DHEBEENUN [EP-13]

“ޝާމާ ދުށީންތަ؟. އޭނާގެ ކުލާސް ވެސް މިހާރު ނިމޭނެކަންނޭނގެ… ގުޅަންވީ ކަންނޭނގެ.” ލިއުޝާ އަތްދަބަހުން ފޯނު ނަގަން އުޅުނެވެ. އެހިނދު ހަނާ އޭނާ ހުއްޓުވިއެވެ.

“ޝާމާއޭ ބުނީމަ… ވާހަކައެއް އަހާލަންތަ؟.” ހަނާގެ ސުވާލާއެކު ލިއުޝާގެ ނަޒަރު އަމާޒުވެލީ ފަރުވާތެރިކަމާއެކުއެވެ.

“ލިއުޝާއަށް ހިޔެއްނުވޭތަ ޝާމާގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެހެން، ޝީ ހޭސް ބީން ފޫލިންގ އަރައުންޑް އަލޮޓް.” ޔަގީންވާއިރު ވެސް ހަނާ ބެލީ ދުރުދުރުން އެ ވާހަކަދެއްކޭތޯއެވެ. ލިއުޝާއާއި ޝާމާގެ ދެމެދުގައި އޮންނަ ގާތްކަން އެނގޭތީއެވެ.

* * * * *

ޝާމާ މަޑުކޮށްގެން ހުރީ ލިއުޝާ އަންނަންދެނެވެ. ދެމީހުން އެކުގައި ކޮފީއަކަށް އަރަން ކިޔާފައި އޮތީމައެވެ. ލިއުޝާ އަންނާތީ ފެނުނެވެ. ނަމަވެސް ކޮލެޖުން ނުކުންނަން ދިޔަ ގޮތުން ހީވީ ޝާމާ ހުރިކަން އޭނާއަށް ނޭނގޭ ހެންނެވެ. ލިއުޝާއަށް ޝާމާ ގޮވާލީ އެހެންވެއެވެ. އޭނާ އައިސް ލިއުޝާގެ ގާތުގައި މަޑުކޮށްލިއެވެ.

“ހާދަ ލަސްވީ؟. ހިނގާ ދަމާ، އެއްކަހަލަ ތަނަށް ދޯ ދާނީ.” ޝާމާގެ ވާހަކަ މެދު ކެނޑުނީ ލިއުޝާ ގޮވާލި ގޮތުންނެވެ. އޭނާ ހީވަނީ ގަޔާނުވެފައި ހުރީ ހެންނެވެ.

“ސޮރީ ޝާމާ، މިރޭ ދެވޭކަށްނެތް.” ލިއުޝާ ބުނެލިއެވެ. ޝާމާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ލިއުޝާއަށް ބަދަލުތަކެއް އަތުވެއްޖެހެން ޝާމާއަށް ހީވީއެވެ.

“އެހެންތަ؟… ދެން ކީއްކުރާނީ ދޯ، ސީ ޔޫ ލޭޓާ. އެކަމަކު ދެން އަހަރެމެން ކޮފީއަށް ދާފަހަރަކު ލިއު އިނގޭ ދޭން ޖެހޭނީ.” ވީހާ ވެސް އާދައިގެ ގޮތަކަށް ޝާމާ ބުނެލިއެވެ. އަދި ކޮލެޖުން ނުކުންނަން އޭނާ ހިނގައިގަތެވެ.

“ޝާ… ޝާމާ…” ލިއުޝާ ހުރީ ކޮންމެވެސް ކަމަކާ ޖެހިލުންވެފައެވެ. އޭނާ ގޮވާލުމުން ޝާމާ ހުއްޓުނެވެ.

“މާޒިންއާ، ތި ދެ މީހުން ވަރަށް ކްލޯޒްތަ؟.” ލިއުޝާ އަހަން ނާހަން ހުރެފައި ބުންޏެވެ.

“މާ.ޒި..ން… ކުލާހުން ދިމާވާން ފެށީމަ އެނގެން ފެށީ، އެކަމަކު އަހަރެމެން ގާތެއްނޫން، ކިހިނެއްވީ؟.” ޝާމާ ބުންޏެވެ.

“އެހެންތަ، އަހަރެން އަޑު އެހިން ތި ދެމީހުން ވަރަށް ކްލޯޒްއޭ.”

“ސީރިއަސްކޮށްތަ!…” ޝާމާއަށް މިވަނީ ކިހިނެއްކަން އެނގިހުރެ ނޭނގޭ ކަމަށް ހެދިއެވެ.

“ލިއު ވީމަ މިބުނަނީ، އޭނާ މިފަހަކުން އަހަރެންގެ ދޮންތި ފަހަތުން އަޅުވާލައިގެން އުޅެނީ، އެހެންވެ އަހަރެން އޭނާއާ އެއްފަހަރު މީޓުކުރިން، އައި ވޯޒް ވޮރީޑް… އައި މީން، އަހަންނާއި ދޮންތިއާ ދެމެދުގައި ކިތަންމެ ޚިޔާލު ތަފާތުވުން ބޮޑަސް، މާޒިން ކަހަލަ މީހަކު އަހަރެންގެ ޢާއިލާއާ އިންވޯލްވްޑް ވުމަކީ… އަހަންނަށް ބަލަން ހުރެވޭނެ ކަމެއްނޫން.” ޝާމާ ކަންބޮޑުވާކަން ދެއްކިއެވެ.

“ދެން… ކީއްވެ ބާތް ކޮންޓްރޯލް ޕިލްސް ނަގަނީ؟، ކޮންމެ މަހަކު ގައިނީއަށް ދައްކަން ދަނީ؟.” ލިއުޝާގެ ހިތުގައި އުފެދިފައި ހުރި ސުވާލުތައް ބޭރުކޮށްލިއެވެ.

“ޕީރިއަޑް ރެގިއުލާ ނޫނިއްޔާ، ބާތް ކޮންޓްރޯލް ޕިލްސް ޑަކްޓަރުން ދޭނެ، އަހަރެން ވެސް އެހެންވެ ނަގަނީ، ޕީރިއަޑް ރެގިއުލާ ކުރަން، ނަސީބަކުން މިހާރު ވަރަށް ރަނގަޅު، ޑަކްޓަރު ވެސް ރަނގަޅޭ ބުނެފަ އޮތީ.” ޝާމާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ލިއު… މިރޭ ދެން ކޮފީއަށް ނުދަންޏާ، ގެއަށް ދާކަށްނުވޭތަ؟.” ލިއުޝާގެ ސުވާލުތައް ގިނަވުމުން ޝާމާ ބޭނުންވީ އެކުވެރިޔާގެ ހިތްމަރާނުލައި ފޮނުވާލާށެވެ.

“އާން!… ދަނީ އިނގޭ.” ލިއުޝާ ބުންޏެވެ. ނަމަވެސް އޭނާ ދާން ފިޔަވަޅެއް އަޅާލަން ވާއިރަށް ޝާމާ ވާހަކަދެއްކިއެވެ.

“ބައި ދި ވޭ… ހީވަނީ ހަނާއަށް ރާޔަން ވަރަށް ކަމުގޮސްފިހެން، އޭނާގެ ކްރަޝްއެއް އޮންނަނީ ކަންނޭނގެ ރާޔަންއަށް. މިފަހަކަށް އަބަދު ރާޔަންއާއި ހަނާ އެކުގައި ފެންނަނީ.” ޒާތެއްގެ ހީލަތްތެރި ހިނިތުންވުމަކާއެކު ޝާމާ ބުނެލިއެވެ.

“އެހެންވެތަ ހަނާ… އެނީވޭ، ނެވާމައިންޑް… ދަނީ، ސީ ޔޫ ލޭޓާ.” ލިއުޝާ ބުނަން އުޅުނު ވާހަކަ ހުއްޓާލިއެވެ. އޭނާ ކޮލެޖުން ނުކުމެގެން ދިޔައީ ދެން ފަހަރަކުން އޭނާ އެމީހުންގެ ކޮފީގެ ޚަރަދުގައި ހިފާނަމޭ ބުނެލާފައެވެ. ޝާމާއާ ބައްދަލުވި އިރަށްވުރެ ލިއުޝާ ހުރީ މާބޮޑަށް ވެސް ހަމަޖެހިފައެވެ. ހީވަނީ އިވުނު އަޑުތަކުން ޝާމާއާ މެދު ކުރެވުނު ޝައްކުތައް ފިލީ ހެންނެވެ.

“އެމޭޒިން!… އެމީން ދޮންތީގެ ރައްޓެހިންގެ ގޮތުގައި ތިބިއިރު، ދޭ ވާ ސޯ ބްރައިޓް އެންޑް ސްޕާކްލީ، އެކަމަކު މިހާރު އަހަރެންގެ ރައްޓެހިންނަށްވީމަ، ހީވަނީ ބޭނުމެއްނެތިފައި ތިބި ކުނިތަކެއްހެން.” ހަނާކަން ލިއުޝާ ކައިރީ އެ ވާހަކަތައް ދެއްކީ ޝާމާއަށް އެނގުނެވެ. އޭނާގެ މޫނުގައި އެއްވެސް އަސަރެއް ނެތް ނަމަވެސް އަޑުގައިވީ ފޫހިކަމެވެ. ހީވަނީ ބޭކާރުބައެއްގެ ވާހަކަ އޭނާ ދެއްކި ހެންނެވެ.

* * * * *

ޝާއިނާއާއި ރާޔަން އެކަކުއަނެކަކަށް ބަލަން ތިއްބެވެ. ދޭތެރެއަކުން ރާޔަންގެ ލޯ ހިމަކޮށްލާނެއެވެ. އޭނާ އެއްގޮތަކަށް ވެސް ޝާއިނާއާ ގަޔާނުވާ ކަހަލައެވެ.

“އަޅެފަހެ މީ ސްޓެއަރިން ކޮންޓެސްޓެއްތަ؟” ޖޫލިއާއަށް އުނދަގޫވެގެން ބުނެލިއެވެ.

“އޭނަ ފެށީ، ބަލާބަލަ މިހާރު ވެސް އަހަންނާ ދިމާއަށް ބަލާގޮތް.” ރާޔަންއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީ ޝާއިނާ ވެސް ހުރީ ހައިރާންވެފައެވެ. އެހެންވިޔަސް އޭނާ ވެސް ރާޔަންއަށް ދޫކުރަން ބޭނުންނުވީއެވެ.

“ރާޔަން، ކޮބާތަ މައްސަލައަކީ؟. މި ޕްރޮޖެކްޓްގެ އެޑަށް މޮޑެލްއެއް ހޯދައިދޭން ބުނީމަ ރާޔަންއަށް ނުވިއެއްނު، އެހެންނޫނަސް ފްރީކޮށް ކަމެއްކޮށްދޭން އެއްބަސްވީ ހަމައެކަނި ޝާއިނާ.” ޖޫލިއާ ބުނެލިއެވެ.

“ނަ..އިސް… ޓު… މީޓް… ޔޫ…” ގަދަކަމުން ބުނާހެން ރާޔަން ބުނެލިއެވެ.

“ވަޓް ދި ހެލް އިޒް ރޯންގް ވިތް ޔޫ؟.” ޖޫލިއާއަށް ބުނެވުނެވެ.

“އެކްސްކިއުޒް މީ، ކުރިން ދުވަހު ޑިރެކްޝަންސް އަހަރެން އެހިން… އަހަންނަކަށް ނޭނގި ކީއްވެކަމެއް ތިހެން ކަންތައް ތިކުރަނީ، ބަޓް ލެޓްސް ޓްރައި ޓު ގެޓް އެލޯންގ… އޯކޭ.” ޝާއިނާ ބޭނުންވީ ސުލްޙަވެރި މާޙައުލެއްގައި މަސައްކަތްކުރާށެވެ.

“ޔޫ އާ ކައިންޑް، ދެން ކީއްވެ؟… ކީއްވެ ޝާމާއަށް އެހެން ހެދީ؟.” ރާޔަންގެ ދެ ލޮލުން ޝާއިނާއާ މެދު މާޔޫސްކަން ފާޅުވެއެވެ. އޭނާގެ އެ ސުވާލުން ޝާއިނާއަށް ލިބުނު ސިހުން ވެސް ރާޔަންއަށް ފާހަގަވިއެވެ. ޝާމާއާއި ޝާއިނާގެ ދެމެދުގައި ހިނގައިފައި އޮތް ކަމެއް ރާޔަންއަށް އެނގިދާނޭ ޝާއިނާ ހިޔެއްނުކުރާނޭ ހީވީއެވެ.

“އަހަންނަށް އެނގޭ ތީ ކޮންކަހަލަ މީހެއްކަން، މިހެން އަދި މީހަކު އެއްޗެކޭ ބުނެލުމަކުން ކަލޭގެ ހިތަށް އެއްޗެއް ނާރާނޭކަން އެނގޭ. ތިކަހަލަ މީހުން އެކްޓުކުރަން ވަރަށް…”

ރާޔަންގެ ވާހަކަ ނުނިމެނީސް ޝާއިނާގެ އަނގައިން މަޑުއާހެއް ނުކުތެވެ. އޭނާގެ ދެ ލޯ ފެންކަޅިވީ އިޚްތިޔާރަކާއި ނުލައެވެ. ރާޔަންގެ ވާހަކައިން ޝާއިނާ ހިތުގައި ޖެހުނީހެން ޚުދު ރާޔަންއަށް ވެސް ހީވިއެވެ. ޝާއިނާގެ ފަރާތުން ފެންނާނޭ ހީކުރި އަސަރުތަކާއި، ރާޔަށްއަށް ފެނުނު އަސަރުތައް މުޅިން ތަފާތެވެ. އޭނާގެ ކުރިމަތީ ނުހުންނަން ޝާއިނާ ހަލުވިކޮށް ދިޔައީއެވެ. ޝާއިނާ ނުކުމެގެން ދާތަން ފެނިގެން ޖޫލިއާ ކުރަން ހުރި މަސައްކަތް ހުއްޓާލައި ރާޔަންގެ ގާތަށް އައެވެ.

“ރާޔަން… ކީއްކޮށްގެން ޝާއިނާ އެދިޔައީ؟.” ޖޫލިއާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާ ހުރީ މަސައްކަތް އަވަހަށް ނިންމަން ބޭނުންވެފައެވެ. ޝާއިނާގެ ފަހަތުން ދާންވާއިރަށް އޭނާއަށް ޝާއިނާ ލޯ ފުހެމުން ކުލާސްރޫމު ދޮރުން ނުކުތްތައް ފެނި އިހުނަށްވުރެ ރާޔަންދެކެ ހިތްހަމަނުޖެހުނެވެ.

“ވަޓް ދި ހެލް ޑިޑް ޔޫ ސޭ ޓު މޭކް ހާ ކްރައި.” ދެފަރާތުން އަތްވިއްދާލުމާއެކު ރާޔަންއަށް ޖޫލިއާ ބަލާލިއެވެ. ރާޔަން ހުރީ ޤަބޫލުނުކުރެވިފައި ހުރި މީހަކު ހެންނެވެ.

“ގާއިޒް، ސޮރީ ލަސްވީމަ… އެކަމަކު މުހިންމު ތަރިން އަންނާނީ އަބަދުވެސް ތަންކޮޅެއް…” ކުލާސްރޫމަށް ވަދެގެން އައި ޒީނިޔާ ހުއްޓުނީ ޝާއިނާ އެތަނުގައި ނެތްކަން ފާހަގަވެގެންނެވެ. ވަގުތުން ޝާއިނާ ކޮބާތޯ ޒީނިޔާ އެއްސެވެ.

“ނޭނގެ މަށަކަށް، މިހުރި ރާޔަން ކީ އެއްޗެއްކީ، ޝާއިނާ ކުއްލިއަކަށް ނުކުމެގެން ދިޔައީ، އަހަންނަށް ހީވަނީ އޭނާ ރޮމުންހެން ދިޔައީ.” ޖޫލިއާ ބުނެލިއެވެ. އަދި ރާޔަން ގާތު ޝައިނާ ހޯދާ، މަޢާފަށް އެދެން ޖޫލިއާ އަމުރުކުރިއެވެ.

“ކީއްވެ މަޢާފަށް އެދެންވީ؟. އޭނާގެ ގޮތް ނޭނގޭ މީހަކު އެބައުޅޭތަ؟. ޝާމާއަށް އޭނާ ހެދި ގޮތުގެ ވާހަކައަކީ އެންމެންނަށް އެނގޭ ކަމެއް.”

“ކީކޭ… ޝާމާއޭ ކިޔައިގެން ކަލޭ ކީކޭކީ؟.” ޒީނިޔާއަށް ރުޅިގަނޑު ނުހިފެއްޓުނެވެ. އޭނާއަށް ހިފުނީ ރާޔަންގެ ޓީޝާޓުގައެވެ. ޒީނިޔާ އައިސްފަ ހުރި ރުޅީގެ ހޫނުކަން ރާޔަންއަށް އިޙްސާސްވި ކަހަލައެވެ. ޖޫލިއާ އެ ދެމެދަށް ނުވަންނަމަ ރާޔަންގެ މޫނުގައި ޒީނިޔާ ޖެހީސް ކަންނޭނގެއެވެ. ރާޔަންއަށް ހިންދިރުވާލެވުނީ ކަންބޮޑުވެގެންނެވެ. އޭނާ ހާމަކުރީ ތެދަކަށްވާއިރު ޒީނިޔާ އެހާ ރުޅިއެއް އަންނަންޖެހޭ ސަބަބު ނުވިސްނުނެވެ. ޖޫލިއާ އެ ދެމެދަށް ވަނެވެ. ޒީނިޔާގެ އަތުގައި ހިފާ ދަމަމުން ރާޔަންއާ ދުރަށް ލިއެވެ.

“ކަލޭ ޝާއިނާއާ ވާހަކަދެއްކީ ތިމޭރުމުންނަމަ، ހަމަ މިހާރު ދޭ… ގޮސް ޝާއިނާގެ ގާތުން މަޢާފަށް އެދޭ، ކަލެއަށް ކޮން ހައްޤެއް އޮތީ ތިހުރިހާ އެއްޗެކޭ އޭނާއާ ދިމާއަށް ކިޔާކަށް.” ޒީނިޔާގެ ރުޅި ފިނިވާ ގޮތެއްނުވެއެވެ.

“މަޢާފަށް އެދޭށޭ… ބަލަ އަހަރެން ހަދަހަދައިގެން ކިޔާ އެއްޗެއްނޫންމީ، ހިނގައިފަ އޮތް ކަމެއްގެ ވާހަކަ އަހަރެން ދެއްކީ.” ރާޔަން ބުންޏެވެ.

މަސައްކަތް ހުއްޓިފައިވުމުން، ޕްރޮޖެކްޓުގައި ބައިވެރިވާ އެހެން ބައިވެރިން ވެސް ހިތްހަމަނުޖެހިއްޖެއެވެ. ޝާއިނާ ނުކުމެގެން ދިޔައީ ރާޔަންގެ ސަބަބުންކަމުގައި އެމީހުން ވެސް ޤަބޫލުކުރެއެވެ. ރާޔަންއަށް އެތަނުން ދެކުއްޖަކު ގޮވާލީ ތަންކޮޅެއް ބާރަށެވެ. ޖަދަލުކުރުމުގެ ބަދަލުގައި، ގޮސް ޝާއިނާ ގޮވައިގެން އަންނަން އެމީހުން ބުންޏެވެ. އެހެންކުއްޖަކު ބުނީ ތަނުގައި އުފެދުނު ހަމަނުޖެހުމަކީ ރާޔަންގެ ސަބަބުން އުފެދުނު ހަމަނުޖެހުމެއްކަމެވެ. އެހެންވެ އެކަން ރަނގަޅުކުރުމަކީ ރާޔަންގެ ޒިންމާއެއްކަމެވެ. ވަގުތުތަކެއް ބޭކާރުވެގެން ދާއިރު އެތަނުގައި ތިބި ކޮންމެ ކުއްޖަކީ އެންމެ މަސައްކަތަކަށް މުޅި ދުވަސް ހުސްކޮށްލެވެން ނެތް ކުދީންކަން ބުންޏެވެ. ތުންފިއްތާލީ އެންމެންގެ ވާހަކަތަކާ ރާޔަން ގަޔާނުވެގެންނެވެ. އެ އެންމެންނާ ކުރިމަތިލުމަކީ މޮޔަކަމެއްކަމުގައި ރާޔަންއަށް ވިސްނުނެވެ.

ރާޔަންއަށް ކުލާހުން ނުކުތީ ޝާއިނާ ހޯދާށެވެ. ސަރައްކާލި ހުރަސްކޮށް ސިޑިން ތިރިއަށް އައިއިރު ފާޚާނާ ކައިރިން ވެސް ޝާއިނާ ނުފެނުނެވެ. އިމާރާތުގެ ބިއްދޮށުގައި ހަލާކުވެފައި ހުރި ބެންޗުގެ އެއްފަރާތުގައި ޝާއިން އިންތަން ރާޔަން ފެނުނެވެ. އަވަސް އަވަހަށް އައިސް އޭނާގެ ފުރުގަހުގައި ހުއްޓިއްޖެއެވެ.

“އެކްސްކިއުޒް މީ…” ރާޔަން މިހެން ބުނުމުން ވެސް ޝާއިނާ ބަލާނުލިއެވެ. އޭނާއަށް އަނެއްކާ ވެސް ތުންފިއްތާލެވުނީއެވެ. އެހެންނަމަވެސް އޭނާ މަޢާފަށް އެދުނެވެ.

“އައި އޭމް ސޮރީ، އަހަންނަށް އެނގޭ ޝާއިނާގެ ގޮތެއް އަހަންނަކަށް އަސްލު ނޭނގޭނެކަން، އެހެންވިޔަސް… އަހަރެން ހިޔެއްނުކުރަން ތިހާ ހިތްބަލިވާނެކަމަށް، އެއްޗެކޭ ބުނެލާއިރަށް ރޯންފަށާނެ ކަމަކަށް، އެނީވޭޒް، އަހަރެން މިއައީ މަޢާފަށް އެދެންވެގެން، އައި ގެސް އައި ވޯސް ނޮޓް ތިންކިންގް ސްޓްރެއިޓް… ހޭ!… ހެލޯ!…” ރާޔަން އެ ހުރިހާ ވާހަކައެއް ދެއްކުމުން ވެސް ޝާއިނާގެ ޚަބަރެއްނުވުމުން އޭނާއަށް ގޮވަން ފެށިއެވެ.

ޝާއިނާ ފަސްއެނބުރި ބަލާލީ ކައިރިން ހިޔަންޏެއް ވެގެންނެވެ. ކަންފަތަށް ޖަހާފައި ހުރި ހެޑްސެޓް އޭނާ ނައްޓާލިއެވެ. ފަހަތުގައި ހުރި ރާޔަންއާ ކުރިމަތިލިއެވެ.

“މިތާ ހުންނަތާ ވަރަށް ގިނައިރުވެއްޖެތަ؟، އަހަރެން އިރުކޮޅަކުން ދާންވެގެން މިއިނީ… އެންޑް ބައި ދިވޭ… ކުރިން ވާހަކަދެއްކީ ކޮންވައްތަރަކަށް، އެއީ އަލަށް ދިމާވާ މީހުންނާ ވާހަކަދައްކަންޖެހޭ ގޮތްތައް، ނޭނގޭތަ މިކޮލެޖުގައި އަހަންނަކީ ސީނިއާއެއްކަމެއް، ތީ އިހަށް ދުވަހު ކޮލެޖަށް ވަދެގެން އުޅޭ ފްރެޝްމޭންއެއް…” ރާޔަންއަށް އިނގިލި ދިއްކޮށްލައިގެން ހުރެ ޝާއިނާ ބުނެލިއެވެ. ރާޔަން ހުރީ އަޖައިބުވެފައި ހުރި ހެންނެވެ.

“އިފް ޔޫ ޕުލް ސަމްތިންގް ލައިކް ދިސް އަގައިން، ޔޫ ވިލް ބީ އިން ލޮޓް އޮފް ޓްރަބަލް… އޯކޭ…” ރާޔަންއާ ކައިރިއަށް ޖެހިލައި ޝާއިނާ ބުނެލިއެވެ. އަދި ރާޔަން ފަސްދީ އޭނާ ހިނގައިގަތެވެ. ހިނގައިގަންނަން ނޭނގިފައި ރާޔަންއަށް ހުރެވުނީއެވެ. ޝާއިނާއާއި ޝާމާއާ ގުޅިގެން ރާޔަންއަށް ވިސްނާލެވުނެވެ.

* * * * *

“ދެން ހަމަ އެހެން ބުނެލާފަ އައީ؟.” ޝާއިނާއަށް ގަނެދިން އައިސްކްރީމް ތަށި ހިފައިގެން އޭނާގެ ކޮޓަރިތެރޭ ޒީނިޔާ އިނެވެ. އަދިވެސް ރާޔަންއަށް އޭނާ ރުޅި ބާލަނީއެވެ.

“އިތުރަށް ކޮންކަމެއް ކުރެވޭނީ؟” އެނދުމަތީ ހުރި ހެދުންތައް ފަތްޖަހަމުން ޝާއިނާ ބުންޏެވެ.

“އޭނާ ހަނދާންނުނެތޭވަރު ކޮށްލިނަމަ.” ޒީނިޔާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެއްފަހަރާ ހިނގަމުންދިޔަ ކަހަލައެވެ.

“ޒީ… އޭނައަށް އަޑުއިވިގެން އެއުޅެނީ އެއްފަރާތުގެ ވާހަކަ، ކަންތައްވީގޮތެއް ރަނގަޅަށް ނޭނގޭނެ، އެހެންނޫނަސް ރުޅިއައިސްގެން އުޅުމަކީ ހުރިހާ އެނާޖީއެއް ހުސްވާކަމެއް، އެވަރުބަލިކަމުގައި އުޅޭކަށް އަހަރެން ބޭނުމެއްނޫން.” ޝާއިނާ ދެކޮނޑު އަރުވާލައި ހީނލިއެވެ.

“މަސައްކަތް ނިމެންދެން އޭނާ އިނީ ވަރަށް މަޑުމަޑުން، ހީވަނީ އަސްލު ވެސް އޭނާއަށް ބުނެވުނު އެއްޗަކާމެދު ދެރަވެފައި އިނީހެން، ނޫނީ އޭނާއަށް ވެސް ހަޤީޤަތް ނޭނގޭހެން ހީވަނީ ކަންނޭނގެ، ހީ އިޒް ޕްރޮބެބްލީ ޖަސްޓް ކޮންފިއުސްޑް، އަހަންނޭ ކިޔައިގެން ފަތުރާ ހުރިހާ ވާހަކައެއް ނުހުއްޓުވޭނެ، އެންމެންނަކަށް ރައްދެއް ނުދެވޭނެ… އެއީ އަހަރެންގެ ގޮތެއް ވެސް ނޫން.”

“ޔޫ އެންޑް ޔޯ ގުޑް ގާލް މެންޓާލިޓީ…” ޒީނިޔާއަށް ބުނެވުނެވެ.

“ތީ ކުރި ތަޢުރީފެއްގެ ގޮތުގައި ބަލައިގެންފިން.” ޝާއިނާ ހީނލިއެވެ.

* * * * *

ދަރިވަރުން ޢާއްމުކޮށް އައިސް ހަދާ ކެފޭގެ މޭޒެއްގެ ދޮށުގައި ރާޔަން އިނެވެ. އެތަނަށް ވަދެގެން އައި ހަނާ ގޮވާލިއެވެ. މޭޒުދޮށުގައި އިށީންނަމުން ރާޔަންއާ ސުވާލުކޮށްލިއެވެ. އެގޮތަށް ކޮލެޖުން ބޭރުން ބައްދަލުކުރުމަކީ ރާޔަން ކުރާކަމެއްނޫންވީމައެވެ. ކަމަކާ ފިކުރުބޮޑުވެފައި އިން މީހަކުހެން ހަނާއަށް ރާޔަން ގޮވާލިއެވެ. އޭނާގެ ނަޒަރު ހަނާއަށް އަމާޒުކޮށްލުމެއްނެތިއެވެ.

“ކުރިން ބުނިހެން، ޝާއިނާއަކީ ހަމަ އަސްލުވެސް ގޯސް ކުއްޖެއްތަ” ރާޔަންއަށް އަހާލެވުނެވެ.

“ހަނާ ކިޔާދިން ވާހަކަތަކުން އަހަރެންނަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހެވުނީ، އެހެންވެ އޭނާއާ ބައްދަލުވީމަ އެއްޗެހި ކިޔުނީ، އެކަމަކު އޭނާ… ހީވީ އަހަރެންނަށް ދެއްކުނީ މުޅިން ގޯސް ވާހަކައެއްހެން، އެ ދެ ލޮލުން އަހަރެން ދުށީން، އޭނާއަށް ހާޓްވެފައި ހުރިވަރު، ހިޔެއްނުކުރަން އޭނާ އެގޮތަށް ރިއެކްޓްކުރާނެކަމަކަށް، އަހަންނަށް އެނގޭ އޭނާ އެކްޓެއް ޖެއްސީކީނޫންކަން، ހަނާ، އަހަންނަށް ފެނުނު ކަންތައްތަކުން، އައި އޭމް ޖަސްޓް ނޮޓް ޝުއާ ޝާއިނާއަކީ އެންމެން އެ ކިޔާ ކަހަލަ ވިޔާނުދާ އަންހެންކުއްޖެއްހެން.”

“ހާ ފޭސް…” ރާޔަންގެ ވާހަކަތަކުން ޚިޔާލަކަށް ގެއްލި އިނދެ ހަނާއަށް ބުނެވުނެވެ. އޭނާގެ އަޑު މަޑުވުމުން ރާޔަން ކީކޭތޯ އަހާލިއެވެ. އެއާއެކު ސިކުނޑީގައިވި ޚިޔާލުތައް ހަނާ ވަގުތުން އެއްފަރާތްކޮށްލިއެވެ.

“ނަތިންގް، ތިކަމުގައި ބުނާނޭ އެއްޗެއް އަހަންނަކަށް ނޭނގެ، އަހަންނަށް ހީވާގޮތް ނުބަލާ ރާޔަން އަމިއްލައަށް ގޮތް ނިންމަންވީ. އެއީ އެންމެ ރަނގަޅުގޮތަކީ.” ހަނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭނާ މަޑުކުރާކަށް ވެސް ގަސްދެއް ނުކުރިއެވެ. ކަމެއް ހަނދާންނެތިފައި ހުރި ކަމުގެ ބަހަނާ ދައްކާ ނުކުމެގެން ދިޔައީއެވެ.

ގެއަށް އައި މަގުމަތީ ވެސް ރާޔަންއަށް ވިސްނެމުން އައީ މިއަދު ކަންކަން ހިނގައިދިޔަ ގޮތާމެދުއެވެ. އޭނާ ދެއްކި ވާހަކައިން ހަނާ ކުއްލިއަކަށް ރުޅި އައީ ކީއްވެކަމެއް ނޭނގެއެވެ. އެހެންވެ ރާޔަންއަށް ވިސްނުނީ ފަހަރެއްގައި އިތުރުކަމެއް މިކަމުގައި އުޅެނީ ކަމަށެވެ. އޭނާ ގެއަށް އައިސް ނިދަން އޮވެގެން ވެސް ކުރެވުނުހާ ކަމަކީ ވިސްނުމެވެ. ހުރިހާ ހަޤީޤަތެއް ނޭނގެނީއޭ ހީވާތީއެވެ. ރާޔަންއަށް ރަނގަޅު މަގެއްކަމުގައި ފެނުނީ ޝާމާއާ އެކަމާ ގުޅިގެން ވާހަކަދެއްކުމެވެ.

* * * * *

ބްރޭކްގަޑިއެވެ. ޓޭކްއަވޭ ކޮފީއެއް ހިފައިގެން ހަނާ އިނީ އެންމެންނާ އެކަހެރިވެ މާދުރުގައި ހުރި ބެންޗެއްގައެވެ. އޭނާގެ ނަމުން ޝާމާ ގޮވާލި އަޑު އިވުމާއެކު މީހާއަށް ތަފާތު ހަރުކަށިކަމެއްވެރިވިއެވެ. ދެ ކޮފީތަށި ހިފައިގެން ޝާމާގެ ފަހަތުގައި ރާޔަން ހުއްޓެވެ.

“ހާދަ އެކަނި؟. އަހަރެމެން އެންމެފަހުން ބައްދަލުވިފަހުން ހީވަނީ އަހަރުތަކެއް ފާއިތުވެ ހިނގައްޖެހެން” ޝާމާ އައިސް ހަނާގެ ކައިރީ އިށީނެވެ.

“އަހަރެން ހުންނަނީ ދާގޮތަށް، އެކަމަކު ޝާމާ…” ރާޔަން ބުނަން އުޅުނު ވާހަކަ ޝާމާ މެދުކަނޑާލިއެވެ.

“ތިއެއްނޫނޭ، ކުރިން ދުވަހަކު މަޖާ ވާހަކައެއް އަޑުއިވިއްޖެ.” ޝާމާ ބުނެލިއެވެ.

“އަޑު އެހިންތަ، އާޓްސް ކުލާސްތަކުން ކުލާހެއްގައި އުޅޭ އަންހެންކުއްޖެއްގެ ވަރަށް ބޮޑު ކްރަޝްއެކޯ ރާޔަންއަކީ.” ޝާމާ ބުނެލިއެވެ. އެހިނދު ހަނާއަށް ސިހުން ލިބުނެވެ. އިސްޖަހައިގެން އިނެއްކަމަކު ދެ ލޯ ބޮޑުކޮށްލެވުނެވެ.

“އޯ ކަމޯން…” މަޑުމަޑުން ހަނާ ބުނެލިއެވެ.

“ނުވާނެ އެހެނެއް، އަހަރެން އެހާ ކާމިޔާބުހެން ހީވަނީ… ތިވާނީ މީހަކު ފަތުރާ ދޮގަކަށް.” ރާޔަން ބުނެލިއެވެ.

“އެހެންތަ؟… އެހެންވީރު އެކަން އޮތީ އެހެން ގޮތަކަށް ކަންނޭނގެ، މޭބީ އިންސްޓެޑް އޮފް ސަމްވަން ހެވިން އަ ކްރަޝް އޮން ރާޔަން… އިޓް އިޒް ރާޔަން، ހޫ ހޭސް އަ ކްރަޝް އޮން ސަމްވަން އިން އަވާ ކްލާސް.” ޝާމާ ހީނލިއެވެ. އަދި ރާޔަންއަށް ބަލާލިއެވެ.

“އެއީ ތެދަކަށްވިއްޔާ، އަހަރެން ބޭނުން އެނގެން… ބުނާނަންތަ ދޯ، އަހަރެމެންނަކީ ރައްޓެހިންނެއްނު.” ޝާމާ ބުނެލީ ތަފާތު މާނައެއްގައި ކަހަލައެވެ. ރާޔަން އެނގޭކަމަށް ނުހެދިއެވެ. ކުލާސް ފެށުމުގެ ކުރިން ފޯނުކޯލެއް ކުރަންވެފައި އޮތްކަމަށް ބުނެ އެމީހުންނާ ދުރަށް ދިޔައެވެ.

“ޝާމާ ހާދަ ފާޑަކަށޭ މިހާރަކަށް އައިސް ތިއުޅެނީ. ތީ ގައިމު ކުރިއަކުން އުޅުނު ގޮތެއްނޫން.” ހާނާއަށް ނުހުރެވިގެން ބުނެވުނެވެ.

“ކުރިއޭ…” ޝާމާ ހީނލީއެވެ. މަލާމާތުގެ ޒާތަކަށެވެ.

“ތިހެން ބުނާއިރު، ތި ވިސްނުމުގައިވީ އަހަރެންކަން ޔަގީންތަ؟.” ޝާމާ ބުނެލިއެވެ. ހަނާގެ ދޫ ބަންދުވާގޮތްވިއެވެ. ޖެހިލުންވީ ކީއްވެކަމެއް ނޭނގުނެވެ. ހަނާ ތެދުވީއެވެ.

“ހޫމް!… ޓެލް މީ، ހޫ އާ ޔޫ ތިންކިންގް އޮފް، ރައިޓް ނައު؟.” ޝާމާ ހިނިތުންވެލަމުން ހަނާގެ ކުރިމަތީ ހުއްޓިލިއެވެ.

“ހަމަގައިމުވެސް މިހާރު ތިއުޅޭ ގޮތަށް ފިރިހެނުންނާއެކު ނޫޅޭ.” ހަނާ ބުންޏެވެ.

“ފިރިހެނުންނާއެކުއޭ… ކާކު؟. ރާޔަން؟… އަހަރެމެންނަކީ ހަމައެކަނި ރައްޓެހިންނޭ ބުނެފީމެންނު، އަހަންނަށް މިހާރު ހަމަ ޝައްކު، ހަނާ ތިއުޅޭ ގޮތުން ހީވަނީ ރާޔަން ވަރަށް ކަމުގޮސްގެން އުޅޭހެން. ތިހާ އޭނާދެކެ ލައިކް ވަންޏާ ބުނަންވީނު.” ޝާމާގެ ގަސްދަކީ ހަނާ ދެރަކޮށްލުން ކަހަލައެވެ.

“ދެޓްސް އިނަފް…” އެމީހުންނާ ދިމާއަށް އައި ޒީނިޔާ ބުނެލިއެވެ. ހަނާގެ ކައިރީ ހުއްޓިލައި ޝާމާއަށް ޒީނިޔާ ބަލާލިއެވެ.

“އެއްފަރާތުގައި އަނގައިން ނުބުނެ މަޑުކޮށްލައިގެން ހުރެ ޝޯ ކުރިއަށްދާތަން ބަލަން ގަސްދުކޮށްގެން އަހަރެން ހުރީ، އެކަމަކު އަހަރެން ހިޔެއްނުކުރަން ކަލޭ އަދިވެސް ތި ޝިޓީ ގޮތްގޮނޑު ދޫކޮށްނުލާކަމަށް، ޔޫ ސްޓިލް ގޯ އަރައުންޑް ޕުލިންގް ދިސް ޝިޓް ވިތް ޕީޕަލް.” އުނަގަނޑުގައި އެއްއަތް ވިއްދާލައިގެން ހުރެ ޒީނިޔާ ބުނެލިއެވެ.

“ނުބުހޭ ކަންކަމުގެ ތެރެއަށް އަނގަނުބާނާ މިތަނުން ދާންވީނު ދޯ.” އަސަރެއް ގޮތަކަށް ޒީނިޔާއާ ދިމާއަށް ޝާމާ ބުނެލިއެވެ.

“ތިވާހަކައެއްނު މިބުނީ، އަހަރެން ޕްލޭންކޮށްގެން ހުރީ ކަލޭގެ އަނގައިން ނުކުންނަ ކުނިތައް ފެނުނީނަމަ ވެސް އަޅާނުލާށޭ…” ލޮލުގައި އިން އަވިއައިނު ކުޑަކޮށް ތިރިއަށް ޖައްސާލައި ހަނާ ބުނެލިއެވެ. އަދި އަތުގައި އޮތް ކޯކުތަށީގެ ހޮޅިން އަޑުލައްވާލައި އެތިފޮދެއް ބޯލިއެވެ.

“ކަލޭ ހީކުރަނީ މީހުންނަށް ކަލޭ ޖައްސާ އެކްޓު ނޭނގޭނެކަމަށްތަ؟، އެންމެ އިނޮސެންޓް، ކައިން މީހާއޭ ހީވާނޭހެން އެކްޓް ޖައްސާއިރު، ކަލޭ ހީވަނީ މިހުރިހާ ކަމަކީ ވެސް ކަލޭއަށް ނޭނގިވަމުން އަންނަ ކަންކަންހެން… ޔޫ ޕުޓް އޮން ދެޓް އެކްޓް އެންޑް ސްލޯލީ ވޯކް ޔޯ ވޭ އަންޑަރ ސަމްވަންސް ސްކިން، ޗިޕިންގް އަވޭ އެޓް ދެމް ބިޓް… ބައި… ބިޓް…” ފަހު ބަސްތައް ޒީނިޔާ ބުނެލީ ދަމާލާފައި އަސަރު ހުރި ގޮތަކަށެވެ.

“ތީ ތަންކޮޅެއް ބޮޑުވަރުހެން ކަލެއަށް ހިޔެއްނުވޭތަ؟، ތިބުނާހާ އަހަރެމެންނަކީ ގާތް ދެ މީހުންނެއްނޫން، އަހަރެންގެ ގޮތް ކަލެއަކަށް ނޭނގޭނެ، ވީއިރު ތިކަހަލަ އެއްޗެހި އަހަންނާ ދިމާއަށް ކިޔުމަށް ކޮންހައްޤެއް ކަލެއަށް އޮތީ؟.” ޝާމާ ބުނެލިއެވެ.

“ވެލް… އިފް އައި އޭމް ރޯންގް، ދެން އައި އޭމް ރޯންގް… އެކަމަކު ކަލޭ ވިސްނައިފިނަމަ…” ޒީނިޔާ ތިރިކޮށްލި އައިނު އަލުން މައްޗަށް ޖައްސާލާ ރަނގަޅުކޮށްލިއެވެ.

“ކަލެއާއި އެ ފިރިހެންކުއްޖާއާ ދެމެދު އޮތް ގާތްކަމުގެ ވާހަކަ ދައްކަމުން ކަލޭ ތި ހިތްވަރުދެނީ އޭނާގެ އިޙްސާސްތައް ހާމަކުރަން، ކޮބަޔޯ ބޭނުމަކީ؟… ކަލޭމެން ދެމީހުން ރައްޓެހިންނަށްވިއްޔޯ، އެހެންވީމަ ކަލޭ ނުސީދާކޮށް ބުނަން ބޭނުންވަނީ އެ ފިރިހެންކުއްޖާ އޭނައާ ޑޭޓްކުރަން ނިންމިޔަސް، އެ ފިރިހެންކުއްޖާގެ ފޫބުޑުން ކަލޭ ދުރަކަށް ނުދާނަމޭ ދޯ. ކަލޭ ތިބުނާ އެކުވެރިކަމުގައި ޔޫ ވިލް ބީ ދެއާ ބައި ހިސް ސައިޑް ޓު ގްރޭޓް އޮން ހާ ނާވްސް… ނޫނީ އޭނާ އެ ފިރިހެންކުއްޖާ ގާތު އޭނާގެ އިޙްސާސްތައް ހާމަކުރުމުން އޭތި ވޯކްއައުޓް ނުކޮށްފިއްޔާ… ލެޓް މީ ގެސް، އިފް ދެޓް ހެޕެން، ދެން ޔޫ އާ ޓްރައިންގް ޓު ޓުވިސްޓް ދި ނައިފް ބިކޯޒް ޔޫ… ޔޫ ވިލް ސްޓިލް ބީ ފްރެންޑްލީ ވިތް ހިމް.” ޒީނިޔާގެ ވާހަކަތަކުން ޝާމާގެ މޫނުގެ ކުލަވަރުން އެކުގައި ބަދަލުވިއެވެ. މާބޮޑު އަސަރެއް ނުދެއްކި ނަމަވެސް އޭނާ ރުޅިއައިސް ރަތްވެފައިކަން އެހުރީ ޒީނިޔާއަށް އެނގެއެވެ.

“އިޓްސް ޕްރިޓީ އޮބްވިއަސް ޓު އެނީވަން ދެޓް ޔޫ އާ ޓްރައިން ޓު ގެޓް އޮން ހާ ނާވްސް، ހިނިތުންވަކުން ހުރިހާކަމެއް ފޮރުވާލެވިދާނޭ ހީކޮށްގެން ހުރެ. އަޅެފަހެ ހުސް ގަމާރުންތަ ކަލޭގެ ނޫނީ އުޅެނީ.” ޒީނިޔާއަށް ބުނެލިއެވެ. އެހިނދު ހަނާއަށް ހެވެން އުޅުނެވެ. އޭނާ ތުންފަތުގައި ހިފަހައްޓާލީއެވެ. ޝާމާއަށް ވެފައި ހުރި ގޮތް އޭނާއަށް ވެސް ރަނގަޅަށް ފެނެއެވެ. ދުލުން ހާމަނުކުރި ނަމަވެސް ޝާމާއަށް ވެފައި ހުރި ގޮތް ފެނި ހަނާއަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ވަގުތުކޮޅެއް ކުރިން ހަނާއަށް އިޙްސާސް ކުރެވެމުންދިޔައީ އޭނާގެ ވަށައިގެން ހަތަރުފަރާތުން ބެދެމުން އައި ހެންނެވެ. ނަމަވެސް ޒީނިޔާ އައި ހިނދު އޭނާގެ ހިނދެމުންދިޔަ ނޭވާ އަލުން ހިނގަންފެށި ކަހަލައެވެ.

“ވައި އާ ޔޫ އޯލްވޭޒް ސޯ މީން ޓު މީ… ހަމަ ފެންނައިރަށް އަހަންނާ ދިމާއަށް އެއްޗެހި ތިގޮވަނީ…” ޝާމާގެ އަޑު މަޑުވެ ދެ ލޯ ފެންކަޅިވިއެވެ.

“ބަލަބަލަ!… ތި ދެ ލޮލުން ފެންބާލާކަށް ނުވެއެއްނު، ތިހާ ބުރަމަސައްކަތް ނުކުރޭ… އެހެންނޫނަސް އަހަރެން ކީ އެއްޗެހިން ކަލޭގެ ހިތްފަޅައިގެން ދާނީއެއްނޫން، ނޫންތަ؟. މިވަގުތު ދެން އެންމެ ބުއްދިވެރި ގޮތަކީ ކަލޭ ރޯންފެށުންކަމަށް ފެނިގެން ދޯ އަވަހަށް ބޮޑެތި ގޮބޮޅި ލޮލުން ބާލަން އުޅުނީ… އޭރުންތާ މީހުން އެއްކުރެވޭނީ، އެންޑް މޭކް މީ ލުކް ލައިކް ދި ބިޗް ހިއާ… މިތަނުގައި ވިކްޓިމްގެ ރޯލު ކަލެއަށް ކުޅެވޭނީ ވެސް ދޯ. އެކަމަކު އެނގޭތަ؟. އައި އޮނެސްޓްލީ ޑޯންޓް ކެއާ އަބައުޓް ބީން އޭސް އަ ބިޗް، ގާލް، ދެޓް ޝިޓް ގެޓްސް އޯލްޑް…” ޒީނިޔާ ދިމާކޮށްލާފަދަ ގޮތަކަށް އަޑެއް ލައްވާލީ ހީނގަންނަން އުޅެފައި ހުއްޓާލި ހެންނެވެ. ދެން އޭނާ ޝާމާއަށް އިނގިލި ދިއްކޮށްލީ ހިނިއައިސްފައި ހުރެއެވެ. އަދި އަވިއައިނު ތިރިކޮށްލާ ޝާމާގެ ލޮލާ ލޯ އަމާޒުކޮށްލިއެވެ.

“އިވެންޗުއަލީ… މައި ޑިއާ… އެވްރިވަން ލޫސަސް އިންޓްރެސްޓް އިން ދެޓް. ވެލް، ދެން… އައި ގެސް އައި ވިލް ސީ ޔޫ އަރައުންޑް.” ޒީނިޔާ އެއްލޯ މަރާލައި ހިނިތުންވުން ފުޅާވެލިއެވެ.

ހަނާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ޒީނިޔާގެ ފުށުން ފެނުނު ކަންތަކުން އޭނާ އަޖައިބުކޮށްލައިފިއެވެ. އޭނާ ދިޔަ ދިމާއަށް ބަލަން ހުރެފައި ޝާމާއަށް ހަނާ ބަލާލިއެވެ. އެހިނދު ޝާމާ ބަލަން ހުރި ގޮތުން ހީވީ އެ ދެ ލޮލުން އެކަނި ވެސް ހަނާގެ ފުރާނަ ޖަހައިގަންނަން ބޭނުންވެފައި ހުރީ ހެންނެވެ. ހަލުވިކޮށް ހަނާ ވެސް އެތަނުން ދާން ހިނގައިގަތީ އެހެންވެއެވެ.

— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *