DHEBEENUN [EP-04]

“އަސްލު އެހެންވެގެންނެއް ވެސް ނޫން. އަހަރެން އެކަހަލަ ވާހަކައެއް ނުދައްކަނީ… އަހަންނާއި އަމްމުއާ ދެމެދު އެކަހަލަ ގުޅުމެއް ނުހިނގާތީ، އައި ހެވެންޓް ހެޑް ސެކްސް ވިތް ހިމް ޔެޓް.” ލަދުރަކިކަމާއެކު ޝާއިނާގެ މޫނުގެ ދެފަރާތުން ދެއަތްތިލަ ޖައްސާލިއެވެ. އޭނާ އެހާ ފާޅުކަން ބޮޑުކޮށް އެވާހަކަ ހަނާ ގާތު ބުނަންވުމުން ލަދުގަތީއެވެ.

* * * * * *

“ކޮންސީލާ”ގެ މަތިގަނޑު ބާރުކޮށްލައި މޭކަޕް ދަބަސް ތެރެއަށް އެ ލާފައި ލޯގަނޑުން ޝާމާގެ ސޫރައަށް ބަލާލިއެވެ. އެތުންފަތަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ. ހިތްހަމަޖެހިފައި ހުރި މީހަކު ފަދައިން އޭނާ ފާޚާނާއިން ނުކުތެވެ. ފޯނު ހިފަހައްޓާލައިގެން އާމިލް އިންތަން އޭނާއަށް ފެނުނެވެ. ލިބުނު ސިހުން ފޮރުވަމުން ޝާމާ ހަލުވިކޮށް އައިސް އާމިލްގެ އަތުން ފޯނު އަތުލިއެވެ.

“އަހަރެން ބުނަން ދޯ މިހެން އަންނައިރު ފޯނު ނިއްވާލާފައި ބާއްވާށޭ.” ޝާމާ ބުނެލީ ހިނިތުންވެލައިގެން ހުރެއެވެ.

“ނުހުޅުވަމޭ… ހުޅުވަން ކަމަށް އުޅުނީ.” އާމިލް އެނދުން ތެދުވެ އޭނާގެ ފަން އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ވާހަކަދެއްކިއެވެ.

“އެހެންވިޔަސް ހެޔޮ. ފޯނުގަ އަތްލާނީ މިތަނުން ނުކުމެ އަހަންނާ ދުރަށް ދެވުނީމަ. އާމިލް!. އަހަރެން ފާޚާނާ ބޭނުންކޮށް ނިމިފަ އެހުރީ. ބޭނުމިއްޔާ ދާންވީނު ފެންވަރާލަން” ޝާމާ ބުންޏެވެ. ފާޑަކަށް ހޫންއެއް ލައްވާލަމުން އާމިލް ގޮސް ފާޚާނާއަށް ވަނެވެ.

އަތުގެ އޮތް އާމިލްގެ ފޯނަށް ޝާމާ ބަލާލިއެވެ. އެ ފޯނު އޭނާ ހުޅުވިއެވެ. ތިން ފަހަރަށް ޝާއިނާ ގުޅާފައި އޮތްކަމާއި ކޮށްފައި ހުރި މެސެޖު ފޯނުގައި ހުއްޓެވެ. އެ ތަފްސީލުތަކުގެ ލޮގް ފޯނުން ޝާމާ ފުހެލިއެވެ. އޭރު ހީލަތްތެރި ހިނިތުންވުމެއް އެ ތުންފަތުގައިވިއެވެ.

ފުރުޞަތު ފަހިވަނީ ބައެއްފަހަރަށް އެކަމަށް މާބޮޑު މަސައްކަތެއް ނުކުރަނީހެވެ. އުންމީދު ނުކުރާހާ އާދައިގެ ގޮތަކަށެވެ. ޝާމާއަށް އާމިލް ފުރަތަމަ ފެނުނީ ޝާއިނާ އެ ފުރުޞަތު ދިނީމައެވެ.  މަންމަގެ ސުވާލުތަކުން ސަލާމަތްވުމަށް ކޮއްކޮ ގޮވައިގެން ކޮފީއަކަށް ޝާއިނާ އައީ އާމިލްއާ ބައްދަލުކުރާށެވެ. ޝާމާއަށް ސިއްރުތައް ޚިއްޞާ ކުރަނީ ޝާއިނާއަށް ކޮއްކޮއަށް އިތުބާރުކުރެވޭތީއެވެ. އާމިލްގެ އަތުގައި ހިފާލައިގެން ޝާއިނާ އިނީ ނުހަނު އުފަލުންނެވެ. އާމިލްގެ މޫނުން ފާޅުވާ އަސަރުންނާއި އޭނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާއަށް ޝާއިނާ ކަމުދާވަރު، ދުލުން ހާމަނުކުރިޔަސް ޝާމާ ދެނެގަތެވެ. ޝާއިނާގެ ކޮއްކޮއާ ބައްދަލުވި ފުރަތަމަ ފަހަރަށްވާތީ ޝާމާއަށް ތަޢާރަފް ވެލުމަށް “ހެލޯ”އެއް ދީ ވާހަކަދައްކަން ފެށީ ވެސް އާމިލްއެވެ.

“ވާއު، ތީ ހަމަ ޓުވިންސްކަން ޔަގީން” އާމިލް ބުނެލީ އަޖައިބު ވެފައި އިނދެއެވެ.

“ހީވަނީ ދުވަހަކު ވެސް ޓުވިންސެއް ނުދެކޭހެން” ޝާއިނާ ސަމާސާ ގޮތަކަށް ބުންޏެވެ.

“ޕާސަނަލީ މިހެން ޓުވިންސްއަކާ ބައްދަލުވި މީ ފުރަތަމަ ފަހަރު. އަހަރެން ޕްރައިމެރީގަ އުޅުންއިރު ކުލާހުގައި އުޅުނު ޓުވިންސެއް. އެކަމަކު އެއީ ފިރިހެން ކުދީން. މީގެ ކުރިން ތިހާ ރީތި ދެ އަންހެންކުދީންނާ ބައްދަލެއްނުވޭ. ތި ދެމީހުން ހާދައޭ ވައްތަރީ.” އާމިލް ހީނލިއެވެ.

“އޯ ސްޓޮޕް އިޓް އާމިލް… އަހަރެމެން ހައްދަން އުޅޭނެކަމެއްނެތް” އާމިލްގެ ކޮނޑުގައި ޖަހާލަމުން ޝާއިނާ ބުންޏެވެ. އިހުނަށްވުރެ ބޮޑަށް އާމިލް ހީނލިއެވެ. އެ ދެޒުވާނުންގެ ކުރިމަތީ އެމީހުންގެ ހަރަކާތްތަކަށް ބަލަން ޝާމާ އިނީ ބަހެއް ނުކިޔައެވެ.

“އެނގޭތަ. ޝާމާ ބޭނުންވަނީ އަހަރެމެންގެ ކޮލެޖަށް ޖޮއިންވާން.” ޝާއިނާ ބުންޏެވެ.

“އެހެންތަ؟ ކޮން މޭޖާއެއް ޗޫޒް ކުރަނީ؟” އާމިލްގެ ނަޒަރު ޝާމާއަށް ހުއްޓުނެވެ.

“އާޓްސް… ކޮމްޕިއުޓިން…” މަޑުމަޑުން ޝާމާ ބުނެލިއެވެ.

“އެހެންތަ، އަހަރެންގެ ފައިންލަ އިޔާ މީ. ތި ޗޫޒްކުރީ ސަޅިކަމެއް. ވަރަށް އިންޓަރެސްޓިން ވާނެ އިނގޭ. އައި ހޯޕް ޔޯ ސިސްޓާރ އިން ލޯ ކެން އޯލްސޯ ކަމް ޓު އަވާ ކޮލެޖް” އާމިލްގެ ފަހު ޖުމްލަ އިއްވާލީ ޝާއިނާއަށް ބަލަން އިނދެއެވެ. އޭނާއަށް އާމިލް އެ ބުނި އެއްޗެއް ފާހަގަވިކަން ގައިމެވެ.

“ވަޓް… ވަޓް ޑޫ ޔޫ މީން ބައި ސިސްޓަރ އިން ލޯ.” ޝާއިނާ ވަގުތުން ބުނެލިއެވެ.

“ނަތިންގް.. ރިލެކްސް..” ހެމުންހެމުން އާމިލް ބުންޏެވެ.

ޝާއިނާއާއި އާމިލްގެ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން އެމީހުންގެ ކުރިމަތީ އިން ޝާމާއަށް ފެންނަމުންދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި ތަފާތު އެކި ޚިޔާލުތައް އެނބުރެމުންދިޔައެވެ.

“ދޮންތީ ކިހާ ލަކީ. ހުރިހާކަމެއް ދޮންތިއަށް އުނދަގުލަކާނުލާ ކުރެވޭ. ބޭނުންވި ކޮންމެކަމެއް ހާސިލުކުރޭ. އެއްވެސް ކަމެއްގައި ދަތިކަމެއް، ހުރަހެއްނެތް. ކިހާ އުފާވެރި. މީހުން ކިހާ ލޯބިވޭ. އެހާ ކެއަރިން ބޯއިފްރެންޑެއް. އޭނާ ކިހާ ސްމާޓް، ކިހާ ހެންޑްސަމް.” ޝާމާގެ ހިތާއި ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ.

ޝާމާގެ ޚިޔާލުތައް ދެން ދަތުރުކުރީ އޭނާ ކޮލެޖަށް ވަނުމަށް ކުރި މަސައްކަތަށެވެ. ނަތީޖާ ލިބި ފާސްވެފައި އޮތްތަން ފެނުނު ދުވަހު އޭނާވީ އުފަލެވެ. ބޭއިޚްތިޔާރުގައި ވެސް އޭނާ ދޮންތީއާ އެއްގޮތް ވެވިދާނޭ ކަމުގައި އެދުވަހު ޤަބޫލުކުރެވުނެވެ. ޝާމާގެ ނަޒަރު އާމިލްއިން ނެއްޓި އަނެއްކާ ވެސް ޝާއިނާއަށް ހުއްޓުނެވެ.

“ބީ ލައިކް ހާ… ބީ ލައިކް ދޮންތީ…” ޝާމާއަށް މަޑުމަޑުން ކިޔާލެވުނެވެ. ސިއްރެއް ފަދައިން މާހައުލަށް އެ އަޑު ހިނދުނީއެވެ.

“އަހަރެން ދޮންތީއަށް ވެއްޖެއްޔާ… އޭރުން އެންމެން އަހަރެންދެކެ ލޯބިވާނެތަ؟. ދޮންތީ ބުނި އަހަންނަށް ހުރިހާކަމެއް ވެސް ވާނެއޭ. އަހަރެން ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދޮންތީއާވުރެ ވެސް އަހަރެން މޮޅުވާނެއޭ. އޭރުން އަހަންނަށް ނުވާނޭ ކަމެއް ނޯންނާނޭ.” ޝާމާގެ ސިކުނޑީގައި އެކި ދުވަހުގެ ހަނދާންތައް ނިއުޅެމުން އޮޅެމުންއައެވެ.

އެގޮތުން ހަނދާނުގެ ތެރެއިން ތިލަވި މަންޒަރެކެވެ. ޝާމާ ކޮލެޖަށް ދާން ހެދުން ގަންނަން ދާންވެގެން އެކަމުގެ މަޝްވަރާ ދޮންތީއާއެކު ކުރިއަށް ދިޔައެވެ. އެދުވަހު އެއްލި ކަޅިއަކުން ޝާއިނާގެ ކަރުދޮށުން ރަތްވެފައި ހުރިތަނެއް ޝާމާގެ ލޮލުގައި އަޅައިގަތެވެ. އެތަން ޝާމާ ދެއްކީ އެއީ ކިހިނެއްވެފައި ހުރިތަނެއްކަން އެނގި ހުރެއެވެ. ލޯބިވެރިއެއްގެ ބީހުމެއްކަން ޝާމާއަށް އެނގެއެވެ. ޝާއިނާ ލަދުގަތްކަން ޝާމާއަށް އެނގެއެވެ. އޭނާ ވާހަކަ ބަދަލުކޮށްލާ ޝާމާގެ ކުރިމަތިން ދިޔައީ ނުހަނު އަވަހަށެވެ. އެފަދަ ބީހުމަކަށް ޝާމާއަށް އެދެވުނެވެ. ލޯބިވެރިއެއް ހުރުމަށާއި އޭނާގެ ސަމާލުކަން ލިބުމަށް ޝާމާއަށް ނުހަނު ބޮޑަށް އެދެވުނެވެ. ސިކުނޑިއަކީ ކިހާ އަނދިރިތަނެއްކަން ޝާމާއަށް ވިސްނައެއްނުލެވުނެވެ. އޭނާގެ ސިކުނޑިން ޚިޔާލު ކުރެވުނީ ޝާއިނާއާއި އާމިލް އުޅޭނޭ ގޮތެވެ. އެ ދެމެދުގައި އޮންނާނޭ ގާތްކަމެވެ. ދެ ޒުވާނުންގެ ޢަމަލުތައް ހުންނާނޭ ގޮތާއި ދެމެދުގައި ހިނގާނޭ ގުޅުންތަކެވެ.

“ޝީ ހޭޒް އެވްރިތިން… އޯލް ޓު ހާސެލްފް…” ޝާމާއަށް ބުނެވުނީ ހިތި ގޮތަކަށެވެ.

އޭނާ ދެން ހަނދާންވީ ޝާއިނާގެ ފޯނު ފެނުނު ރެއެވެ. ޝާމާގެ ކޮޓަރީގައި އިނދެފައި ޝާއިނާ ދިޔައީ ހަނދާންނެތިގެން އެކޮޓަރީގައި ފޯނު ބާއްވާފައެވެ. ދެކުދީންނަށް ވެސް ބައްޕަ ގަނެދިނީ އެއްކަހަލަ ފޯނެކެވެ. އެއީ އަށާރަ އަހަރު ފުރުމުން ދެބެންނަށް ލިބުނު އުފަންދުވަހުގެ ހަދިޔާއެވެ. އެނދުއަރިމަތި ހުރި ކުޑަމޭޒުމަތިން “ނޮޓިފިކޭޝަން”އެއްގެ އަޑު އިވި ޝާމާގެ ސަމާލުކަން އެދިމާއަށް ދެވުނީއެވެ. އެއީ ޝާއިނާގެ ފޯނުކަން އެނގުނީ ފޯނު ނެގީމައެވެ. ރޭގަނޑުގެ ލަސްގަޑިއެއްގައި ޝާއިނާއަށް މެސެޖެއް އައުމުން ބަލާލަން ޝާމާ ޝައުގުވެރިވިއެވެ. ދައްތަގެ ފޯނުން މެސެޖު ހުޅުވާލިއެވެ. އެއީ އާމިލްގެ މެސެޖެކެވެ. ކުޑަވަގުތު ކޮޅަކަށް ވިޔަސް ފެނިލުމަށް އޭނާ އެދޭކަން ހާމަކޮށްފައި އޮތެވެ. އޭނާ ހުރީ ކަންމަތީ ފިހާރަކައިރީ ހުރި ގޯޅީގައިކަން ބުނެފައި އޮތެވެ. ޝާމާއަށް އިރުކޮޅަކު ބަލަން ހުރެވުނީއެވެ. އޭނާގެ ސިކުނޑީގައި އެނބުރިގަތް ޚިޔާލުތަކާއެކު ނިވުނު ފޯނުގެ އިސްކުރީނު ހުޅުވިއެވެ. އާމިލް ފޮނުވާފައި އޮތް މެސެޖަށް ޝާމާ ޖަވާބު ދިނެވެ. އެބަ އަންނަން ކަމުގައި ބުނެފައެވެ. އެއަށްފަހު އާމިލްގެ މެސެޖުތަކާއި ޝާމާ ފޮނުވި ރައްދު ވެސް ޝާއިނާގެ ފޯނުން ޑިލީޓު ކުރިއެވެ.

ގައިދޮވެގެން ނުކުމެ ނިދަން ތައްޔާރުވާން ހުރި ޝާއިނާއަށް ފޯނު ނެތްކަން ހަނދާންވެ އެރޭ ޝާމާގެ ކޮޓަރިއަށް އައެވެ. ޝާމާ ލައިގެން ހުރި ހެނދުންތައް ބާލައި އެނދުމަތީ ހުއްޓާ ފެނުނެވެ. އެކަމަކު އޭނާއެއް ކޮޓަރިއަކު ނެތެވެ. ޝާއިނާ އައިސް މަންމަގެ ކޮޓަރިއަށް ވަނެވެ. ޝާމާ ކޮބާތޯ އޭނާ އެއްސެވެ. މަންމަ ބުނީ ޝާމާގެ ރައްޓެހި ކުއްޖަކާއެކު މަސައްކަތެއް ނިންމަން ވެފައި އޮތުމުން އެގެއަށް ދިޔަވާހަކައެވެ. ޝާއިނާއަށް ހައިރާންކަން ލިބުނުކަން ޔަގީނެވެ. ޝާމާގެ ގޭގެއަށް ދާވަރުގެ ގާތް ރައްޓެއްސެއް ހުންނަކަމެއް ޝާއިނާއަށް އެނގިފައެއްނެތެވެ. އެކަމަކު މަންމައާ އެކަން ޚިއްޞާކުރުމުން ނުކުމެދާނެ ނަތީޖާ އެނގޭތީ ޝާއިނާ ހިމޭންވީއެވެ.

އާމިލްއަށް ގޯޅިއަށް ވަން ޝާއިނާ ފެނުމުން ހިނިތުންވެލިއެވެ. ޝާއިނާގެ ތަފާތުކަމެއް ހުރިހެން ވެސް އޭނާއަށް ހީވިއެވެ. އެ އަނދިރިކަން ވެރިވެފައި އޮތް ގޯޅިތެރެއިން ޝާއިނާގެ އަތުގައި ހިފާލައި އާމިލްއާ ގާތަށް ދަމާލިއެވެ. އޭނާ ގެއަށް ދަމުން ޝާއިނާ ފެނިލާފައި ދާން ބޭނުންވީކަން އާމިލް ހާމަކުރިއެވެ. އެއާއެކު ޝާއިނާ ވެސް ހުރީ އާމިލްއާ ބައްދަލުވުމަށް އެދިއެދިކަން ބުންޏެވެ.

“ދެޓްސް އޮޑް. ޔޫޝުއަލީ އަހަރެން ބައްދަލުވާން ބުނާއިރަށް ޝަންނަ ބަހަނާ ދައްކަންފަށާނެ. ރޭގަނޑު ޚާއްޞަކޮށް މީޓުކުރަން ޝަންނަ ދެކޮޅު ހަދާނެ…” އާމިލްއަށް ބުނެލެވުނެވެ.

“އެއީ… ދެން… އެކަމް ވެސް މިއައީނު…” ޝާއިނާ ކުއްލިއަކަށް ހާސްވިގޮތް އާމިލް ދުށްޓެވެ.

“ޔޫ އާ އެކްޓިން ވިއާޑް… ކިހިނެއްވީ؟…” އާމިލް އަހާލިއެވެ. ޝާއިނާގެ ފޯނު ރިންގުވީ އެވަގުތެވެ.

“މަންމަތަ؟…” އާމިލްއަށް އަހާލެވުނެވެ. ޝާއިނާ ބޯޖަހާލާފައި ދުރަށް ޖެހުނެވެ. އާމިލްއަށް ކޯލު ނީވޭނޭ ހިސާބަށް އައެވެ.

“ކީއްވެ ފޯނު ނުނަގަނީ…” ފޯނުގެ އަނެއްކޮޅުން އިވުނީ ވެސް ޝާއިނާގެ އަޑެވެ.

“ސޮރީ ދޮންތީ” ފޯނު ކަންފަތުގައި ޖަހާލައިގެން އާމިލްއަށް ބަލަން ހުރެ ޝާމާ ބުންޏެވެ.

“އަވަސްކުރަން ހަދައިގެން ދޮންތީގެ ފޯނު ހިފައިގެން މިއާދެވުނީ. ނޭނގޭނެއެއްނު ދޮންތީ ފޯނު ބާއްވާފަކަމެއް ދާނީ… އަހަރެން ހީކުރީ އަހަރެންގެ ފޯނު ކަމަށް. އަވަހަށް އަންނަން ހިފައިގެން މިއާދެވުނީ. ސޮރީ… މައި މިސްޓޭކް…” ޝާމާ ދެރަވެލާފައި ވާހަކަދެއްކިއެވެ.

“މިގަޑީގަ އަހަންނަށް ވަރަށް މުހިންމު ކޯލު އަންނާނެ” ޝާއިނާ ނުސީދާކޮށް ބުނީ އާމިލް ގުޅާނޭކަމެވެ.

“އާޖަންޓް ކޯލެއްނަމަ އަހަރެންގެ ނަންބަރު ދޭނަން. އޭރުން ދޮންތީއަށް ވާހަކަދެއްކޭނު.” ޝާމާ ބުނެލިއެވެ. އެއާއެކު ޝާއިނާ އެހީ ޝާމާ ދިޔަ ރަޙުމަތްތެރިޔާއާ ބެހޭ ގޮތުންނެވެ. އޮމާންކަމާއެކު ޝާމާ ދޮގެއް ހަދާލިއެވެ. ދޮންތީގެ ފޯނުކަން ހިފައިގެން އާދެވުނީ އެނގުނީ އެކުވެރިޔާގެ ގެޔަށް އާދެވުނު ފަހުންކަން ޝާމާ ބުންޏެވެ. އެހިނދު ޝާއިނާ އިންޒާރު ދިނީ އޭނާގެ ފޯނު ނުހޭވުމަށެވެ. ޚާއްޞަކޮށް މެސެޖުބައި ނުބެލުމަށެވެ.

“ހާދަ ގިނައިރެއްވީ” ފޯނު ބާއްވާފައި އާމިލްގެ ގާތަށް ޝާމާ އައުމުން އޭނާ ބުންޏެވެ. ކުރިމަތީ ހުރި އަންހެންކުއްޖާއަކީ އޭނާގެ ލޯބިވެރިޔާގެ ކޮއްކޮކަމެއް އޭނާއަކަށް ނޭނގެއެވެ. ހަމަ އެވަގުތު އާމިލް ވެސް ފޯނު ނެގީ އޭނާއަށް މެސެޖެއް ލިބިގެނެވެ. ނުދަންނަ ނަންބަރަކުންނޭ އާމިލް ބުނިހާއިރުން އޭނާގެ އަތުގައި ޝާމާ ހިފެހެއްޓިއެވެ.

“ޝަންނު…” ހައިރާންކަމާއެކު އާމިލް ގޮވާލިއެވެ.

“އަހަންނާއެކު ހުންނައިރު ފޯނު ނުނަގަބަލަ” ގާތް ވެލަމުން ޝާމާ ބުނެލީ އާމިލްގެ ފޯނު އަތުލަމުންނެވެ. އެހާ ގާތްވެލުމުން އާމިލްގެ ހިތްއަވަސްވިއެވެ. އޭނާ ހުރީ ޝާއިނާ އަންނާނޭކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. އެކަހަލަ ކިތަންމެ ރެއަކު ޝާއިނާ ވަނީ އޭނާ ނާއުންމީދުކޮށްލާފައެވެ. މިރޭ އޭނާއަށް ވާގޮތެއް ނޭނގެއެވެ. ޝާއިނާ ދުށުމަށް ހިތްއެދޭވަރުން އޮބިނޯވެގެން އުޅޭ ކަހަލައެވެ. މޫސުމުގެ ފިނިކަން އޭނާގެ ހަށިގަނޑަށް ހޫނުކަން ބޭނުންވާކަން އިޙްސާސް ކޮށްދޭތީ ކަމަށް ވެދާނެއެވެ. ފާރުގައި ކުރިމަތީ ހުރި ޝާއިނާގެ ހަށިގަނޑު ލައްކޮށްލުމާއެކު އެ ހަށިގަނޑުގައި އާމިލްގެ ހަށިގަނޑު ޖައްސާލިއެވެ. ހިނދުކޮޅެއް ވެސް ބޭކާރުނުކޮށްލާ ޝާއިނާގެ ތުންފަތުގައި އޭނާ ލޯބިކޮށްލިއެވެ. ޝާއިނާ ދެކޮޅު ހެދުމެއްނެތި އާމިލްއާ ބައިވެރިވުމުން ހައިރާންވިޔަސް އާމިލްގެ ލޭ ހިނގުން އަވަސްވެ ހަށިގަނޑުގެ ވިންދު އަވަސްވެއްޖެއެވެ. މިރޭ ޝާއިނާ މާބޮޑަށް ވެސް ޖެހިލުންކުޑަވެފައި ހުރީތީ އެކަން ފާހަގަވީ ނަމަވެސް އެކަމަށް އާމިލްއަށް ސަމާލުކަމެއް ނުދެވުނެވެ. ބުއްދި މޮޔަކޮށްލާ ފަދަ ފުސްކަމެއް އާމިލްގެ ސިކުނޑިއަށް ވެރިވަމުންދިޔައެވެ. ނަމަވެސް އާމިލްގެ ނަފްސު ހަމައަކަށް އެޅުވިއެވެ. އޭނާ ދުރަށް ޖެހިލުމާއެކު ޝާއިނާއަށް ބަލާލިއެވެ.

“އިޒް ދިސް އޯކޭ…” އާމިލް އަހާލިއެވެ. އާމިލްގެ ދެ ލޮލުގައިވާ ފަދަ މަސްތުކަމެއްގެ ހިޔަނި ޝާއިނާގެ ލޮލުގައި ވީތަން އޭނާ ދުށްޓެވެ.

“ޔެސް. އައި ވޯންޓް ދިސް… މިރޭ ގެއަށް ނުދިޔަޔަސް އޯކޭވާނެ.” ޝާއިނާ ބުނި އެއްޗެއް އާމިލްއަށް ޤަބޫލެއްނުކުރެވުނެވެ.

“އޭރުން މަންމަ” އާމިލް ކިތަންމެ ބޭނުންވެފައި ހުރި ކަމުގައި ވިޔަސް އަހާލެވުނެވެ. އޭނާއަށް ޝާއިނާ މިރޭ ހުރީ ގުރޫޕް މަސައްކަތެއްކުރަން ރަޙުމަތްތެރިއެއްގެ ގޭގައިކަން ބުނެ އެ ރޭވުން ކިޔާދިނެވެ. އެހެންވީމަ މަންމަ ޝައްކެއްނުކުރާނޭ އޭނާ ބުންޏެވެ. އާމިލް ބޭނުންވެފައި ހުރި އެދުމެއް ހާސިލުކުރެވޭނެ މަގު ފަހިވުމުން އޭނާ ވެސް ލަސްކުރާކަށް ބޭނުމެއްނުވިއެވެ.

ސައިކަލުގައި ޝާއިނާ ގޮވައިގެން އާމިލް ދުއްވާލިއެވެ. ފާމަސީއަކަށް ވަދެ އޭނާ ބޭނުންވާ ވައްތަރުގެ ހުރަސް ގަތެވެ. އެވީ ވަގުތުކޮޅުގައި އާމިލްގެ ފޯނަށް އައިސްފައި އޮތް ނުދަންނަ ނަންބަރުގެ މެސެޖު ޝާމާ ކިޔެވެ. އާމިލްއަށް އެއީ ކޮން ނަންބަރެއްކަން ނޭނގުނަސް ޝާމައަށް އެ ނަންބަރު އެނގެއެވެ. އާމިލް އެނބުރި އަންނަންވާއިރަށް ވަގުތުން އެ މެސެޖު އޭނާ ޑިލީޓް ކުރިއެވެ. އާމިލް ފާމަސީއިން ނުކުމެ، ދެމީހުން އެކުގައި އައިސް ދުވަހު ކުއްޔަށް ކޮޓަރިއެއް އެރޭ ނަގައި އެތަނަށް ދެ ޒުވާނުން ދިޔައެވެ. ޝާއިނާދެކެ ލޯބިވާކަން އެރޭ އެތައްފަހަރަކު އާމިލްގެ ދުލުން އިވުނެވެ. ލޯބިވެރިޔާއާއެކު އެފަދަ ގާތްގުޅުމެއް އާމިލް ވެސް ހިންގި ފުރަތަމަ ރެއަކީ އެއީއެވެ. ހިތުގައި ތަފާތު ވިންދެއްޖެހިއެވެ. ޖަޒުބާތުތައް ފުންވިއެވެ. އެރޭގެ ވަގުތުތައް ނިމުމަކަށް ނައުމަށް އޭނާއަށް އެދެވުނެވެ.

ޝާމާ ގެއަށް އައީ ހެނދުނެވެ. އޭރު ޝާއިނާ އުޅެނީ ބަދިގެ ފަރާތުގައި ސައިބޯށެވެ. ޝާމާ ފެނުމުން ވަގުތުން ފޯނު ދޭން އެދުނެވެ. ވަގުތުން އަތްދަބަހުން ފޯނު ނަގައި ދޮންތިއަށް ޝާމާ ފޯނު ދީފިއެވެ. ނިވާލާފައި އޮތް ފޯނު ހުޅުވާލީ ޝާއިނާގެ އަތަށް ލިބުމުންނެވެ. އެހިނދު އޭނާއަށް މެސެޖެއް އައެވެ. ކުރިއަށްވުރެ ވެސް ބޮޑަށް ޝާއިނާދެކެ އާމިލް ލޯބިވާކަން ބުނެ ފޮނުވާފައި އޮތް މެސެޖެކެވެ. އުފާވެރި ހިނިތުންވުމެއް ޝާއިނާގެ ތުންފަތުން ފާޅުވެލިއެވެ. ޝާއިނާގެ މޫނުގެ އަސަރުތައް ބަލަން ޝާމާ ހުއްޓެވެ. އޭރު އޭނާ އާމިލްގެ ގާތުގައި ދެއްކި ވާހަކަތައް ސިކުނޑީގައި ތަކުރާރުވެލިއެވެ.

“މިފަހަކަށް އައިސް މަންމަ އަހަރެންގެ ފޯނު ބަލާ. މިރޭ އަހަރެން އުޅުނީ އާމިލްއާއެކުކަން އެނގިއްޖެއްޔާ ދުވަސްދިޔައީ. ޕްލީޒް… މިރޭގެ އެއްވެސް ވާހަކައެއް ފޯނުން ނުދައްކައްޗޭ. ޝައްކުވާނޭ ގޮތަށް ވެސް އެއްޗެކޭ ނުބުނާތި.” އާމިލްގެ ކުރިމަތީ ޝާމާ އާދޭސްކުރިއެވެ. ޝާއިނާ ބަދުނާމުވެ ދެމެދުގައި އޮތް ގުޅުން ހީނަރުވާކަށް އާމިލް ނޭދެއެވެ. އޭނާ ވަޢުދުވެ އެއްބަސްވީ އެހެންވެއެވެ. ޝާއިނާއަށް ޓަކައެވެ. ރޭގައި ޝާއިނާއާއެކު ހޭދަކުރި ވަގުތުތަކަކީ އާމިލްގެ ހަނދާނުން ފުހެލަން ފަސޭހަވާނޭ ހަނދާންތަކެއްނޫނެވެ.

ޝާމާއަށް ހިނިތުންވެވުނެވެ. ދޮންތީގެ ކޮންމެ އެއްޗެއް އަމިއްލަކުރަން އޭނާ ބޭނުންވާކަން ހިތާއި ސިކުނޑި ބުނަމުންދިޔައެވެ. އެނދުމަތީ އާމިލްގެ ފޯނު ހިފައިގެން އިން ޝާމާ ސިހުނީ އާމިލް އައިސް އޭނާގެ ފުރަގަހުން ކޮނޑުގައި ހިފައި ތަޅުވާލީމައެވެ. ހުރިހާ ޚިޔާލެއް އޮބިގެން ގޮސް ހަޤީޤަތަށް އޭނާ އަންނަން ޖެހުނީއެވެ. އާމިލް ފެންވަރައިގެން ފާޚާނާއިން ނުކުތީ ކޮންއިރަކު ކަމެއް އޭނާއަށް ނޭނގުނެވެ. އިނދެވުނީ އެހާ ވެސް ފުންޚިޔާލެއްގައެވެ.

ދެ ޒުވާނުން އެކީ ދުވަހުކުއްޔަށް ދޭ އިމާރާތުގެ ތެރެއިން މަގުމައްޗަށް ނުކުތެވެ. ޝާއިނާ ޚިޔާލަކަށް ގެއްލިފައި ހުންނަކަށް އެނގި އޭނާގެ ކޮނޑުގައި ހިފައި އާމިލްއާ ގާތަށް ދަމާލިއެވެ.

“ކޮންކަމަކާ ތިވިސްނަނީ؟” އާމިލް އަހާލީ ލޯބިންނެވެ.

“އަހަރެމެންގެ އެންމެ ފުރަތަމަ ބައްދަލުވުމާ މެދު” ޝާއިނާ ބުނެލިއެވެ. އެއާއެކު އާމިލްގެ ހަނދާނަށް އެ ދުވަސް އައެވެ.

“އާން… އެ ދުވަހު އަސްލު އަހަރެން ވަރަށް ރުޅިއައި ފިރާޒުދެކެ. ޖަހަން ވެސް ހިތަށް އެރި. ތިހެން ބުނީމަ މިހަނދާންވީ. އޭނާ ބްރޭކެއްގައި ހުރެފައި އަލުން ކިޔަވަން އަންނަން އުޅޭ ވާހަކައެއް އަހަރެން އަޑުއެހިން.” އާމިލް ބުންޏެވެ. އަދިވެސް އޭނާ އެ ހުރީ ގާތުގައި ހުރި އަންހެންކުއްޖަކީ އޭނާގެ ލޯބިވެރިޔާ ޝާއިނާކަމުގައި ހީކޮށްގެންނެވެ.

* * * * *

ކޮލެޖަށް ވަދެގެން އައި ފިރާޒަށް އާ ދިރުމެއް ލިބިފައިވާ ކަހަލައެވެ. އޭނާގެ ހިތުގައި އެ އަންހެންކުއްޖާގެ ފުށުން ބަދަލު ހިފުމުގެ ރޫހު ވިއެވެ. ކޮލެޖުން ދިމާވެއްޖެނަމަ ދޫނުކުރާނަމޭ ފިރާޒުގެ ހިތުގައި އޮތެވެ. ދަބަހުގައި ހިފަހައްޓާލައިގެން އޭނާ ސަރައްކާލިއަށް އާދެވުނު ހިނދު ލޮލުގައި އަޅައިގަތް މަންޒަރުން އެކަމަށް ސަމާލުކަން ހުއްޓިއްޖެއެވެ.

“ހޭ…” ފިރާޒު ގޮވާލިއެވެ. އޭނާ އައިސް ހުއްޓުނީ އެ އަންހެންކުއްޖާގެ ގާތުގައެވެ. އޭނާ އެނބުރިލައި ފިރާޒަށް ބަލާލިއެވެ.

“ޔޫ ހޭވް ސަމް ނާވް… އާޓްސް ބިލްޑިންއަށް ކަލޭ އަނެއްކާ ވެސް ވަނީތަ؟” ފިރާޒު އަހާލީ ރުންކުރުކޮށެވެ. އެ އަންހެންކުއްޖާގެ މޫނުން ފާޅުވި ހައިރާންކަން ފިރާޒުގެ ޠަބީޢަތް އިތުރަށް ގޯސް ކުރުވިއެވެ. ހީވީ ގަސްދުގައި ފިރާޒު ބުނާ އެއްޗެއް ނޭނގޭކަމަށް ހެދީ ހެންނެވެ.

“ކަލޭ ކުރިކަންތައް ހަނދާންނެތުނީތަ؟” ފިރާޒު ބުނެލީ ތަންކޮޅެއް ބާރަށެވެ. އެހިނދު އެ އަންހެންކުއްޖާ ފިރާޒަކީ ކާކުތޯ ސުވާލުކުރިއެވެ.

“އަހަރެން ހިތަށް އެރި ދަންނަ އަޑެކޭ… ކާކުބާއޭ އަޑުގަދަ ކުރަނީ؟… މިހާރު އެނގިއްޖެ ކަލޭކަން” ކުލާހުން ނުކުމެގެން ފިރާޒުގެ ގާތަށް އައިސް ހުއްޓިލި ނަދީމް ބުނެލިއެވެ. އޭނާ ދެން ބަލާލީ ފިރާޒަށް ބަލަން ހުރި އަންހެންކުއްޖާއަށެވެ.

“ޝާމާ ޑޯންޓް ވޮރީ. އައި ވިލް ޓޭކް ކެއާ އޮފް ދިސް އިޑިއަޓް.” ނަދީމު ބުނެލިއެވެ. އަދި ފިރާޒުގެ ކޮނޑަށް އަތްވައްޓާލާއި ގަދަކަމުން ކަހަލަ ގޮތަކަށް އެތަނުން ދުރަށް ދާން ނަދީމު ހިނގައިގަތެވެ.

“ވަޓް ދަ ފަ*، ދެޓް ބިޗް ޕްރިންޓެންޑެޑް ޝީ ޑިޑިންޓް އީވަން ނޯ މީ” ރުޅިގަދަވެފައި ހުރެ ނަދީމާ ދިމާއަށް ފިރާޒު ބުންޏެވެ.

“އެއީ ޓިވިންސް އޭ” ނަދީމު ބުނެލިއެވެ. ފިރާޒަށްވީ އާ މަޢުލޫމާތަކަށެވެ.

“ޓުވިންސްއޭ…” ފިރާޒަށް އަހާލެވުނީ ހައިރާންވެ ހުރެއެވެ.

“އާން… ޝާއިނާގެ ކޮއްކޮ. ނޭނގޭތަ އޭނާގެ ޓުވިންސެއް ހުންނަކަން. މިއަހަރު އޭނާގެ ކޮއްކޮ އަހަރެމެންނާ ޖޮއިންވީ.” ނަދީމު ބުންޏެވެ. ފިރާޒުގެ މޫނުގެ ކުލަވަރު ބަދަލުވެލިއެވެ. މަޢުނަވީ ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވިއެވެ.

“ބުނަން. ސްޓުޕިޑް ކަމެއް އަނެއްކާ ވެސް ކުރާނީއެއްނޫން.” ނަދީމު ބުނެލިއެވެ. ފިރާޒު އޭނާގެ އަޑެއް ނޭހިއެވެ. ނަދީމުގެ އަތް ކޮނޑުމަތިން ނައްޓުވާލައި އޭނާ ހަލުވިކޮށް އައިސް ޝާއިނާގެ ކޮއްކޮ ހޯދިއެވެ.

“ހޭ… އަހަންނަށް އޮޅުނީ އިނގޭ. އަހަރެން ހީކުރީ ތީ ޝާއިނާކަމަށް.” ފިރާޒު ހިނިތުންވެލަމުން ޝާމާއަށް ބުންޏެވެ.

“އަހަރެންގެ ދައްތައާ އޮތް ގުޅުމަކީ ކޮބާ؟” ޝާމާ އަހާލިއެވެ.

“މާބޮޑު ގުޅުމެއްނެތް… ޖަސްޓް ހެޑް ފިއު ޕްރޮބްލެމްސް ބިފޯ ޑޭޓިންގ… ދެޓްސް އޯލް.” ޒާތެއްގެ ހިންޏެއް އައިސްފައި ހުރެ ފިރާޒު ބުނެލިއެވެ. އެވަގުތު އެތަނަށް ނަދީމު ވެސް އަތުވެއްޖެއެވެ. ނޯޓުފޮތުން ނައްޓާލި ކަރުދާސްކޮޅެއް ފިރާޒު ދިއްކޮށްލުމާއެކު އެއީ އޭނާގެ ނަންބަރުކަން ބުނެލިއެވެ. އެސައިންމެންޓާއި އެ ނޫން ވެސް ކަމަކު އެހީއެއް ބޭނުންނަމަ ގުޅާލަން ޝާމާ ގާތު ފިރާޒު ބުނެލީ އެއްވެސް ޖެހިލުމެއްނެތިއެވެ. ހައިރާންވެ ހުރެ އެ ކަރުދާސްކޮޅުގައި ޝާމާ ހިފިއެވެ.

“އައި ވިލް ޓޯކް ސަމް ސެންސް އިންޓު ހިމް… ޑަސްބިނަށް ތި އެއްލާލިޔަސް ރަނގަޅުވާނެ.” ޝާމާއަށް ނަދީމު ބުނެލިއެވެ. އަދި ޝާމާއަށް ފިރާޒު ދިން ކަރުދާސްކޮޅަށް އޭނާ އިޝާރާތްކުރިއެވެ.

“ފިރާޒު…” ކަރުދާސްކޮޅުގައި އޮތް ނަން ޝާމާ ކިޔާލިއެވެ. އެހިނދު ނަދީމު ވާހަކަދެއްކިއެވެ. ދެންމެ ޝާމާގެ ކުރިމަތީ ހުރެފައި ދިޔަ ޒުވާނާގެ ނަންކަން އެއީ ނަދީމު ޔަގީންކޮށްދިނެވެ.

“އެހެންވީމަ އެއީ ދޯ ފިރާޒަކީ… މިދިޔަ އަހަރު ބައްދަލުވި ކަމަށް ބުނާ މީހަކީ އެއީތާ…” ޝާމާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެ އަޑު އިތުރު މީހަކަށް ނީވެއެވެ.

* * * * *

ކިޔަވާ މޭޒުމަތީ ހުރި ލެޕްޓޮޕް ހުޅުވާފައި ހުރިއިރު އޭގެ ދޮށުގައި ފިރާޒު އިނީ ނިކަން ގަޔާވެފައެވެ. ފޭސްބުކް ހުޅުވައިގެން އޭނާ ބަލަން އިނީ ޝާމާގެ ޕްރޮފައިލެވެ. ފަހުގެ ފޮޓޯތައް އެންމެންނަށް ފެންނަ ގޮތަށް ހުއްޓެވެ. އެ ފޮޓޯތައް ފިރާޒު ހުޅުވާލިއެވެ. އޭނާގެ އަނގަހުޅުވި އަޖައިބުވިއެވެ.

“މަދާ އޮފް ގޯޑް…” ފިރާޒަށް ބުލެވުނެވެ. އޭނާގެ ސިކުނޑި ކިލަނބުވީ ޝަހުވާނީ ނުބައި ޚިޔާލުތަކުންނެވެ.

“ޢާއިލީ ކަމެއްކަންނޭނގެ މިހާ ބޮޑީ” ފޮޓޯއިން ފެންނަން ހުރި ޝާމާގެ މޭމައްޗަށް ބަލަން އިނދެ ފިރާޒު ބުނެލިއެވެ.

“އަންބްލީވަބަލް… އިފް އައި ކުޑް ފަ* އަ ގާލް ލައިކް ހާ…” ފޮޓޯތައް ބަލަމުން ދިޔަ ފިރާޒުގެ ހިތަށް އެރިއެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލެވުމާއެކު ފިރާޒުގެ ޚިޔާލުތައް އަތްނުފޯރާ ފަށަށް ހިނގައްޖެއެވެ. އަމިއްލަ ހަށިގަނޑުގައި އޭނާ އަތްލަމުން ދިޔައިރު ދެ ލޯ މަރާލީ ލޯމަތިން ޝާމާގެ ސޫރަ ދުށުމަށް ބޭނުންވެގެންނެވެ. ޝާމާގެ ހަށިގަނޑުން އުފާ ހޯދާނޭ ގޮތުގެ މަންޒަރުތައް ސިފަކުރަމުން ފިރާޒު ދިޔައެވެ. އަމިއްލައަށް އޭނާ އެދުން ފުއްދީ އެ ޚިޔާލުތަކުގައި އިނދެއެވެ. ހަށިގަނޑަށް ލުއިވުމުން މޭޒުމަތީ ހުރި ޓިޝޫ ފޮށިން އޭނާ ހޭވި ހަޑި ސާފުކުރިއެވެ.

“އޭނާގެ ދައްތައަށްވުރެ މީނަ މާ ރަނގަޅުވައްތަރު ޖަހާ. އިނެސޮންޓްވެފައި، ކެއަރިންހެން ހީވޭ. އެހެން އަންހެންކުދީންގެ ނުހުންނަ ކަހަލަ ގޮތެއް އެބަހުރި.” އިސްކުރީނުގައިވި ޝާމާގެ ފޮޓޯއަށް ބަލަން އިނދެ ފިރާޒު ބުނެލިއެވެ.

“ބިޓެއް ހުރެދާނޭ ހިޔެއްނުވޭ، ރައްޓެހިވާން އަހަން ރަނގަޅު. އަހާލީމާތާ އެނގޭނީ އޭނާގެ ގޮތެއް ވެސް، އޭނާގެ ދައްތަހެން ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު.” ފިރާޒުއަށް ހިނިތުންވެވުނެވެ. ޝާމާއާ މެދު ހިތުގައި ޝައުގުވެރިކަން އިތުރުވެއްޖެއެވެ. ޚާއްޞަކޮށް ސިފައިގެ ގޮތުން ޝާއިނާއާ އެއްވެސް ތަފާތެއް ނެތީމައެވެ.

* * * * *

ޓައިޕް ކުރުން ހުއްޓާލާފައި ގޮނޑީގައި ޝާއިނާ ހަމަޖެހިލިއެވެ. ދެއަތުގެ އިނގިލިތައް މަހާލައި އަތަށް މަސާޖެއް ދިނެވެ. އެސައިންޓްމެންޓެއްގެ މަސައްކަތުގައި ލެޕްޓޮޕް ހިފައިގެން ކިޔަވާ މޭޒުދޮށުގައި އޭނާ އިންނަތާ ވީއިރެއް ވެސް ނޭނގެއެވެ. ލިޔެލިޔެ އަތްވާޅުވުމުގެ އިތުރުން ސިކުނޑިއަށް ވެސް ވަގުތުކޮޅެއްގެ ބްރޭކެއް ދޭން އޭނާ ގަސްދުކުރީއެވެ.

“ދެހާސް ފައްސަތޭކަ ލަފުޒު ހަމަވާނީ އަދި ކޮންއިރަކުން… ކޮފީއެއް ހަދަން ދާންވީ ކަންނޭނގެ. އެހެންނޫނީ ދެން ކުރިއަކަށް ނުދާނެ.” ލެޕްޓޮޕްގެ އިސްކުރީނަށް ބަލަން އިނދެ ޝާއިނާއަށް ބުނެލެވުނެވެ.

“ޝާއިނާ!” އިވިގެން ދިޔައީ މަންމަގެ އަޑެވެ. ހަރުކަށިކަމާއި ބާރުކަމާއެކުއެވެ.

ކޮޓަރީގައި އިން ޝާއިނާ އަވަހަށް ނުކުން އިރު މަންމަ އިނީ ސިޓިންރޫމު ސޯފާގައެވެ. ކުރިމަތީ ހުރި ކޮފީ މޭޒުމަތީ ހުރި ކޮތަޅާއި އޭގެ ކައިރީ އޮތް އެއްޗެއް ޝާއިނާއަށް ފެނުނީ މަންމައާ ކައިރިއަށް އާދެވުނު ފަހުންނެވެ.

“މީ ކޮންކަމެއް؟. ކާކުގެ އެއްޗެއް މީ؟… ޝާމާގެތަ؟.” މަންމަގެ ސުވާލާއެކު ޝާއިނާ ގަނޑުވި ކަހަލައެވެ. ކުއްލި ހާސްކަމެއް އޭނާއަށް ވެރިވެގެން ދިއުމާއެކު އަނގައިން ބުނަން އުނދަގޫވިއެވެ. ކޮފީ މޭޒުމަތީ އޮތީ އޭނާ ގެއްލިގެން ހޯދި ރަތްކުލައިގެ “ލަންޖަރީސް” ސެޓެވެ. މަންމައަކީ ވެސް ޒަމާނީ ވަށްޓަފާޅިއަށް ލޯހުޅުވިފައި ހުރި ތަޢުލީމީ އަންހެނެކެވެ. އެފަދަ އެއްޗެއްގެ ބޭނުމަކީ ކޮބާކަން މަންމައަށް ވަރަށް ރަނގަޅަށް އެނގޭނޭކަން ޝާއިނާއަށް އެނގެއެވެ.

“ޝިޓް…” ޝާއިނާއަށް ހިތާހިތުން ކިޔާލެވުނެވެ.

“ޝާއިނާ… ތެދަށް ބުނެބަލަ.” މަންމަ މިފަހަރު އެހީ ރީތިކޮށެވެ. ޝާއިނާ ޖެހިލުންވެފައި ހުރި ވަރު މަންމައަށް އެނގުނީ ކަމަށް ވެދާނެއެވެ. ނޫނީ މިފަދަ ވަގުތެއްގައި ރުޅި އިސްކުރުމުން މުސްތަޤުބަލުގައި ވެސް އޭނާގެ އަންހެން ދަރީން ކަންކަން ޚީއްޞާކުރަން ފަސްޖެހޭނޭ ހީވީކަމަށް ވެދާނެއެވެ. ދަރީން ކަންކަން މައިންބަފައިންނަށް ސިއްރުކުރަން ފަށައިފިނަމަ ރަނގަޅު މަގަކުން އެކުދީންނަށް ނުހިނގޭނެއެވެ.

“ތީ… މަންމާ…” ޝާއިނާ އެއްޗެކޭ ބުނަން އުޅުނެވެ.

“ޝާމާ ކުއްޖަކާ ރައްޓެހިވީތަ؟” މަންމަ ކުރި ސުވާލުން ޝާއިނާ ހައިރާންވިއެވެ.

“މިގޭ އޭނާ ނޫނީ އެހާ ޖެހިލުންކުޑަވެގެން ނޫޅޭނެ. އެކުއްޖާ ނުގަންނާނެ ލަދެއް ވެސް. ރަނގަޅަށްވިއްޔާ މިވެސް އޭނާގެ އެއްޗަކަށްވާނީ. މީހަކާ ހިތާވީ ތޯއްޗެއް. އަނެއްކާ އަނެއް ބޮލުގައި ރިހުމުގެ ފެށުން ކަންނޭނގެ މީ.” މަންމަ ކުއްލިއަކަށް ގޮތް ނިންމާލި ފަދައެވެ.

—- ނުނިމޭ —-

Leave a Comment

Your email address will not be published. Required fields are marked *