެ. އޭނާއަށް މާޒިން ފެނުނެވެ. ޢާއްމުކޮށް ފެންނަ އަންހެންކުއްޖާއާއެކުއެވެ. އެދިމާއަށް ޝާމާއަށް އައެވެ. ހަލުވިކޮށް އައިސް މާޒިންއަށް ފެންނަ ހިސާބު ކުރިމަތީ ހުއްޓުނެވެ.

“މާޒް، ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟. ބައްދަލުވެ، ވާހަކައެއް ދައްކާލަން ވެގެން…” ޝާމާ ވާހަކަދެއްކިއެވެ. މާޒިން އޭނާއަށް ބަލާލައިފަ ވެސް މޫނު އަނބުރާލީ ގާތުގައި ހުރި އެކުވެރިޔާއަށެވެ. އެ އަންހެންކުއްޖާއާ ދައްކަމުންދިޔަ ވާހަކަ މާޒިން ކުރިއަށް ގެންދަން ފެށިއިރު، ޝާމާއަކީ ކާކުކަން އޭނާއަށް ނޭނގޭ ކަހަލައެވެ.

“އައި އޭމް ސޮރީ، ކުރިން ރުޅި އާދެވުނީމަ… އައި ޝުޑުންޓް ހޭވް، ސޯ ވައި ޑޯންޓް ވީ… މާޒް، ޑިޑް ޔީ ހިއާ މީ؟.” ޝާމާ ކުރިއަށް ޖެހިލައި މާޒިންގެ ގަމީހުގެ އަތްކުރިއަށް ދަމާލަން އުޅުނެވެ. ނަމަވެސް އޭނާ ކޮނޑު އެއްފަރާތްކޮށްލައި ބަލާލީ ނުރައްކާތެރި އިންތިޒާރުގެ ބެލުމަކުންނެވެ. ޝާމާއަށް އަވަހަށް އަތްތިރިކޮށްލެވުނެވެ. އަޖައިބުވާހާ އަވަހަށް މާޒިންގެ މޫނުގެ ކުލަ ބަދަލުވެލިއެވެ. ފާޑަކަށް ހިނިއައިސްފައި އޭނާ ބޯކަހާލިއެވެ.

“އަމް!… ސޮރީ… އައި މައިޓް ބީ އަ ސްކަމްބޭގް، ބަޓް އީވަން އައި ޑޯންޓް ހިޓް އޮން ވުމޮން ހޫ ހޭވް ރީސަންޓްލީ ކޮންފެސްޑް ދެއާ ފީލިންގްސް ޓު ސަމްވަން އެލްސް.” ހިނިއައިސްފައި ހުރެ މާޒިން ބުނެލިއެވެ.

“ވަޓް؟… އެހެންވީމަ އެއީ ކާކުކަން މާޒިންއަށް އެނގޭ ދޯ.” މާޒިންގެ ގާތުގައި ހުރި އަންހެންކުއްޖާ ބުނެލިއެވެ.

“އޭރު… ފެނުނީތަ؟… އެކަމަކު، މާޒް… ހީ ޓާންޑް މީ ޑައުން، ޕްލީޒް މާޒް، އައި ކުޑް ޔޫސް ސަމް ކޮމްފޯޓިންގް އެންޑް، ޔޫ… ޔޫ އާ މައިން، ރައިޓް؟.” ފަހު ބަސްތައް ޝާމާ އަތުރާލީ ޔަގީންނުވެފައި ހުރެއެވެ.

“ނޯ… އައި އޭމް ނޮޓް، ޝާމާ.” ކުރިއަށް ފިޔަވަޅެއް އަޅާލައި ޝާމާއަށް ބަލަން ހުރެ މާޒިން ބުނެލިއެވެ.

“އަހަރެމެންގެ ދެމެދުގައި ކުރިން އަންޑަސްޓޭންޑިންގްއެއް އޮތް، އިޓް ވޯޒް ފައިން ލެޓިން ޔޫ ޔޫޒް މީ، ބަޓް އައި ޓޯލްޑް ޔޫ، އައި ޑޯންޓް ލައިކް ބީން ހެލްޑް ޑައުން ބައި ކްލީނީ ގާލްސް… ސޯ، އައި އޭމް ޑަން ވިތް ޔޫ… ގެޓުތަ މިބުނާ އެއްޗެއް؟.” ސީރިއަސްވެ ހުރެ މާޒިން ބުނަންވީ އެއްޗެއް ބުނެ ނިންމާލުމަށްފަހު ހިނިތުންވުމެއް ޝާމާއަށް ދިނެވެ.

ޝާމާގެ ޖަވާބަކަށް މަޑުކުރުމެއްނެތި މާޒިން ހިނގައިގަތީ ކައިރީގައި ހުރި އޭނާގެ ރަޙުމަތްތެރިޔާ ގޮވައިގެންނެވެ. މާޒިންދެއްކި ވާހަކަތައް ފަހުމް ނުވެގެން އެ އަންހެންކުއްޖާ އޭނާއާ ސުވާލުކުރިއެވެ. އެހިނދު މާޒިން ބުނީ އެއީ ބޭކާރު ވާހަކަތަކެއް ކަމެވެ. އެ އަންހެންކުއްޖާއަށް އެނގުން މުހިންމު ވާހަކަތަކެއް ނޫންކަމެވެ. އެއަށްފަހު މާޒިން ދެއްކީ ދިރިއުޅުމުގައި ސީރިއަސްވާން ވެއްޖެކަމެވެ. ރަނގަޅު ކުއްޖަކާ ގުޅުމުގެ ވިސްނުން އޭނާ ގެންގުޅޭ ކަމެވެ.

އެ ދެ ޒުވާނުން ދާ ދިމާލަކަށް ގޮސް ގެއްލެންދެން ޝާމާއަށް ހުރެވުނީ ބަލާށެވެ. އޭނާ ކޮލެޖުން ނުކުމެގެން ވަކި ހިސާބަކަށް ދެވުމާއެކު ފޯނު ނެގިއެވެ. އާމިލްގެ ނަންބަރަށް ގުޅިއެވެ. ގިނައިރެއްނުވެ އާމިލް އެ ކޯލަށް ޖަވާބު ދިނުމުން ޝާމާ އެދުނީ ބައްދަލުވާށެވެ. އާމިލްއަށް ލިބުނީ ހައިރާންކަމެވެ. ޝާމާ އިސްވެ ގުޅީމައެވެ. ޝާމާއަށް އިޙްސާސްތައް ނުހިފެއްޓުނެވެ. އޭނާއަށް ރޮވޭގޮތް ވެއްޖެއެވެ. އާމިލް ގާތު ހަމަމިހާރު މިވަގުތު އައުމަށް އޭނާ އެދުނެވެ. އާމިލް އެއްބަސްވީ އުފަލުންނެވެ.

* * * * *

ކޮލެޖާ އެންމެ ކައިރީ ހުންނަ ދަރިވަރުން ގޮސް އުޅޭ ކެފޭގެ މޭޒެއްގެ ދޮށުގައި ޝާއިނާއާއެކު ރާޔަން އިނެވެ. ޝާއިނާ ވިސްނާލެވުނީ ކޮލެޖުތެރެއިން ރާޔަންއާ ދެމެދު ދެކެވުނު ވާހަކަތަކެވެ.

“އޯކޭ… އެހެންބުނާނޭ ކަމަށްތަ ހީކުރީ.” ޝާއިނާ ކަންތައްވީގޮތް ކިޔައިދޭން އުޅުމުން ރާޔަން ބުނީ އެފަދައިންނެވެ. އޭނާގެ ހަނދާނަށް ޝާއިނާ ސިފަކުރެވުނީ ފުރަތަމަ އެ ކޮލެޖުން އެހީތެރިކަން ފޯރުކޮށްދިން އަންހެންކުއްޖާގެ ގޮތުގައެވެ. އޭރު ބައްދަލުވި ޝާއިނާއާއި މިހާރު ފެންނަން ހުރި ޝާއިނާ ތަފާތުކަން ރާޔަންއަށް އެނގެއެވެ.

“އައި ގޮޓް ޓު ސޭ، ދެޓް ގިވްސް މި ދި ލްރީޕްސް، އެއީ ހަމަ ޖެއްސި އެކްޓެއްތަ؟. އިފް ޔޫ ހެޑް އެވްރިތިންގް ޓޭކަން ފްރޮމް ޔޫ، ޑަޒް ދެޓް ގިވް ޖަސްޓިފައި އޯލް ދިސް؟.” ޚިޔާލުތަކާ ދުރުވެ ކުރިމަތީ ހުރި ޝާއިނާގެ ލޮލާ ރާޔަންގެ ލޯ އަމާޒުކޮށްލިއެވެ.

“ނޫން… ހަޤީޤަތަކީ އެޔެއްނޫން…” ޝާއިނާ ބުންޏެވެ.

“ދެން އެހެންވީރު ހަޤީޤަތަކީ ކޮބާތަ؟. ބުނެބަލަ އަހަރެން ކައިރީ.” ރާޔަންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ދެން އޭނާ ނިކަން އަވަހަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިފިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ޝާއިނާއާ ވާހަކަދެއްކިއެވެ.

“ތެދަށް ބުނަންޏާ، ޝާއިނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމުގެ ޝައުގެއް މިހާރަކު ނެތް.” ރާޔަން ބުނެލިއެވެ.

“އިނަފް ވިތް ދި ޑްރާމާ، ޔޫ… ޔޫ ތިކް ހެޑެޑް…” ޝާމާ ހަޅޭލަވައިގަތެވެ. ރާޔަންއަށް ލިބުނީ ސިހުމެކެވެ. ކުޑަކުއްޖަކު ފަދައިން ރާޔަން ދެ ލޯ ބޮޑުކޮށް ބަލަންފެށިއެވެ.

“ވަޓް؟… ޑްރާމާއޭ… ތިކް ހެޑެޑް… އަހަރެން… ޑޫ ޔޫ ހޭވް އެނީ އައިޑިއާ ވަޓް…”

“މިތަނުގަ ވިކްޓިމްއަށް ވާން ނޫޅޭ، އައި މީން ތިންކް އަބައުޓް އިޓް ލޮޖިކަލީ، އެހެންނޫނަސް އަހަރެން ރާޔަން ހުރިކަން އެނގިގެން ކަންބޮޑުކުރާކަށް ވާހަކަދެއްކީކީނޫން، މީހަކަށް އިއްވުމުގެ މަޤްޞަދުގައި ދެއްކި ވާހަކައެއްނޫން އެއީ، އަހަރެން ނޫޅެން ރާޔަންގެ ބޯކޮޅު ބަލަމަކުން.”

“އަހަރެން ފަހަތަށް ޖެހުނުތައް ނުފެނޭތަ؟. ޔަގީންތަ އަހަރެން ހުރިކަން ނޭނގޭކަން؟.” ރާޔަން ސުވާލުކުރިއެވެ.

“ބުނިއްޔާ ޤަބޫލުކުރާނެތަ؟.” ޝާއިނާ ރުންކުރުކަމާއެކު ބުނެލިއެވެ.

“ދެން އެހެންވީރު އެއީ ކޮންކަމެއްތަ؟، ޝާމާއާ އެގޮތަށް ވާހަކަދައްކަން ޖެހުނީ ކީއްވެ؟.” ރާޔަންއަށް އަދިވެސް ހަޤީޤަތެއް ނޭނގެއެވެ.

“އަހަރެން ރުޅި އައިސްގެން ނުވޭތަ؟، ހިތްހަމަނުޖެހިފަ ހުރިވަރުން އޭނާއާ ދިމާއަށް އެހެން ބުނީ، ވިތް އޯލް ދެޓްސް ގޮއިން އޯން… އައި ފެލްޓް ޖަސްޓް ލައިކް އިޓް ޑިޑް ލާސްޓް އިޔާ. އެހެންވެ ބޭނުންވީ، އޭނާއަށް ވެސް އެނގި އިޙްސާސްވާން، އޭރު އަހަންނަށް ކުރެވުނު ކޮންކަހަލަ އިޙްސާސެއްކަން.” ރާޔަންއާ ނަޒަރު ވަކިކޮށްލައި ޝާއިނާ ފިނިނޭވާއެއް ހަށިފުރާ ދޫކޮށްލިއެވެ.

“ކޮންކަމެއްވީ؟. މިދިޔަ އަހަރު؟، އަހަރެން އެނގެން ބޭނުން، އަހަންނަށް ހީވަނީ މިހިސާބަށް އާދެވުނުއިރު، އަހަރެންނަށް ވެސް އެނގެން އެބަޖެހޭހެން.” ރާޔަން ބުންޏެވެ.

ކޮލެޖުގެ ކައިރީ ހުރި ކެފޭއަށް ޝާއިނާއާއި ރާޔަން އަންނަން ޖެހުނީ އެހެންވެއެވެ. ޝާމާއާއި ޝާއިނާއާ ދެމެދު ހިނގި ހުރިހާކަމެއް ރާޔަންއަށް ކިޔައިދޭން އެދުމުންނެވެ. އެހެންމީހެއްގެ އުނދަގުލެއް ނުފޯރާ، ދެމީހުން އެކަނި ތިބެ އެކަމާ ވާހަކަދައްކާށެވެ. ނަފްސު ހަމައަކަށް އަޅުވާލުމާއެކު ޝާއިނާ ވާހަކަދެއްކިއެވެ. ކަންތައްވީގޮތް އޭނާއަށް އެނގިފައި އޮތް ގޮތަށް ކިޔައިދިނެވެ.

“އޭގެ ފަހުން ހަ މަސް ވަންދެން ކިޔެވުން ހުއްޓާލާފައި އަހަރެން ހުރީ ގޭގައި، އެއްވެސް ކަމެއް ވެސް ނުކުރަން… ކުރާ ހިތެއް ވެސް ނެތް، ގެއިން ވެސް ނުނިކުންނަން، މީހަކަށް ނޭނގޭނެ، އިޙްސާސެއް ވެސް ނުކުރެވޭނެ އަހަރެންނަށް ވީގޮތް، އިޓް ވޯޒް ރަފް، މަންމަމެންނަކަށް އަންޑަސްޓޭންޑެއްނުވޭ މިހާވަރުވީއިރު ވެސް، އެހެންވެ އެމީހުން ދުށީ އަހަރެންގެ މައްސަލަކަމަށް، އެހެންނޫނަސް އެމީހުން ކައިރީ ހަޤީޤަތަށް ބުނެގެން ވާނީ ކޮންކަމެއް؟… ވީ ހުރިހާކަމެއް ޝެއާކުރާނީ ކިހިނެއް؟، މަޑުމަޑުން އަހަރެންގެ ތިބި މަދު ރައްޓެހިންކޮޅު ވެސް އޭނާގެ ރައްޓެހިންނަށްވީ، އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާއަށް ވެސް ވީގޮތެއް ނޭނގޭ، އަހަރެމެން ދެމެދުގައި ޖެހުނީ ކޮން ކުންޏެއްކަމެއް ބުނާކަށް އަހަރެންނަކަށް ނޭނގޭ، ވީ ހުރިހާކަމެއްގެ ބަދަލު ހިފަން އަހަރެން ބޭނުންވި، އެކަމަކު އެ ހުރިހާކަމެއްގައި އަހަރެންގެ ނަފްސު ބަނދެވިފައިވާކަށް ނޭދެން، ބަދަލު ހިފުމުގެ ޚިޔާލު ދޫކޮށްލީ އެކަމުން އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީ، އަހަރެންގެ ގޮތެއް ވެސް ނޫންވީމަ… ކުރިން ދުވަހު އަހަރެމެން ކާން ދިޔައިރު، ކަންތައްތައްވީ ގޮތް ކޮންމެވެސް ވަރަކަށް ރާޔަންއަށް ކިޔާދިނީމެންނު… އެނީވޭޒް، އައި ހޭޓް ފީލިންގް ލައިކް ދިޒް.”

“އައި އޭމް ސޮރީ، އައި ނޯ ހައު ޔޫ ފީލް…” ރާޔަން މިހެން ބުނެލާއިރަށް ޝާއިނާ ދެބުމަ ކައިރިކޮށްލިއެވެ.

“ވަޓް ޑޫ ޔޫ ތިންކް ޔޫ ނޯ؟. ޔޫ ޑޯންޓް ނޯ އެނީތިންގް، ޔޫ ވާ ލައިކް… ޝާއިނާ ދައްކާ އެއްވެސް ވާހަކައެއް އަޑުއެހުމުގެ ޝައުގެއް މިހާރަކުނެތް.” ރާޔަން ބުނެލި އިރު ހުރި ގޮތް ދައްކާލަމުން ޝާއިނާ ބުންޏެވެ.

“ސޮރީ… އަސްލު، އަހަރެންނަށް ޝާއިނާ ދައްކާ ވާހަކައަށް ބުރަވެ، ޤަބޫލުކުރެވިދާނެތީ… ޝާމާ ކުށްވެރިކުރަން ޖެހިދާނެތީ… އެންޑް ދެން، އައި ވިލް ޖަސްޓް ބީ މިސަރަބަލް…” ރާޔަން އިސްޖަހާލިއެވެ.

“ވަޓް… ހޭ!، ޔޫ ލައިކް މީ…” މޭޒުގައި ވިއްދާލި އަތަށް ދަތްދޮޅިލަމުން ޝާއިނާ އަހާލިއެވެ.

“އާނއެކޭ ބުނެފިއްޔާ؟” ވަކިވަރަކަށް އިސްއުފުލާލައި ރާޔަން ބަލާލިއެވެ. ހައިރާންކަމާއެކު ޝާއިނާ ބަލަން އިނެވެ.

“މިދިޔަ އަހަރު އެހެން ކޮލެޖުތަކާއެކު ކުޅިވަރުތައް ބޭއްވި ދުވަހު، ގެއްލިގެން އުޅެނިކޮށް އަހަރެންނަށް އެހީވީ… އެވަގުތު، ފުރަތަމަ ފެނިލުމުން… އެ އަހަރު ކޯސް ނިންމި ގޮތަށް މިކޮލެޖަށްވަނީ އަލުން ބައްދަލުވާނޭކަމުގެ އުންމީދުގައި، ބަޓް އޯލް އައި ހޭވް ޑަން އިޒް ހާޓް ޔޫ…”

“ރާޔަން… އާފްޓާ އެވްރިތިންގް ދެޓް ހެޕެންޑް… އައި ހެވެންޓް ބީން އެޓްރެކްޓެޑް ޓު އެނީވަން… ދޭ ހޭވް އޯލް ބީން ސޯ އެނޯއިންގް އެންޑް އައި ޑޯންޓް އީވަން ލައިކް ދި އައިޑިއާ އޮފް ޓަޗިން ވަން…” ޚިޔާލަކަށް ގެއްލި އިނދެ ޝައިނާ ބުނެލިއެވެ. ރާޔަންއަށް ޝާއިނާ ބޭނުންވާގޮތް ސާފުވިއެވެ.

* * * * *

އެނދުގައި ޝާމާ އޮށޯވެލުމާއެކު އޭނާއާ ގާތަށް އާމިލް ޖެހިލިއެވެ. އޭނާގެ ބީހުންތަކުން ޝާމާއަށް އިޙްސާސް ކުރެވެނީ ކިހިނެއްކަމެއް ދެނެގަންނާކަށް ނޭނގެއެވެ. ލޯ މަރާލައިގެން ޝާމާ އޮތްއިރު އޭނާ ޚިޔާލު އެކުރަނީ އެހެންކަމަކާމެދު ހެން އާމިލްއަށް ހީވެއެވެ.

“ކަމަކާ ހިތްހަމަނުޖެހިފަތަ؟، މިކަހަލަ ވަގުތުތަކުގައި ޝާމާގެ ހުރި ހަމައެކަނި މީހަކީ އަހަރެން، އެކަން ޤަބޫލުކުރަންތަ؟.” އާމިލް އަހާލިއެވެ.

“ޔާ، ޔޫ އާ ރައިޓް، ޔޫ އާ ދި އޮންލީ ވަން އައި ހޭވް… އޭނާ ވެސް އަހަރެންގެ މީހަކެއްކަމަށް މިހާ ދުވަހު ހީކޮށްގެން ހުރީ، އެވެސް އޭނާ ގެންގޮސްފި… ޖަސްޓް ލައިކް ދެޓް…” ޝާމާ މަޑުމަޑުން ލޯ ހުޅުވާލިއެވެ.

“އެހެންވެއޭ ދެން ތިކަން ހުއްޓާލަންވީ، އޭނާގެ އެއްވެސްކަމެއްގެ ތެރެއަށް ނުވަންނަންވީ… އެންޑް ސްޕެންޑް މޯ ޓައިމް ވިތް ސަމްވަން ހޫ އިޒް ކޮމްޕްލީޓްލީ ޑިވޯޓެޑް ޓު ޔޫ، ޝާމާ… އަހަރެންނަކީ ހަމައެކަނި ޝާމާގެ މީހެއް.” އިހުނަށްވުރެ ބޮޑަށް ޝާމާއާ ގާތްވެލަމުން އާމިލް ފަހު ޖުމްލަ ބުނެލިއެވެ.

“ހަމަތެދެއްތަ؟… އަހަރެންގެ މީހަކަށްވާނަންތަ؟… ހަމައެކަނި އަހަރެންގެ މީހަކަށް.” ޝާމާއަށް އަހާލެވުނެވެ.

“އޮފްކޯޒް، ޝާމާ، ޝާމާގެ ގޮތުގައި ބަލައިގަންނަ ހަމައެކަނި މީހަކީ އަހަރެން، އައި ޑޫ އެޕްރިޝިއޭޓް ޔޫ، އައި ހޭވް ހެޑް ޔޯ އެންޑް ޔޯ ސިސްޓަރ… އެހެންވެ އެހެންމީހަކަށްވުރެ ބޮޑަށް އަހަރެންނަށް އެނގޭ…”

“އައި ޝުޑް ގޯ…” އާމިލްގެ ވާހަކަ ނުނިމެނީސް އޭނާގެ ކޮނޑުގައި ހިފައި ދުރަށް ޖައްސަމުން ޝާމާ ތެދުވެއްޖެއެވެ. އޭނާގެ ޠަބީޢަތް ގޯސްވީއެވެ. އާމިލްއަށް ލިބުނީ ހައިރާންކަމެވެ.

“ވަޓް؟… ކީއްވެ؟… ކޮންތާކަށް ދާން؟… އަދި ނުވެސް ނިމެއެއްނު…” އާމިލް ވާހަކަދެއްކިއެވެ. އެ އަޑު އިވޭކަމަކަށް ޝާމާ ނުހެދިއެވެ. ކޮޓަރީގައި ހުރި ގޮނޑިމަތިން ހެދުން ނަގައިގެން ޝާމާ ގޮސް ވަނީ ފާޚާނާއަށެވެ. އޭނާ ތައްޔާރުވެލައިގެން ފާޚާނާއިން ނުކުތް ގޮތަށް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ޝާމާ… އާ ޔޫ ރިއަލީ ލީވިންގް… ހޭ… ޝާމާ… އަޑުއިވޭތަ؟.” އެނދުމަތިން ފައިބަމުން އާމިލް ހަޅޭލަވައިގަތެވެ.

“އަހަންނާ ދެން ދުވަހަކުވެސް އަނގައިން ބުނެގެން ނުވާނެ.” އިންތިހާއަށް ނުރުހުންވެފައި ހުރެ ޝާމާ އެނބުރި އެނދުކައިރީ ހުރި އާމިލްއަށް ބަލާލިއެވެ. އޭނާ ޝާމާގެ ނަމުން ގޮވަގޮވާ ހުއްޓާ ކޮޓަރިން ނުކުމެ ނިކަން ބާރަށް ޝާމާ ދޮރު ޖަހައިފިއެވެ.

“ފަކ*… މިފަހަރު ކިހިނެއްވީ؟… ކޮބާތަ އޭނާގެ މައްސަލައަކީ؟…” އާމިލްއަށް ބޮލުގައި ވައަތްތިލަ ޖައްސާލެވުނެވެ.

* * * * *

ފިކުރަކަށް ގެއްލި ހުރެ ފެރީ އިން ފައިބައިގެން ގެއާ ދިމާއަށް ޝާމާ ހިނގައިގަތެވެ. ޢާއްމުކޮށް ގެއަށް އަންނަ މަގުތަކުން އޭނާ ހިނގަމުން އައިއިރު ހާސްކަމުގެ ތެރޭ ސިކުނޑި ފިތެމުންދާހެން ހީވެއެވެ. ފުންނޭވާއެއް ދޫކޮށްލައި އަނގައިން ފޫހިކަމުގެ އަޑެއް ދޭތެރެ ދޭތެރެއިން ޝާމާ ލައްވާލައެވެ.

ގޭޓުން އެތެރެއަށް ވަދެ ގޭގެ މައިދޮރު ޝާމާ ހުޅުވާލިއެވެ. އޭނާއަށް މަރުޙަބާކީ ގޭގެ އަނދިރިކަމެވެ. ބޮކި ދިއްލާލުމާއެކު އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި މޫނުގައި ލޯ ކައިރީ ހަރުކޮށްފައި އިން ކުޑަކުޑަ މަލަންކޮޅު އޭނާ ނައްޓާލިއެވެ. އެއްފަރާތުގައި ހުރި ފައިވަން ކަބަޑުގެ ކައިރީ، ތަޅުންމަތީ ހުރި ދެތިން ފައިވާނަށް ޝާމާގެ ނަޒަރު ހުއްޓުނެވެ. އެތަނުގައި އޭނާގެ ފައިވަނާ ޖެހިގެން ހުރީ ޝާއިނާގެ ފައިވާނެކެވެ. އެއާއެކު އާމިލްގެ ގާތުން އޭނާ އައީ ކީއްވެކަން ހަނދާނަށް އައެވެ.

“އައި ހޭވް ހެޑް ޔޫ އެންޑް ޔޯ ސިސްޓަރ…” އާމިލް ދެއްކި ވާހަކަތަކުން ޝާމާ ގަޔާނުވި ބަސްތައް ސިކުނޑިތެރޭ އެނބުރިގަތެވެ. އޭނާގެ މޭގައި ރިއްސައިގަތެވެ. ހުރަސްކޮށްލި ދެއަތުން ގައިގާ ހިފަހައްޓާލަމުން ޝާމާ ގުދުވެލިއެވެ.

“ނޫން… ހައި ހޭވް މައިން… ތިންގްސް ދެޓް އާ މައިން… ތިންގްސް ދެޓް ނޯ ވަން އެލްސް ހޭސް ޓަޗްޑް، މައިން… އައި ހޭވް ތިންގްސް ދެޓް އާ މައިން…” ނޭވާލާން އުނދަގޫވެފައި މީހަކު ފަދައިން ޝާމާ ގުދުވެގެން އޮވެ އެކައްޗެއް ތަކުރާރުކުރިއެވެ. އޭނާގެ ހަމަބުއްދި ފިލާ ދަނީ ކަހަލައެވެ.

“އައި ހޭވް… އައި ހޭވް… ތިންގްސް… މައިން… ޔެސް، މައިން… މައި ހައުސް…” ޝާމާ ހަށިގަނޑު ތެދުކޮށްލުމާއެކު ވަށައިގެން ހޯދަން ފެށިއެވެ. ސިޓިންރޫމުން އެތެރެއަށް ހިނގައިގަތެވެ. ނަމަވެސް ފާރުގައި ހުރި ފޮޓޯ ފްރޭމް ފެނުމާއެކު މީހާ ބިރުން ގޮސް ގަނޑުވެއްޖެއެވެ.

“ނޯ… ނޯ ނޯ…. ނޯ…” ކަންފަތަށް އިތުރު މީހެއްގެ އަޑު އިވެން ފެށުމުން ޝާމާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ފޮޓޯ ފްރޭމްގައި ފެންނަން ތިބީ، މަންމައާއި ބައްޕަގެ އިތުރުން ޝާމާއާއި ޝާއިނާއެވެ. އެއީ އެމީހުންގެ އުމުރުން ފަނަރަ އަހަރު ފުރިގެން، އުފަންދަވަހުގެ މުނާސަބަތާ ގުޅިގެން ސްޓޫޑިއަކަށް ގޮސް ނަގާފައިވާ ފޮޓޯއެކެވެ. ޝާމާއަށް އޭނާގެ އަމިއްލަ ސޫރަ ފެންނަމުންދިޔަ އިރު އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ.

“ޖަސްޓް ޓްރައު ޓު ބީ ހާފް އޮފް ވަޓް ޔޯ ސިސްޓަރ އިޒް… ކަލޭ ލަދެއް ނުގަނޭތަ؟، ހުރިހާ ކަމެއްގައި ކަލެއަށްވުރެ ކަލޭގެ ދައްތަ ކާމިޔާބު، އެމީހުންގެ ދަރިއަކީ އެއީ… ކަލޭ ހީވަނީ މަގުމަތިން ހޮވައިގެން ގެއަށް ވައްދާފައި އޮތް ބޭކާރު ކުނިގަނޑެއްހެން…”

އެ އަޑު އިވި ޝާމާ ފަރާތް ފަރާތަށް ބަލަން ފެށިއެވެ. ބިރުގަނެ ޖެހިލުންވެފައި ހުރެއެވެ. ދެކަންފަތުގައި އޭނާ އަތް އެޅިއެވެ. އެހެންނަމަވެސް އެ އަޑު މަޑެއްނުވިއެވެ. ކަންފަތަށް އިވެނީކަމެއް، ސިކުނޑިއަށް ނޫނީ ހިތަށް އިވެނީ ކަމެއް ބުނާކަށް ޝާމާއަކަށް ނޭނގެއެވެ. އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނު ދެއަތުން ކަންފަތާއެކު ހިފަހައްޓާލިއިރު، އިސްތަށިތައް ބުޑުން ލުހިގެން ހިނަގއިދާނެހެން ހީވެއެވެ. އަޑު ނާހަން ޝާމާ ދެފަރާތަށް ބޯހޫރައެވެ.

— ނުނިމޭ —

One Comment to “DHEBEENUN [EP-18]”

  1. Unadha

    varah interesting vaahaka eh. Can’t wait for the next part
    English phrases maa ginian beynun kohffa hunna kan faahga kurevey 🙁
    Ehen viyas, varah reethi vaahaka eh XD

    Reply

Leave a Comment

Your email address will not be published. Required fields are marked *