“އާން! އަހަރެން އޭތި ފޮރުވާފައި ބޭއްވީ.” ޝާއިނާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ފޮރުވީ ކޮންތާކުކަން ވެސް އޭނާ ވަރަށް ބޮޑަށް ހަނދާން އެބަހުއްޓެވެ. އެކަމަކު އެތަނަކުން އޭނާއަކަށް އެ ކެވެލިކޮޅެއް ނުފެނުނެވެ.
“މޭބީ ޓުޑޭ އިސް ޖަސްޓް ނޮޓް މައި ޑޭ” އެނބުރި ކޮޓަރިއާ ދިމާއަށް އަންނަމުން ޝާއިނާ ހިތަށްއެރިއެވެ. ފިރާޒުގެ ޚިޔާލުތަކުން ޝާއިނާގެ ޠަބީޢަތް ވެސް ބަދަލުވީއެވެ.
އަނެއް ދުވަހު ކޮލެޖަށް ދާން ތައްޔާރުވަމުން ވެސް ޝާއިނާ އެ ކެވެލިކޮޅު ވަރަށް ހޯދިއެވެ. އާމިލް ދިން ކެވެލިކޮޅެއް ނެތެވެ. އާމިލް ސުވާލެއް ކޮށްފާނެތީ މާޔޫސްވެފައި ހުރެ ޝާއިނާ ގެއިން ނުކުތީއެވެ. ޝާއިނާގެ ފަރުވާކުޑަކަމުން ކެވެލިކޮޅު ގެއްލުނީއޭ އާމިލް ހީކުރާކަށް އޭނާ ބޭނުމެއްނޫނެވެ.
ކޮލެޖަށް ވަދެގެން އައިސް ކުލާސްރޫމުތައް ހުންނަ އިމާރާތަށް ޝާއިނާ ވަނެވެ. ދެމީހަކު ވާހަކައިގައި ތިއްބާ ފެނުނީ ދެނެވެ. ކާކުކަން ވަކިކުރަން އެނގޭވަރަށް ކައިރިވެވުމުން ޝާއިނާއަށް ފުރަތަމަ ހުއްޓުން އެރިއެވެ. ހީވީ އޭނާގެ އަމިއްލަ ސޫރަ ކުރިމަތިން ފެނުނީ ހެންނެވެ. ހަނާއާއެކު ހުރީ ޝާމާއެވެ. އެމީހުން ގާތަށް ޝާއިނާ އައިއިރު އިތުރު ކަމެއް ވެސް އޭނާއަށް ފާހަގަވިއެވެ. އެ ހިތަށް ވަމުންދިޔަ އުނދަގޫ ބޮޑުވިއެވެ. ވަގުތުން ރުޅި އާދެވުނެވެ. ހިތްހަމަނުޖެހުނުލެއް ބޮޑުކަމުންނެވެ. ހަލުވިކޮށް ޝާއިނާ އައިގޮތަށް ޝާމާގެ އަތުގައި ހިފައި ދަމައިގަތެވެ. އެހިނދު ޝާއިނާގެ އަތް ހަނާ ދުރުކޮށްލުމާއެކު ޝާމާގެ އަތުގައި ހިފާލައި އެއްފަރާތަށް ޖައްސާލީ އޭނާ ރައްކާތެރި ކުރާ ފަދައިންނެވެ.
“އިނާ! ކިހިނެއްތަވީ؟ މީ އިނާގެ ކޮއްކޮއެއްނޫންތަ؟” ހަނާ ބުންޏެވެ.
“ކީއްވެ؟ އަހަރެންގެ ރައްޓެހިން ވެސް އަހަންނާ ދުރުކުރަން މަސައްކަތް ކުރަނީތަ؟ މީ ކޮންކަމެއް؟ ކީއްވެ އަހަރެންގެ ކެވެލިކޮޅު އަޅައިގެން ތިއުޅެނީ؟… އަހަރެން ޤަބޫލުކުރިން އަހަރެން ލާ ހެދުންތައް ކަމުގޮސްގެން ހަމަ އޭގެ ހެދުން ޝާމާ ލާންފެށީމަ، އަހަރެމެން ދެމީހުން ވައްތަރުވެފައި އެއްކަހަލަ ހެއާ ސްޓައިލެއް އަހަރެމެން ދެމީހުންނަށް ވެސް ގުޅިދާނެކަން، އެކަމަކު މި ކެވެލިކޮޅު… ދިސް އިޒް ޖަސްޓް ރޯންގް، މިކެވެލިކޮޅަކީ އަހަންނަށް ކިހާ މުހިންމު އެއްޗެއްކަން ޝާމާއަށް އެނގޭނެ، ދެން ކީއްވެ ވަގަށް ނެގީ” ޝާއިނާއަށް ވާހަކަދެއްކުނީ ވަރަށް ބާރަށެވެ. ހުރެވުނު ތަނާ މެދު ވެސް ފިކުރެއް ނެތް ކަހަލައެވެ.
“ހޭ!، އިނާ!… ހަމަޖެހިބަލަ” ޝާމާގެ އަތުގައި އޮތް ކެވެލިކޮޅަށް އަވަސް ނަޒަރެއް ދީފައި ހަނާ ބުންޏެވެ.
“ތި ހިތުގެ އަނެއްފަރާތް ބަލާބަލަ” ކެވެލިކޮޅަށް އިޝާރާތް ކުރަމުން ޝާއިނާ ބުންޏެވެ. އާމިލް ދިން ކެވެލިކޮޅުގެ ހިތުގެ ދަށްފަރާތުގައި އާމިލްގެ ނަންފެށޭ އަކުރުވާނެއެވެ. ކެތްމަދުވެފައި ޝާއިނާ ހުއްޓާ ޝާމާގެ އަތް ހިއްލާލީ ހަނާއެވެ. ކެވެލިކޮޅުގައިވި ހިތުގެ އަނެއްފަރާތް އޭނާ ބެލިއެވެ. ޝާއިނާއަށް ވެސް ދެއްކިއެވެ.
“ވަޓް!… އިޓްސް ނޮޓް މައިން…” އަމިއްލަ ނަފްސަށް ބުނެލިފަދައިން ޝާއިނާއަށް ބުނެވުނެވެ. އެ ކެވެލިކޮޅުގައި އެފަދަ ނިޝާނެއް ނެތީމައެވެ. އޭގެ މާނައަކީ ޝާމާ އަތުގައި އޮތީ ޝާއިނާއަށް އާމިލް ދިން ކެވެލިކޮޅެއް ނޫނެވެ. އެހެންވިޔަސް އޭނާއަށް ލިބިފައިވާ ނުތަނަވަސްކަން މުޅިން ފިލައިގެނެއް ނުދިޔައެވެ.
“ކާކުތަ ބުނީ އެއްކަހަލަ އެއްޗެހި ބޭނުންކުރަން، ކެވެލިކޮޅު ވެސް އެއްގޮތް…”
“ޝާއިނާ!” އަހަރެންގެ ވާހަކަ މެދު ކަނޑާލުމާއެކު ހަނާ ގޮވާލީ ތަންކޮޅެއް ބާރަށެވެ.
“އެޕޮލަޖައިޒް ނައު” ހަނާ ބުންޏެވެ. އެކަމަކު މަޢާފަށް އެދޭކަށް ޝާއިނާގެ ހިތް އެއްބަހެއްނުވިއެވެ.
“ރިއަލީ؟… އާ ޔޫ ޓޭކިން ހާ ސައިޑް” ޝާއިނާއަށް ބުނެވުނެވެ. މިފަހަރު ހަނާ ދެކެ ވެސް ޝާއިނާއަށް ހިތްހަމަނުޖެހެވިއްޖެއެވެ. އެ ދެ ޒުވާނުންގެ މެދުގައި އޮތީ ޒަމާންވީ އެކުވެރިކަމެކެވެ. އެހެންވެ ޝާއިނާ ޤަބޫލުކުރާ ގޮތުން ހަނާ ހުންނަން ޖެހޭނީ އޭނާގެ ކޮޅަށް ބުރަވެއެވެ. އަބަދުވެސް އެއްބާރުލުން ދޭން ޖެހޭނީ ގާތް އެކުވެރިޔާއަށެވެ.
“މީ ވަކިމީހެއްގެ ކޮޅަށް ހުރުމެއްނޫން، އިނާއަށް ކުރެވުނު ކަންތައް އެނގެއެއްނު، އެހެންވީމަ މަޢާފަށް އެދެންވާނީ ވެސް ކާކުކަން އިނާއަށް އެނގެއެއްނު” ހަނާ ބުންޏެވެ. ހަނާ ބުނީ މުޅިއަކުން ދޮގު ވާހަކައެއްނޫންކަން ޝާއިނާ ބޭނުންނުވިޔަސް އޭނާގެ ޟަމީރު ޤަބޫލުކުރިއެވެ.
“އެކަމަކު… މިހެނެއްނުވީސް ދޯ އޭނާ ހަމަ އޭގެ ކެވެލިކޮޅެއް އަޅައިގެން ނުހުރިނަމަ” ޝާއިނާގެ ވިސްނުން ހުރި ގޮތް ބުނެދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހަނާގެ ބެލުމުގައިވީ ޝާއިނާ އުންމީދުކުރިފަދަ ގާތްކަމެއްނޫނެވެ. އޭނާ ހަޤީޤަތުގައި ވެސް ޝާއިނާ ކުށްވެރިކުރާ ކަހަލައެވެ. ހާލަތު ވިސްނި، ސިކުނޑިއަށް ވިސްނައިދެމުން ފިނިނޭވާއެއް ދޫކޮށްލުމާއެކު ޝާއިނާ އެންމެ ފަހުން ޝާމާގެ ގާތުން މަޢާފަށް އެދުނެވެ. އެ ކެވެލިކޮޅަކީ ޝާއިނާއަށް ވަރަށް މުހިންމު އެއްޗަކަށްވެފައި ހަމަ އޭގެ ކެވެލިކޮޅެއް ޝާމާގެ އަތުން ފެނުނީމަ ކަންތައް ބޮޑުކޮށްލެވުނީކަމަށް އެއްބަސްވެއްޖެއެވެ.
“އާނ! އޯކޭ… އެހެންވީރު އަހަރެން ދަނީ، ކުއްޖަކާ ބައްދަލު ވެސް ކުރަންވެފަ އޮތީ” ޝާމާ ނިކަން އަވަހަށް ބުނެލިއެވެ. އޭނާ އެތަނުން ދާން ބޭނުންވެފައި ހުރި ކަހަލައެވެ.
“އާގް!… އިނާ ކަންތަކޭމީ، ގުރޫޕް ޕްރޮޖެކްޓް ހަދަން އެންމެން ބައްދަލުވާން ކިޔާފައޭ އޮތީ” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ހަނާ ދަތްކުނޑިވިކާލިއެވެ.
“ކީއްވެ އަހަރެންގެ ކަންތަކަށްވާންވީ، ހަނާ ނުވެސް ބުނަމެންނު” ވަގުތުން ޝާއިނާ ބުންޏެވެ. ހަނާ ހިމޭންވެފައި ޝާމާ ދިޔަ ދިމާއަށް ބަލަން ހުރިތަން ޝާއިނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެމޫނުގައި ދާދި ދެންމެއަކު ފެނުނު ކަންބޮޑުވުމެއްނެތެވެ. އޭގެ ބަދަލުގައި އޭނާ ޝާމާއާ މެދު ހަމްދަރުދީވެފައި ހުރި ކަހަލައެވެ. ޝާއިނާއަށް ބަލާލުމާއެކު ހަނާ ވާހަކަދެއްކީ މަޑުންނެވެ. އޭނާ ޝާއިނާއަށް ވިސްނައިދޭން އުޅޭ ފަދައަކުންނެވެ.
“ޔޯ ސިސްޓާ ލުކްޑް އޭސް އިފް ޝީ ވޯޒް ރިއަލީ ޓްރައިން ހާޑް، ދެން ވެސް ވިސްނާނުލާ ހަޅޭފަޅޭ ޖެހުމުގެ ބަދަލުގައި ކަންވީގޮތް އޮޅުންފިލުވަން މަސައްކަތްކުރާތި، ދެންމެ ވެސް ރީތިކޮށް އަހާލެވުނީސް ދޯ” ހަނާ ބުންޏެވެ.
“އަހަންނަށް ހަމައެހާ ކަންބޮޑުކޮށްލެވުނީ ދޯ” ޝާއިނާ ބުނެލިއެވެ. ހަމައެއާއެކު ޝާއިނާގެ ކެވެލިކޮޅަށް ވީގޮތަކާމެދު އޭނާއަށް ވިސްނާލެވުނެވެ. އެ ކެވެލިކޮޅު ކޮބައިބާއެވެ. ލެވުނީ ކޮންތާކަށްބާއެވެ. އޭގެ އިތުރުން އާމިލްއާ ބައްދަލުވާއިރު ލާށޭ ކިޔާފައި ހަނާ ހަދިޔާކުރި ރަތްކުލައިގެ “ލަންޖަރީސް” ސެޓު ވެސް ވީނުވީއެއް ނޭނގިވަނީ ގެއްލިފައެވެ. އެއީ މީގެ ހަފްތާއެއްވަރު ކުރިއެވެ. އާމިލްދެކެ ކިތަންމެ ލޯބިވިޔަސް އަދި އެހިސާބަށް ގުޅުން ގެންދާކަށް ޝާއިނާ ތައްޔާރެއްނޫނެވެ. އެހެންވެ އެ ސެޓުގެ ބޭނުން ކުރުމުގެ ވިސްނުމެއްނެތި ކޮތަޅާއެކު އަލަމާރިއަށް ލީގޮތަށް އޭނާ ހަނދާން ވެސް ނެތުނީއެވެ. އެ ކޮތަޅު ނެތްކަން ފާހަގަވީއިރު ނެތީ ކޮންއިރަކުން ފެށިގެންކަމެއް ބުނާކަށް ވެސް ޝާއިނާއަކަށް ނޭނގެއެވެ. އަނެއްކޮޅުން އޭގައި ހުރި އެއްޗެހީގެ ޒާތުން އެކަކު ގާތު ވެސް އަހާލާކަށް ނުކެރުނެވެ.
* * * * *
އެއް ގަޑިއިރު ކުރިން.
“ވަޓް؟.. އަދިވެސް ނުނިމޭ. އޯކޭ، މީޓިންއަށް ޖޮއިންވާން މިއައީ، އެކަމަކު ދެން ކިތައް ފަހަރަށް ނޯޓްސްތައް ޗެކުކުރާނީ، ޕްރެޒެންޓޭޝަންއާއެކު ޕޭޕާޒް ހުށަހަޅަން ޖެހޭ… ހުރިހާ އެއްޗެއް ހިފައިގެން އަވަހަށް އަންނަން އުޅޭ، އިރުކޮޅަކުން މީޓިން ފެށޭނެ.” ފޯނުން ވާހަކަދައްކަމުން އައި ހަނާގެ މިސްރާބު ހުރީ އިމާރާތުން ބޭރަށެވެ. ހަވާލުވެފައި އޮތް ޕްރޮޖެކްޓާ ގުޅޭ ބައްދަލުވުން ފެށެންވާއިރު ހަނާ ގަސްދުކުރީ ކޮފީއެއް ބޯލުމަށެވެ. އޭނާގެ ލޮލުގައި ކެންޓީނާ ދިމާއަށް ދިޔަ އަންހެންކުއްޖާ އަޅައިގަތީ އެވަގުތެވެ. އަވަސް އަވަހަށް ފޯނުކޯލު ނިންމާލިއެވެ.
“އޭތް! އިނާ!… މަޑުކޮށްބަލަ” ހަނާ ދުވެލާފައި އައިސް އެއްވަރުކުރިއެވެ.
“ޝާ… ޝާމާތަ!… ސޮރީ!…” އެކުވެރިޔާކަމަށް ހީކޮށް ކޮނޑުގައި އެލިގަތުމަށްފަހު، ނިކަން އަވަހަށް ހަނާ ދުރަށް ޖެހިލައި ބުންޏެވެ.
“އެއީ އެވަރުކަމެއްނޫން” ލުއި ހިނިތުންވުމެއް ދެމުން ޝާމާ ބުނެލިއެވެ.
ދެ މީހުން ވެސް އައިސް ވަނީ ކެންޓީނަށެވެ. ނޭނގުމުގައި ވިޔަސް ޝާއިނާގެ ކޮއްކޮއާ ބައްދަލުވީތީއާއި ދެމީހުން ވެސް ކެންޓީނަށް އައީ އެކަނި ކަމަށްވާތީ ހަނާގެ ކޮފީގެ ޚަރަދުގައި ހިފަން ޝާމާ ގަސްދުކުރިއެވެ.
“ސޮރީ އިނގޭ، އަސްލުވެސް އަހަރެން ހީކުރީ އެހެންމީހެއްކަމަށް، އެންޑް ތޭންކްސް ފޯ ދި ކޮފީ” މޭޒުދޮށުގައި އިން ހަނާ ބުނެލިއެވެ. ޝާމާ އިނީ އޭނާގެ ކުރިމަތީގައެވެ. މީގެ ކުރިން ކިތަންމެ ފަހަރަކު ހަނާއަށް ޝާމާ ފެނިފައި ހުއްޓެއްކަމަކު ދެމީހުން ވާހަކަދައްކަން މަޑުކުރި މީ ފުރަތަމަ ފަހަރެވެ.
“ނޯ ވޮރީސް، ތީ ދޮންތީގެ ކްލޯޒް ފްރެންޑެއް، ހަނާ… ހަނާ ދޯ ކިޔަނީ، ދޮންތިގެ ފަރާތުން އަޑުއިވިފަ އޮތީ، ވަރަށް ދައްކާނެ ހަނާގެ ވާހަކަ. އަދި ތިމީހުންނާއެކު އުޅޭނެ އެހެން ފްރެންޑެއް.” ޝާމާ ބުންޏެވެ. އޭނާ މާނަވީ ގޮތަކަށް ހަނާއަށް ބަލާލިއެވެ.
“ޔޫ އާ އޭޒް ބިއުޓިފުލް އޭޒް ޝީ ސެޑް ޔޫ އާ، ހަނާ ހާދަ ސްމާޓްވީމައޭ ދޯ ފުރަތަމަ ބުރުން ކޯސް ލިބުނީ، އަހަރެން އަދި މިފެށީ ކޯސް، ކޮލެޖް ލައިފްއަކީ އަހަންނަށް ވަރަށް އާ ކަންކަން، އަސްލު ކޮފީއަށް ދަޢުވަތު ދިނީ ހަނާގެ ޚިޔާލެއް ހޯދަން ބޭނުންވާތީ، އެހެން އުންމީދުކޮށްގެން” ޝާމާގެ އަޑުގައި ހުރި ހިތްހެޔޮކަން ހަނާއަށް ވަރަށް ކަމުދިޔައެވެ. ޝާއިނާއަށްވުރެ މަޑުމައިތިރި ގޮތެއް ޝާމާގެ ހުއްޓެވެ.
“ހެ ހެ ހެ… ޔޫ އާ މޭކިން މީ ފީލް އީވަން މޯ ގިލްޓީ” ލުއި ހީނލުމަކާއެކު ހަނާ ބުނެލިއެވެ.
“އެކަމަކު… ކޮންކަމަކާ؟” ޝާމާ ހައިރާންވިއެވެ.
“ތީ ޝާއިނާ ކަމަށް ހީކުރެވުނީމަ” ހަނާ ތެދު ހާމަކުރިއެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ޝާމާ ފުރަގަހުން ފެނުމުން ވެސް ހީވީ ޝާއިނާ ހެންނެވެ.
“އޯ… ދެޓްސް އޯކޭ. ދޮންތީ ބުނިހެން އަހަރެން ދޮންތިގެ ސްޓައިލް ކޮޕީކުރަނީ، ސޯ…” ޝާމާގެ ވާހަކަ ހަނާ މެދުކަނޑާލިއެވެ.
“ނޫން، ޝާމާއާ ވާހަކަދައްކާލީމަ، ތަފާތު ކަމެއް… ކިހިނެއް ބުނާނީ… އަސްލު، މިޒާޖުގެ ތަފާތުކަން ފާހަގަވޭ، އިނާއާއި ޝާމާ އެއްގޮތެއްނޫން، ޔޫ އާ ކުއައިޓް ޑިޕަރެންޓް ފްރޮމް ހާ” ޝާމާއަށް ބަލަން އިނދެ ހަނާ ބުންޏެވެ. ޝާމާގެ މޫނު ކުއްލިއަކަށް ހުދުވެގެން ދިޔަ ކަހަލައެވެ. އޭނާ އަޖައިބުވެފައި ހަނާއަށް ބަލަންފެށިއެވެ. އެ ބެލުމުގައިވި އަސަރުތަކުން ހަނާއަށް ތަފާތު ގޮތެއް އިޙްސާސް ކުރެވުނެވެ. ބުނެގެންނުވާނޭ އެއްޗެއް ބުނެވުނު ކަމުގެ އިޙްސާސެއް ވެސް ހަނާއަށް ކުރެވުނެވެ.
“އެނީވޭޒް… އަހަރެން ދާން ޖެހޭ އެބަ، ޕްރޮޖެކްޓް މީޓިންއެއް އެބައޮތް… ތޭންކްސް އިނގޭ ކޮފީއަށް، ދެން ފަހަރަކުން އަހަރެން އަހަރެން ދޭނީ” ހަނާ ހިނިތުންވަމުން ބުނެލިއެވެ. ކުއްލިއަކަށް ވެރިވި ނުތަނަސްކަން ދިގުދެމިގެން ނުދަނީސް އެތަނުން ދާން ހަނާ ބޭނުންވީއެވެ. އޭނާ މޭޒުދޮށުން ތެދުވެގެން އައިއިރު ވެސް ހުއްޓުން އަރާފައި އިން މީހަކުހެން ޝާމާ އިނެވެ.
ކުލާހަށް ދިއުމަށް ޓަކައި އައި ހަނާގެ ފަހަތުން ޝާމާއައިކަމެއް އޭނާ ނުދެނަހުއްޓެވެ. ޝާމާ އައިސް ކުއްލިއަކަށް ހަނާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ސިހިފައި ޝާމާއަށް ބަލަން ހަނާއަށް ހުރެވުނީ ސުވާލު އުފެދިފައެވެ.
“ތިބުނީ އަހަންނާއި ދޮންތިއަކީ ތަފާތު ދެމީހެކޭތަ؟… އަހަރެން ތަފާތޭތަ؟” ޝާމާ އެއްސެވެ. ޝާމާގެ ފުށުން ފެންނަން ހުރި ސީރިއަސްކަމުން ހަނާއަށް ލިބުނީ ހައިރާންކަމެވެ. އެހެންވިޔަސް އޭނާ ޝާމާއަށް ޖަވާބުދިނެވެ. އޭނާގެ ސުވާލުތަކަށް ހަނާ އާނއެކޭ ބުންޏެވެ.
“ކޮންގޮތަކުން؟… ކޮންގޮތަކުންކަން ތަފާތީ ބުނެބަލަ… އަހަންނާއި ދޮންތީގެ ތަފާތަކީ ކޮބާކަން ބުނެބަލަ، ޕްލީޒް… ޕްލީޒް ޓެލް މީ” ޝާމާގެ ޠަބީޢަތް ކުއްލިއަކަށް ބަދަލުވި ކަހަލައެވެ. ސިހުމާއި ހައިރާންކަން އެއްފަރާތްކުރަމުން ހަނާ ހަމަޖެހޭ ގޮތް ދައްކާލިއެވެ.
“މީ… އަހަންނަށް އެނގޭ މިފަހަކަށް އައިސް ޝާމާ ކުރާ ކަންކަމާމެދު އިނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭކަން، ރުޅިގަދަވެގެން އުޅޭކަން. އެހެންވީމަ ކަންނޭނގެ ޝާމާއަށް ތިހެން ތިވަނީ… ޔޫ އާ ކުއައިޓް ސެންސިޓިވް އަބައުޓް ދިސް މެޓާ، އެކަމާމެދު އެހާ ވަރަށް ނުވިސްނާ، ޔޫ އާ ހޫ ޔޫ އާ، ސޯ ދެއާ އިޒް ނޯ ނީޑް ފޯ ޔޫ ޓު ފީލް ޑެސްޕަރޭޓް ޓު ފައިންޑް އައުޓް…” ހަނާއަށް ބުނެވުނީ އެވަރަށެވެ. އެތަނަށް ޝާއިނާ އައީ އެވަގުތެވެ. ކޮއްކޮގެ އަތުގައި ހިފާ ޝާއިނާ ދަމައިގަތުމުން ހަނާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެވެ. ޝާއިނާގެ ޝަކުވާތަކުގެ ސަބަބުން ޝާމާއަށް ކޮށްފައިވާ އަސަރާމެދު ހަނާއަށް ވިސްނާލެވުނީއެވެ. އެކުވެރިޔާގެ ކުރިމަތީ އޭނާގެ ކޮއްކޮއާމެދު ހަމްދަރުދީދވެވި، އޭނާގެ ދިފާއުގައި ވާހަކަދެއްކުނީ އެހެންވެއެވެ.
ޝާއިނާގެ މޫނުގައިވި ހައިރާންކަމާއި ސުވާލުގެ ނަޒަރު ހަނާއަށް ފާހަގަވިއެވެ. އެކުވެރިޔާއާ ވާހަކަދައްކަން ހުންނާނޭ ވަގުތެއް އޭނާއަކަށް ނެތެވެ. ޝާމާ ވެސް ކުއްޖަކާ ބައްދަލުކުރަން ޖެހޭ ބުނެ އެތަނުން ހިނގައްޖެއެވެ. ފިކުރަކަށް ގެއްލިފައި ޝާއިނާ ހުރެ ހިނގައިތީ ހަނާ ވެސް ގުރޫޕް ބައްދަލުވުމުގައި ބައިވެރިވާން ހަލުވިކޮށް ހިނގައިގަތީމައެވެ.
* * * * *
“މި… ކުރިން ދުވަހު ކޮޓަރިއަށް ދިޔައިރު މި ބާއްވާފައި ދިޔައީ” އާމިލް ދިއްކޮށްލީ އޭނާ ޝާއިނާ ރައްޓެހިވާން އެހި ދުވަހު ދިން ކެވެލިކޮޅެވެ.
“އޯ!… އެތާ ދޯ އޮތީ…” ޝާއިނާ ބުންޏެވެ.
“ކިހިނެއްވީ؟… އެ ގެއްލިގެންތަ ތިއުޅެނީ؟. އަހަރެން ގާތު އަހާލިނަމަ” އާމިލް ބުންޏެވެ. ޝާއިނާ ފޯނު ނެގުމުން އާމިލް އޭނާ ހުއްޓުވިއެވެ. ފޯނު އަތުލިއެވެ.
“ވީ ޝުޑް ކޮންޓިނިއު ވެއާ ވީ ލެފްޓް އޯފް” ޝާއިނާގެ ކޯތާފަތުގައި ދެއަތުން ހިފަހައްޓާލުމާއެކު އެ މޫނާ ގާތްވެލައި އާމިލް ބުންޏެވެ.
ހިނދުކޮޅެއްގެ ތެރޭ އާމިލްގެ ނޭވާއާއި ޝާއިނާގެ ނޭވާ ގުޅިއްޖެއެވެ. އާމިލްގެ ހަށިގަނޑުން އޭނާ ލައިގެން ހުރި ގަމީހާއި ފަޓުލޫނު ވަކިވެ ތަރުތީބެއްނެތި ތަޅުންމަތީވިއެވެ. އެނދުގެ ޝައިނާ ބޭންދުމާއެކު އޭނާގެ ގާތަށް އާމިލް ޖެހިލިއެވެ. ލޯބިވެރިޔާ ބޭނުންވަނީ ކޮންކަމެއްކަން ޝާއިނާ ދެނެގަތެވެ. އާމިލްގެ އަޑުން އޭނާއަށް އާރަމާއި ހިތްހަމަޖެހުން ލިބޭކަން ޝާއިނާ ދެނެގަތެވެ. އާމިލްއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އޭނާއަށް ޝާއިނާގެ ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ.
“ސޮރީ…” ޝާއިނާގެ މޫނަށް ބަލާލައި އޭނާއަށް ދުރަށް ޖެހިލައި އާމިލް ބުންޏެވެ. އޭރު ޓިޝޫއަކުން ޝާއިނާ މޫނު ފުހެނީއެވެ. އެނދުގައި އާމިލް އިށީނީ އިތުރަށް ކޮޅަށް ހުންނަން އުނދަގޫވެގެން ކަހަލައެވެ.
“ނިމުނީއެއްނު” ޝާއިނާ ބުންޏެވެ. އެހިނދު އެންމެ އަތަކުން ޝާއިނާގެ އުނަގަނޑުގައި ހިފާލައި އާމިލްއާ ގާތަށް ދަމާލިއެވެ.
“ނޯ ވޭ. އަދި ނިމެން ކައިރިވެސް ނުވޭ. ޝަންނު ވެސް ހެޕީކޮށްދޭންވާނެއެއްނު، އެހެންނޫނަސް މިއަދު ހީވަނީ ކޮންމެވެސް ކަމަކާ މޫޑީވެފަ ހުރިހެން” ޝާއިނާގެ ކަރުދޮށުގައި ބޮސްދެމުން އާމިލް ވާހަކަދެއްކިއެވެ.
“އާނ، އަހަރެންގެ މޫޑު ރަނގަޅެއްނޫން މިއަދު. ސޯ، މޭކް އިޓް އަޕް ޓު މީ” ފަހު ބަސް އިއްވާލަމުން އާމިލްއަށް ޝާއިނާ ބަލާލީ ލާނެތް އަސަރަކާއެކުއެވެ.
“އާފްޓާ އޯލް… އަހަރެން ދޭން އޮތް ސަޕްރައިޒް ވެސް އޮތީނު” އާމިލްގެ ކޮނޑުގައި ދެއަތުން އަޅައި އެނދުމައްޗަށް ވައްޓާލަމުން ޝާއިނާ ލައިގެން ހުރި ގަމީސްކޮޅުގެ ގޮށްތައް ނެއްޓިއެވެ. އޭނާ އެތެރެއިން ލައިގެން ހުރި ރަތްކުލައިގެ “ލަންޖަރީސް” ސެޓު އާމިލްއަށް ދައްކާލިއެވެ. އާމިލް މޫނުގައި ދެއަތް އެޅިއެވެ. ލުއި ގޮތަކަށް ހޭންފެށިއެވެ.
“ހާނ!… ކީއްވެ ތިހެނީ؟. އައި ނޮޓް ގުޑް ލުކިން އިނަފް. އަމްމު!… ޔޫ ޑޯންޓް ލައިކް އިޓް.” ހައިރާންކަމާއެކު ޝާއިނާ އެއްސެވެ.
“ނޯ!..ނޯ!… ޔޫ ލުކް ޑޭމް ހޮޓް އެންޑް އެމޭޒިން… ކަމް ކްލޯސާ، ލެޓް މީ ހޭވް އަ ގުޑް ލުކް އެޓް ޔޫ” އާމިލްގެ ލޮލުން މަސްތުކަމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ. އޭނާ އެވަނީ ޝާއިނާއަށް ބޭނުންވެފައިކަން އެނގެއެވެ.
ގަޑިއިރަކަށްވުރެ ގިނައިރު ފާއިތުވެގެން ހިނގައްޖެއެވެ. ކޮޓަރިތެރެއަށް ހިމޭންކަން ވެރިވެފައިވީ ނަމަވެސް ދެ ޒުވާނުންގެ އަވަސްވެފައިވާ ނޭވާގެ އަޑު ހުއްޓެވެ. ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތައް އާމިލްގެ ވައަތު މުއްލައްދަނޑިން ފުހެލިއެވެ. އޭނާ އެ އޮތީ ހިތްހަމަޖެހިފައިކަން އެ މޫނުން ހެކިދެއެވެ.
“ޑިޑް ޔޫ އިންޖޯއި އިޓް” އަރިއަކަށް ޖެހިލައި އާމިލްއަށް ބަލާލަމުން ޝާއިނާ އެއްސެވެ.
“އައި އޯލްވޭޒް ޑޫ” މާނަވީ ހިނިތުންވުމަކާއެކު އާމިލް ބުންޏެވެ.
“އެބަ އަންނަން ފާޚާނާއަށް ވަދެފައި” އެނދުން ފޭބި ޝާއިނާ މޭކަޕް ދަބަސް ނަގަމުން ބުންޏެވެ. އެނދުގައި އިށީން އާމިލް ވާހަކަދެއްކިއެވެ.
“ޝަންނު، އެނގޭ ދޯ މޭކަޕް ނުކުރިޔަސް އަހަރެން ޝަންނުދެކެ ލައިކްވާކަން” ފާޚާނާއަށް ވަންނަން ދިޔަ ޝާއިނާއަށް ގޮވާލައި އޭނާ އެނބުރި ބަލާލުމުން އާމިލް ބުންޏެވެ.
* * * * *
“ރުޅި އައިސްފަތަ؟” ހަނާ އައިސް ޝާއިނާ އިން ބެންޗުގައި އިށީންނަމުން އަހާލިއެވެ. މަޑުމަޑުން ދެފަރާތަށް ޝާއިނާ ބޯހޫރާލިއެވެ.
“މިރޭ ޑޭޓަކަށްދާން ޒައިދު އަހައިފި، ބްލެކްތަ ބްލޫތަ؟… ކޮންކުލައެއް ބޮޑަށް ގުޅޭނީ” ޝާއިނާއާ ބޮޑަށް ކައިރިވެލަމުން ހަނާ ވާހަކަދެއްކިއެވެ.
“ބްލެކް” ޝާއިނާ ބުނީ މާބޮޑު ވިސްނުމެއްނެތިއެވެ. އެހެންނަމަވެސް ހަނާއަކީ ހުދު ދޮނެއް ހުންނަ ކުއްޖަކަށްވާތީ އޭނާއާ އަނދިރި ކޮންމެ ކުލައެއް ވެސް ނުހަނު ގުޅޭނެކަން ޝާއިނާއަށް އެނގެއެވެ.
“އެތެރޭ ސާމާނުތައް ރެޑްތަ، ބްލެކްތަ؟” ހަނާ އަހާލިއެވެ.
“ދެ ކުލަ ވެސް ސަޅި” ޝާއިނާ ބުނެލިއެވެ.
“ކޮބާ މިހާރު އަހަރެން ދިން ރެޑްކުލައިގެ ސެކްސީ ލަންޖަރީސް ސެޓުގެ ބޭނުންކުރެވޭވަރު ވެއްޖެތަ.” ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން ހަނާ ހަނދާންވުމުން ޝާއިނާ ކައިރިން އެއްސެވެ.
“ސާބަސް ހަނާ، އެކަހަލަ ވާހަކަ ނާހަބަލަ” ޝާއިނާ ލަދުގަތީކަން ހަނާ ދެނަހުއްޓެވެ.
“އަހަރެން ނާހަން ދޯ އެ ބޭނުންކުރީ ކިހިނެއްތޯ، އެކަމުން ނުކުތް ނަތީޖާ ބުނެބަލަ؟… އަމްމުއަށް ވީގޮތް ކިޔާދީބަލަ.” ސަމާސާގެ ހީނލުމަކާއެކު ހަނާ އަހާލިއެވެ.
“އެ ބޭނުމެއްނުކުރަން” ޚިޔާލަކަށް ގެއްލި އިނދެ ޝާއިނާ ބުންޏެވެ.
“އެއީ ކީއްވެ؟. އޭތި ސެކްސީ ވެގެން އިނާ ވެސް އުޅުނު” ހަނާ ސުވާލު އުފެދުނެވެ.
“އެ ލެވުނު ތަނެއް ނޭނގޭ. ހޯދާ ހޯދާ ނުފެނުނު… ނުކެރޭނެ ދޯ އޭގެ ވާހަކަ މަންމަ ނޫނީ ޝާމާ ގާތު އަހާކަށް.” ޝާއިނާ ބުންޏެވެ.
“އަހަންނަށް ޔަގީން، އިނާ މަންމައަށް ފެނިއްޖެއްޔާ ނުބުނެ އެއްލާލާނީކަން.” ހަނާ ބުނެލިއެވެ.
“މަށަށް ވެސް ހީވަނީ އެހެންކަންނޭނގެ އެވީ” ޝާއިނާއަށް ވެސް އެންމެ ޤަބޫލުކުރެވޭ ގޮތް ބުނެލިއެވެ. ހަނާ ހީނލިއެވެ.
“އަނެއްހެން ބުނަންޏާ، އަހަރެން ހުރީ އެހާ އަވަހަށް އެ ބޭނުންކުރަން ގަސްދުކޮށްގެންނެއްނޫން” ޝާއިނާ ބުންޏެވެ.
“އެކީއްވެ؟. ލަދުންތަ؟.” ހަނާ އެއްސެވެ.
“އަސްލު އެހެންވެގެންނެއް ވެސް ނޫން. އަހަރެން އެކަހަލަ ވާހަކައެއް ނުދައްކަނީ… އަހަންނާއި އަމްމުއާ ދެމެދު އެކަހަލަ ގުޅުމެއް ނުހިނގާތި، އައި ހެވެންޓް ހެޑް ސެކްސް ވިތް ހިމް ޔެޓް.” ލަދުރަކިކަމާއެކު ޝާއިނާގެ މޫނުގެ ދެފަރާތުން ދެއަތްތިލަ ޖައްސާލިއެވެ. އޭނާ އެހާ ފާޅުކަން ބޮޑުކޮށް އެވާހަކަ ހަނާ ގާތު ބުނަންވުމުން ލަދުގަތީއެވެ.
(ނުނިމޭ)
Akurutha evvefa hunnathy kiyan v undhangoo
Salaam Yumi,
Facebook in “Laragevaahaka” page ah message kohlaa.