“އިވެންޗުއަލީ… މައި ޑިއާ… އެވްރިވަން ލޫސަސް އިންޓްރެސްޓް އިން ދެޓް. ވެލް، ދެން… އައި ގެސް އައި ވިލް ސީ ޔޫ އަރައުންޑް.” ޒީނިޔާ އެއްލޯ މަރާލައި ހިނިތުންވުން ފުޅާވެލިއެވެ.
ހަނާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ޒީނިޔާގެ ފުށުން ފެނުނު ކަންތަކުން އޭނާ އަޖައިބުކޮށްލައިފިއެވެ. އޭނާ ދިޔަ ދިމާއަށް ބަލަން ހުރެފައި ޝާމާއަށް ހަނާ ބަލާލިއެވެ. އެހިނދު ޝާމާ ބަލަން ހުރި ގޮތުން ހީވީ އެ ދެ ލޮލުން އެކަނި ވެސް ހަނާގެ ފުރާނަ ޖަހައިގަންނަން ބޭނުންވެފައި ހުރީ ހެންނެވެ. ހަލުވިކޮށް ހަނާ ވެސް އެތަނުން ދާން ހިނގައިގަތީ އެހެންވެއެވެ.
* * * * *
ރާޔަން ހަލުވިކޮށް އައިސް އިމާރާތަށް ވަނެއެވެ. ތަނބުތަކުގެ ނިވަލުގައި ސަރައްކާލީގައި އޭނާއަށް ހުރެވުނީ ފޯނު އަތަށް ލައިގެން ފިކުރަކަށް ގެއްލިފައެވެ. އެވަގުތުގެ ގޮތުން އެތަނުގައި އެއްވެސް ބަޔަކު ނޫޅޭނެކަން ރާޔަންއަށް އެނގެއެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. ޝާމާ ވާހަކަދެއްކި ގޮތުން އެކަމާ ވިސްނެނީއެވެ. އޭނާ އައީ ފޯނުކޯލެއް ކުރަން ޖެހިގެނެއްނޫނެވެ. އެއީ ހަނާއާއި ޝާމާގެ ކައިރިން ދުރަށް ދާން ދެއްކި ބަހަނާއެކެވެ. ރާޔަންގެ ކަންފަތުގައި ޝާމާ އިއްވާލި ބަސްތައް ތަކުރާރުވަމުން އައެވެ. އޭނާއަށް އެންމެ ބޮޑު އަސަރެއް ކުރީ ޝާމާއާއި އޭނާއަކީ އެކުވެރިންނޭ ބުނީމައެވެ. އޭނާގެ ހިތުގައި ވަނީ ހަމައެކަނި އެކުވެރިކަމެއްނޫނެވެ. ޝާމާއާ މެދު ދެކެވެނީ އެއަށްވުރެ މާ ގާތްކޮށެވެ. ޝާމާއަށް ވެސް އެކަން އެނގޭނޭ ރާޔަން ހުރީ ހީކޮށްގެންނެވެ. އެކަމަކު ރާޔަންއަކީ ޝާމާގެ ގާތުގައި މުހިންމުމެއްނޫނޭ ހީވެއްޖެއެވެ. ދުވަހަކުވެސް އަންހެންކުއްޖާމެދު މިހާ ގާތް އިޙްސާސެއް ރާޔަންގެ ހިތުގައި އުފެދިފައެއް ނެތެވެ. ޖަޒުބާތުތައް ހިފަހައްޓަން އޭނާއަށް އުނދަގޫވިއެވެ. ހިތަށް ލިބުނު ވޭނުން، ނުރުހުމާއެކު ރާޔަންއަށް އަތް ހޫރާލެވުނެވެ.
“އެކްސްކިއުޒް މީ…” ރާޔަންގެ އަތުން ރެކިލަމުން ޝާއިނާއަށް ބުނެވުނެވެ. ފެންކަޅިވެފައިވާ ރާޔަންގެ ދެ ލޯ ފަޅިސިކުންތަކަށް ޝާއިނާއާ އަމާޒުވެލިއެވެ.
“އާ ޔޫ އޯކޭ… ހިއާ…” ޝާމާ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. ދަބަހުން ނެގި ޓިޝޫ ޕެކެޓު ރާޔަންއަށް ދިއްކޮށްލީ އޭނާ ޓީޝާޓުން މޫނުފުހެން އުޅޭހެން ހީވުމުންނެވެ. އޭގައި ހިފާނޭކަން ޔަގީންނުވެފައި ޝާއިނާ ހުއްޓާ ރާޔަން ހިފައިފިއެވެ. ޝާއިނާއަށް ފުރަގަސްދީގެން ހުރެ މޫނު ފުހެލާފައި އޭނާ ފުންނޭވާއެއް ލިއެވެ. އަދި ޝާއިނާއާ ދިމާއަށް އެނބުރިލިއެވެ.
“ދިސް އިޒް އަ ޑިޒާސްޓަރ… ލުކިން އެޓް ހާ ފޭސް ލައިކް ދިސް… މިތާ މިއޮއް ހުރިހާ އެންމެން އުޅޭއިރު، މީނައަށްތަ މިތަނަށް އާދެވެންވީ ވެސް…” ރާޔަންއަށް ޝާއިނާއާ ކުރިމަތިލާން ފަސޭހައެއްނުވިއެވެ.
“ކީއްވެ؟… ކީއްވެ ތީނައަށް ވާންވީ؟…”
ރާޔަން ދައްކާ ވާހަކަ ޝާއިނާއަށް ފަހުމެއްނުވިއެވެ. ރާޔަންގެ ދެ ލޮލުން ފާޅުވާން ހުރި މައުސޫމްކަން ޝާއިނާއަށް ފާހަގަވިއެވެ. އޭނާއަށް ކޮންމެވެސް ބޮޑުކަމެއް ދިމާވީއޭ ޝާއިނާގެ ހިތަށް އެރިއެވެ. އެތަނުން ރާޔަންއާ ދިމާވެދާނޭ އޭނާ ވެސް ހިޔެއްނުކުރެއެވެ. އެހެންވިޔަސް ރާޔަންގެ ފެންކަޅިވެފައިވި ދެ ލޯ ފެނުމުން ނުރުހުންފާޅުކޮށް އެތަނުން ދާން ޝާއިނާއަށް ނުކެރުނީއެވެ.
“އައި ޑޯންޓް ނޯ ވަޓް ޔުއަރ ގޮއިން ތްރޫ… ބަޓް ހޭންގް އިން ދެއާ، އޯކޭ…” ރާޔަންގެ ކޮނޑުގައި ޝާއިނާ ޖަހާލީ ހިތްވަރުދިނުމަށެވެ. ރާޔަން އިސްޖަހާލީއެވެ.
* * * * *
އޮފީހުން އިޢުލާން ކޮށްފައި އޮތް ކޯހުގައި އާމިލް ބައިވެރިވީ ސަބަބަކާލައިގެންނެވެ. ކޯސް ކުރިއަށް ގެންދާ ތަނަކީ އޭނާ ކިޔެވި ކޮލެޖުކަމަށްވެފައި، މިހާރު ޝާމާ ވެސް ކިޔަވަމުން ދާތަނަށް ވީމައެވެ. ރަސްމީގަޑީގައި ކޮލެޖުގެ އިދާރާއަށް އަންނަން ބުނެފައި އޮތުމުން އާމިލް ކޮލެޖުގެ އިދާރާ ހުންނަކަމަށް ބުނި އިމާރާތަށް ވަންނަން އައެވެ. ފޯނު އަތަށް ލައިގެން ހުރީ އިދާރީ ކަންކަން ނިމުމުން ޝާމާއަށް ގުޅަން ކަމަށެވެ. ދުވާލުގެ ވަގުތުތަކަށް ގަޑިތައް ބަދަލުވެފައި އޮތްކަން އެނގިގެންނެވެ. ނަމަވެސް ސިޑިއާ ދިމާއަށް ދާން އޮތް ސަރައްކާލީގައި ތިބި ދެ ޒުވާނުން އާމިލްގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ފިޔަވަޅު ހުއްޓުމަކަށް ވަގުތުން އައެވެ. އަންހެންކުއްޖަކީ ޝާއިނާކަން އެނގުނުއިރު، އޭނާގެ ގާތުގައި ހުރި ފިރިހެންކުއްޖަކީ ޝާމާއާއެކު އުޅޭތަން ފެންނަ ފިރިހެންކުއްޖާކަން އާމިލްއަށް އެނގެއެވެ. އޭނާ ބަލަން ހުރި ކަމެއް އެ ދެ މީހުން ނުދެނަހުއްޓެވެ.
* * * * *
“އައި އޭމް ފައިން، ތެންކިއު… ދަނީ…” ރާޔަން ބުނެލިއެވެ.
“ޝުއާ، އަހަރެން ވެސް ކަމަކު އައީ.” ޝާއިނާ ބުނެލިއެވެ. އެހިނދު ދާން ހިނގައިގަނެފައި ވެސް ރާޔަން އަލުން ޝާއިނާއަށް ބަލާލިއެވެ.
“ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ކަމަކީ މަޢާފަށް އެދުން ދޯ… އައި ވިލް ބީ ޝުއާ ޓު ޑޫ އިޓް ޕްރޮޕަލީ ނެކްސްޓް ޓައިމް.” ރާޔަން މަޑުމަޑުން ބުނެލިއެވެ. ޝާއިނާ ހިނިތުންވުމެއް ދިނެވެ.
“އޭސް ލޯންޑް އޭސް ޔޫ ނޯ، ޑަމީ…” ޝާއިނާގެ ސިކުނޑީގައިވިއެވެ.
* * * * *
“ވަޓް ވޯޒް ދެޓް؟.” އާމިލްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޭނާ ބަލަން ހުއްޓައި އެތެރެއަށް ޝާއިނާއާއި ރާޔަން ގޮސް ގެއްލިއްޖެއެވެ.
“ޔޫ ޔޫސްޑް ޓު އެކްޓް ސޯ އިނޮސެންޓް… ވެން ވީ ވާ ޓުގެދާ.” އާމިލްއަށް ބުނެވުނީ ވިސްނުމަކަށް ގެއްލި ހުރެއެވެ.
* * * * *
ޝާމާއަށް ވަށައިގެން ފެންނަމުންދިޔަ މަންޒަރުތައް ފުސްވެ، ވެށި ހިމޭންވެއްޖެއެވެ. އަމިއްލަ ސިކުނޑީގެ އަނދިރި ޚިޔާލުތަކުގެ ތެރެއަށް އޭނާ ވެއްޓެމުންދިޔައެވެ. ކުޅޭ އެއްޗެހިތައް އެއްކޮށްގެން އިނީ ޝާމާއެވެ. ތަފާތަކީ އޭނާއަށް ފެންނަން ހުރި ޝާމާގެ އުމުރުންވީ 5 އަހަރުކަމެވެ. އެތައް ވައްތަރުގެ ކުޅޭ އެއްޗެހި ހުރިއިރު ވެސް ޝާމާގެ ސަމާލުކަންވަނީ އަތުގައި އޮތް ބުދަށް ހުއްޓިފައެވެ. މަންމަގެ އަތުން އެ ކުޑަކުޑަ ޝާމާގެ ބޮލުގައި ފިރުމާލިއެވެ.
“ޝާމާ، ދަރިފުޅު ކުޅެ ނިމުނިއްޔާ… ދޮންތިއަށް ބުދު އަނބުރާ ދޭންވީނު.” މަންމަ ބުންޏެވެ.
ކުޑަކުޑަ ޝާމާ ދޭން ބޭނުންނުވިޔަސް މަންމަ އެ ބުދު ނަގަން އުޅުނެވެ. އެ މަންޒަރު ބަލަން ހުރި ޝާމާއަށް ދަތްކުނޑި ވިކާލެވުނެވެ. އޭނާގެ ނޭވާއަށް ވެސް ބަދަލު އަހައެވެ. އެހިނދު ކަންފަތުގައި ޖެހުނީ އިތުރު އަޑެކެވެ. ޒީނިޔާގެ އަޑެވެ.
“ދެޓް ޝިޓް ގެޓްސް އޯލްޑް. އިވެންޗުއަލީ، އެވްރިވަން ލޫސަސް އިންޓްރެސްޓް އިން ދެޓް.”
މޫނުގައި ޝާމާއަށް ކަނާއަތްތިލަ ޖައްސާލެވުނީއެވެ. އޭރު ކުޑަކުޑަ ޝާމާގެ އަތުން މަންމަ ބުދު އަތުލައިފިއެވެ. ދޭން ބޭނުންނުވެގެން ގަދަ ހެދުމަކުން ފައިދާއެއްނުވިއެވެ. އެ ބުދު އެ ގެންދިޔައީއެވެ. ޝާމާއަށް ބަޔާންކުރަން ދަތި ގޮތްތަކެއް އިޙްސާސް ކުރެވުމުންދިޔައެވެ. ހާސްވެ ކަންބޮޑުވުމުގެ އަސަރު އެ މޫނުން ފާޅުކޮށް ފެންނަން ހުއްޓެވެ. އޭޏާއަށް ދެ ލޯ ބޮޑުކޮށްލެވި ހިންދިރުވާލެވުނީ އުނދަގުލުންނެވެ.
* * * * *
އުޅާހަށް ދެމެމުން ކުލާހުން ޒީނިޔާ ނުކުތީ ޝާއިނާއާއެކުއެވެ. އެކުވެރިޔާ މާބޮޑަށް ހިތްހަމަޖެހިފައި ހުރިހެން ފެންނާތީ އެކަމާ ޝާއިނާ ސުވާލު ކުރިއެވެ. މާބޮޑަށް ހިނިއައިސްފައި ހުންނަނީ ކަމެއްވީތޯއެވެ.
“މާބޮޑުކަމެއް ނުވޭ، އައި ޖަސްޓް ފީލް ރިއަލީ ގުޑް ޓުޑޭ.” ފުޅާ ހިނިތުންވުމެއް ޝާއިނާއަށް ޒީނިޔާ ދިނެވެ.
ކޮލެޖުން ނުކުންނަން ދެ އަންހެންކުދީން އަންނަނިކޮށް ކެފެޓީރިއާ ކައިރިން ޒުވާނަކު ޝާއިނާއަށް ގޮވާލިއެވެ. ކުލާހުގެ މޮނީޓަރު ފެނުމުން ޒީނިޔާގެ އަނގަ ހުޅުވުނެވެ. އޭނާ އައިސް ޝާއިނާގެ ކުރިމަތީ މަޑުކުރިއެވެ. ޝާއިނާއަށް ކަމުދަނީ ކޮންކަހަލަ ބުއިމެއްތޯ ސުވާލުކުރިއެވެ. ކެފެޓީރިއާގައި ދަރިވަރުންނަށް ފަސޭހައަކަށް ވެންޑިން މެޝިނެއް ބެހެއްޓުމުން އޭގައި ލިބެން ހުރި ދަޅުތަކުން ޝާއިނާއަށް ކަމުދަނީ ކޯއްޗެއްތޯއެވެ. ކުރިއަށްވުރެ ވެސް ބޮޑަށް ޒީނިޔާ ހައިރާންވިއެވެ. ނެސްކެފޭ ކޮފީއެއް ރަނގަޅުވާނޭ ބުނެލިއެވެ. ކުލާސް މޮނީޓަރު އެބަ އަންނަމޭ ބުނެ ގޮސްފައި އެނބުރިއައީ ކޮފީ ދަޅެއް ހިފައިގެންނެވެ. ޝާއިނާއަށް ދީފައި، ކޮލެޖުން ބޭރަށް ދަނީތޯ އަހާލިއެވެ. އެ ސުވާލަށް ޖަވާބު ނުލިބެނީސް، ކުލާސްތައް ފެށުމުގެ ކުރީން އަންނަން އޭނާ ބުނެލިއެވެ. ޝާއިނާ ޝުކުރު އަދާކުރުމުން އޭނާ ހިނގައްޖެއެވެ.
“ވަޓް ދި… ވަޓް ވޯޒް ދެޓް؟..” ޝާއިނާގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ޒީނިޔާ ބުންޏެވެ. ޝާއިނާ އަޅައެއްނުލިއެވެ. އަތުގައި އޮތް ދަޅު ޒީނިޔާއަށް ދިއްކޮށްލިއެވެ. ދެ ކުދީން ހިނގައިގަތީ ކޮލެޖުން ނުކުންނާށެވެ.
“ހޭ!، އޭނާ ރައްޓެހިވާން އަހައިފިއްޔާ ޔޯ؟.” ޒީނިއާ ބުނެލިއެވެ.
“ނޭނގެ، ކިއުޓް ގޮތެއް ހުރޭ ދޯ… އެކަމަކު އަލުން ޑޭޓްކުރަން ފަށަން އަހަރެން ރެޑީއެއްނޫން.” ޝާއިނާ ވިސްނާލިއެވެ.
“ކީއްވެ؟. އަދިވެސް މޫވްއޮން ކުރަން ނުވަނީތަ؟. ފޮގެޓް ޔޯ އެކްސް…” ޒީނިޔާ ބުނެލިއެވެ.
ވާހަކައިގައި ކެފޭއަށް ވަންނަން އައި ދެ އަންހެންކުދީންނަށް ސައިކަލުން ފައިބައިގެން އައި ޒުވާނާއެއް ނުފެނެއެވެ. އެއަށްވުރެ ދައްކަމުން އައި ވާހަކައިގެ ތެރެއަށް އެމީހުންނަށް ތިބެވުނީ މާބޮޑަށް ވަދެވިފައެވެ.
“ޝަންނު، ކިހިނެއްތަ؟.”
ގާތުގައި ހުރި އާމިލްއަށް ޝާއިނާގެ ނަޒަރު ހުއްޓިއްޖެއެވެ. ޒީނިޔާގެ މޫނަށް ކުކުޅުބިހެއް ތަޅައިގެން ދިޔަ ކަހަލައެވެ. އަނގަ އޮރިއަކަށް ދަމައިލައިގެން ފަކުރު ފާޑަކަށް އާމިލްއަށް ބަލަން ހުއްޓެވެ. އާމިލް ފިރިހެން ވަންތަ ހިނިތުންވުން ފާޅުވެލިއެވެ.
“އިސްތަށިގަނޑު ދިގުވެއްޖެ ދޯ… ޝަންނުއާ ވަރަށް ގުޅޭ…” އާމިލް ބުނެލިއެވެ. އެވަގުތު ޒީނިޔާ ހިތްހަމަނުޖެހިފައި އާމިލަށް ގޮވާލިއެވެ.
“އަޑުއެހިން ކިޔެވުން ހުއްޓާލާފައި އަލުން ފެށި ވާހަކަ. ޝަންނު!… އަހަރެމެން ދެ މީހުންނަށް ވާހަކަދައްކާލެވިދާނެތަ؟.” ޒީނިޔާއަށް ލޮލުގެ ހިމަކޮޅުން ބަލާލާފައި ޝާއިނާއަށް އާމިލް ބަލާލިއެވެ. ޝާއިނާ ވަގުތުން އިސްޖެހީއެވެ. އާމިލްއަށް ބަލަން ވެސް އޭނާ ބޭނުންނުވާ ކަހަލައެވެ.
“ކީއްކުރަން؟.” ޝާއިނާއަށް ބުނެވުނެވެ.
“އަހަރެމެން ރައްޓެހިންވެގެން ފުދޭވަރަކަށް ގިނަ ދުވަހު އުޅުނިން، ވާހަކަދައްކާލަން ތަނެއްގައި މަޑުކޮށްލަން އަހާލުމަކީ ގޯހަކީތަ؟.”
“ވާހަކަދައްކާލަން ދޯ… ވާހަކަދެއްކުމަކީ ގޯހެއްނޫން… ހިތަށް މިއެރީ، އަހަރެމެން ދެމީހުން އަލުން ބައްދަލުވެއްޖެނަމަ އަހަރެން ވެސް ބުނަންވެފައޭ އޮތީ ވާހަކައެއް.” ޝާއިނާ އިސްއުފުލާ އާމިލްއަށް ބަލާލިއެވެ. ކުރިން އާމިލް ދުށްފަދަ ލަދުވެތިކަމެއް، ހިނިތުންވުމެއް އެ މޫނަކު ނުވެއެވެ.
“އައި ޑޯންޓް ނީޑް ޔޫ ބުލްޝިޓް، ސޯ ފަ* އޯފް.” އެއްވެސް އަސަރެއްނެތް ގޮތަކަށް ޝާއިނާ ބުނެލިއެވެ.
“ވަޓް…” އާމިލްއަށް ޤަބޫލުކުރަން ދަތިވިއެވެ.
“ބީރުވީތަ؟… ތިދައްކަން އުޅޭ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން، މަގޭ ފަހަތުން ނޫޅެ ދާން އުޅޭ.” ޝާއިނާގެ އަޑުގައި މިފަހަރު ހުރީ ފޫހިކަމެވެ. ޝާއިނާއަށް ނަޒަރު ހުއްޓާލައިގެން ހިނދުކޮޅަކަށް އާމިލް މަޑުކޮށްލިއެވެ. އެއަށްފަހު އޭނާ ވާހަކަދެއްކިއެވެ.
“ޝަންނު… ހާދަހާ ބަދަލުވެއްޖޭ.” އާމިލް ހިނިތުންވެލީއެވެ. ކޮންމާނައެއްގައި ކަމެއް ނޭނގެއެވެ. ޝާއިނާގެ ދެބުމަ ކައިރިވެލީއެވެ.
“ކިހިނެއްވީ؟. ކަލޭ ހީކޮށްގެން ހުރީ ދެފައި މައްޗަށް ވެއްޓި އަހަރެން ރޮއެ އާދޭސްކުރާނޭ ކަމަށްތަ؟. އަލުން ރައްޓެހިންވާން ބުނާނެ ކަމަށްތަ؟. އަށްޓަމަހެއްހެން ކަލޭ ގައިގަ ތަތްކޮށްލައިގެން ނެއްޓެން ނޭނގިގެން އުޅޭ މީހަކަށް އަހަރެން ވާނޭކަމަށްތަ؟.” ހަރުކަށިކަމާއެކު ޝާއިނާ ބުންޏެވެ.
“ބުލްޝިޓް އިޒް އަ ބިޓް ހާޝް، ނޫންތަ؟… އަހަރެން ނުބުނަން މިއުޅެނީ އަލުން ގުޅެންވެގެންނެކޭ، އަނެއްކާ ޝާއިނާ ބޭނުންވާތީތަ އެކަހަލަ އެއްޗެކޭ ތިބުނީ، ޔޫ ޝުޑް ބީ ކެއާފުލް ނޮޓް ޓު ޕުޓް ވޯޑްސް އިން މައި މައުތް ބޭސްޑް އޮން ޔޯ އޯން ޑިލިއުޝަން.” އާމިލް އެއްވަރަކަށް ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ. ޝާއިނާއަކީ ހަޤީޤަތެއްނެތް ދުނިޔެއްގައި އުޅޭ، ބޯހަމަ ނުޖެހޭ މީހެކޭ ނުސީދާކޮށް އާމިލް ބުނެލަން ބޭނުންވި ކަހަލައެވެ.
“އައި ގެސް ދެޓް މީންސް ޔޫ ގޯ އަރައުންޑް ސްޕައުޓިންގް އޯފް ބުލްޝިޓް އަބައުޓް ހައު ޕްރިޓީ އެވްރިވަންސް ހެއާ ލުކްސް… ހާ!…” ޒީނިއާ އެއްފައި މައްޗަށް ބުރަވެލައި، ވައަތްތިލަ އުނަގަނޑުގައި ވިއްދާލަމުން، ޝާއިނާއާ ބޮޑަށް ގާތްވެލާފައި ބުންޏެވެ. ކޮންމެ ލަފުޒެއް އޭނާ ދުލުން ބޭރުކޮށްލީ މަލާމާތުގެ ރާގެއްގައެވެ.
“މިތަނުގައި ޑިލިއުޝަންއަކީ ކާކުކަން އެނގިއްޖެއެއްނު، ހައު އަބައުޓް ދިސް؟… އެއްޗެކޭ ބުނުމުގެ ކުރީން ބުނާނޭ އެއްޗަކާމެދު ވިސްނާލާފައި ދެން ވާހަކަދެއްކުން ކިހިނެއްވާނެ؟. ހާނ!…” ޒީނިޔާގެ ރާގުގަނޑާއެކު އެއްބުމަ ހިއްލާލިއެވެ.
“އިނަފް… ސުވާލެއް ހަމައެކަނި ކުރަން ބޭނުމީ…” އާމިލް މިހެން ބުނުމުން ޒީނިޔާއާއި ޝާއިނާ ވެސް ހުރީ އެ ސުވާލެއް އާމިލް ކުރަންދެން މަޑުކޮށްލައިގެން ތިބިހެންނެވެ.
“ޓިޝޫ ހިފައިގެން އުޅުނު، އެ ފިރިހެނަކަށް ވެސް ނުވާ މީހާއާއެކު ތި ދެމެދުގައި އޮތް ގުޅުން ފެންނަނީ ވަރަށް ބަދަހިކޮށް، އައި ވޯސް ޖަސްޓް ވޮންޑަރިން ހައު ދެޓް ވޯޒް ގޮއިން؟.” އާމިލް ބުނެލިއެވެ.
“އާ ޔޫ ސީރިއަސް؟… ދެޓްސް ޑެފިނިޓްލީ ސަމް ބުލްޝިޓް، ރައިޓް ދެއާ…” އަޖައިބުވެފައި ހުރި މީހަކު ހެން ޒީނިޔާ ބުނެލިއެވެ. އެހިނދު ޝާއިނާ ވާހަކަދެއްކިއެވެ.
“އަހަންނަކަށް ނޭނގެ ތީ ކޮންތާކުން، ކިހިނެއް ކަލޭގެ ބޮލަށް ވަން ޚިޔާލެއްކަމެއް، އެއީ ތެދަކަށް ވިޔަސް… ކަލޭ ހީކުރަނީ އަހަރެންގެ ޒާތީ ކަންތައްތައް ކަލެއާ ޚިއްޞާކުރާނޭ ކަމަށްތަ؟.” ޝާއިނާ ބުންޏެވެ.
“އެއީ ދޮގެކޭ ވެސް ނުބުނާނަން ދޯ، ކަލޭމެން ދެ މީހުންނަށް އަދިވެސް ބަދަލެއް ނާދޭ… ފައިން އައި ގެޓް އިޓް. އަހަރެން ދިއުންކަން އެނގޭ ރަނގަޅުވާނީ…” އާމިލް ބުނެލިއެވެ.
“ދިގު އިސްތަށިގަނޑެއްގައި ޝަންނު ފެންނަލެއް ރީއްޗޭ ބުނީ ނުބައި މާނައެއްގައެއްނޫން، އައި ވޯޒް ބީން އޮނެސްޓް ވިތް ޔޫ.” އާމިލް ފުރަގަސްދީފައި ބުންޏެވެ. ދެން ހިނގައިގަތެވެ. އެހިނދު ޒީނިޔާ އަޑުގެ ކޮޅަށް ވާހަކަދެއްކިއެވެ.
“ހޭ!، ޔޫ އާ ޓްރައިންގް ސޯ ހާޑް ޓު ލުކް ކޫލް، ބަޓް ޔޫ ރިއަލީ ލުކް ލައިކް އަ ލޭމް ލޫޒާ…” އަނގަ ކައިރީ އަތްޖައްސާލައިގެން ހުރެ އަޑުގަދަކުރާއަކުން ވާހަކަދައްކާހެން ޒީނިޔާ ބުނެލިއެވެ. އަދި ވަގުތުން ޝާއިނާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިފިއެވެ.
“އާގް!… ކެން ޔޫ ބްލީވް ދެޓް ޝިޓް؟…” ޝާއިނާ ގާތު ޒީނިޔާ ބުނެލިއެވެ. އެހެންނަމަވެސް ޝާއިނާ ހުރީ ތަފާތު ވިސްނުމެއްގައެވެ. އޭނާއަށް އާމިލް އެންމެ ފަހުން ބުނެފައި އެ ދިޔަ ބަސްތަކުން ކަމެއް ފާހަގަވީއެވެ. ޝާއިނާގެ މޫނުގައިވި ހައިރާންކަން ޒީނިޔާއަށް ފެނުނީ ދެނެވެ. ކިހިނެއްވީތޯ އޭނާ ވަގުތުން ސުވާލުކުރިއެވެ.
“ކަލޭމެން ދެ މީހުންނަށް އަދިވެސް ބަދަލެއް ނާދޭ އޭނާ ބުންޏެއްނު… އެއީ ކީއްވެ އޭނާ ބުނި އެއްޗެއް.” ޝާއިނާ ބުނެލިއެވެ.
“އިނާއަށް ހީވަނީ އޭނާ އެ ދެއްކީ، އިނާއާއި ޝާމާއާ ދެމެދު އޮން ގުޅުމުގެ ވާހަކަހެންތަ؟.” ޒީނިޔާ ބުންޏެވެ.
“އެކަމަކު ކީއްވެ އެހެން ބުނަންވީ؟. ޝާމާއާ ބެހޭ ގޮތުން އޭނާއަށް އެނގެނީތަ؟. އެކަމަކު ކޮންކަމެއް އެނގިގެންބާ؟.” ޝާއިނާއަށް ވިސްނާލެވުނެވެ.
* * * * *
އާމިލްގެ ޠަބީޢަތް ގޯސްވެއްޖެއެވެ. ފޯނުގައިވި ކޯލު ލޮގަށް ބަލަން އާމިލްއަށް އިނދެވުނެވެ. އޭނާ ގުޅީމައި ޝާމާ ފޯނަށް ޖަވާބެއް ނުދެއެވެ. ކީއްވެކަމެއް ވެސް ނޭނގެއެވެ. އާމިލް އެހާ ވަރުން ކޮލެޖަށް ދިޔައީ ވެސް އެހެންވެއެވެ. ޝާމާއާ ގާތްކަން ބޭއްވަން ބޭނުންވާތީއެވެ.
“ފޯނު ނަގާބަލަ… ޑެމިޓް، ކީއްވެތަ؟…” އަނެއްކާ ވެސް ޝާމާއަށް އާމިލް ގުޅި ކޯލު ކެނޑުނީއެވެ. ފޯނަށް ބަލަން އިނދެ އަނެއްއަތުން ނިތްކުރީގައި ހިފަހައްޓާލިއެވެ.
“ވައި އިޒް ޝީ ޖަސްޓް އިގްނޯރިން މީ ނައު؟…” އާމިލްއަށް ބުނެވުނެވެ. އޭނާގެ ހަނދާނަށް އައީ އޭނާއަށް ބޭނުންވެގެން ޝާމާ އުޅުނު ގޮތެވެ. ދެމެދުގައި އޮތް ގާތް ގުޅުމެވެ. އެ ދެ ލޯ މަޑުމަޑުން މަރާލިއެވެ.
“އަމްމު، ލުކް އެޓް މީ… ނޮޓް މައި ސިސްޓަރ، ލުކް އެޓް މީ…” ޝާމާގެ އަޑު ޚިޔާލުގެ މަންޒަރުތަކުގެ ތެރެއިން އާމިލްގެ ކަންފަތުގައި ޖެހުނެވެ. އޭނާއާއި ޝާމާ ގާތްވާ ކޮންމެ ފަހަރަކު ޝާމާގެ ވާހަކަ ހުންނަ ގޮތަކީ އެއީއެވެ. އާމިލް އަދިވެސް ޝާމާގެ ސޫރައިން ހޯދަނީ ޝާއިނާ ކަމުގައި ހީވަނީ ކަމަށްވެދާނެއެވެ.
“އިފް ޔޫ އާ ނޮޓް ހާސް އެނީމޯ، ދެން އައި ޑޯންޓް ނީޑް ޔޫ…”
ކުއްލިއަކަށް ޝާމާގެ އަޑުން އިވިލި ބަސްތަކުން އާމިލް ސިހުނެވެ. ވަގުތުން ދެ ލޯ ހުޅުވާލެވުނެވެ. އެހެންވެދާނޭބާއޭ އާމިލްގެ ހިތާ ވަގުތުން ސުވާލުކުރެވުނެވެ.
* * * * *
އެކަނިމާއެކަނި ކެފޭގެ މޭޒުދޮށުގައި ހަނާ އިނެވެ. އޯރިއޯ މިލްކްޝޭކް ތަށްޓަށް ބަލަހައްޓައިގެން އޭނާ އިންއިރު، ޚިޔާލުތަކުގައިވީ ޝާމާއެވެ.
“ކުރިއޭ… ތިހެންބުނާއިރު، ތިވިސްނުމުގައިވި ސޫރައަކީ އަހަރެންކަން ޔަގީންތަ؟.” ޝާމާ ބުނި ބަސްތައް ކޮންމެ ލަފުޒެއް ވަކިން ހަނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.
“އަހަރެން ދަންނަ ޝާމާއަކީ ހިތްހެޔޮ ކުއްޖެއް، އެންމެންނާ ވެސް ގުޅޭނެ، އިތުބާރު ހިފޭ، ތެދުވެރި، ލޯބި މައުސޫމް ގޮތެއް ހުންނަ ކުއްޖެއް، ވާހަކަދައްކާ ހިތްވާ ކަހަލަ މަޖާ މިޒާޖެއްގެ ކުއްޖެއް، ޚާއްޞަކޮށް ފިރިހެން ކުދީންގެ ވާހަކަދައްކާއިރު، އޭނާ ނިކަން އަވަހަށް ލަދުގަންނާނެ…” ހަނާގެ ޟަމީރާ ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް ފަސްއަޅައި ފޮރުވިފައިވާ ހަނދާންތަކެއް ހަނާއަށް އާވެގެންއައެވެ.
“މިފަހަކަށް އައިސް އަހަންނަށް ހީވަނީ ޝާމާ އަހަރެން އުޅޭ ގޮތް ބަލައިގެން، ހަމަ އެގޮތަށް އުޅޭހެން… އަދި ދުވަހަކުވެސް ނުދަން، ދެން ކިހިނެއް އަހަރެން އެތަނުން ފެންނާނީ… ހަނާ، ޔޫ ހޭވް ޓު ބްލީވް މީ، އެއީ އަހަރެން ކުރިކަމެއްނޫނޭ… އެކަހަލަ ކަމެއް ދުވަހަކުވެސް އަހަރެން ނުކުރާނަން….”
ޚިޔާލުތަކުގެ ތެރެއިން ހަނާގެ އަނގައިން މަޑު އާހެއް ނުކުތެވެ. ދެއަތް ޖޯޑުކޮށްލެވުނީ ނުހަނު ބާރަށެވެ.
— ނުނިމޭ —