THEMI VAAREYGA VEEMEY [PART 3]

“އައި ލަވް ޔޫ…. އައި ލަވް ޔޫ ސޯމަޗް…” އެންމެ ފަހުން ޞޮފާގެ ދުލުން އޭނާ ފާޅުކުރަން ބޭނުންނުވި ލަފްޒުވެސް ބޭރުވެގެން ދިޔައީއެވެ. އެހިނދު ރިހާމުގެ ޖަވާބު ލިބިގެން ދިޔައީ ލިޕްސްޓިކުގެ ކުލަ ފޭދިފައި ހުރި ޞޮފާގެ ތުންފަތަށެވެ. ދުވަހަކުވެސް ޞޮފާއަށް މިރޭ ކުރެވުނު ފަދަ ހިތްހަމަ ޖެހުމާއި އުފާވެރިކަމެއް އިޙްސާސެއް ނުކުރެވެއެވެ. ރިހާމުގެ ފަރާތުން މިފަދަ އަރާމަކާއި ލައްޒަތެއް ލިބިދާނެ ކަމުގައި އުންމީދެއް ނުކުރެވެއެވެ. މުޅި ރޭ ނިމިގެން ދިޔައީ ރިހާމުގެ އަތުގެ ތެރޭގައި ޞޮފާ އޮވެއެވެ. އެތަކެއް މަސްތު ކުރުވަނިވި ބީހުންތަކަކާއި އެކުއެވެ. ރިހާމު ބުނީ ތެދެކެވެ. އޭނާ ލޮލުފިޔަ ޖަހާނެ ވަގުތެއް ރިހާމު ނުދިނެވެ.

ބޯދަށަށް އެއްއަތް ލައްވާލައިގެން އެނދުގައި އަރިއަކަށް އޮތް ޖިޔާއަށް އޮތީ ނިދިފައެވެ. ރިހާމު ގޭގައި ނެތުމުގެ ސަބަބުން އޭނާ އޮތީ މެންދުރު ލައިގެން ހުރި ހެދުމާއިއެކުއެވެ. އެހެން އޮވެ އޮވެ ގިނަ އިރު ވީ ކަހަލައެވެ. މަޑުމަޑުން ޖިޔާގެ ހަށިގަނޑު ދަމާލަން އޭނާ މަސައްކަތް ކުރަމުން އެނދުގެ އަނެއް ފަރާތަށް އެނބުރެން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ތެދުވީ ބިރުވެރި ހުވަފެނަކުން ނިދާފައި އޮތް މީހަކު ހޭލާ އުޞޫލުންނެވެ. ފުންމައިގެން އެނދުން ތެދުވިގޮތަށް ދެލޯ އުނގުޅާލާފައި ކޮޓަރިއަށް ނަޒަރު ހިންގާލެވުނެވެ. އެއާއިއެކު ޖިޔާ އަވަސް ފިޔަވަޅުގައި އައިސް ފާޚާނާގެ ދޮރުގައި ހިފާ ހުޅުވާލިއެވެ. އެތަނުގައި އެކަކުވެސް ނެތެވެ. ދެން ބަލާލެވުނީ ފާރުގައި ހުރި ގަޑިއަށެވެ. ހެނދުނު ދިހައެއް ޖަހަނީއެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ޖިޔާ އޭނާގެ އުނަގަނޑުގައި ދެއަތްތިލަ ވިއްދާލިއެވެ. އޭނާ ދެން ބަލާލީ ކޮޓަރިއަށް ވަދެވެން ހުރި ދޮރާ ދިމާލަށެވެ. އަވަސް އަވަހަށް އައިސް ދޮރުގެ އަތްގަނޑުގައި ހިފިއިރު ދޮރު ހުރީ އަދިވެސް ތަޅުލާފައިކަން އެނގުނެވެ.

“އަދިވެސް ރިހާމު ނާންނަނީތަ، އައި ރިއަލީ ވޯންޓު ކިލް ހިމް، އޭނާއަށް މިގޮތަށް އަހަންނާއިމެދު ކަންތައް ކުރުމުގެ ހައްޤެއް ނޯންނާނެ… ނިކަން ހުރެބަލަ…” އެހާ ހެނދުނާވެސް ޖިޔާގެ މޫޑު ގޯސްވެއްޖެއެވެ. އޭނާ އައިސް އަލަމާރި ކައިރީ ހުއްޓުމާއިއެކު އަލަމާރީގެ ދޮރުފަތް އެއްފަރާތަށް ކަހާލައިފިއެވެ. އެވަގުތު ދޮރުފަތް ކެހިގެން ގޮސް ޖެހުނު އަޑު ވަރަށް ބާރަށް އިވުނެވެ. ޖިޔާ ބަލާކަށް ނުހުރެ އަލަމާރީގައި ހުރި ރިހާމުގެ ހުރިހާ އަންނައުނެއް ނަގާ ކޮޓަރިތެރެއަށް އުކާލިއެވެ. އަދި ކޮޓަރިތެރެއަށް އަޅާލި ރިހާމުގެ އަންނައުނުތައް މައްޗަށް އަރާ ފައިން އެ އެއްޗެހި ޗިސްޗިސް ކޮށްލަން އުޅޭފަދަ ގޮތަކަށް ފުންމަންފެށިއެވެ. ރިހާމުގެ ބައެއް ގަމީސްތަކުގެ ގޮށްތަށްވެސް ޖިޔާ އަނގައިން ދަތްއަޅާ ނައްޓަމުން ދިޔައެވެ. އެވަރުންވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. މޮޔަވެފައި ހުރި ކުޑަކުޑަ ކުއްޖެއްހެން ހަރުކޮށް ހިނގާލާފައި އެއައި ގޮތަށް އައިސް ރީތިވާ މޭޒުމަތީގައި ހުރި ރިހާމުގެ ހުރިހާ ސެންޓުފުޅިތަކުން ފަހަރަކު ފުޅިއެއް އުކަން ފެށިއެވެ. ފުރަތަމަ ފުޅި އެއްލީ ތިރިއަށް ވާގޮތަށް ކަމަށްވުމުން އެ ފުޅި އައިސް ޖެހުނީ ކާޕެޓުގައެވެ. ޖިޔާ ބޭނުންވީ އެ ހުރިހާ ބިއްލޫރި ފުޅިތައް ތަޅާލާށެވެ. އެހެންވެ އޭނާ ބޭނުން ގޮތަށް ކަންތައް ކުރަންވެގެން ކާޕެޓުމައްޗަށް ވެއްޓުނު ފުޅި ނަގާ ކޮޓަރިއަށް ވަންނައިރު ކަނާތަށް ދޮރުކައިރީ ފެންނަން ހުރި ފާރުގައި އެއްލާ ޖެހިއެވެ. ވަގުތުން ކުދިކުދިވެގެން ސެންޓުފުޅި ފޭބިއެވެ. އެތަންފެށި ޖިޔާއަށް ކުރިލިބުނު ކަހަލައެވެ. ދެން ހުރި ހުރިހާ ފުޅިއެއްވެސް ތަޅައި ނިންމާލިއެވެ. މުޅި ކޮޓަރީގެ ތެރޭގައި ހަރުލާފައި ހުރި އެކި ސެންޓުގެ ވަސް ގަދަކަމުން ޖިޔާގެ ނޭފަތުން ދިލަނަގައިގެން ދިޔައެވެ. އެހެންވެ ނޭފަތުގައި އަތްއަޅާލައިގެން ހުރެ އޭނާ ހޭވި ހަޑިއަށް ބަލަން ހުއްޓެވެ.

“ޔެސް… މިހާރު ކާކު ބާރުގަދައީ… ކުރާކަމެއް ކުރެވޭނީ ދެން ގެއަށް އައިސްފައެންނު، ޔަގީނުންވެސް އޭނާގެ ހުރިހާ އެއްޗެއް ހަލާކުނުވާ ކަމަކަށް ނުވާނެ… ހެ ހެ ހެ…”  ރިހާމުގެ އެއްޗިއްސަށް ހަދާލެވުނު ގޮތުން ހިތަހަމަޖެހިފައި ހުރެ ޖިޔާ އޭނާގެ އަމިއްލަ ނަފްސަށް މިހެންބުނެލިއެވެ. އެވަގުތު މޭޒުމަތީގައި ހުރި ބޭސް ކޮތަޅު ޖިޔާއަށް ފެނުނެވެ. އެވެސް ހިފައިގެން އައިސް ފާޚާނާއަށް ވަދެ ފާޚާނާ ތައްޓަށް ފަހަރަކު ގުޅައެއް އަޅަމުން އަޅަމުން މުޅި ކާޑު ހުސްކޮށްލައިފިއެވެ. އެއްގޮތަކަށް އަދި ބޭނުން ކުރަން ނުފަށާ އޮތް ބޭސްކާޑަށްވެސް ޖިޔާ ހެދީ އެހެންނެވެ. އަދި ބޭސް ކާޑު ލާފައި އޮތް ފޮށިވެސް އިރާލާފައި ފާޚާނާ ތައްޓަށްލާ ފްލޭޝްކޮށްލިއެވެ. ދެން ނުކުންނަމުން އަތުގައި އޮތް ޕްލާސްޓިކު ކޮތަޅު ކުނިވަށިގަނޑަށް ލިއެވެ.

ރިހާމު، މިންޓު އަނގަޏަށް ލުމާއިއެކު އޭގެ ކަރުދާސް ގަނޑު ކާރުގެ ކުޑަދޮރުން ބޭރަށް ވައިގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާގެ ކާރު މަޑުކޮށްލީ ޞޮފާ މެންގޭގެ ދޮރުމައްޗަށެވެ. ހިނިތުންވެލައިގެން ރިހާމުގެ ކޮނޑުގައި ބޯއަޅާލައިގެން އިން ޞޮފާ ކަންނެތްގޮތަކަށް ކާރުން ފައިބަން އުޅެފައި އެނބުރި ރިހާމަށް ބަލާލިއެވެ.

“ކޮންއިރަކުން އޮފީހަށް އަންނާނީ” ޞޮފާ އަހާލިއެވެ.

“ތަންކޮޅެއް ފަހުން ދާނީ، ހީވަނީ މެންދުރުފަސްވާ ފަހުންހެން ދެވޭނީ، މިއަދު މުހިންމު ކަމެއްވެސް ނެތެންނު، އެކަމަކު ޞޮފާ ވާނެ އޮފީހަށް ނުކުންނަން، އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓާނީ ދެން ކާކު” ރިހާމު ބުނެލިއެވެ.

“ތެންކިޔު، ރޭގެ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ” ލަދުވެތި ހިނިތުންވުމެއް ރިހާމަށް ދިނުމާއިއެކު ޞޮފާ ކާރުގެ ދޮރުފަތް ލައްޕާލާފައި ކާރާއި ދުރަށް ޖެހިލިއެވެ. އަދި ރަތްކުލަ ޖައްސާލެވިފައި ހުރި ދިގު ނިޔަފަތި ތަކާއިއެކު ރިހާމަށް މަޑުމަޑުން އަތް ހޫރާލީ ވަކިވުމުގެ ކުރިން ކޮށްލާ ސަލާމެއްގެ ގޮތުންނެވެ. ހިނިތުންވެލައިގެން އިނދެ ރިހާމު ކާރު ދުއްވާލިއެވެ. އެ ކާރު ގޮސް ލޮލުކޮޅަށް އޮބާލަންދެން ޞޮފާ އޭނާގެ ގޭގެ ދޮރުމަތީގައި ބަލަހައްޓައިގެން ހުއްޓެވެ.

އެއްސްޕީޑެއްގައި ކާރު ދުއްވަމުން ދިޔަ ރިހާމުގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. އަނެއްކޮޅުން އޭނާ އެ އިނީވެސް ތަނެއްގައި ޖައްސާލާ އަރާމުކޮށްލަން ބޭނުންވެފައެވެ. އެހެންވެ އޭނާގެ މަންޒިލަކަށްވީ އޭނާ އުޅޭ އެޕާރޓްމެންޓެވެ. ޖިޔާ މަތިން ހަނދާންވީވެސް ދެނެވެ. އެކަމަކު ރިހާމު، ޖިޔާ އާއި ކުރިމަތިލުމަކީ މާބޮޑު ކަމެއް ކަމުގައި ނުދެކެއެވެ. ވިސްނުނު ގޮތުގައި މިހާރު ޖިޔާ ހުންނާނީ އޭނާ ދެކިލަން ބޭނުންވެފައެވެ. އާމުކޮށް ނުފެނި އުޅެލާފައި ކައިރިއަށް ދިއުމުން އަންހެން ކުދިން ހިތްއުފާވާނޭ ކަމުގައި ރިހާމަށް ޤަބޫލު ކުރެވުނެވެ. ފަޅަން ފަށާފައި ހުރި ތުނބުޅީގައި އަތްހާކާލަމުން ރިހާމު ކާރުގެ ދުވެލި ކުޑަކޮށް ބާރުކޮށްލިއެވެ.

ތަބަކެއްގައި ސައިތައްޔާރު ކުރަން ހުރި ލަޔާއަށް ގޭތެރެއަށް ވަދެގެން އަންނަ ރިހާމު ފެނި އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. އެކަމަށް ސަމާލުކަމެއް ނުދީ ރިހާމު އައިސް ކޮޓަރީގެ ދޮރު އޭނާގެ ތަޅުދަނޑިފަތިން ހުޅުވާލިއެވެ. ރަނގަޅަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް އެކިއެކި ސެންޓުތައް އެއްވެފައި ހުރި ވަސްގަނޑު ކޮޓަރިތެރޭން ނުކުމެ ރިހާމުގެ ނޭފަތުގައި ޖެހުނެވެ. އަވަސް އަވަހަށް ދޮރު ތަންމިނަށް ހުޅުވާލުމާއިއެކު ރިހާމު ވަނެވެ. އޭރު ކޮޓަރިތެރެއަށް އިންގިލާބެއް އައިސްފައި އޮތް ކަހަލައެވެ. ދެލޯ ބޮޑުކޮށްފައި މުޅި ކޮޓަރިއަށް ބަލާލުމަށްފަހު ރިހާމު ދެން ބަލާލީ އެނދުމަތީ ކަކޫނަގާ މެޔާއި ކައިރިކޮށްލައިގެން އިން ޖިޔާއަށެވެ.

“މީ ކޮންފަދަ ކަމެއް” ރިހާމަށް ބާރަށް ބުނެވުނެވެ. އަދި ޓައިލްސްތަކުގެ މައްޗަށް ނަޒަރު ހިންގާލިއެވެ. އެތަނަށް ވަންނާނީ ކިހިނެއްކަމެއްވެސް ރިހާމަކަށް ނޭނގުނެވެ. ވަށައިގެން ފެންނަނީ ދަޅައަޅަމުންދާ ބިއްލޫރީގެ އެތިއެތިކޮޅުތަކެވެ. އޭނާގެ އަގުބޮޑެތި ގަމީސްތަކާއި ބޭނުންކުރާ ސާމާނުތައް ވަނީ އެތަންމިނަތުގައެވެ. ދަތްކުނޑިވިކާލުމަށްފަހު ރިހާމު އަނެއްކާވެސް ޖިޔާ ނަމުން ގޮވާލަމުން ހަޅޭލަވައިގަނެއްޖެއެވެ. އެނދުމަތީގައި އިން ޖިޔާ ދެކަކޫ މަތީ ބާއްވާލި އަތުގެ ތެރޭ މޫނު ފޮރުވާލަމުން ލާނެތް ގޮތަކަށް ހިނިތުންވެލީ ރިހާމު ރުޅި އަންނަވަރުގެ ކަމެއް ކޮށްލެވުނީމައެވެ. ރިހާމު ހަޅޭލަވައިގަތް އަޑަށް ކޮޓަރި ކައިރިއަށް ލަޔާވެސް ދުވެފައި އައެވެ. އޭނާއަށްވެސް އެ ކޮޓަރިތެރެ އޮތްގޮތް ފެނުނެވެ.

“ބޮސް އަޅުގަނޑު ކުލީން ކޮށްލަނީ” އަވަސް އަވަހަށް ރިހާމުގެ ގާތަށް ޖެހިލަމުން ލަޔާ މިހެން ބުނެލީ ކަންބޮޑުވުމާއިއެކުއެވެ. ނޫނީ ރިހާމު ޖިޔާއަށް ހަދާފާނެ ގޮތަކާއިމެދު ލަޔާ ކަންބޮޑުވީއެވެ. ލަޔާއަށް އެއްވެސް ޖަވާބެއް ދިނުމެއްނެތި ރިހާމު އެނބުރި ދިޔައީ ކޮންތާކަށްކަމެއް ނޭނގެއެވެ. ނަމަވެސް ގިނައިރެއް ނުވެ އޭނާ އައީ ފައިވާނަށް އަރައިގެންނެވެ. އައިގޮތަށް ކޮޓަރިއަށް ވަދެ ޑަންލާފައި އަތުކޮޅަށް ދޮރުޖެހިއެވެ.

ޖިޔާއަށް ރިހާމު އޭނާގެ ގާތަށް އައިގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ހަމައެކަނި އޭނާއަށް އިޙުސާސުވެގެން ދިޔައީ ރިހާމުގެ ދެއަތުގެ ތެރޭ އޭނާ ފިތިބާރުވިކަމެވެ. އޭނާގެ ކޯތާފަތަށް އެރި ރިހާމުގެ އަތްތިލައިގެ ހޫނު ދެތިން އެތިފަހަރެވެ. އެނދުމައްޗަށް ނިކަން ބާރަށް ކޮށްޕާލިކަމެވެ. ޖިޔާގެ ގައިގާ އޮތިއްޔާ އޮތް އަނައުނެއް އިރާ ކުދިކުދި ކުރިކަމެވެ. ސިންގާގެ ވަކިތަކުގެ ދަށުގައި ލޭކޮށިވަމުން ދިޔަ ނިކަމެތި މުސަޅެއް ފަދައެވެ. ޖިޔާ ބިރުގަނެއްޖެއެވެ. ރިހާމުގެ އަތުގެތެރޭން ސަލާމަތްވާން ކުރެވެން އޮތްކަމެއްވިއްޔާ ކުރަންފެށިއެވެ. ރުޅި ކޮންޓްރޯލުން ނެއްޓި ރިހާމުގެ ދެލޯ ހުރީ ރަތްވެފައެވެ. ރިހާމުގެ ގައިގާ ކޮޅުފައިން ޖަހަން ޖިޔާ ހޫރާލި ފައިގައި ކުއްލިއަކަށް ރިހާމު ހިފައި ދަމައިގަތް ގަތީނުން އެނދުމަތިން ވައްޓާލިއެވެ. އޭރު ކޮޓަރިތެރޭގައި ޖިޔާގެ ރޯއަޑު ގަދަވެއްޖެއެވެ.

ކޮޓަރީގެ ދޮރު ކުރިމަތީ މޭގައި ދެއަތްޖޯޑުކޮށްލައިގެން ޖައްސާލައިގެން ހުރި ލަޔާ އިރުއިރުކޮޅާ ސިހެއެވެ. އޭނާއަށްވެސް ޖިޔާގެ އަޑުއިވެމުންދިޔައެވެ. އަނެއްކޮޅުން ރިހާމު ހަޅޭލަވާ އަޑުވެސް އިވެމުންދިޔައެވެ. ކަންބޮޑުވެފައި ހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގިފައި ލަޔާ ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.

“ކަލޭ އަހަރެން މަރާލަންވީނު….” އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައިރުވެސް ޖިޔާ ރޮމުން ހަޅޭލަވައިގަތެވެ.

“މަށާ ޒުވާބުކުރަން އަދި އެބައުޅެޔޭ، ބުނަން ޖިޔާ، ތި އަނގަގަނޑު އިރާނުލަނިސް މައިތިރިވޭ” ރިހާމު އިތުރު އެތިފަހަރެއް އަނެއްކާވެސް ޖިޔާގެ އަނގަމައްޗަށް އެރިއެވެ.

ޖިޔާއަކީ ދުވަހަކުވެސް މީހަކާ ބާރަށް ވާހަކަދެއްކި ކުއްޖެއް ނޫނެވެ. އަދި މީހުންނާ ޖަދަލުކޮށް ޒުވާބު ކުރަމަކީ އޭނާ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު ޖިޔާ ފެންނަނީ މުޅިން އެހެން މީހެއްގެ ސިފައިގައެވެ. އޭނާއަށް އެހާ ހިތްވަރެއް ލިބުނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ލިބެމުން ދިޔަ އަނިޔާތަކުން ވޭން އިޙުސާސު ކުރެވުނަސް އޭނާގެ ހިތް އެހާ ބަލިކަށްޓެއް ނޫނެވެ. އަދިވެސް އޭނާ މަސައްކަތް އެކުރަނީ އޭނާގެ ގޮތުގައި ހިފެހެއްޓުމަށެވެ. ރިހާމާއިއެކު ދިރިއުޅެން ބޭނުންނުވާކަން ހާމަ ކުރާށެވެ. ރިހާމަކީ ވަފާތެރި ފިރިއަކަށްވެވޭނެ މީހެއް ނޫންކަމުގައި ޖިޔާ ޟަމީރު ބުނަމުން ދާތީއެވެ. އެފަދަ ފިރިހެނަކާއިއެކު އުޖާލާ މުސްތަޤުބަލެއް ލިބުމަކީ ވަރަށް ދުރުގައި ވާކަމެކެވެ. ރިހާމު ޖިޔާގެ އަތުގައި ހިފާ ކޮޅަށް ނެގީވެސް ގަދަކަމުންނެވެ. އަދި ދަމަމުން ކަހަލަ ގޮތަކަށް ދޮރާ ދިމާލަށް ޖިޔާ ގެންދަން ފެށުމުން ރިހާމުގެ އަތުގެ ތެރެއިން އަތްދަމައިގަންނަން ޖިޔާ މަސައްކަތް ކުރިއެވެ. ނަމަވެސް ރިހާމުގެ ބާރުވެރިކަމުގެ ކުރިމަތީ ޖިޔާގެ ބާރަކީ އެއްވެސް އެއްޗެއް ނޫނެވެ.

“އަށްދޯއި! އަށްދޯއި!…” ބޭއިޙްތިޔާރުގައި ޖިޔާއަށް މިހެން ކިޔެންފެށުނީ ކޮޓަރީގެ ދޮރުކައިރިއަށް ބުރުއްސައިގެން ގޮސްފައި ހުރި ބައެއް ބިއްލޫރުކޮޅުތައް އޭނާގެ ފަޔަށް ހެރެން ފެށުމުންނެވެ. އެއަޑު އެހުމެއްނެތި ރިހާމު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދޮރުކުރިމަތީ އޭރުވެސް ހުރި ލަޔާ ސިހުނެވެ. އަދި އޭނާއަށް ޖިޔާ ހުރި ހާލު ފެނުމާއިއެކު އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރެވުނެވެ. ޖިޔާގެ ގައިގާ ނިވާކަމުގެ އެއްވެސް ކަންފުޅެއްނުވަނީއެވެ. ރޮއެ ރޮއެ ހުރި ޖިޔާ، ރިހާމުގެ އަތުގައި ތަޅަމުން ދިޔައެވެ.

“ނޫން، ނޫން، ރިހާމު، ޕްލީޒް ރިހާމު” އެޕާޓްމެންޓަށް ވަންނަން ހުރި ދޮރާ ދިމާލަށް ރިހާމު، ޖިޔާ ގެންދަން ފެށުމުން ޖިޔާގެ އަޑުވަކިން ބާރުވިއެވެ. ރިހާމު، ޖިޔާއަށް ބަލާލުމާއިއެކު ދޮރާއި ދިމާލަށް ޖިޔާ ކޮއްޕާލިއެވެ. ފަޔަށް ހެރިފައި ހުރި ބިއްލޫރިކޮޅުތަކާއިއެކު ރަނގަޅަށް ފައި ނުޖެއްސިގެން އުޅެނިކޮށް ޖިޔާ އައިސް ޖެހުނީ ދޮރުފަތުގައެވެ. އެހިނދު މަޑުމަޑުން އޭނާ ދޮރުފަތުގައި މޫނު ޖައްސާލުމާއިއެކު ރިހާމަށް ފުރަގަސް ދިނެވެ. ޖިޔާއަށް އޭރުވެސް ހަމަ ރޮވެނީއެވެ. މަޑުގިސްލުމުގެ އަޑެއްވެސް ލޭކުލަ އަރާފައިވާ ތުންފަތުގެ ތެރެއިން ނުކުންނަމުން ދިޔައެވެ.

“ތިހިރީ ދޮރު، ނުކުމެންދާންނޫޅެ ތިހުންނަނީ ކިހިނެއްވެފަ، އަބަދާއި އަބަދު މި ތަނުން ނުދެވިގެން އުޅޭ މީހެއްނުތީ، ބުނަން ޖިޔާ، އަހަރެން ނުހުންނާނަން ޖިޔާ ޖައްސާހާ ވައްތަރެއް ބަލާކަށް، އަހަރެން ކިތަންމެ ފޯރާފަ އުޅުނަސް ޖިޔާއަކަށް ނުޖެހޭނެ މަގޭ އެއްޗެހި ހަލާކު ކުރާކަށް، އަމިއްލަ ފެންވަރު އޮޅިގެން ތިއުޅެނީ، މީގެ ފަހުން އަހަރެންގެ އެއްޗެއްގައި ޖިޔާ އަތްލައިފިއްޔާ އަދި މިވަރެއް ނޫން ވާނީ، ހަނދާންހުންނާނެތަ؟” ރިހާމު ރުޅިވެރިކަމާއިއެކު ވާހަކަދެއްކިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޖިޔާ ހުރި ގޮތަށް ހުރީއެވެ. އޭނާ މިވަގުތު ރިހާމުގެ މޫނުވެސް ދެކެން ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ރިހާމާއި ޖަދަލު ކުރާނޭ ހިތްވަރުވެސް އެލިގެން ހިނގައްޖެއެވެ. އަމިއްލަ ނަފްސަށް ލިބިގެންދިޔަ އަނިޔާގެ ސަބަބުން ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. ދެ ލޯ މަރާ ބާރުކޮށްލައިގެން ހުރެ ޖިޔާ އޭނާގެ މޭމަތިން ދެއަތް ހުރަސްކޮށް ހިފަހައްޓާލިއެވެ.

ޖިޔާއަށް ބަލަހައްޓައިގެން ހުރި ރިހާމު ހަށިފުރާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހީވަނީ އޭނާގެ ރުޅިގަނޑު މަޑުކުރަން މަސައްކަތް ކުރާހެނެވެ. ނިތްކުރީގައި އަތްހާކާލުމާއިއެކު ދެފަރާތަށް ބޯހޫރާލަމުން އިސްޖަހާލި ވަގުތު ޓައިލްސްތައްމަތީ ރޮނގެއްހެންނާއި ފިޔަވަޅުތަކެއް ހެން ހުރި ލޭގެ ކުލަ ފެނުނެވެ. ދެންވެސް ރިހާމު ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ޖިޔާގެ ފަޔަށް ބަލާލިއެވެ. އިނގިލި ތަކުގެ ކޮޅު ޖައްސައިގެން އޭނާ ކޮޅަށް ހުންނަން މަސައްކަތް ކުރަނީއެވެ. އެހިނދު އާދެވުނު ރުޅި އާއިމެދު ރިހާމަށް ވިސްނާލެވުނެވެ. އޭނާއަކީ ރުޅި ގަދަ މީހެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ. އެކަމަކު އެފަދަ ދަރަޖައަކަށް ރުޅި ނާންނަތާ ވަރަށް ޒަމާންވެއްޖެއެވެ. ޖިޔާ ހުރިގޮތުން މިހާރު އޭނާގެ ހިތަށްވެސް އަސަރުތަކެއް ކުރުވައިފިއެވެ.

“ދެން ތިހެން ހުންނަންވީކީ ނޫން، ޖިޔާ ނުކުމެގެން ދާން ބޭނުން ނުވަންޏާ ދޭ ކޮޓަރިއަށް، އަމިއްލައަށް ހޭވި ހަޑި ސާފުކުރަން ފަށާ” ރިހާމުގެ އަޑު މިފަހަރު އެހާ ބާރެއް ނުވިއެވެ. އޭނާ އަވަސް އަވަހަށް އައިސް ސޯފާތަކުން ދިގު ސޯފާގަނޑީގައި އޮށޯވެ ހަށިގަނޑު ދަމާލިއެވެ. އަދި އެއްއަތް ނިތްކުރިމަތީ ބާއްވާލައިގެން ދެ ލޯ މަރާލިއެވެ.

އިރުކޮޅަކު ދޮރުކައިރީ ހުރުމަށްފަހު މަޑުމަޑުން ކޮރު ޖަހަމުން ޖިޔާ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. އެތަން ފެނި ލަޔާ އަވަސް އަވަހަށް ޖިޔާއަށް އެހީވާން އައެވެ. ނަމަވެސް ލަޔާ، ޖިޔާގެ ކޮނޑުގައި ހިފަހައްޓާލަންވާއިރަށް އޭނާގެ އަތް ފޮޅުވާލައިފިއެވެ. އަދި ބާރުބާރަށް ރޮމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަނެވެ. ބަންޑުން އެނދުމައްޗަށް ޖިޔާ ވެއްޓިގަތެވެ. އޭނާގެ ފަހަތުން އައިސް އެ ކޮޓަރިއަށް ލަޔާ ވަނެވެ. ދޮރުމަތީ ޖިޔާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އެ ކޮޓަރިތެރެ ސާފު ކުރާނޭ އެއްޗެހި ހިފައިގެން އައިސް އެކަން ކުރަން ފެށިއެވެ. ރީތިކޮށް ރިހާމުގެ ހެދުންތައްވެސް ފޮޅާފައި ނަގާ އެއްފަރާތުގައި ބަހައްޓަމުން ދިޔައީ އެ ހުރިހާ ހެދުމެއް ދޮވެގެން ނޫނީ ދެން ބޭނުން ކުރުން ރަނގަޅު ނުވާނޭތީއެވެ. ކާޕެޓުވެސް ބެލްކަންޏަށް ނެރެ މުޅި އެތި ސާފުކޮށްގެން ލަޔާ އައި އިރުވެސް ޖިޔާ އޮތީ އެނދުގައެވެ. އެގޮތް ލަޔާއަށް ކަމަކު ނުދިޔައެވެ. ޖިޔާގެ ޅަކަން ލަޔާއަށް އިޙްސާސް ކުރެވެއެވެ. އަދި މިވަގުތު އޭނާއަށް އިތުރު މީހެއްގެ އެހީތެރިކަންވެސް ބޭނުންވާކަން ލަޔާއަށް ވިސްނެއެވެ. ފަސްޓް އެއިޑް ފޮށި ހިފައިގެން އައިސް އެނދުގެ އެއްފަރާތުގައި ބަހައްޓާފައި ފާޚާނާ ކައިރީ ހުރި ކަބަޑުން ތުވާޔެއް ހިފައިގެން އައިސް ޖިޔާގެ ބުރަކަށީގައި އަޅައި އޭނާ ނިވާކޮށްދިނެވެ. އަދި މަޑުމަޑުން ޖިޔާގެ ފައިގައި ހުރި ބިއްލޫރިކޮޅުތައް ނައްޓަމުން ދިޔައެވެ. މިފަހަރު ޖިޔާ، ލަޔާގެ އެއްވެސް ކަމެއް ނުހުއްޓުވައެވެ. ނަމަވެސް އޭނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.

“މެޑަމް، މެޑަމް….” ޖިޔާގެ ފައި ބެންޑޭޖުކޮށްދިނުމަށްފަހު ލަޔާ މަޑުމަޑުން ޖިޔާގެ ކޮނޑުގައި ކޮއްޓާލަމުން ގޮވަން ފެށިއެވެ. ޖިޔާ ދެކޮޅު ހެދުމެއްނެތި ތެދުވެ އިށީންނަމުން ލަޔާ އަޅައިދިން ތުވާލި ހަށިގަނޑުގެ ވަށައިގެން އޮޅާލިއެވެ. އެނދުގެ ހެޑުބޯޑާއި ހަމައަށް ޖިޔާ ދެމިލަމުން އަތުރާފައި ހުރި ބާލީސްތަކުގައި ބުރަކަށި ޖައްސާލިއެވެ. އެހިނދު ލަޔާ، ޖިޔާގެ ގާތުގައި އިށީނދެ ބޭސްފޮތިކޮޅަކުން ޖިޔާގެ ތުންފަތްކައިރި ސާފުކޮށްދެން ފެށިއެވެ. ލަޔާގެ އޯގާތެރިކަން ފެނި ޖިޔާގެ ހަނދާނަށް ވެރިވެގެން ދިޔައީ އޭނާގެ މަންމަގެ އޯގާތެރިކަމެވެ. އެކަމަކު އޭނާ އެ އޯގާތެރިކަމަށް އެންމެ ބޭނުންވި ހިނދު އެ މަންމަ އެވަނީ އޭނާ ނީލަމެއްގައި ވިއްކާލާފައެވެ. ބޮޑު އަގުގައެވެ. ދުނިޔޭގެ އުފަލާއި އަރާމަށްޓަކައެވެ. ވަގުތުން ޖިޔާއަށް އިސްޖަހާލެވުމާއިއެކު މާބޮޑަށް ރޮވިއްޖެއެވެ.

“ތަދުވަނީ… ސޮރީ…” ލަޔާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ޖިޔާގެ ދަތްދޮޅީގައި ހިފައި އުފުލާލީ އެ ލޮލަށް ބަލާލުމަށެވެ. ޖިޔާ ވާހަކަ ނުދެއްކި ނަމަވެސް އެ ލޮލުން ބުނަނީ ކީކޭކަން ލަޔާއަށް އެނގެއެވެ. ލަޔާގެ އުމުރުން މައްޗަށް ގޮސްފައިވާއިރު އޭނާއަށްވެސް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. ޢާއިލާގެ މާލީ ހާލަތު ހުރިގޮތުން ދަރިން ދޫކޮށް އެހެން ޤައުމަކަށް އޭނާއަށްވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ. މިއަދު ހިނގާދިޔަ ކަންތަކުގައި އޭނާ ރިހާމު ވަރަށް ބޮޑަށް ކުއްވެރި ކުރެއެވެ. ޖިޔާގެ އުޅުމުގައި ހުންނަ ޅަކަން ލަޔާއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވެއެވެ. އުމުރު ނޭނގުނު ނަމަވެސް، ޖިޔާއަކީ އުމުރުން ވަރަށް ހަގު ކުއްޖެއްކަން ލަޔާއަށް އެނގެނީވެސް އެހެންވެއެވެ. ޖިޔާ އިސްއުފުލާ ލަޔާއަށް ބަލާލިގޮތަށް އޭނާގެ ގައިގާ އޮޅުގަނެއްޖެއެވެ. އަދި ގިސްލާ ރޮމުން ދިޔައީ ލަޔާގެ ގައިގާ ބާރަށް ހިފާއްޓައިލައިގެން އިނދެއެވެ. ކޮންމެވެސް މީހެއްގެ ހިމާޔަތްތެރިކަމަށް އޭނާ ބޭނުންވެފައި އިން ކަހަލައެވެ. ލަޔާއަށް ހަދަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ. އެހެންނަމަވެސް މަޑުމަޑުން އޭނާގެ އަތުން ޖިޔާގެ ބޮލުގައި ފިރުމަން ފެށިއެވެ.

“ޖިޔާ….” ފުރަތަމަ ފަހަރަށް ލަޔާ، ޖިޔާގެ ނަމުން ގޮވާލީ އޯގާތެރި ކަމާއި މައިވަންތަ ކުލުނު އެކުލެވޭ ފަދަ ގޮތަކަށެވެ. ލަޔާ ބޭނުންވީ އެ މަޤާމުގައި މިއަދު އޭނާގެ އަންހެން ދަރިފުޅު އިންނަމަ، ދަރިފުޅަށް ދޭނޭ އޯގާތެރިކަން ޖިޔާއަށް އިޙްސާސް ކޮށްދިނުމެވެ.

“ޖިޔާ، މަންމަ ހުންނަނީތަ، މަންމަ ކޮބާ” ލަޔާ އަހާލިއެވެ.

“އަހަރެންގެ މަންމައެއް ނުހުންނާނެ، މަންމަ ބޭނުންވަނީ ފައިސާ…” ޖިޔާ ރޮމުން މިހެން ބުނި އިރު އޭނާ ކީ އެއްޗެއް މާބޮޑަކަށް ލަޔާއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

ސޯފާގައި އޮތް ރިހާމު ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. ފުންމައިގެން ތެދުވިގޮތަށް ފަޓުލޫނު ޖީބުގައި ދެފަރާތުން ދެއަތް ޖައްސާލިއެވެ. ފޯނު އޮތީ ކޮންކޮޅަކު ތޯ ޔަގީންވުމުން އެ ނަގާ ބަލާލީ ގުޅާ މީހަކު އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. ދިއްލިފައި ހުރި ސްކްރީނުން ފެނަން އޮތް ޝޫޒާގެ ނަން ފެނިފައި ރިހާމު ވަރަށް ކަންބޮޑުވިއެވެ. ފޯނު ކަނޑާލުމަށްފަހު ގަޑިން ވީއިރެއް އޭނާ ބަލާލިއެވެ. މެންދުރުވެ ދިޔައީއެވެ. އޭނާއަށް ސޯފާގައި އޮވެ ނިދުނީއެވެ. ދެލޮލުގައި އަތްހާކާލަމުން ޝޫޒާއަށް ގުޅިއެވެ. އޭރު ބެލްކަންޏާއި ވީ ފަރާތުގައި ލަޔާ ދޮވެފައި ހުރި އެއްޗެހި ހިއްކަން އުޅެއެވެ. ރިހާމު ފޯނު ކޯލު މާ ދިގު ނުކޮށް ކަނޑާލީ ފަހުން ގުޅާނަން ކަމަށް ޝޫޒާގެ ގާތުގައި ބުނެފައެވެ. ހަޤީޤަތުގައި އޭނާ ބޭނުންވީ ޖިޔާގެ ހާލެއް އެނގެންށެވެ. ޓައިލްސްތަކަށް ބަލާލިއިރު ލޭގެ ނިޝާނެއް އެއްވެސް ވަރަކަށް ފެންނާކަށް ނެތެވެ. އޭނާ ކޮޓަރިއަށް އައިސް މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނެވެ. އެނދުގައި އަރިއަކަށް ފުންނިންޖަކުން ނިދިފައި އޮތް ޖިޔާ ރިހާމަށް ފެނުނެވެ. އޮޅާލެވިފައި އޮތް ހުދުކުލައިގެ ބޮޑު ތުވާލި ޖިޔާގެ ކަށިމައްޗާއި ހަމައަށް އަރައެވެ. ރިހާމު މަޑުމަޑުން ޖިޔާގެ ގާތަށް އައިސް ހުއްޓިލިއެވެ. މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިކޮޅުތަކުގެ ތެރެއިން އެ ކުޑަކުޑަ ދޮން މޫނު ފެންނަން އޮތް ގޮތުން ރިހާމުގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތް ކުޑަކުއްޖެއްހާ ޖިޔާ މައުސޫމެވެ. ދެކަކޫ މައްޗަށް ރިހާމު ތިރިވުމާއިއެކު ޖިޔާގެ މޫނުމައްޗަށް ވެރިފައިހުރި އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން ކަންފަތްކައިރީ އަޅުވާލިއެވެ. އަދި ޖިޔާގެ މޫނާ މޫނު ގާތްކޮށްލުމާއިއެކު ޖިޔާގެ ނިތްކުރިމައްޗަށް ކޮށާލެވިފައި ހުރި އިސްތަށިކޮޅުތައް މައްޗަށް ހިއްލާލަމުން ނިތްކުރީގައި ބޮސްދިނެވެ. އެހިނދު ޖިޔާ ސިހިގެންގޮސް ތެޅިގަނެފައި ފުންމައިގެން ތެދުވަން އުޅުނެވެ.

“އައި އެމް ސޮރީ…” ރިހާމު އަވަސް އަވަހަށް އޭނާގެ ދެއަތް ކުޑަކޮށް މައްޗަށް ހިއްލާލަމުން ދުރައްޖެހިލާފައި ބުންޏެވެ. ބޭނުންވީ އޭނާ ޖިޔާއަށް ގެއްލުމެއް ދޭން ނޫޅޭކަން އަންގައިދިނުމެވެ. އެއްވެސް އެއްޗެއް ނުބުނެ ޖިޔާ ބަލަހައްޓައިގެން އިނީއެވެ. ޖިޔާގެ ކޯތާފަތުން އެއްފަރާތް ކުޑަކޮށް ދުޅަވެފައި ހުރިތަން ރިހާމަށް ފެނުނީ ދެނެވެ. ބޭއިޙްތިޔާރުގައި ކަހަލަ ގޮތަކަށް ރިހާމަށް އަނެއްކާވެސް ޖިޔާގެ ގާތަށް ދެވުނެވެ. ޖިޔާއަށް ހީވީ ބިރުވެރި އެއްޗެއް ގާތްވާން އުޅުނު ހެންނެވެ. އެނދުގައި ދެއަތްވިއްދާލާފައި ރިހާމާއި ދުރަށް ދެމިގަތެވެ. ނަމަވެސް ރިހާމު ޖިޔާގެ ގާތަށް އެނދަށް އަރާ އޭނާ ގެނެސް އެމޭގައި ޖައްސާ ބާރުކޮށްލިއެވެ.

“އައި އެމް ސޮރީ، ދެން އެކަހަލަ ކަމެއް ނުވާނެ އެނގޭ، ޖިޔާ ކީއްވެތަ އަހަރެން ރުޅި އަންނަ ގޮތަކަށް ކަންތައް ކުރަނީ، އަހަރެންވެސް މީ އިންސާނެއް، އެހެންވީމަ ހުރިހާ ވަގުތަކު ކެތްކޮށްލައިގެން ހުންނާނީ ކިހިނެއް، ކޮންމެވެސް ވަގުތަކުން އަތުން ފައިން ގޯސް ހެދޭ ދަރަޖައަށް ދާނެ، ދެން އެހެން ނޫޅެއްޗޭ، އަހަރެން ބޭނުމެއްނޫން ޖިޔާއަށް އަނިޔާ ކުރާކަށް، ތިހާ ލޯބި ލޯބި ކުއްޖަކު ރޯތަން ދެކޭކަށްވެސް ބޭނުމެއްނޫން” ރިހާމު، ޖިޔާގެ ބޮލުގައި ބޮސްދެމުންނާއި ފިރުމަމުން ވާހަކަދެއްކިއެވެ. ޖިޔާ އިނީ ރިހާމުގެ ގާތުން ދުރަށް ނުދެވިފައެވެ.

“ހިނގާ ހޮޓް ބާތެއް ނަގާލަން، އޭރުން ހަށިގަނޑަށް ވަރަށް އަރާމު ވާނެ” ރިހާމު، ޖިޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އެ ރީތި ދެލޮލަށް ބަލާލާފައި ބުންޏެވެ. ދެންވެސް ޖިޔާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ. އެ ދެލޮލުގައި ކުޑަ ރަތްކަމެއް ހަރުލާފައި ވުމުގެ އިތުރުން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. ދެރަވުމެއް ރުޅިއައުމެއްވެސް ނުވެއެވެ. ރިހާމާއި ދެކޮޅު ހެދުމެއް ނެތެވެ. ރިހާމުގެ އަތުގެ ތެރޭގައި ޖިޔާ ބާއްވާލަމުން އެނދުގައި އޮށާވެލާފައި ރިހާމު އެ މޫނުގައި ބޮސްދޭން ފެށިއެވެ. ދުޅަވެފައި ހުރި ތަންތަނުގަ އާއި ތުންފަތުގައި ފަޅައިގެން ގޮސްފައި ހުރި ތަނުގައިވެސް މަޑުމަޑުން އޭނާ ބޮސްދެމުން ދިޔައެވެ. ހަމައެއްވެސް އެއްޗެއް ބުނަން ބޭނުން ނުވެފައި އޭރު ވެސް ޖިޔާ އޮތެވެ. ފުރާނަނެތް މަސްގަނޑެއް ހެންނެވެ. އެއްދިމާލަކަށް ކަޅި ހުއްޓާލައިގެންނެވެ. ރިހާމު، ޖިޔާ އާއި ދުރަށް ޖެހިލާފައި ފާޚާނާއަށް ވަންނަން ތައްޔާރުވިއެވެ. ހުރިހާ ކަމެއް ތައްޔާރުކޮށްލާފައި އައިސް އޭނާގެ އަތްދަނޑިމައްޗަށް އެނދުގައި އޮތް ޖިޔާ އުފުލާލިއެވެ. އޭނާ ޖިޔާ ގޮވައިގެން ފާޚާނާއަށް ވަދެ ބިނލިގާގެ ތެރޭގައި އިށީނެވެ. ޖިޔާގެ ބެންޑޭޖުކޮށްފައި އޮތް ފައި ބިނލިގާގެ ބޭރަށް ވާގޮތަށް އެލުވާލަމުން އޭނާގެ އުނގުގައި ޖިޔާ ބޭންދިއެވެ. އަދި ފެންގަނޑުގެ ތެރޭގައި އޮތް ސްޕޮންޖު ކޮޅު ނަގާ އޭގައި ހަރުލާފައި ހުރި ފެންތައް ޖިޔާގެ ކަނދުރާ ދޮށުން ކޮނޑާދިމާލަށް ފިތާލަމުން އަޅާލިއެވެ.

ރިހާމުގެ މޭގައި ޖިޔާގެ ބޯ ޖައްސާލައިގެން އޮތް ގޮތަށް އަޑެއްވެސް ލައްވާނުލަ ދެލޯ މަރާލައިގެން އޮތީ ރިހާމު ބޭނުން ކަމެއް އޭނާއަށް ކުރަން ދޫކޮށްލައިގެން އޮތްހެނެވެ. ފާޚާނާގައި އެވީ ވަގުތުކޮޅުގެ ތެރޭގައިވެސް އެތައް ފަހަރަކު ރިހާމު މާފަށް އެދުނެވެ. އަދި ޖިޔާ ޝަކުވާނުކޮށް ކުރިންވެސް އުޅޭހެން ކަންތައްކުރަން އޭނާ ބޭނުންވާކަން ހާމަކުރިއެވެ.

ފާޚާނާއިން ނުކުން ރިހާމު، ޖިޔާ ގެނެސް އެނދުމަތީ ބާއްވާލަމުން އޭނާގެ ގާތަށް އަރާ އޮށޯވެއްޖެއެވެ. ޖިޔާ ފަރާތުން އޭނާ ހިތްއުފާކުރިއެވެ. ނަމަވެސް ޖިޔާ އަނގައިން ނުބުނެ އޮންނާތީ އެކަން ރިހާމަށް އުނދަގޫކުރިއެވެ.

“ކީއްވެތަ ޖިޔާ އެއްވެސް އެއްޗެއް ނުބުނެ ތި އޮންނަނީ، އަދިވެސް އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ” ރިހާމު ލޯތްބާއިއެކު ޖިޔާގެ މޫނުގައި ފިރުމާލަމުން ބުންޏެވެ.

“އަހަރެން ނުބުނިއްޔާ ނޫނީ ރިހާމަށް ހަމަ ނޭނގެނީތަ” ޖިޔާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅު ނުވިޔަސް އޭނާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ ރާގެވެ.

“ޕްލީޒް ޖިޔާ، ޖަދަލު ކުރަން ނޫޅެބަލަ، ރީތިކޮށް ބަސް އަހައިގެން އަހަރެންގެ އަންބެއްގެ ގޮތުގައި އިންނަންވީނު، އޭރުން ހަމަ ރަނގަޅުވާނީވެސް ޖިޔާއަށް” ރިހާމު ބުންޏެވެ.

“އަހަރެން ރިހާމުދެކެ ވަރަށް ފޫހިވޭ، ތި ސޫރަވެސް ދެކޭހިތެއް ނުވޭ، ތީ ރަހުމު ކުޑަ ނުލަފާ މީހާގަނޑެއް، އަހަރެން މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނޫން ތި މުޑުދާރު މީހާ ގަނޑާ އެއްވެސް ވާހަކައެއް ދައްކާކަށްވެސް، ކަލެ އާއިއެކު އުޅުމަށްވުރެ މަރުވުންވެސް މާ ރަނގަޅުވާނެ ކަން ޔަގީން، ހީވާ ކަހަލަ އަހަންނަށް ވަރުގަދަ އަޒާބެއް ލިބެމުން ދަނީއޭވެސް، ރިހާމަކީ ކާމިޔާބު މީހެއްކަން އަހަންނަށް އެނގޭ، ދެން ކީއްކުރަންތަ އެހާ ވަރަކުން އަހަރެން ބަންދުކޮށްގެން ތި ގެންގުޅެނީ” ޖިޔާ މައްޗަށް ބަލަހައްޓައިގެން އޮވެ ބަސްތައް ފައްޗަކަށް އަމުނާލިއެވެ.

“އޯކޭ، ޖިޔާ އަހަންނާ ރީތިކޮށް ވާހަކަދައްކަން ބޭނުން ނުވަންޏާ ނުދައްކާ އޮތަސް އަހަންނަށް ވަރިހަމަ، އަހަރެންވެސް ވަކި ޖިޔާ އާއި ރީތިކޮށް ވާހަކަދައްކާކަށް ދެން ގަސްދެއް ނުކުރަން، ޖިޔާ، ޖިޔާގެ ގޮތުގައި ހިފަހައްޓައިގެން ހުރޭ، އަދި ބުނަން، ވަގުތު ޖެހުނީމަ ޖިޔާ ތި ބޭނުންވާ ކަންތައްވެސް އަހަރެން ކޮށްދޭނަން، ކޮންމެހެން އަހަންނަކަށްވެސް ތީ އެހާ މުހިންމު މީހެއް ނޫން، އަހަރެން ބޭނުންނެތިގެން އެއްލާލަންދެކަށް ޖިޔާގެ ކިބައިން އަހަރެން ބޭނުންވާ ހުރިހާ ކަމެއް ފުއްދާނަން، ރުހުނަސް… ނުރުހުނަސް..، މީގެ ކުރިން އަހަރެން ހީކުރީ ތީ ވަރަށް މަޑުމައިތިރި އަންހެން ކުއްޖެއް ކަމަށް، އެކަމަކު މިހާރު ޖިޔާގެ ގޮތްވެސް އެނގިއްޖެ، އަމިއްލައަށް ތިހާ މަރުވަން ބޭނުންވެގެން އުޅެންޏާ މަރުވިޔަސް އަހަރެންގެ ހިތަށް ހަމަ ނާރާނެ އެކައްޗެއްވެސް” ކުރުއަތް މައްޗަށް ޖިޔާއަށް ބަލަން އޮތް ރިހާމު، ޖިޔާ އާއި ދުރަށް ޖެހިލާފައި އެނދުގައި ހަށިގަނޑު ދަމާލަމުން ދެއަތް ބޯދަށަށް ލައްވާލާފައި ޖިޔާ އާއި ދިމާލަށް ބުންޏެވެ. ތުންފިއްތާލަ ފިއްތާލާ ޖިޔާ އޮތީއެވެ. ރިހާމާއި އިތުރަށް އޭނާ ވާހަކަދައްކާނަމަ މޮޔަވެދާނެއޭ ހިތަށް އަރާފައެވެ. އޭނާގެ ބޭނުމަކީ ޖިޔާގެ އުފާތައް ނިއުޅައި ގަތުމެވެ. އެ ހިތަށް އަނިޔާ ދިނުމެވެ. ޖިސްމުގައި ލަކުނުތަކެއް ލެއްވުމެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮރުވާލުމަށް ޖިޔާ، ރިހާމަށް ފުރަގަސް ދެމުން އަރިއަކަށް ޖެހިލިއެވެ.

* * * *

ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ ދުވަސްތައް ޖިޔާ ގުނަމުން ދިޔައެވެ. އޭނާގެ ޚަޔާތްވަނީ ބަނަވެފައެވެ. ދުރުދުރުންވެސް އަލިވާނެ ކަމުގެ ކޮޅުމަތި ފެންނާކަށް ނެތެވެ. ކޮޓަރީގައި ގައިދީއެއްހެން އިނުމަކީ މިހާރު އޭނާގެ ކޮންމެ ދުވަހެއްގެ އާދައަށް ވެއްޖެއެވެ. ޖަލުގައި ތިބޭ ގައިދީންވެސް ޖިޔާއަށްވުރެ މިނިވަންވާނެ ކަމުގައި އޭނާ ދެކެއެވެ.

މިއަދަކީ ޖިޔާއަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އެހެންނަމަވެސް އެކަން އެނގޭ މީހުން ތިބީ މާ ދުރުގައެވެ. އެމީހުން ޖިޔާ އުޅޭ ހާލެއް ބަލާލާކަށް ބޭނުމެއްނުވެއެވެ. އެހެންނޫންނަމަ އޭނާ އުޅޭތަނެއް އޮޅުން ފިލުވައިގެން އައީހެވެ. މެންދުރުވެގެން ދިޔައިރުވެސް ފިކުރު ކުރުމުގައި ޖިޔާ އޮތީ އެނދުމަތީ ބަންޑުން އޮށޯވެލައިގެންނެވެ. އަމިއްލަ ދިރިއުޅުމަށް ފާޑުކިއުމުގައެވެ. ރިހާމަށް ބަދު ދުޢާ ކުރުމުގައެވެ. އުމުރުން ސަތާރަ އަހަރު ފުރުމުގެ އުފާވެރިކަން ޖިޔާގެ މޫނު މައްޗަކުން ނުފެނެއެވެ. ބާލީހުގައި ބާރަށް ބައްދާލުމާއިއެކު އޭނާ ރޯންފެށިއެވެ. ޖިޔާ ހަޤީޤަތަކަށް ހަދަން ބޭނުންވާ އެތަށް ހުވަފެންތަކެއް އެބަހުއްޓެވެ. އުމުރުން ގެއްލޭ ކޮންމެ ދުވަހަކީ ޖިޔާއަށް ބޭކާރު ދުވަހަކަށް ވާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ކަންތައްވަނީ އޭނާ ބޭނުންވާ ގޮތާއި މުޅިން އިދިކޮޅަށެވެ. މީހަކާ ވާހަކަދައްކާލަން ބޭނުންވިޔަސް އެފަދަ ކަމެއް ކުރާނޭ ފަރާތެއް މިހާރަކު ޖިޔާގެ ހަޔާތަކު ނުވެއެވެ.

ރިހާމުގެ ދިރިއުޅުމަށް ބަދަލެއް ނަޔަސް އޭނާއަށް ޝޫޒާގެ ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. ޝޫޒާ އާއި ކައިވެނި ކުރާނަމޭ ބުނެ އެ ރަށަށް ރިހާމު ނުގޮސްގެން އޭނާ ހުރީ ވަރަށް ރުޅި އައިސް ދެރަވެފައެވެ. ރިހާމަށް އަބަދު ގުޅައިގެން ޝަކުވާ ކުރުން ނޫންކަމެއް ޝޫޒާއަކަށްވެސް ނެތް ކަހަލައެވެ. ރިހާމު އަދިވެސް އެދެނީ އޭނާއަށް ކުޑަދުވަސްކޮޅެއް ދިނުމަށެވެ. ރިހާމުވެސް މިހާރު ޖިޔާ އާއި މާ ގަޔާވާ ހެނެއް ހިޔެއްނުވެއެވެ. ގޭން ބޭރުގައި އުޅޭ ވަގުތުތައް ގިނަވެފައި އޭނާ އާއި ޞޮފާގެ ގުޅުންވަނީ ވަރަށް ގާތް ވެފައެވެ. އެހެންވެ ރޭގަނޑުގެ ވަގުތުތައްވެސް ގިނައިން ރިހާމު ހޭދަކުރަނީ ޞޮފާގެ ގާތުގައެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމާއިމެދު ގޮތެއް ނިންމަންވެއްޖެ ކަމުގައި ރިހާމު ދެކެއެވެ. އަދި ދިރިއުޅުން ބައްޓަން ކުރާނެ ގޮތަކާއިމެދު އޭނާ ވަރަށް ވިސްނައެވެ.

އޮފީހުގެ ގަޑި ނިމުމާއިއެކު ހުރިހާ މުވައްޒަފުން ގެއަށް ދާންފެށިއެވެ. ގިނައިރެއްނުވެ މުޅިތަން ފަޅުވެއްޖެއެވެ. މަޑުމަޑުން ގޮނޑިން ތެދުވި ޞޮފާ ތުއިގޮތަކަށް ހިނގާލާފައި އައިސް ރިހާމުގެ ކެބިންނަށް ވަނެވެ. ރިހާމަށް ޞޮފާ ފެނުމާއިއެކު ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިފިއެވެ. އެއާއިއެކު ޞޮފާ އައިސް ރިހާމުގެ އުނގަށްވަނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ދެމީހުން މަސްހުނިވަމުން ގޮސް ދުރު ނުވެވޭހާ ގާތްވެފައި ތިއްބާ ކުއްލިއަކަށް ރިހާމުގެ ފޯނު ރިންގުވާން ފެށިއެވެ. ސިހިފައި ރިހާމު ބަލާލީ ތަރުތީބު ގެއްލިފައިވާ މޭޒުމައްޗަށެވެ. އޭނާގެ ފޯނު އޮތް ހިސާބެއް ހޯދާލުމަށެވެ.

“ޖަސްޓް އިގްނޯއިޓް” ޞޮފާ ރިހާމުގެ މޫނުގައި ދެއަތުން ހިފާ އޭނަ އާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. އެހެންނަމަވެސް ރިންގުވާ އަޑާއިއެކު ރިހާމުގެ ސަމާލުކަން ދަނީ އެކަމަށެވެ. އެންމެ ފަހުން މޭޒުމަތިން ފޯނު ނެގުމަށްފަހު ދެ ޚިޔާލެއްގައި ހުރެފައި ފޯނު ރިންގުނުވާގޮތް ހެދިއެވެ. އެއަށްފަހު އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ފުންނޭވާ އަކާއިއެކު ގޮނޑީގެ ތެރެއަށް ރިހާމު ވެއްޓިގަތެވެ. އޭރު ކަރުގައި އަޅާފައި އޮތް ޓައީ ނެތްތަނުގައި ލައިގެން ހުރި ގަމީހުގެ ގޮއްތަށްވެސް ވަނީ ނައްޓާލާފައެވެ. މޭޒުމަތިން ތެދުވި ޞޮފާ ވެސް ރިހާމުގެ މޭޒުގެ ކުރިމަތީ ހުރި ގޮނޑިއެއްގައި އިށީނދެ ރިހާމަށް ބަލާލިއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު ކުއްލިއަކަށް ހޭންފެށިއެވެ. ދެންވެސް ރިހާމުގެ ސަމާލުކަން އަތުލީ ކާޕެޓުމައްޗަށް ރިހާމު ވައްޓާލި ފޯނެވެ. އޭގެ ސްކްރީނު ދިއްލެމުން ދިޔައެވެ. އަވަސް އަވަހަށް ފޯނު ނަގާ ބަލާލާފައި ޞޮފާއަށް ލޮލުން އިޝާރާތްކޮށްލީ އެތަނުން ނުކުތުމަށެވެ.

“އަހަރެން އިންދަ އެހެންޏާވެސް ރިހާމު ފޯނުން ވާހަކަދައްކަމެންނު، ކީއްވެތަ އެހާ ވަރަކުން އަހަރެން ބޭރަށް ފޮނުވާލަން ތި އުޅެނީ، އެހެންނޫނަސް އެހާ ނައިސް ޓައިމުކޮޅެއް ސްޕެންޑުކޮށްލާފަ ރިހާމާއި ދުރަށް ދާހިތް ނުވެފަ މިއިނީ، ސޯ އަހަރެން މިތާ އިން ދީބަލަ” ޞޮފާ، އޭނާ ލައިގެން ހުރި ގަމީސްކޮޅާއި ފިއްތި ސްކާޓު ރަނގަޅު ކުރަމުން ބުންޏެވެ.

“މީ ވަރަށް ޕްރައިވެޓް ކޯލެއް، ޕްލީޒް، ޞޮފާ އެހަށް ދޭ، އަހަރެން ފޯނު ނިންމާލާފަ ޞޮފާ ގެއަށް ލާދެން ދާނަން، އެގޮތް އެންމެ ރަނގަޅެންނު” ރިހާމު ހިނިތުންވެލަމުން ބުންޏެވެ. އެ ހިނިތުންވުން ޞޮފާގެ ހިތްރުއްސާލަ ދިނެވެ. އަރަން ގެންގުޅުނު ދެބޫޓުކިބަ އިނގިލީގައި އަޅުވާލައިގެން މަޑު ހިނގުމެއްގައި ޞޮފާ ނުކުތެވެ. އޭނާގެ ފަހަތުން ރިހާމު  އައިސް ކެބިންގެ ދޮރު ތަޅުލިއެވެ. އަދި ނިތްކުރީގައި އަތްޖައްސާލާފައި ފުންނޭވާއެއް ބޭރުކޮށްލީ މީހާ ހަމަޖެހިލުމުގެ ބޭނުމުގައެވެ.

“ހެލޯ” ރިހާމު ފޯނުން ބުނެލިއެވެ.

“ފޯނު ނަގަން އެނގިއްޖެއްދޯ، ކިހާ އިރެއް ގުޅާތާ، އަހަންނަށް މިހާރު ޔަގީންވެއްޖެ ރިހާމު އަހަންނާ ނީންނާނެކަން، މިހާރުވެސް ތިއޮތީ ޖިޔާގެ ގާތުން ހޫނު ބޮޑިއަޅަން ދޯ، އެހެންނުވާނީ، ޅަވެފަ ރީތިވީމަ އޭގެ އަގުމަތިވާނެ އެންނު، ނުބުންޏަސް އަހަންނަށް އެނގެޔޭ، ރިހާމު ރީތިކޮށް އަހަރެން ގާތު ބުނަންވީނު، ދެން އަހަންނާ ކައިވެނި ކުރާކަށް ބޭނުމެއް ނުވެޔޭ، ކާފަވެސް ހުރީ ޝައްކެއްގެ މަތީގައި ރިހާމު އަހަންނާ ކައިވެނި ކުރާނެ ކަމުގެ، މަންމަމެންވެސް އަބަދު އެ ދައްކަނީ މިހާރު ރިހާމު ބޭނުންވާނީ މާލޭ ކުއްޖަކާ ގުޅޭށޭ، ހަޤީޤަތަކީވެސް އެއީ، ބަޔަކަށް ނޭނގުނަސް އަހަންނައްތާ އެނގޭނީ ރިހާމު ކައިވެނިވެސް ކޮށްގެންކަން އުޅެނީ، އެއްފަހަރުވެސް ރިހާމު ވިސްނާލިންތަ އަހަރެންގެ ހިތަށް ތަދުވާނެ ވަރު، ކުރާނެ އަސަރު… ބުނަން ރިހާމު، އިތުރު އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން، އަބަދުވެސް ރިހާމު ދައްކާނެ ބަހަނާއެއް އޮވޭ، އަހަރެން އަޑުވެސް އެހިން ޤަބޫލުވެސް ކުރިން، އެކަމަކު ދެން ހެޔޮ، ކުރިއަށް މިއޮތް ހަފްތާ ތެރޭ ރިހާމު އަހަރެންގެ ގާތަށް އަންނަންޏާ އަންނަންވީ، އޭގެ ފަހުގަ އަހަރެން ދެކޭނީ ރިހާމު އަހަރެންދެކެ ހަޤީޤީ ލޯބި ނުވަނީކަމުގަ، އަހަރެންވެސް އޭގެ ފަހުން ރިހާމައި ގުޅޭކަށް ބޭނުމެއްނޫން، އޭރުން އޮންނާނީ ވަގުތު ފާއިތުވެފައި، އަހަރެން ރިހާމުދެކެ ކިތަންމެ ލޯބިވިޔަސް އެ ގޮތަށް ކަންތައް ކުރާނަން، ރިހާމަށް އެނގޭނެ އަހަރެން ކަމެއް ކުރަން ބުނެވިނަމަ އެގޮތަކަށް އެކަން ކުރާނެކަން” ޝޫޒާގެ އަޑުން ހީވީ އޭނާ ރޮނީ ހެންނެވެ.

“ލޯބީ، ރޮނީތަ… ޕްލީޒް ނުރޮއެ، އަހަރެން މިބުނީނު ދާނަމޭ، އަހަރެން ޝޫޒާ އާއި މެރީ ކުރާނީވެސް، ޕްރޮމިސް ކުރިއަށް މިއޮތް ހަފްތާ ތެރޭ ދާނަންކަން، މިހާރު މި ޓިކެޓް ހަމަޖައްސަނީ، ކާފަ އާއި މަންމަ މެނަށް ނޭނގޭނެ، އަހަންނަކަންނު އެނގޭނީ އަހަރެން ޝޫޒާ އާއި ކައިވެނި ކުރަން ބޭނުންވާ ވަރު އަދި ޝޫޒާދެކެ ލޯބިވާ ވަރު، ސޯ ޕްލީޒް، ނުރޮއެ ހުއްޓާލާ” ރިހާމު މިހެން ބުނުމުންވެސް ޝޫޒާ އުފާވިހެނެއް ހިޔެއްނުވެއެވެ. އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމުގައި ބުނެ ޝޫޒާ ފޯނު ކަނޑާލީއެވެ. ރިހާމު ޗޮކެއް ކަނޑާލާފައި އަނެއްކާވެސް އައިސް އޭނާގެ ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އިށީނެވެ. ދެން ހަދާނެ ގޮތަކާއިމެދު އޭނާ ވިސްނަން ފެށިއެވެ.

ޖިޔާއަށް އަނިޔާކުރެވުނު ފަހުން ރިހާމު އެއްގޮތަކަށްވެސް ޖިޔާ އާއި ގާތްވާހިތެއް ނުވެއެވެ. ގެއަށް ދިޔަޔަސް ކޮޓަރިއަށް ވަންނަނީ ހަމަ އެކަނި ރޭގަނޑު ނިދަންވީމައެވެ. އެހެންނޫނީ އޭނާ މަސައްކަތް ކުރަނީ ގެއިން ބޭރުގައި ހުރިހާ ވަގުތެއް ހޭދަކުރެވޭތޯއެވެ. ޞޮފާ އާއި އޭނާގެ ގުޅުން ގާތްވާން ފެށީ ވެސް މިހެންވެގެންނެވެ.

ނިތްކުރީގައި އަތްހާކާލުމާއިއެކު އަނެއްއަތުގައި އޮތް ފޯނު ނަގާ ނަންބަރެއް ހޯދާލިއެވެ. އަދި އެ ނަންބަރަށް ގުޅާލުމާއިއެކު ކަންފަތުގައި އޭނާ ފޯނު ޖައްސާލިއެވެ. ރިހާމު، ހަޤީޤަތުގައި ވެސް ޝޫޒާގެ ގާތަށް ދާން ނިންމީއެވެ. އޭނާ ގުޅައިގެން އިނީ ފްލައިޓުގެ ޓިކެޓު ހަމަޖެއްސުމަށެވެ. ކުރަން ބޭނުންވި ކަންތައް ހަމަޖެހުމާއިއެކު ރިހާމު ފޯނު ކަނޑާލަމުން، ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އޭނާގެ ސިކުނޑީގައި ހިނގަނީ ކޮން ޚިޔާލެއް ކަމެއް ނޭނގެއެވެ. އެންމެފަހުން މަޑުމަޑުން ގޮނޑިން ތެދުވެ ލައިގެން ހުރި ގަމީހާ އެއްޗެހި ރީތިކޮށްލައިފިއެވެ. ކެބިންއިން ބޭރަށް ނުކުން އިރު ޞޮފާ ގެންގޮސް ގެއަށް ލާދޭނަމޭ ބުނި ހަނދާނެއް ރިހާމު ނެތެވެ. އެކަން ހަނދާންވީ، އޮފީހުން ނުކުންނަން ދަނިކޮށް ޞޮފާ ގޮވާލާފައި ބުނުމުންނެވެ.

“އާނ، އާދޭ އަވަހަށް” ރިހާމު މިހެން ބުނެ އޮފީހުން ބޭރަށް ނުކުތެވެ. ޞޮފާ އަތްދަބަސް ހިފައިގެން އޮފީހުން ނުކުމެ އޮފީހުގެ ދޮރު ތަޅުލައިފިއެވެ. އަދި ނިކަން ޗާލު ކަމާއިއެކު އައިސް ރިހާމުގެ ކާރަށް އެރިއެވެ.

“ޞޮފާ، އަހަރެން މިއުޅެނީ ދުވަސްކޮޅަކަށް ރާއްޖެތެރެއަށް ޖައްސާލަން، އާދެވޭނެ ދުވަހެއް ބުނާކަށްވެސް ނޭނގެ، ކޮންމެހެން އަހަރެން ނިންމަންޖެހޭ ކަމެއް މެދުވެރިވެއްޖެއްޔާ ނާހިދު ހުންނާނެ، އަހަރެން އޭނާ އާއި ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާފަ ދާނީ، އަހަރެން އެނބުރި އަންނަންދެން ޞޮފާ އޭނާ އާއި ވާހަކަދައްކައިގެން ކަންކަން ކުރިއަށް ގެންދޭ، އެކަމަކު ބުނަން، އަހަރެން އެނބުރި އަންނަންއިރު ހުރިހާ ކަމެއް ރެކޯޑުތަކުން ފެންނަން ހުންނަންވާނެ” ރިހާމު ކާރު ދުއްވަމުން ޞޮފާ އާއި ވާހަކަދެއްކިއެވެ.

“ހާދަ ކުއްލި ގޮތަކަށް، ކިހިނެއްވީ، ކޮންކަމަކު ރާއްޖެތެރެއަށް ދަނީ” ޞޮފާ ހައިރާންވެފައި އަހާލިއެވެ.

“އަމިއްލަ ދަތުރެއް އެއީ، ޞޮފާ ގާތު މި ބުނެވުނު ކަންކަން ކުރެވޭތޯ ބަލާ” ރިހާމު މިހެން ބުނުމުން އޭނާ އިތުރަށް އެކަން އޮޅުން ފިލުވާދޭން ބޭނުން ނުވާކަން ޞޮފާއަށް އެނގުނެވެ. އެހެންވެ އުފެދުނު ސުވާލުތައް ދިރުވާލައިގެން އިން ގޮތަކަށް އިނީއެވެ. ބައެއް ފަހަރު ރިހާމު އެގޮތަށް ވާހަކަދައްކާތީވެ ޞޮފާ ވަރަށް ދެރަވެއެވެ. މާބޮޑަށް ރިހާމާއި އޭނާ ދުރުކޮށްލާހެން ހީވަނީއެވެ. ގެއާއި ހަމައަށް އާދެވުމާއިއެކު ރިހާމުގެ ކާރުން ޞޮފާ ފޭބިއެވެ.

“މާދަމާ އޮފީހަށް އަންނާނަންތަ” ޞޮފާ ދެރަވެލާފައި ރިހާމަށް ބަލާލަމުން އަހާލިއެވެ.

“އާން، މާދަމާ އައިސް އަހަރެން ހުރިހާ ކަމެއް ހަމަޖައްސާލާފަ ދާނީ، އެކަމަކު ތަންކޮޅެއް ކުރިން އޮފީހުން ނުކުންނާނަން، އަހަރެން މާދަމާ ދާންވާއިރަށް ނާހިދު އާއި އަހަރެން ބައްދަލުކޮށްލަން ބޭނުންވާކަން އަންގާލާފަ ބާއްވައްޗޭ” ރިހާމު ބޯޖަހާލުމާއިއެކު ބުންޏެވެ. ޞޮފާ އެއްވެސް އެއްޗެއް ނުބުނެ އޭނާގެ ގެއަށް ވަނުމަށް ހިނގައިގަތެވެ. ރިހާމު މިސްރާބުޖެހީ އޭނާ އުޅޭ އެޕާޓްމެންޓަށް ދިއުމަށެވެ.

އެޕާޓްމެންޓަށް ވަދެގެން އައި ރިހާމު އެންމެ ފުރަތަމަ ކަމެއްގެ ގޮތުންވެސް ގޮވާލީ ލަޔާއަށެވެ. އޭރު އޭނާ އުޅެނީ ކޮޓަރީގައެވެ. އެހެން ހީވެގެން ރިހާމު އައިސް ލަޔާގެ ކޮޓަރީގައި ޓަކި ދިނެވެ.

“ލައްބަ” ދޮރުހުޅުވާލި އިރު ދޮރުމަތީ ހުރި ރިހާމު ފެނުމުން ލަޔާ އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރެންގެ ބޮޑު ފޮށްޓަށް ހެދުންތައް އަޅާ ތައްޔާރުކޮށްދީ، އަދި އަލަމާރީގަ އޮންނާނެ އަހަރެންގެ ދަބަސްވެސް، އެވެސް ސާފުކޮށްލަ ދީފަ ބާއްވާ، ރީތިވާ އެއްޗެހި ފޮށްޓަށް އަޅާނީ އަހަރެން އައިސް، މާދަމާ މެންދުރު ވާންވާއިރަށް އެކަން ކޮށްލާފަ އެނގޭ ބަހައްޓާނީ، އަދި އެއްކަންތައް، މިގޭ ބޮޑުމީހާ ގްރައުންޑު ފްލޯ އެޕާޓްމެންޓް އޭ-ވަން ގަ އުޅޭނެ، މިތަނުގެ ރެންޓު ޓޫ މަންތްސް އަށް ދައްކާފަވާނީ، އެހެންވީމަ ޓޫ މަންތްސް ހަމަވީމަ ލަޔާ އަހަރެންގެ ގެއަށް ބަދަލުވޭ، ގެ އެނގެއެއްނު ދޯ، ޝޫޒާ ވިލާ ކިޔާނީ، އަހަރެން ފުރަމުން ލަޔާއަށް ގޭގެ އެޑްރެސް ކާޑު ދީފަ ދާނީ، ދެން ބުނަން، މިވާހަކަތައް ޖިޔާއަށް އެނގިގެން ނުވާނެ” ރިހާމު ބޭނުންވި ހުރިހާ ވާހަކަދެއްކުމަށްފަހު އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލަޔާއަށް އިރުކޮޅަކު އޭނާގެ ކޮޓަރީ ދޮރުކައިރީ މަޑުކޮށްލެވުނެވެ. ރިހާމުގެ ފަރާތުން އިވުނު ކަންކަމާއިމެދު ވިސްނާލާށެވެ. އަނެއްކޮޅުން ލަޔާ، ޖިޔާ އާއިމެދުވެސް ވިސްނާލިއެވެ. މިހާރު އަނެއްކާ ރިހާމު އެ އުޅެނީ ކީއްކުރަން ބާއޭ ލަޔާގެ ހިތަށް އެރިއެވެ.

ކޮޓަރީގެ ތަޅު ހުޅުވާލި އަޑު ޖިޔާއަށް އިވުނެވެ. ނަމަވެސް ދޮރާ ދިމާލަށް އޭނާ ބަލާވެސް ނުލިއެވެ. ރިހާމު ވަދެގެން އައިގޮތަށް ވަނީ ފާޚާނާއަށެވެ. އޭނާ ފެންވަރާލައިގެން އެއްޗެހި ބަދަލު ކޮށްލިއެވެ. އެނދުމަތީ އޮތް ޖިޔާއަށް އެއްވެސް ފަރުވާލެއް އޭނާގެ ނެތެވެ. ސެންޓު ޖަހާލުމާއިއެކު އަތުގައި އޮތް ޓީޝާޓު ބޮލުން ވައްޓާލަމުން އޭނާ އެ ކޮޓަރިން ނުކުތެވެ. މިފަހަރު އޭނާ ދިޔައީ ކޮޓަރި ތަޅު ނުލައެވެ. ރިހާމު ގެއިން ނުކުންނާނެހާ އިރުކޮށްފައި މަޑުމަޑުން ޖިޔާ ތެދުވިއެވެ. އަދި އައިސް ދޮރުގެ ތަޅުގައި ހިފާ އަނބުރާލީ ޔަގީން ކުރުމަށެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ވަގުތުން ދޮރު ހުޅުވިއްޖެއެވެ. ފުންނޭވާއެއް ލުމާއިއެކު ޖިޔާ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ސިޓިން ރޫމަށް ނުކުތީ ރިހާމު ހުރެދާނެ ކަމަށް ހީކޮށެވެ. އެހެންނަމަވެސް އެ އެޕާޓްމެންޓުގެ ތެރޭގައި ރިހާމު އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ދޮރުކައިރީ ރިހާމުގެ ކެޝުއަލް ބޫޓު ފެންނަން ނެތުމުން އޭނާ ބޭރަށް ދިޔައީ ކަމުގައި ޖިޔާ ޔަގީން ކުރިއެވެ. އެހިނދު އަވަސް އަވަހަށް އޭނާ ނުކުތީ ބެލްކަންޏަށެވެ. ސާފު ވައިރޯޅިއެއްގެ ބީހިލުން އިޙްސާސް ވުމާއިއެކު ޖިޔާއަށް އޭނާގެ ދެލޯ މަރާލެވުނެވެ. ހީވަނީ އެތަށްހާސް އަހަރުތަކަކަށްފަހު މިނިވަންކަމެއް ލިބުނު ހެންނެވެ. ލިބުނު ހިތްހަމަޖެހުމުގެ މައްޗަށް ސިކުނޑި ބާރުފޯރުވާން ފެށީ އެވަގުތުއެވެ. ރިހާމު ދޮރު ތަޅު ނުލާ ދިޔައީ ކީއްވެ ކަމާއިމެދު ޖިޔާގެ ސިކުނޑި ސުވާލު ކުރަން ފަށައިފިއެވެ. ވެރިވެގެން ދިޔަ ހައިރާން ކަމާއިއެކު އެ ސުވާލަށް ޖަވާބު ދޭނޭ ގޮތެއް ޖިޔާއަކަށް ނޭނގުނެވެ.

“އަހަރެން ފިލައިގެން ދާން ރިހާމު ފުރުޞަތު ދިނީތަ، އޭނަ މިހާރު އަހަންނަށް އުނދަގުލެއްވެސް ނުކުރޭ، އެ ދުވަހު އަނިޔާ ކުރެވުނީމަ އެކަމާ ދެރަވެގެން ކަމަށްވެސް ވެދާނެ، އެކަމަކު ރިހާމު ދެރަވެދާނެބާ… ނޫނީ ވެދާނެ އަހަރެން ފިލައިގެން ދޭތޯ ބަލަން ކަމަށް ދޮރު ހުޅުވީ، އަހަރެން ޓެސްޓުކޮށްލަން ބޭނުންވަނީ ކަންނޭނގެ، އަހަރެން ގޮސްފިއްޔާ އެ ދުވަހަށް ވުރެ ބޮޑުވަރުކޮށްލާނެ ކަންނޭގެ…. ނޫޅެން، ނުދާނަން، އެހެންނޫނަސް މަންމަ ގާތަށް އެގެއަށް ދިއުމަށްވުރެ މާ ރަނގަޅު މިގޭގަ މިހާލުގަ އުޅެންވެސް” ޖިޔާ މޫނު ހަދާލުމާއިއެކު ގޭތެރެއަށް ވަނެއެވެ.

އިރުއޮއްސި އަނދިރިކަން އައިސް ވަށާލަމުން ދިޔައެވެ. ސިޓިން ރޫމުގައި އިން ޖިޔާ ފެނި ލަޔާއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އޭނާއަށް ޖިޔާއަށް ގޮވާލެވުނީވެސް އެހެންވެއެވެ.

“ރިހާމެއް ނެތް ގެއަކު، އޭނަ ދިޔައީ ކޮޓަރި ހުޅުވާފަ” ލަޔާގެ މޫނުމަތިން ފެންނަމުން ދިޔަ ސުވާލަށް ޖިޔާ ޖަވާބުދިނެވެ. ލަޔާ ހިނިތުންވެލާފައި އައީ ބަދިގެ ފަރާތަށެވެ. ދެންވެސް އޭނާއަށް ވިސްނާލެވުނީ ރިހާމާއިމެދުއެވެ. ރިހާމު އެ އުޅެނީ ކީއްކުރަން ބާއެވެ. ލަޔާއަށް ދެން ވިސްނުނު ގޮތުގައި ރިހާމު ބޭނުންވަނީ ޖިޔާ ގޮވައިގެން ފުރާށެވެ. އެކަމަކު އެ ޚިޔާލުވެސް މުޅިން ދެކޮޅެއް ނުޖެހެއެވެ. އެހެންނަމަ ރިހާމު ބުނާނީ އެދެމީހުންގެ އެއްޗެހި ފޮށްޓަށް އަޅާ ތައްޔާރު ކުރާށެވެ. ވިސްނި ވަރަކަށް ޖިޔާގެ ހާލާމެދު ލަޔާގެ ހިތުގައި ހަމްދަރުދީ އުފެދެމުން ދިޔައެވެ.

މާދަމާގެ މެންދުރަށް ރިހާމުގެ އެއްޗެހި ތައްޔާރު ކުރަން ޖެހޭތީވެ، ލަޔާ އުޅުނީ އެއްޗެހި ދޮންނަންށެވެ. އޭނާ ދޮވުނު އިރު ޖިޔާގެ އެއްޗެހިވެސް ދޮވުނެވެ. ލަޔާ އާމުކޮށް އެއްޗެހި ދޮންނަ ދުވަހަކަށް ނުވިޔަސް އެކަން ޖިޔާއަކަށް ފާހަގައެއް ނުވިއެވެ. އޭނާ އޮތީ ކުރީގައިވެސް އޭނާ އޮންނަ ގޮތަށް ސޯފާގައި ޓީވީ ބަލާށެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހުމުން ލަޔާ އޭނާއަށް ކާން ގޮވިއެވެ. އަނެއްކާވެސް ކައިގެން އައިސް އެރީ ސޯފާ އަށެވެ.

ގަޑިން އެކެއް ޖަހާ ދިޔަފަހުން އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ވަން ރިހާމަށް ސޯފާގައި ނިދިފައި އޮތް ޖިޔާ ފެނުނެވެ. އެހެންވެ މަޑުމަޑުން ދޮރު ލައްޕާ ތަޅުލިއެވެ. އޭރުވެސް ހުޅުވާފައި ހުރި ޓީވީގެ ޗެނަލަކުން އިނގިރޭސި ފިލްމެއް ދައްކަމުން ދިޔައެވެ. އިރުކޮޅަކު ޖިޔާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ރިހާމު އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ސޯފާގައި އޮތް ޖިޔާ އަށް ހޭލެވުނީ އޭނާގެ ފައިތިލަޔަށް މާބޮޑަށް ފިނިވެގެންނެވެ. ފުންމައިގެން ތެދުވި ގޮތަށް ގަޑި ބަލާލިއެވެ. އަދި އަވަސް އަވަހަށް އައިސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން އޭނާއަށް އެނދުގައި ނިދާފައި އޮތް ރިހާމު ފެނުނެވެ. ދެންވެސް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީ ނިވާލުމަށްފަހު ޖިޔާ އައިސް ކޮޓަރިއަށް ވަނެވެ.

މުޅިން އާ ދުވަހަކަށް ޖައްވު އަލިކޮށްލާފައި ވެއެވެ. ނިދިން ހޭލެވުނު ޖިޔާ ފެންވަރާ ރީތިވެލައިގެން ނުކުންއިރު ރިހާމު އޮފީހަށް ހިނގައްޖެއެވެ. އޭނާ އާއި އަނގައިން ބުނުމެއްނެތިއެވެ. އެގޮތް ޖިޔާއަށް ކަމަކު ނުދިޔައެވެ. ރިހާމު އެހެން ހަދަނީ ކީއްވެބާއޭ ޖިޔާގެ ހިތަށް އެރިއެވެ. މިފަހަރުވެސް ކޮޓަރީގެ ދޮރު ހުރީ ތަޅު ނުލައެވެ. ޖިޔާ ނުކުތުމާއިއެކު ލަޔާ ސައިބޯން ގޮވައިފިއެވެ. މިއަދު ލަޔާގެ އަތްމަތި އަވަސްކޮށްލާފައި ހުރިކަން ޖިޔާއަށް ފާހަގަ ކުރެވުނެވެ. އިތުރަށް ހައިރާންވީ ސައިބޮއެގެން ކޮޓަރިއަށް ވަދެލިއިރު ލަޔާ ރިހާމުގެ ހެދުންތައް ފަތްޖަހާފައި ތިރީގައި ހުޅުވާފައި އޮތް ފޮށްޓަށް އަޅަން ފެށުމުންނެވެ.

“ރިހާމު ފުރަނީތަ” ވަގުތުން ޖިޔާ އަށް އަހާލެވުނެވެ.

“ބޮސް ނުބުނަނީ ދަނީ ކޮންތާކަށްކަން، މެންދުރު ޕެކުކުރަން ބުނަނީ” ލަޔާ ބުނި އެއްޗެއް ޖިޔާއަށް ދޭހަވިއެވެ. ސިކުނޑީގައި އެއްފަހަރާ އެތަށް ޚިޔާލުތަކެއް އެނބުރިގަތެވެ. ޖަވާބު ނޭނގޭ ސުވާލުތަކުން ބޯ ހާސްކުރުވިއެވެ.

ލަޔާ، ރިހާމުގެ އެއްޗެހި ފޮށްޓަށް އަޅާ ނިމެންދެން އެނދުގައި ޖިޔާ އިށީނދެލައިގެން އިނެވެ. އިތުރަށް ލަޔާ އާއި ސުވާލެއް ކުރިޔަސް ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ. އޭނާ ގާތު މެންދުރަށް ފޮށިތައްޔާރު ކުރަން ބުނެފައި އެވަނީ މެންދުރު ރިހާމު ގެއަށް އަންނާނެތީ ތާއޭ ޖިޔާގެ ހިތަށް އެރިއެވެ. ދެން ހިތަށް އެރީ ރިހާމު އައުމުން އޭނާ ދާން އުޅޭ ތަނަކާއިމެދު ސުވާލު ކުރާށެވެ. އަދިވެސް ޖިޔާއަކީ އޭނާގެ އަންބެކެވެ. އެހެންވީމާ ރިހާމު އޭނާ އާއި ދުރަށް ދާން އުޅޭނަމަ ދާތަނެއް ޖިޔާއަށް އެނގުން ހައްޤުކަން ބޮޑުކަމުގައި ވިސްނުނެވެ. ފިކުރުތައް ސިކުނޑި ކަމުން ދާއިރު ޖިޔާއަށް އޭނާގެ ތިރީތުންފަތުގައި ދަތްއެޅެމުން ދިޔައެވެ.

“ޑޯންޓް ވޮރީ ޖިޔާ” ފޮށި ލައްޕާލި ލަޔާއަށް ހާސްވެފައި އިން ޖިޔާ ފެނުމުން ހިނިތުންވެލާފައި ބުނެލިއެވެ. ބޭނުންވީ ޖިޔާގެ ހިތްހަމަޖައްސާލަ ދިނުމެވެ. ޖިޔާވެސް ލުއި ހިނިތުންވުމެއް ދިނުމާއިއެކު ބޯޖަހާލަމުން ލަޔާ އާއިއެކު އެކޮޓަރިން ނުކުމެއްޖެއެވެ.

މެންދުރު ރިހާމު ގެއަށް އަންނާނެ އިރަކަށް ޖިޔާ އިންތިޒާރު ކުރަމުން ދިޔައެވެ. ސޯފާގައި ޓީވީ ބަލަން އިނެއް ކަމަކު އޭނާގެ ނަޒަރު އިރުއިރުކޮޅާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ހުއްޓެމުން ދިޔައެވެ. ޓީވީއިން ދައްކަމުން ދިޔަ އެއްވެސް މަންޒަރަކަށް އޭނާގެ ޝައުގުވެރިކަމެއް ނުދެވުނެވެ. ވިސްނެނީ ރިހާމާއި މެދުގައެވެ. ކަންބޮޑުވެ ހާސްވެފައި އިނދެ އެޕާޓްމެންޓުގެ ދޮރާ ދިމާލަށް ބަލާލެވޭ ފަހަރުވެސް މަދެއް ނޫނެވެ. އެހެން އިންދާ ގަޑިން އެއްގަޑި ބައިވަނިކޮށް ކުއްލިއަކަށް އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި އެ ވަނީ ރިހާމެވެ. ހާސްކަމުގެ އިތުރުން ޖިޔާއަށް ހައިރާންކަމެއް ލިބުނީ ރިހާމުގެ އަތުގައި އޮތް މެދު ސައިޒުގެ ފޮށިންނެވެ.

“ހާދަހާ ބައިވަރު ފޮށްޓެއް ގެންދަން އެ އުޅެނީ، އަނެއްކާ ވަރަށް ގިނަ ދުވަހަށް ދާން ކަންނޭނގެ، އެއްގޮތަކުން ނަސީބެއް ކަންނޭނގެ މީނާ ދާތީ، އޭރުން އަހަންނަށް އުނދަގޫ ކުރާނޭ މީހަކު ނުހުންނާނެ، އެކަމަކު… ރިހާމު މިހާރު ނޫޅޭ އަހަންނާ ގާތްވާހިތަކުން، އެއީވެސް އަޖައިބެއް، މިހާ ބޮޑު ބަދަލެއް މީނާއަށް އައީ ކީއްވެބާ” ސޯފާގައި ދޮރާ ދިމާލަށް ބަލަހައްޓައިގެން އިން ޖިޔާގެ ހިތަށް އަރަމުން ދިޔައެވެ.

“ކޮބާ ލަޔާ” ރިހާމަށް ސޯފާގައި އިން ޖިޔާ ފެނުމާއިއެކު އަހާލިއެވެ.

“އެ ފަރާތުގައި، ގޮވާލަންވީތަ” ޖިޔާ މިހެން ބުނެ ސޯފާއިން ތެދުވިއެވެ. ރިހާމުވެސް ބޯޖަހާލަމުން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. އެއާއިއެކު ޖިޔާ އަވަސްވެގަތީ ލަޔާއަށް ގޮވާލުމަށެވެ.

ލަޔާގެ ފަހަތުން ޖިޔާވެސް އައިސް ކޮޓަރިއަށް ވަނެވެ. އެހެންނަމަވެސް އޭނާ ހުރީ ދޮރުމަތީ މަޑުކޮށްލައިގެންނެވެ. ރިހާމު ގެނައި ފޮށި އޭރު ހުރީ އެނދުކައިރީ ބަހައްޓާފައެވެ. ފެންނަފެނުމަށް އެ ފޮށި ހީވަނީ އަންހެނަކު ގެންގުޅުމަށް ޚާއްޞަ ކުރެވިފައި ހުރި ފޮށްޓެއް ހެންނެވެ. ފޮށީގެ ބޭރުގައި ހުރި ކުރެހުންތަކުންވެސް ދައްކުވައިދެނީ އެފަދަ ގޮތެކެވެ. އެކަމަކު ރިހާމުގެ ގައިގާ ހުންނަނީ އެއަށްވުރެ ފިރިހެން ގޮތެކެވެ. އޭނާ ގެންގުޅޭ ތަކެތީގައިވެސް ހުންނަނީ އެ ފަދަ ޝަހުސިއްޔަތެއް ދައްކުވައިދޭ ފަދަ ގޮތެކެވެ. ސުވާލަކަށް ފަހު ސުވާލެއް ޖިޔާގެ ސިކުނޑީގައި އުފެދެމުން ދިޔައެވެ. ރިހާމު، ލަޔާ އާއި ވާހަކަތަކެއް ދައްކަމުން ރީތިވާ މޭޒުމަތީގައި ހުރި އޭނާގެ ސާމާނުތައް ލަޔާ ނަގާފައި އޮތް ދަބަހަށް އަޅަން ފެށިއެވެ. އާންމުކޮށް ރިހާމަށް ބޭނުންވާނޭ ހުރިހާ އެއްޗެއްވެސް އޭނާ އެޅީ އެ ދަބަހަށެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ އެ ކަމަށް ދެވިފައެވެ. ލަޔާ ގާތު ކޮށްދެން ބުނި ހުރިހާ ކަމެއް ނިމުމުން އިތުރު ކަމެއް ބޭނުންވޭތޯ އޭނާ ރިހާމުގެ ގާތުގައި އެހިއެވެ. އެހިނދު ނިކަން އަވަހަށް ރިހާމު ދެފަރާތަށް ބޯހޫރާލިއެވެ. ކޮޓަރިން ނުކުންނަން ދިޔަ ލަޔާއަށް ތަންދެއްކުމުގެ ގޮތުން ޖިޔާ އެއްފަރާތަށް ޖެހިލިއެވެ. ލަޔާ ދަމުން ޖިޔާގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން ހިނިތުންވެލީ ހާސްނުވާށޭ ބުނާފަދަ ގޮތަކަށެވެ.

“ޖިޔާ، އާދެބަލަ” ރިހާމު ކުއްލިއަކަށް ޖިޔާއަށް ގޮވާލުމުން އޭނާގެ ހަތަރެސްފައި ފިނިވާގޮތްވިއެވެ. މަޑުމަޑުން ކޮޓަރިތެރެއަށް ވަން ޖިޔާގެ ދުލުގައި ތަޅެއްލެވިފައި ހުރި ކަހަލައެވެ. ރިހާމާއި ސުވާލު ކުރަން ބޭނުންވިޔަސް އެކަމެއް އޭނާއަކަށް ނުވިއެވެ. ރިހާމު ހުރީ ރުޅި އައިސްފައެއްވެސް ނޫނެވެ. އެހެންނަމަވެސް ޖިޔާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެހެންވާންވީ އެއްވެސް ސަބަބެއް ޖިޔާއަކަށް ނުވިސްނުނެވެ.

“އަހަރެން މިދަނީ ފުރަން، އަހަންނަށް އެނގޭ ޖިޔާ އަހަންނާއިއެކު އުޅޭކަށް ބޭނުމެއް ނޫންކަން، މިހިރަ ފޮށްޓަކީ އަހަރެން ޖިޔާއަށް ގެނެސްދިން ފޮށްޓެއް، ހިތަށް އަރުވާލާ އެއީ އަހަރެންގެ ފަރާތުން ޖިޔާއަށް ދޭނެ އެންމެ ފަހު ހަދިޔާ ކަމުގައި، ދެން ހިތަށް އަރާފާނެ ޖިޔާއަށް ފޮށްޓެއް ހަދިޔާ ކުރީ ކީއްވެބާއޭ، އެ ފޮށްޓަކީ ޖިޔާ މިތަނުން ނުކުމެގެން ދާއިރު ޖިޔާގެ ހުރިހާ އެއްޗެއް އަޅަންވީ ފޮށި، މި އެޕާޓްމެންޓަކީ އަހަރެންގެ ތަނެއް ނޫން، މި މަހަށާއި ކުރިއަށް މިއޮތް މިހަށް އަހަރެން ވާނީ ކުލި ދައްކާފައި، އެހެންވީމަ ކުރިއަށް އެއްމަސް ދުވަސް އެބައޮތް ޖިޔާ ބޭނުންނަމަ މި އެޕާޓްމެންޓުގައި އުޅެން، ދެން އަދި ބުނަން، މީގެ ފަހުން ޖިޔާ ތިކާ ބޭސްތަކެއް ކާކަށް ނުޖެހޭނެ، އެއީ ހަމައެކަނި މީހުނާ އިނދެގެން އުޅޭ މީހުން ކާންޖެހޭ ބޭހެއް…” ރިހާމު މިހެން ބުނުމާއިއެކު ޖިޔާ ވަރަށް ހައިރާންވިއެވެ.

“ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނު” ދެލޯ ބޮޑުވެފައި ހުރި ޖިޔާއަށް ކުއްލިއަކަށް އަހާލެވުނެވެ. އޭނާއަށް އެއްގޮތަކަށްވެސް ރިހާމު އެދައްކާ ވާހަކައެއް ނުވިސްނުނެވެ. ހިތުގެ ވިންދު ކުރިއަށްވުރެވެސް އަވަސްވެއްޖެއެވެ.

“މިއަދުން ފެށިގެން ޖިޔާ ތިހިރީ މިނިވަންކޮށްފަ، އަހަރެން ޖިޔާ ވަރިކޮށްފިން، ޖިޔާގެ މަންމަމެން ގާތަށް ދިޔަޔަސް އެންމެ ރަނގަޅު، މިއޮތީ ދުއިސައްތަ ރުފިޔާ، ޖިޔާ ގެއަށް ދިއުމުގެ ޚަރަދު، ކުރިއަށް މިއޮތް މަސް ނިމެންދެން ލަޔާ އުޅޭނީ މިގޭގައި، ޖިޔާ އެހާ ހިސާބަށް މިގޭގައި އުޅޭކަމަށް ވަނީނަމަ އޭނާ ކައްކާފަ ކާންދޭނެ، އެކަމަކު އަހަންނަށް އެނގޭ ޖިޔާ މިހާރު ހުންނާނީ ވަރަށް އުފަލުންކަން، އަހަރެންގެ ކިބައިން ސަލާމަތްނުވެވިގެން އުޅުނު މީހަކަށް މިއަށްވުރެ ރަނގަޅު ޚަބަރެއް ނޯންނާނެ އެންނު، އެހެންވީމަ އެންމެ ހިނދުކޮޅަކުވެސް މިތަނުގައި މަޑުކުރާކަށް ޖިޔާ ބޭނުން ނުވާނެކަން އެނގޭ، އަހަރެން ޖިޔާ އާއިއެކު ދަރިއަކު ހޯދަން ބޭނުންނުވާތީ އެ ބޭސްތައް ޖިޔާއަށް ގެނެސްދިނީ، އެހެންވެ މިބުނީ މިހާރު ޖިޔާ އެ ބޭސްތައް ކާކަށް ނުޖެހޭނެޔޭ، އެކަމުންވެސް ޖިޔާ ސަލާމަތްވީ އެންނު، އަހަރެންގެ ކިބައިން ސަލާމަތްވާއިރު އަހަރެންގެ ފަރާތުން ޖިޔާއަށް ދަރިއަކު ލިބުމަކީވެސް ބޮޑު ބުރައަކަށް ވާނެކަމެއް، ހުރިހާ ކަމެއްވެސް އެހެންވީމަ މިވީ އެންމެ ރަނގަޅަށް، ނޫންތަ، ކަންތައް ކުރާނެ ގޮތެއް އެނގޭނީ ޖިޔާއަށް، އަހަރެން ދެން މިދަނީ، ދުވަހަކުވެސް ޖިޔާ ހޯދާކަށް އަހަންނެއް ނޫޅޭނަން، އަހަރެންގެ ބޭނުންވެސް މިހާރު ފުދިއްޖެ، މާބުރާ ކޮކާލަށް ޖައްސާނެ މަލެއް ނުލިބިއެއް ނުދާނެ” ރިހާމު ވިހަ ހިނިތުންވުމެއް ޖިޔާއަށް ދިނެވެ. އަދި ފޮށި ނަގާ ކޮޅަށް ޖަހާފައި އޭތި ދަމަމުން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ރީތިވާ މޭޒުމަތީ ދުއިސައްތަ ރުފިޔާ އޮތެވެ. އެއަށް ބަލާލުމެއް ނެތި ޖިޔާއަށް ބޭއިޙްތިޔާރުގައި ރިހާމުގެ ފަހަތުން ކޮޓަރިން ނުކުމެވުނެވެ. ރިހާމު ދެއްކި ވާހަކަތައް އަދިވެސް ޖިޔާއަށް ޤަބޫލު ނުކުރެވިފައި ހުރި ފަދަ ގޮތަކަށެވެ.

“ލަޔާ، އަހަރެން މިދަނީ ފުރަން، ނެކްސްޓު މަންތު ނިމުނީމަ ގްރައުންޑު ފްލޯ ގައި ހުންނަ ބޮޑު މީހާއަށް އެޕާޓްމެންޓުގެ ތަޅުދަނޑި ހަވާލު ކުރާތި، އަދި އެ ކޮޅު ގެއަށް ބަދަލުވާތި، އަން މިއޮތީ ލަޔާގެ ދެމަހުގެ މުސާރަ، އަހަރެން މިކޮޅަށް އަންނާނެ ދުވަހެއް އަދި ނޭނގެ، އެހެންވެ ކުރިން މިދިނީ” ރިހާމު، ލަޔާ އާއި ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޖިޔާއަށް ރިހާމު ސަމާސާ ކުރަނީކީ ނޫންކަން ޔަގީންވިއެވެ. އޭނާ ހަޤީޤަތުގައިވެސް އެ ދަނީއެވެ. ޖިޔާ މިނިވަންކޮށްދީފައެވެ. މިވީ ކިހިނެއްބާއޭ ޖިޔާގެ ހިތަށް އެރިއެވެ. އަދި އަމިއްލަ ހިތާ ސުވާލު ކުރަން ފެށިއެވެ.

“އަހަރެން ރިހާމާއި ވަކިވާން ބޭނުންބާ؟ ނޫނީ ރިހާމު ބުނިހެން މިކަން މިވީ އެންމެ ރަނގަޅަށްބާ؟ ދެންކީއްވެ އަހަރެން އުފާނުވަނީ، އަވަހަށް ގެއަށްދާން ބޭނުން ނުވަނީ” ހުއްޓުން އަރާފައި ހުރި ފަދަ ގޮތަކަށް ޖިޔާ ރިހާމަށް ބަލަހައްޓައިގެން ހުއްޓެވެ. ރިހާމު ފަސްއެނބުރި ބަލާލުމެއްނެތި އެޕާޓްމެންޓުން ނުކުމެގެން ދިޔައީ އޮފީހަށް ދިއުމަށް ހެނދުނު ލައިގެން ހުރި އެއްޗިއްސާއިއެކުއެވެ. ހަމައެކަނި ނެތީ ކަރުގައި އޮންނަ ޓައީއެވެ. ޖިޔާ އަވަސް އަވަހަށް އައިސް ބެލްކަނިން މަގުމަތި ބަލާލިއެވެ. ދަމާފައި ހުރި ދިދަފަތި ތަކާއިހުރެ ސާފުކޮށް މަގުމަތި ފެންނަ ގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ ލޯ ހޯދަމުން ދިޔައީ ރިހާމެވެ. އޭނާ ހަމަ ދަނީބާއޭ ޖިޔާ ހިތަށް އަރަނީއެވެ. އެއީ ތެދު ކަމުގައި ވިޔަސް ޤަބޫލު ކުރަން އުނދަގޫވީއެވެ.

“ޖިޔާ…” ލަޔާ އައިސް ޖިޔާގެ ފަހަތުން ކޮނޑުގައި މަޑުމަޑުން އަތްޖައްސާލަމުން ގޮވާލިއެވެ. ރިހާމު ނުކުމެގެން ދިޔަތާ ގަޑިއެއްހާއިރަށް ވުރެވެސް ގިނައިރު ވެގެން ދިޔައިރުވެސް ޖިޔާ ހުރީ ބެލްކަނީގައެވެ. ކަމެއްވީބާ އޭ ލަޔާގެ ހިތަށް އެރީ ދެނެވެ. އެހެންވެ އަވަހަށް އައިސް ޖިޔާގެ ހާލު ބަލަން އޭނާ ބޭނުންވީއެވެ.

“އަހަރެން މިގޭން ދާކަށް ބޭނުމެއްނޫން، އެކަމަކު ކުރިން އެއަށްވުރެ ބޭނުން އެހެން އެއްވެސް ކަމެއް ނެތް، ރިހާމު އެ ދިޔައީ އަހަރެން ޑިވޯސްކޮށްފަ” ގަބުވެފައި ހުރި ފަދަ ގޮތަކަށް ޖިޔާ، ލަޔާއަށް ބަލާލަމުން ބުންޏެވެ. ލަޔާއަށް ކަންބޮޑުވުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަވަހަށް ޖިޔާގެ ކޮނޑުގައި ހިފާއްޓާލައިގެން ހުރެ އޭނަ ސިޓިން ރޫމަށް ގެނެސް ސޯފާގައި ބޭންދިއެވެ.

“ޖިޔާ ބޭނުންނުވަނީ ޑިވޯސްވާން” ލަޔާ، ޖިޔާގެ ދާދިގާތުގައި އޭނާގެ ދެއަތްތިލައިގައި ހިފާއްޓާލައިގެން އިނދެ އަހާލިއެވެ.

“ނޭނގެ” ޖިޔާގެ ޖަވާބު ވަރަށްވެސް ކުރެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް ކޮޓަރިއަށް ވަނެވެ. ލަޔާ އިނީ ހާސްވެފައެވެ. ޖިޔާ ހަދާނެ ގޮތެއް އެއްގޮތަކަށްވެސް ނޭނގޭތީއެވެ. އޭނާ ޖިޔާގެ ފަހަތުން އައިސް ކޮޓަރި ދޮރުމަތީ ހުއްޓުނެވެ. އޭރު ކޮޓަރިއަށް ވަން ޖިޔާ އައިސް އެނދުމަތީ އޮތް ބާލީހުގައި ބާރަށް ބައްދާލަމުން އޮށޯވެއްޖެއެވެ. އެތަން ބަލަން އިރުކޮޅަކު ހުރެފައި ލަޔާ ހިނގައްޖެއެވެ.

“އަހަރެން ގެއަށް ގޮސްފިއްޔާ މަންމަ ހަދާނެގޮތެއްވެސް ނޭނގޭ، އަހަރެން ދާކަށްވެސް ބޭނުމެއްނޫން، އެކަމަކު ރިހާމާއިއެކު އުޅެވޭނެކަމެއްވެސް ނޭނގެ، އޭނާދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއް ނުވޭ، އޭނާ އަހަރެންގެ ކިބައިން ނެގީ ފައިދާ، އަހަންނަށް ބޭސްތަކެއް ކާންދިނީވެސް އަހަންނަށް ދަރިއަކު ލިބިދާނެތީ، ނަސީބެއް އެވަރު ވިސްނުނުކަންވެސް، އަހަރެންގެ ނަސީބުކަންނޭގެ ބޭސް ހުއްޓާލި ފަހުން ރިހާމު އަހަންނާ ގުޅުމެއް ނުހިންގާކަންވެސް، އެނބުރި ގެއަށް ދާންވީބާ… އެކަމަކު މަންމަ… ހުރިހާ އެންމެންވެސް ރުޅި އަންނާނީ އަހަރެންދެކެ، އެވަރަށް އާދޭސް ކުރީމަވެސް އަހަރެން ރިހާމުގެ ގާތަށް ފޮނުވާލީ އެމީހުން، އެނބުރި ދާންވެސްވީ ހަމަ އެމީހުންގެ ގާތަށް، މިނޫން ގޮތެއް ވާނެނަމޭ ހިތަށް އަރާ، ބިރުވެސް ގަނޭ ދެންވާނެ ގޮތެއް ނޭނގޭތީ، ރިހާމުގެ ބޭނުން ފުދުނީމަ އަހަރެން ބާކީވީ، އަހަރެންގެ ލައިފަށް މިވީ ކިހިނެއް…” އެނދުގައި އޮވެ ޖިޔާ ވިސްނަމުން ދިޔައެވެ.

އިރުއޮއްސުމާއިއެކު އަނދިރިކަން އައިސް މުޅި ކައުނު ވަށާލި ކަހަލައެވެ. ވިއްސާރައިގެ އަސަރުތައް ފާޅުވަމުން ދިޔަ އުޑުގައި އޭގެ ނަލަ އަލި ބިމަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދިޔަ ހަނދަށް މާބޮޑު ކުރިއެއް ނުލިބުނެވެ. މިހެންވެ ރުޅިވެރި ކަމާއިއެކު ހުރަސްއަޅަމުން ދިޔަ ވިލާތަކުގެ ނުފޫޒާގެ ތެރެއިން މިލަ ހަނދުވަރެއް ދެ ވިލާގަނޑު ދޭތެރެއިން ފާޅުވެގެން ދަނީވެސް މަދުފަހަރެއްގައެވެ. ބާރުވައިރޯޅިތަކާއިއެކު މަގުތަކުގައި ދަމާފައި ހުރި ދިދަތަކުގައި ވައި އަޅައި އަޑު ފަޒާގައި ހަރުލަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ ވާރޭގެ ލަޝްކަރެއް ހަމަލާދިނުމަށްޓަކައި ބިމަށް ފައިބާފާނެ ހެންނެވެ. އެހެންނަމަވެސް މަގުމަތީގައި ހޭލަމޭލަވެ އުޅޭ އިންސާނުންތަކަށް އަންނަން އުޅޭ ކޮޅިގަނޑުގެ ބިރު އިޙްސާސް ކުރެވޭހެނެއް ހިއްޔެއްނުވެއެވެ. އެއީ މަގުތަކުގައި ވަކި މީހުން މަދުވާ ހެން ހީނުވާތީއެވެ.

ބެލްކަނީގެ ބިއްލޫރި ދޮރު ނިކަން ރަނގަޅަށް ތަޅުލުމާއިއެކު ދޮރުފޮތިތައް ދަމާލި ލަޔާ ހުރިހާ ކުޑަދޮރުތަކެއް ލެއްޕުމުގައި އުޅެއެވެ. އޭނާވެސް އަންނަން އުޅޭ ތޫފާނާމެދު ކަންބޮޑުވެ ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުން ދިޔައެވެ. އަނެއްކޮޅުން ކޮޓަރިން ނުނިކުމެ ޖިޔާ އޮންނާތީ އެކަމާވެސް ލަޔާ ވިސްނަމުން ދިޔައެވެ. ހަވީރުގެ ސައިބުއިމަށް ޖިޔާއަށް ގޮވުމުންވެސް އޭނާވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ޖިޔާގެ ޢާއިލާ މީހުންނާ ގުޅޭނޭ ގޮތެއް އޮތްތޯ ބަލަން ލަޔާ ބޭނުމެވެ. ނަމަވެސް އެކަންވެސް އޮޅުން ފިލުވަން ޖެހޭނީ ހަމަ ޖިޔާގެ ގާތުގައި އަހައިގެންނެވެ. މިވަގުތު އެފަދަ ވާހަކައެއް އެހުން ރަނގަނޅު ނުވާނޭ ކަމަށް ލަޔާގެ ހިތާ ސިކުނޑި އެއްބަސްވާތީ، އެކަންވެސް ނުކުރެވިފައި އޭނާ ހުއްޓެވެ.

ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއް ހިންގުމެއްނެތި އެނދުގައި އުއްޑުން ޖެހުނުގޮތަށް ޖިޔާ އޮތެވެ. މަތީ ފަންގިފިލަޔާއި ދިމާލަށް އެ ތޫނު ނަޒަރު ހުއްޓާލައިގެންނެވެ. ހަޤީޤަތަށްވެސް އެ ބަލާލުމަށް ޖާދޫވީ ބާރެއް ލިބިފައިވީނަމަ މަތީގައި އޮތް ކޮންކުރީޓު ގަނޑު ފޫއްވެއްޓުނީސްކަން ޔަޤީނެވެ. ޖިޔާ އެހެން އޮންނަތާ ލައްކަ އިރުވެއްޖެއެވެ. ވިސްނެނީ އެންމެ ކަމަކާއެވެ. ދިރިއުޅުމުގެ މަގުގައި ކުރިއަށް ދިއުމަށްޓަކައި ކުރިއަށް ފައިތިލަ އަޅާނީ ކިހިނެއް ކޮންކޮޅަކަށް ކަމާއިމެދުގައެވެ. ވިސްނާ ވިސްނާ ސިކުނޑި ވަރުބަލިވީ އޭނާގެ ކުރިމަތިން ފެންނަމުން ދިޔަ މަގުތައް ގިނަވެ ދާނޭގޮތެއް ނޭނގި އެކަމަށް ހައްލެއް ގެނައުމުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ކުރިމަތީގައި އޮތް ހަމައެކަނި މަގުން ކުރިއަށް ދާން ބޭނުންނުވާ ހާލު އިތުރު ގޮތެއް ހޯދުމުގެ ވިސްނުމުގައެވެ. ނަމަވެސް އެކަމުންވެސް ޖިޔާވީ ފެއިލެވެ. އެކަނިވެރިކަމާއި ހިތްދަތިކަމަކީ ކޮބައިކަން މީގެ ކުރިން ނޭނގުނުކަމުގައި ވިޔަސް ޖިޔާއަށް އެ އިޙްސާސް ކުރެވެން ފެށިއެވެ. ހިތަށް ކުޅަދާނަ ނުވާ ކަންކަމުގައި ރުޅި އިސްކުރަން ބޭނުންވިއެވެ. ކޮޓަރީގައި ހުރި ތަކެއްޗަށް ގެއްލުން ދޭން ބޭނުންވިއެވެ. އެހެންނަމަވެސް، ހިކުމަތްތެރިކަމާއިއެކު ޖިޔާ އޭނާގެ ރުޅީގެ މައްޗަށް ކުރި ހޯދިއެވެ. ރުޅި އަކީ އިންސާނާގެ ވަރަށް ބޮޑު ދުޝްމިނެއްކަން އޭނާގެ ޟަމީރު ބުނެދޭން ފެށިއެވެ. އެހިނދު މަޑުމަޑުން އެނދުން ތެދުވެ އަރިމަތީ އިށީނދެލައިގެން އިނެވެ. ހަށިފުރާ އެތެރެއަށް ދަމާލި ނޭވާ ކުޑަހިނދުކޮޅަކު އެތެރެ ހަށީގައި ހިފާއްޓާލުމާއިއެކު މަޑުމަޑުން ބޭރުކޮށްލިއެވެ. ހިތާ ސިކުނޑީގެ ހަލަބޮލިކަން ނިމުމަކަށް ގެނައި ކަހަލައެވެ. ދެލޯ މަރާލުމާއިއެކު އަނެއްކާވެސް ފުންނޭވާއެއް ލިއެވެ. އަދި އެނދުން ތެދުވެގެން އައިސް ފާޚާނާއަށް ވަނެވެ.

އިސްކުރުން އޮހިގަތް ފިނިފެނުގެ އަތްގޮށްޓެއް ހަދާލުމާއިއެކު ޖިޔާގެ މޫނުގައި އެ ފެންތައް އުނގުޅާލިއެވެ. ކުރިމަތިން ފެންނަން ހުރި ލޯގަނޑުން މޫނު ބަލާލި ވަގުތު އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. އަމިއްލަ ސޫރަ އާއި ދިމާލަށް ވަރަށް ރަނގަޅަށް ޖިޔާ ބަލާލުމަށްފަހު ކުއްލިއަކަށް އިސްޖަހައިފިއެވެ. މޫނު ދޮންނަ ތަށީގެ ދެފަރާތުގައި ބާރަށް ހިފާއްޓާލުމާއިއެކު ދެން ފެނުނީ އެ ދެލޮލުން މުތީތަކެއްހެން ފައިބަމުން ދިޔަ ކަރުނަތިކިތަކެވެ. ތުންފިއްތާލުމާއިއެކު ހުރިހާ އުދާސްކަމެއް ބޭރުކޮށްލުވުނީ އެ ރީތި ދެލޮލުންނެވެ. އެތަށް އިރަކު އެހުރި ގޮތަށް ރޯލަ ރޯލާ ޖިޔާ ހުއްޓެވެ. މިއަދު އޭނާގެ މަރުވެފައިވާ ބައްޕަގެ މަތިން އަނެއްކާވެސް ހަނދާންވެއްޖެއެވެ. އޭނާދެކެ އަބަދުވެސް އެންމެ ލޯބިވާ މީހަކީ ބައްޕަ ކަމުގައި އޭނައަށް ހީވެފައި އޮތް އޮތުން މިއަދު ކަށަވަރުކޮށްދޭން އޭނާގެ ޟަމީރު މަސައްކަތް ކުރާ ކަހަލައެވެ. ނަމަވެސް ދެރައީ މިއަދު އެ ލޮބުވެތި ބައްޕަގެ ހަނދާން ކުރިކަމުގައި ވިޔަސް އޭނާގެ ގާތަށް ނާދެވޭނެތީއެވެ. އޭނާގެ ބޮލުގައި ހަމަ އެންމެ ފަހަރަކުވެސް ފިރުމާލަ ނުދެވޭނެތީއެވެ. އެ ދެލޮލުން ވެއްޓެން އަންނަ ކަރުނަތިކި ފޮހެލާ ދިނުމަށާއި އެ ދެއަތުގެ ހިމާޔަތްތެރިކަން ދިނުމަށް އެ އަތް ދިއްކޮށް ނުލެވޭނެތީއެވެ. ޖިޔާގެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވިއެވެ. ދުވަހަކުވެސް އޭނާ ހީވެސް ނުކުރާހާ ހިސާބަށް މިއަދު ތަޤުދީރު މިވަނީ އޭނާ ގެނެސްފައެވެ. އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ލިބުމެއްނެތިއެވެ. ދުނިޔެއަށް ގިނަވެފައިވާ މީހަކު ފަދައިންނެވެ. ގޮތްހުސްވެފައިވާ ބަލިކަށި މީހެއްކަމުގައި އޭނާއަށް މިއަދު އިޙްސާސް ކޮށްދީފިއެވެ. އަންހެނުންނަށް ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރަން ބޭނުންވި ޖިޔާގެ ހުވަފެންތައް ވިއްސިވިހާލިވެއްޖެއެވެ. ވަދެވުނު ކަށިކުނބުރު ޔަންގަލީގެ ތެރޭ އޭނާގެ ޖިސްމުން ލޭކޮށި އަޒުމު ބަލިކަށިވެއްޖެއެވެ.

ރޭގަނޑުގެ ކެއުން މޭޒުމައްޗަށް ނެގުމުގައި ލަޔާ އުޅުނު ވަގުތެވެ. ކުއްލިއަކަށް ލަޔާ އެނބުރިލި ވަގުތުގައި މޭޒުގެ ދޮށުގައި ޖިޔާ އިށީނދެލައިގެން އިންތަން ފެނި ސިހުނެވެ. ގަބުވެފައި އިން ކަހަލަ ގޮތަކަށް ޖިޔާ އިންނަން ފެށުމުން އޭނާއަށް ވަރަށް ރަނގަޅަށް ލަޔާ ބަލާލިއެވެ. އަދި ޖިޔާގެ ނަމުން އޭނާއަށް ގޮވާލިއެވެ. ރޮއެފައި ހުރި ކަމުގެ ހުރިހާ ލިސާނެއް ޖިޔާގެ މޫނުމަތިން ލަޔާއަށް ފަރުދާވުމެއްނެތި ފާޅުވެގެން ދިޔައެވެ.

“ވަރަށް ބަނޑުހައިވަނީ ދޯ، އަހަރެންވެސް ކަނީ” ހަމްދަރުދީގެ ބަލާލުމަކުން ޖިޔާއަށް ބަލާލާފައި ލަޔާ ބުންޏެވެ. އޭނާ ބޭނުންވީ ޖިޔާ އެވަނީ އެކަނި ނޫންކަން ބުނެދޭށެވެ. އެގޭގައި ހުރިހާ ވަގުތަކު ލަޔާގެ އެހީތެރިކަން ޖިޔާއަށް ލިބޭނޭކަމެވެ. އޭނާ ކަންބޮޑުވީ ރާއްޖޭގައި ވެސް އަންހެން ކުދިންގެ އުމުރުން އެހާ ޅައިރުގައި ކައިވެނި ކުރުވުމުގެ ސަޤާފަތެއް ބައެއް މީހުން ގެންގުޅޭކަން މިއަދު އޭނާއަށް ފެންނަމުންދާތީއެވެ. އޭނާ ދެކޭ ގޮތުގައި އެއީ އެ ފަދަ އަންހެން ކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ޅަފުރާގެ އުފާވެރި ދުވަސްތައް އެކުދިންގެ ކިބައިން ފޭރިގަނެވެނީއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލާފައި އައިސް ޖިޔާގެ ތައްޓަށް ޖޫސް އަޅާދިނެވެ.

“ހުރިހާ ކަމެއް ރަނގަޅުވަނީނު، ޖިޔާ ވޮރީ ނުވޭ” ލަޔާ، ޖިޔާގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ.

ބަނޑުހައިކަން އިޙްސާސް ކުރެވިފައި އިން ޖިޔާ ބަހެއްވެސް ނުބުނެ ކާންފެށިއެވެ. އޭނާގެ ކުރިމަތީގައި ލަޔާ ކާން އިނެވެ. އޭނާ އިރު އިރުކޮޅުން ކޮންމެވެސް ތައްޓެއް ޖިޔާ އާއި ކައިރިކޮށްލަ ދޭނެއެވެ.

“ވާރޭ ވެހެނީތަ؟” ބޭރުގެ އަޑުފަށްގަނޑު ތަންކޮޅެއް ގަދަހެން ހީވެގެން ޖިޔާ މަޑުމަޑުން ލަޔާގެ ގާތުގައި އަހާލިއެވެ.

“ވާރޭ އަދި ނުވެހެނީ، ވައި އަންނަނީނު ބާރަށް، އެހެންވެ އަޑުގަދަވަނީ” ލަޔާ އަނގަޏަށް ލީ ބަތް ސުވާ އާއިއެކު ވާހަކަދެއްކިއެވެ. އެއާއިއެކު ދެންވެސް ފެތުރިގެން ދިޔައީ ހަމަހިމޭން ކަމެވެ. ކައިނިމެގެން ލަޔާ ތަށިތައް ނަގަން ފެށިއެވެ. އަދި ޖިޔާ އާއި އިތުރަށް ވާހަކަދައްކަން އޭނާ މަސައްކަތް ކުރިއެވެ. އެގޮތުން ޖިޔާގެ ޢާއިލާއަށް ގުޅަން ބޭނުންވޭތޯ ލަޔާ ސުވާލު ކުރިއެވެ. އަދި އެމީހުންނާއިއެކު ގެއަށް ބަދަލުވާނީ ކޮންއިރަކުންތޯ ވެސް ލަޔާ އެހިއެވެ.

“އެމީހުންނާ ގުޅާކަށް ބޭނުމެއްނޫން، އަހަރެން ކުޑަދުވަސްކޮޅަކު މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ، އޭރުން ލަޔާއަށް އުނދަގޫވާނެތަ” ޖިޔާ އާދޭހުގެ ރާގެއްގައި މިހެން ބުނެލިއެވެ. ލަޔާ ހިނިތުންވެލުމާއިއެކު ޖިޔާގެ ސަބަބުން އޭނާއަށް އެއްވެސް އުނދަގުލެއް ނުވާނޭ ކަމުގައި ބުންޏެވެ. ކުލީގެ މުއްދަތު ހަމަވަންދެން ލަޔާ އެ އެޕާޓްމެންޓުގައި ހުންނާނެ ކަމާއި އެދުވަސްތަކުގައި ޖިޔާ ބޭނުންވާނަމަ މަޑުކުރިޔަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ލަޔާއަށް ކޮށްދެވޭނެ ވަރަކީވެސް އެއީއެވެ. އޭނާއަކީ ސާހިބުމީހާގެ އަމުރަށް ކިޔަމަންވާންޖެހޭ ނޯކަރެކެވެ.

ލަޔާގެ ޖަވާބުން ޖިޔާއަށް ހިތްހަމަޖެހުން ލިބުނެވެ. އޭނާ ގޮތެއް ނިންމުމަށް އިތުރު ވަގުތު ވެސް ލިބުނީއެވެ. ރިހާމު ނެތުމަކުން އޭނާއަކަށް މާބޮޑު އުނިކަމެއް އިޙްސާސް ނުކުރެވޭނެކަން އެނގެއެވެ. ކާމޭޒު ދޮށުގައި ލަޔާގެ މަސައްކަތްތައް ނިމެންދެން ޖިޔާ މަޑުކޮށްލައިގެން އިނެވެ.

* * * *

ރިހާމު ގެނެސްދިން ފޮށީގެ ބޭނުން މިއަދު މިވަނީ ޖިޔާއަށް ހިފަން ޖެހިފައެވެ. އެނާ އާއި ރިހާމު އެކުގައި އުޅުނު ކޮޓަރީގައި، އެނދުގައި އިށީނދެލައިގެން ޖިޔާ އިން އިރު، ލަޔާ އެ ފޮށްޓަށް ޖިޔާގެ އަންނައުނުތައް ރީތިކޮށް އަޅައި ދެމުން ދިޔައެވެ. އެމަންޒަރު ބަލަން އިން ޖިޔާ އޭނާގެ ތިރީ ތުންފަތް އެއްވަރަކަށް ހެފެމުން ދިޔައިރުވެސް އެކަން އެނގޭހެނެއް ހިއްޔެއްނުވެއެވެ. ހާސްކަމުގެ އަސަރު ނިތްކުރި މަތިން ފާޅުވަމުން ދިޔައިރު ދެ ލޮލުގައިވާ ހުސްކަމުގެ ތެރެއިން ކަރުނައިގެ އަސަރުވެސް ފާޅުވާން އުޅޭހެން ހީވެއެވެ. ބަހެއްވެސް ނުބުނެ ލަޔާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން ޖިޔާއަށް އޭނާ ބޭނުންވާގޮތް ނިންމަން ލިބުނު ވަގުތު ހަމަވީއެވެ. އެ އެޕާޓްމެންޓަށް ފައިސާ ދައްކާފައިވާ މުއްދަތު ހަމަވީއެވެ. ރިހާމު ބުނިފަދައިން އޭނާ ޖިޔާގެ ހާލު ބަލާލުމަށް އެންމެ ފަހަރަކުވެސް ނުގުޅައެވެ. ލަޔާ އަތުގައި ނޫނީ ފޯނެއްވެސް ނޯވެއެވެ. ރިހާމު ފުރައިގެން ދިޔައީ އޭނާ ޖިޔާއަށް ދިން ފޯނުވެސް ހިފައިގެންނެވެ. ހިތްނުތަނަވަސްވެ ބިރުގަން ހިނދު އިށީނދެލައިގެން އިން ޖިޔާގެ އެއްފައި ތެޅެން ފެށިއެވެ. މަޑުމަޑުން ފައިގައި އަތްބާއްވާލަމުން ފިރުމާލީ ފައިގެ ތެޅުން މަޑުޖައްސާލުމަށެވެ.

“ނިމުނީ… އަދި ހެލްޕް ބޭނުން” ލަޔާ ފޮށި ލައްޕާލާފައި ތެދުވެ ހިންދެމިލަމުން ބުންޏެވެ. ޖިޔާ ފޮށްޓަށް ބަލާލާފައި މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަދި މަޑުމަޑުން ތެދުވެގެން އައިސް ހުޅުވާފައި ހުރި އަލަމާރީގެ ތެރެ ބަލާލިއެވެ. އޭގައި މިހާރު އެއްވެސް އަންނައުނެއް ނެތެވެ. ފުންނޭވާއެއް ލުމާއިއެކު ޖިޔާ އެނބުރިލީ ލަޔާ އާއި ކުރިމަތިލާށެވެ. އޭރު ލަޔާ ފޮށި ނަގާ ކޮޅަށް ޖަހައި ކޮޓަރިން އޭތި ނެރެން ތައްޔާރުކޮށްލައިފިއެވެ. ޖިޔާ، ލަޔާއަށް ބޯޖަހާލަމުން ދާންވީ ކަމުގެ އިޝާރާތްކޮށްލިއެވެ. ލަޔާގެ ފަހަތުން ދިޔަ ޖިޔާ ކޮޓަރިން ނުކުންނަން އުޅެފައި ހުއްޓުނެވެ. ޖިޔާ ފަހަތަށް އެނބުރި އަދި އެއްފަހަރު އެ ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ދެލޯ މަރާލުމާއިއެކު ފުންނޭވާއެއް ބޭރުކޮށްލާފައި ޖިޔާ ކޮޓަރީގެ ދޮރު ލައްޕާލީ އޭނާގެ ހަޔާތުން އެއްބާބު ނިމުނީކަމުގައި ދެކި މުޅިން އާ ސަފްހާއަކުން ފެށުމަށްޓަކައެވެ. އެވަގުތު ޖިޔާގެ ލޮލުން ވެއްޓެން އުޅުނު ކަރުނަތިކި އަވަސް އަވަހަށް ފޮހެލީ ސިއްރު ގޮތަކަށެވެ. އޭނާ އާއި ރިހާމުގެ ގުޅުން ނިމުމަކަށް އައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

“ރޭގަނޑު އެކަނި ނުދަނީނު، ޓެކްސީ ގުޅަނީ” ލަޔާ އޯގާތެރި ކަމާއިއެކު ބުނެލިއެވެ. އޭރު އޭނާގެ ދަބަހާ ފޮށިވެސް އެޕާޓްމެންޓުގެ ދޮރު ކައިރީ ހުއްޓެވެ. އޭނާ ބޭނުންވީ ޝޫޒާ ވިލާއަށް އޭނާ ދާމަގުމަތީގައި ޖިޔާގެ ގެއަށް އޭނާ ލާދިނުމަށެވެ. ނަމަވެސް ދެފަރާތަށް ބޯހޫރާލަމުން ޖިޔާ ފޮށި ހިފައިގެން އެޕާޓްމެންޓުން ބޭރަށް ހިނގައިގަތެވެ. އިސްޖަހާލައިގެން ހުރެ އެހެން ދިމާލެއް ބަލަން ބޭނުންނުވާ ފަދަ ގޮތަކަށެވެ.

އިމާރާތުގެ ލިފްޓުން ނުކުން ގޮތަށް މައިދޮރޯށީން މަގުމައްޗަށް ޖިޔާ ނުކުތެވެ. ފުރަތަމަވެސް މޫނާ ދިމާލުން އަތްހުރަސްކޮށްލަން ޖިޔާއަށް ޖެހުނީ ޖެހިލި ބާރުވައިރޯޅި އާއިއެކުވެގެން ވެއްޔާއި ހިރަފުހުގެ ހަމަލާއެއް އޭނާ އާއި ދިމާލަށް އައުމުންނެވެ. މޫސުން ރަނގަޅު ނޫން ކަމުގެ އެތަށް ނިޝާނެއް ފެންނަމުން ދިޔައެވެ. އެހެންނަމަވެސް އެއީ ކުއްލިއަކަށް މިރެއަކު ވީ ކަމެއް ނޫނެވެ. ހަފްތާ އެއްކޮށް ކަހަލަ ގޮތަކަށް ނިމިގެން މިދަނީ ވާރޭގެ ތެރޭގައެވެ.

ފަސްއެނބުރި ދޮރޯއްޓަށް ބަލާލުމާއިއެކު ޖިޔާ ހިފާއްޓާލައިގެން ހުރި ފޮށި ދަމަމުން ހިނގައިގަތީ ކުރިއަށެވެ. ދާން ބޭނުންނުވިޔަސް އޭނާގެ ދޯނީގެ ހުންގާނުގެ މިސްރާބު ހުރީ އުޅެބޮޑުވި ގެއާއި ދިމާލަށް ބަހައްޓާފައެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅައިފިއްޔާ އެއްފިޔަވަޅުގައި ޖިޔާއަށް މަޑުޖެހިލެވެއެވެ. ކުރިމަތީ އޮތް މަގަށް ވަށައިގެން ނަޒަރު ހިންގުމެއް ނެތި ޖިޔާ ދިޔައީ އިސްޖަހާލައިގެން ހުރެއެވެ.

* * * * *

ހިޔާ ޕާކުގައި ހުރި ބޮޑުތި ގަސްތަކުގެ ފަތްތައް ބިންމައްޗަށް ވެރެމުން ދިޔައެވެ. ވަޔާއި އެގަސްތައް ހަނގުރާމަ ކުރަމުން ދާއިރު ޝަހީދުވެ ވެއްޓެމުން ދާ ފަތްތައް ބިމުގައި ޖެހުމުގެ ކުރިން ކުދިކުދި ވައިރޯޅިތައް އައިސް އޭގެ ތެރެއަށް އެފަތްތައް ދަމައިގަނެއެވެ. އަންނަން އުޅޭ ވާރޭގެ ތޫފާނުގެ ވަރުގަދަ ކަމާއި ބިރުވެރިކަމުގެ ހަނާ އަޅަމުން ދާކަހަލައެވެ. މަޑުރަތްކުލައަކުން އުދަރެސްވަނީ ބައްދާލާފައެވެ. ރޭގަނޑު އިރުއޮއްސުމަށްފަހު އެ ޕާކަކީ މީހުން މާގިނައެއްކޮށް ވަދެއުޅޭ ތަނެއްނޫނެވެ. އާމުންނަށް ހުޅުވާލެވިފައި ހުންނަ އެ ޕާކުގެ ހިލަ ގޮނޑިތަކުގައި ދަންވަންދެން އެހެންޏާ ދެ ޖިންސުގެ ޒުވާނުން ވަރަށް ގައިގޯޅިކޮށް ތިބެއެވެ. ނަމަވެސް މިރޭ އެއިން އެއްވެސް ޖޯޑެއްގެ ހިލަމެއް ނުވެއެވެ.

ކުއްލިއަކަށް ބާރުވައިރޯޅިއެއް އައިސް ޕާކުގައި ހުރި ބޮޑު ގަހުގެ ބުޑުގައި ހުރި ފަތްތައް ރުޅިވެރި ކަމާއިއެކު ބުރުއްސާލިއެވެ. މުޅި ހިސާބުގައި ވައިގެ “ޒޫން” އަޑު ކުރިއަށްވުރެ ބާރުވެގެން ދިޔައެވެ. ގޮފިއެލޭ ގަސްތަކުގެ ތެރެތިން ގަހެއްގެ ބުޑުގައި ހުރި ހިލަގޮނޑީގައި އިށީނދެލައިގެން އިން ޒުވާނާއަށް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ވާހެނެއް ހިޔެއްނުވެއެވެ. ދެފައިގައި އުޅަންބޮށިޖައްސާލައިގެން އޭނާ އިން އިރު ދެއަތްތިލަވަނީ ޖޯޑުކޮށްލެވިފައެވެ. ބޮޑުފިކުރެއްގައި މާޔޫސްވެފައި އިން ކަހަލައެވެ. މަތިން އުދުހެމުން ކަހަލަ ގޮތަކަށް އައި ވާރޭތިކީގެ ފުރަތަމަ ހަމަލާ އަމާޒުވީ އޭނާގެ އަތަށެވެ. އެހިނދު އިސްއުފުލާ މައްޗަށް ބަލާލިއެވެ. ކަޅު އަނދިރިކަމުގެ ތެރެއިން މާދުރުނޫން ހިސާބެއްގައި ހުރި މަޑުރީނދޫ ކުލައަކަށްދާ ބޮކިން ފަނޑުއަލިކަމެއް އެޒުވާނާޔާ ހަމައަށް ފޯރާފައި ހުއްޓެވެ. ވަށައިގެންވަނީ ފުނަގަހާއި، ކިނބިގަހާއި، ފަތަނގުގެ އެކިވައްތަރު ތަކާއި، ގޮފިއެލޭ ގަހުގެ އިތުރުން ބޮޑުގަސްތަކުން ފުރިފައެވެ. ދޭތެރެތަކުގައި ގަސްތަކުގެ ކައިރީ އެއްވަރަށް ކޮށާލެވިފައިވާ ދުގެނތި ގަސްތައް ވެއެވެ. އެ ޒުވާނާގެ މޫނުމަތިން އެއްވެސް ވަރެއްގެ ޖެހިލުންވުމެއް ބިރުގަތުމުގެ އަލާމާތެއް ނުފެނެއެވެ. އަތުން ފައިބައިގެން ދިޔަ ވާރޭގެ ތިއްކަށް ބަލާލުމަށްފަހު އިސްޖަހާލައިގެން އޭނާ އިނެވެ. ހިނދުކޮޅެއްގެ ތެރޭ އެ އޮއްސާލީ ވާރޭގެ ސައިލެކެވެ. އިތުރު އިންޒާރެއް ދިނުމެއްނެތިއެވެ. ބޮޑެތި ތިކިތަކުން އެ ޒުވާނާ ތެތްމަމުން ދިޔައެވެ. އެވަގުތު އެ ޒުވާނާއަށް އިސްއުފުލާލަން މަޖުބޫރުވީ ޕާކުގެތެރެއިން ފޮށްޓެއް ދަމަމުން ދުވެފައި އަންނަ އަންހެން ކުއްޖާގެ ހިލަމެއް ވުމުންނެވެ. ބޭއިޙްތިޔާރުގައި އެ ޒުވާނާގެ އަތުކުރީގައި އޮތް ގަނޑިއަށް އެހިނދު ބަލާލެވުނެވެ. މެންދަމުންއަލިވެ އެކެއް ޖަހަނީއެވެ. މިފަދަ ދަންގަޑިއަކު އަންހެން ކުއްޖަކު އެފަދަ ފަޅުތަނަކުން ފެނުމުން އެ ޒުވާނާ ހައިރާންވިއެވެ. އިންގޮތަށް އިނދެ ދުވަމުން އައި އަންހެން ކުއްޖާގެ ހަރަކާތްތަކަށް ބަލަމުން ގެންދިޔައެވެ. ބޯވާރޭގެ ތެރޭގައި ހިކިފަތްތަކާއިއެކު ހެދެމުން ދިޔަ ފެންގަނޑުތައް ހުރަސްކުރަމުން އައިސް އެ އަންހެން ކުއްޖާ ވަނީ އެ ޒުވާނާ އާއި ކުރިމަތިވާގޮތަށް ހުރި ބޮޑުގަހުގެ ހިޔަލަށެވެ. އަދި ހިފައިގެން ހުރި ފޮށިން އަތްދޫކޮށްލުމާއިއެކު ލައިގެން ހުރި ހުދުކުލައިގެ ކުރުހެދުން ދެއަތުން ފޮޅާލިއެވެ. އެހިނދު ޖެހިލި ވައިރޯޅިޔާއި އެކު ހެދުމުގެ ފަސްބައި ނަށާލިތަން ފެނުނެވެ. އެހާމެ އަވަހަށް އޭނާ ހެދުމުގައި ހިފާއްޓާލިއެވެ. އަނދިރިކަމަށް ލޯހޭނިފައި އިން ޒުވާނާއަށް، ކުރިއަށްވުރެ ބޮޑަށް އެ އަންހެންކުއްޖާ ގަހާއި ކައިރިވެލާފައި ބޮލުގެ އިސްތަށިގަނޑު ފޮޅާލިތަން ފެނުނެވެ. އޭރުވެސް ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެ ޒުވާނާ ތެމި ފޯވަމުން ދިޔައިރުވެސް އިންތަނުން ތެދުވަން ބޭނުންނުވެފައި އިނެވެ. ގިނައިރެއްނުވެ ދެ ޒުވާނުންވެސް ސިހިގެން ދިޔައީ ޖަހާލި ގުގުރީގެ އަޑުންނެވެ. އެއްކަލަ އަންހެންކުއްޖާ ސިހިފައި މޭގައި ދެއަތްޖައްސާލިތަން ފެނުނެވެ. ދެންފެނުނީ ރޯންފެށިތަނެވެ. ބޯކޮށްވެހެމުން ދިޔަ ވާރޭގެ ރުއިމުމުގެ އަޑުން އެ އަންހެންކުއްޖާގެ އަޑު އެޒުވާނާ އާއި ހަމައަށް ފޯރިއަކަ ނުދިނެވެ. އެހެންނަމަވެސް އިތުރަށް އެ އަންހެން ކުއްޖާއަށް ބަލާކަށް އޭނާއަކަށް ނީނދެވުނެވެ. މަޑުމަޑުން އެ ބޮޑު ގަހާއި ދިމާލަށް ދާން ފެށިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *