ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަހެން ހީވެގެން އަތުން އަނގަމަތި ފުހެލައި އާމިލް ވެސް ހިނގައިގަތެވެ. ސައިކަލު ޕާކުކޮށްފައި ހުރި ހިސާބަށް އައިސް ސައިކަލަށް އަރާ އިރުކޮޅަކު ވިސްނަން އޭނާއަށް އިނދެވުނެވެ. ދެން ތަޅުދަނޑި ޖަހާލުމާއެކު ސައިކަލު އިސްޓާޓުކޮށްލައި ފަހަތަށް ޖަހާލުމާއެކު އޭނާގެ ގެއަށް ދިއުމަށް ދުއްވާލައިފިއެވެ.
ޖެހިގެން އައި ދުވަހެވެ. ރައްޓެހިންނާއެކު ކޮފީއެއް ނިންމާފައި އާމިލް އައީ ގެއަށެވެ. ގޭ ކައިރިއަށް އާދެވުމާއެކު އޭނާއަށް ފާރުކައިރީ މަޑުކޮށްލައިގެން ހުރި ޝާމާ ފެނިއްޖެއެވެ. މަގުގެ އަނެއް ފަރާތުގައި ސައިކަލު ޕާކުކުރުމަށްފަހު ވެސް އާމިލް ސައިކަލު މަތިން ނުފޭބިއެވެ. އިރުކޮޅަކު އާމިލްއަށް ބަލަން ހުރެފައި އޭނާގެ ގާތަށް ޝާމާ އައެވެ.
“އަދިވެސް ރުޅިއައިސްފަ. ދެން މަޢާފުކޮށްބަލަ.” ޝާމާ ބުންޏެވެ.
އާމިލްގެ ނަޒަރު ޝާމާގެ ލޮލާ އަމާޒުކޮށްލިއެވެ. އެ ދެ ލޮލުން އޭނާ ހޯދަނީ ކޮންކަމެއްކަން ނޭނގެއެވެ. ހިމޭންކަމާއެކު ޝާމާގެ ލޮލަށް ބަލަން އިނީއެވެ. ދެން ސައިކަލު އިސްޓާޓުކޮށްލައިފިއެވެ. ޝާމާ ގާތު ބުނީ އަރާށެވެ. ޝާމާ ވަގުތުން އާމިލްގެ ފަހަތަށް އަރައިފިއެވެ. އެއާއެކު އާމިލް ސައިކަލު ދުއްވާލީއެވެ. އޭނާ އައިސް މަޑުކުރީ ޢާއްމުކޮށް އެމީހުން އަންނަ ގެސްޓްހައުސްއަށެވެ. ރިސެޕްޝަނުން ކޮޓަރިއެއް ހަމަޖައްސެމަށްފަހު ޝާމާ ގޮވައިގެން އާމިލް އައިސް ކޮޓަރިއަށް ވަނެވެ. ދޮރުތަޅުލުމާއެކު ޝާމާގެ އަތުގައި ހިފައި ކޮޓަރީގެ މެދާ ދިމާއަށް ފޮޅުވާލިއެވެ. އަދި ހުރިހާ އަންނައުނެއް ބާލަން ޝާމާ ގާތު އާމިލް ބުންޏެވެ. އޭނާ ބުނި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ޝާމާ ހުރި ކަހަލައެވެ.
މީގެ ކުރިން އާމިލްގެ ފަރާތުން ނުފެންނަ ހަރުކަށިކަމާއި ގަދަބާރުދެއްކުން ޝާމާއަށް އިޙްސާސް ކުރެވެމުންދިޔައެވެ. ތަދު އިޙްސާސްވިއެއް ކަމަކު ޝާމާއަށް އެގޮތް ވެސް އަރާމުވިއެވެ. އާމިލް ހިތްހަމަޖެހޭވަރު ވުމުން އޭނާ ޝާމާގެ ގައިން ދޫކޮށްލިއެވެ. އަދި އެނދުގައި އޮށޯތެވެ. އާމިލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލުމަށްފަހު ޝާމާ ވާހަކަދެއްކިއެވެ.
“ޔޫ ވާ މީން… އައި ވޯންޓެޑް ޓު ޕަނިޝް ޔޫ.” ނޭވާ ހަމައަކަށް އެޅުމުން އާމިލް މަޑުމަޑުން ބުނެލިއެވެ.
“ސޮރީއޭ ބުނެފީމެންނު، އެހެންނޫނަސް އަހަރެން ބުނެފަ އޮންނާނީ ކޮލެޖު ކައިރިއަށް އަހަރެން ހޯދަން އައިސްގެން ނުވާނޭ. އާމިލް ޕްލީޒް… އައި ރިއަލީ ލައިކް ޔޫ. ޑޯންޓް ބީ ލައިކް ދެޓް… އެނގޭތަ!… ދޮންތީ ކޮލެޖަށް އަލުން އަންނަން ފަށައިފި، އަހަރެން ބޭނުމެއްނޫން އަހަރެމެންނޭ ކިޔައިގެން ބޭޑް ރިއުމާއެއް ކެމްޕަސް ތެރޭ ފެތުރޭކަށް.” ކުރުއަތް މައްޗަށް އޮށޯވެލުމާއެކު އާމިލްގެ މޫނުގައި ހިފައި ޝާމާއާ ނަޒަރު ސީދާ ކުރުވިއެވެ.
“އައި ޑޯންޓް ކެއާ… އަހަރެން ހަމައެކަނި ބޭނުމީ ޝާމާ.” އާމިލް ބުންޏެވެ.
“އައްމު… އަހަންނާއެކު އުޅެން ބޭނުންނަމަ… ކޮލެޖު ކައިރިން އަހަންނާ ބައްދަލުކޮށްގެން ނުވާނެ.” ޝާމާ ތެދުވެ އާމިލްއަށް ބަލަން އިން ގޮތުން ހީވަނީ އެ ހުށަހެޅުން ޤަބޫލުނުކުރާނަމަ އެ ދެމެދުގައި އޮތް ގުޅުމަށް ނިމުންއަންނާނޭކަމުގެ އިންޒާރުދިނީހެނެވެ. އެއްބަސްވާން ބޭނުންނުވިޔަސް އާމިލް އެއްބަސްވިއެވެ. އޯކޭއޭ ބުނެލިއެވެ. ޝާމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގުދުވެލައި އާމިލްގެ ތުންފަތުގައި ބޮސްދީފިއެވެ.
“އައި ކާންޓް އެފޯޑް ޓު ލޫޒް ހިމް… އާފްޓާ އޯލް ހީ ނޯސް މައި ސީކްރެޓް.” ޝާމާގެ ހިތާއި ސިކުނޑީގައި ވިއެވެ.
* * * * *
“ޓައިމްޓޭބަލް ލިބިއްޖެތަ؟.” ޒީނިޔާ އަހާލިއެވެ.
“އާން، ހުރިހާކަމެއް ފައިނަލްވެއްޖެ.” ކޮޓަރިތެރެ ތަރުތީބުކުރަމުން ޝާއިނާ ވާހަކަދެއްކިއެވެ.
“ތިޔަހެންވީރު ރަނގަޅު… އަހަރެން ހިތަށް އަރައިގެން މިހުރީ އިނާއާއެއްކޮށޭ ދާނީ.” ޒީނިޔާ ގަސްދުކުރާ ގޮތް ބުންޏެވެ.
“އެވަރުކަމެއް އަހަރެން އެކަނި މެނޭޖުކޮށްލެވޭނެ. އޯކޭވާނެ…” ފޮތްހަރުގަނޑުގައި ފޮތްތައް އަތުރަން ހުރެފައި އެނބުރި ޒީނިޔާއަށް ޝާއިނާ ބަލާލިއެވެ. ދެން އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ.
“މޭބީ ޒީއާ އެކީ ކަންނާނެގެ ދާންވީ… އެމީހުން ކުލާސްރޫމުތަކަށް ވަރަށް ބަދަލުގެނެސްފަ ހުރީ. އޮފީސް މިހާރު އެހުރީ އާބަޔަކަށް ބަދަލުކޮށްފަ… އެކަނި ހުރިހާ ދިމާއަކަށް ދުވުމަށްވުރެ މީހަކު ހުރިއްޔާ ފަސޭހަވާނެ… އެހެންބުނީމަ މި ހަނދާންވީ…”
“ކިހިނެއްވީ؟… ޝާމާ ކަމެއްކޮށްލީތަ؟.” ޒީނިޔާގެ ސިކުނޑިއަށް ފުރަތަމަ ވެސް އައީ ޝާމާއެވެ.
“އާޓްސް ބިލްޑިން ކުރިމަތީ ހުންނަ ބެންޗު ވެސް ނަގާފަ ހުރީ. ކޮލެޖަށް ވަންތާ ކުރީކޮޅު އަހަރެމެން އެ ބެންޗުގަ ޢާއްމުކޮށް ތިބެނީ…”
“ބޭކާރު ކަންކަން ހަނދާންކުރަނީތަ؟.” ޒީނިޔާއަށް ވިސްނުނީ ޝާއިނާއަށް ގެއްލިފައިވާ ރައްޓެހިންގެ މަތިން ހަނދާންކުރަނީކަމުގައެވެ.
“އިޓްސް ނޮޓް ދެޓް… ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންއިން ޕްލޭންކޮށްގެން އެހެން ކޮލެޖުތަކާއެކު ސްޕޯޓްސް ޑޭ ފާހަގަކުރި ދުވަހު، ކެމްޕަސް ތެރޭ ގެއްލިގެން އުޅުނު ކުއްޖަކާ ދިމާވި… އޭނާ އަލަށް ކަންނޭނގެ އަހަރެމެންގެ ކޮލެޖަށް އައީ… ރަޖިސްޓްރޭޝަން ކަންތަކުގައި އޮފީސް ނުފެނިގެން އުޅުނުއިރު އަހަރެން ހަނދާންވީ އޭނާ މަތިން.”
“އަހަންނަށް ހީވޭ، ކުރިއަށްވުރެ އިނާ ރަނގަޅުހެން. ޔޫ ޓޯކް އަބައުޓް ރެންޑޮމް ސްޓަފްސް… ވިޗް އިޒް އެކްޗުއަލީ ގުޑް.” ޒީނިޔާ ހިނިތުންވެލިއެވެ.
“އަހަރެން… ރަނގަޅުވާން އެބަޖެހޭ. މީ އަހަރެންގެ ދިރިއުޅުން… އެހެންވީމަ، ވިސްނުން ރަނގަޅު މިސްރާބެއްގަ ބަހައްޓަން މަސައްކަތް މިކުރަނީ.” ޝާއިނާގެ ފަރާތުން ސީރިއަސްކަން ފާޅުވެލިއެވެ.
“ޒީ… ޝީ ހޭސް ޓޭކަން އަލޮޓް ފްރޮމް މީ އެންޑް… އައި ޕްލޭން އޮން ރިޓާނިންގ ދި ފޭވާ.” ނިކަން ސާބިތުކަމާއެކު ޝާއިނާ ބުންޏެވެ. އެކުވެރިޔާގެ ދެ ލޮލުން ފެންނަން ހުރި ޔަގީންކަން ޒީނިޔާއަށް ކަމުދިޔައެވެ.
* * * * *
އައު ދުވަހެކެވެ. ޝާއިނާއާއި ޒީނިޔާ ކުލާހަށް އައީ އެކުއެކީއެވެ. ޒީނިޔާ ކޯހުގައި ބައިވެރިވީ ޝާއިނާއަށް ޓަކައިކަން ޚުދު އޭނާއަށް އެނގެއެވެ. ހިތްވަރުއެލި ގޮތް ހުސްވާ ވަގުތު ޒީނިޔާ ފަދަ ރަޙުމަތްތެރިއަކު ހުރުމަކީ ނަސީބުކަމުގައި ޝާއިނާއަށް ޤަބޫލުކުރެވެއެވެ. ރައްޓެހިންގެ ނަމުގައި އެތައް ބަޔަކު އުޅުނުއިރު ވެސް އޭނާ ދެއްކި ވާހަކައާ މެދު އެމީހުން ވިސްނާލިހެން ހިޔެއްނުވެއެވެ. ފެންނަ ކަންކަމާމެދު ސުވާލު އުފައްދަން އެކަކުވެސް ބޭނުންނުވަނީ ކަހަލައެވެ. ޝާއިނާގެ ހިތަށް ކުރެވޭ އުނދަގޫ އެމީހުންނަށް އިޙުސާސެއްނުވިއެވެ. ރަނގަޅު ރަޙުމަތްތެރިންނަކީ ޒީނިޔާފަދަ އެކުވެރިންނެވެ.
ރާއްޖޭން ބޭރުގައި އުޅުނުއިރު ނުފެންނަހާ ރީތި ފިރިހެންކުދީން ރާއްޖެއައިމަ ފެންނަ ކަމުގައި ޒީނިޔާ ބުންޏެވެ. ދެ އެކުވެރިން ކުލާސް ނިންމާފައި ނުކުމެގެން އައީ ކުލާސް މޮނިޓާރއަށް އައްޔަންކުރި ފިރިހެންކުއްޖާގެ ވާހަކަދައްކަމުންނެވެ. ޒީނިޔާ ވާހަކަދެއްކުމުން ވެސް އެ ފިރިހެންކުއްޖާގެ މާބޮޑު ސަމާލުކަމެއް ނުލިބުނީއެވެ. އެކުވެރިޔާ ކުއްޖަކާ ރައްޓެހިނުވާކަން ޝާއިނާއަށް އެނގެއެވެ. ފިރިހެން ރީތިވެގެން އުޅުމަކީ ޒީނިޔާގެ އާދައެކެވެ. އެކަމަކު ދުވަހަކުވެސް އޭނާ ގުޅުމެއް ފަށާކަށް ޝައުގުވެރިއެއްނުވެއެވެ. އެއަށްވުރެ ކިޔަވާ މޮޅު މީހަކަށްވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ހާސިލުކުރަން އެންމެ ބޭނުންވާ ލަނޑުދަނޑިއެވެ. އަދި ހަޔާތަށް ބައިވެރިއަކު ގެންނާނީ ކައިވެންޏެއް ކުރަން ނަފްސު ތައްޔާރުވީމާކަން ވެސް ޒީނިޔާ ބުނެއެވެ.
“ސްޓޮޕް ޓްރައިން ސޯ ހާޑް… މޭބީ ޔޫ ނޮޓް ހިޒް ޓައިޕް. އަހަންނަށް އެނގޭ ޒީ… ތިއުޅެނީ ކޮންމެހެން އޭނާ ކަމުގޮސްގެންނެއްނޫން.” ޝާއިނާ ބުންޏެވެ.
“އެހެންވީރު ބުނެބަލަ… އިނާއަށް އޭނާ ކަމުދޭތަ؟.” ޒީނިޔާ އަހާލިއެވެ.
“ވަޓް… ކަމޯން ޒީ… އޭނާ ޒީއާ ވާހަކަދައްކަން ބޭނުންނުވިއިރު އަހަންނާ ވާހަކަދައްކާނެތަ؟.” ޝާއިނާ ޖަހާލީ ހިނިގަނޑެކެވެ.
ދެ އެކުވެރިން ވަކިވާން ޖެހުނީ ޒީނިޔާ ކިޔަވާ އެހެން މާއްދާއެއްގެ ކުލާސް ފެށެން ކައިރިވެފައި އޮތުމުންނެވެ. އެސައިންމެންޓްތަކުގެ ތަފްސީލު ލިބިފައި އޮތުމުން ޝާއިނާ ގަސްދުކުރީ ފަހުވަގުތަށް މަޑުނުކޮށް އެ މަސައްކަތްތައް ފެށުމަށެވެ. އެހެންވެ އޭނާ އައީ ލައިބްރަރީއަށެވެ. އެސައިންމެންޓުގައި ހިމެނޭ ދިގު މަޒުމޫނަށް ބޭނުންވާ މަޢުލޫމާތު ހޯދާ އެއްކުރުމުގައި ޝާއިނާ ވަގުތު ހޭދަކުރިއެވެ. އޭނާގެ ދެވަނަ ކުލާސް އޮތީ އެއްގަޑިއިރު ފަހުންނެވެ.
މަސައްކަތުގައި އިން ޝާއިނާގެ ސަމާލުކަން ވައިބްރޭޓްވާން ފެށި ފޯނު ހޯދިއެވެ. މަސައްކަތްތައް ފެށުމުގެ ކުރީން އޭނާ އެލާމް ޖެއްސީ ކުލާހަށް ދާން އޮތީމައެވެ. ގަޑިޖެހޭއިރު ވެސް އޭނާއަށް މަސައްކަތްތަކުގެ ތެރެއަށް ގެއްލިފައި އިނދެވިދާނެތީއެވެ. ހުޅުވާފައި ހުރި ފޮތްތައް ލައްޕާލައި މޭޒުގެ އެއްފަރާތުގައި ބަރިއަކަށް ޖަހާލިއެވެ. އަދި ފޮތާއި ދެން ވެސް ބޭނުންކުރި ސާމާނުތައް އެއްކޮށްލައި އަތްދަބަހަށް ލިއެވެ. ލައިބްރަރީއިން ނުކުމެ ސަރައްކާލި ހުރި ގޮތަށް އައީ ތިރިއަށް ދާން ހުރި ސިޑިއާ ދިމާއަށެވެ. ސަޑިން ދުވެފައި އައި ޒުވާނާއާ ޝާއިނާއާ މުޑިއެރިއެވެ. އަވަހަސް އަވަހަށް ދުރަށް ޖެހިލުމާއެކު ޝާއިނާ މަޢާފަށް އެދުނެވެ.
“ކިހިނެއް…. ކިހިނެއް އެހާ އަވަހަށް މިހިސާބަށް ތިއައީ؟.” ހައިރާންވެ އަޖައިބުވެފައި ހުރެ މާޒިން ބުނެލިއެވެ. ޝާއިނާ ހުރީ މާޒިން ދައްކާ ވާހަކައެއް ނޭނގިފައެވެ.
“އައި މީން… ދެންމެ ބުނި މިހުރީ…” މާޒިން ވާހަކަދެއްކުން ކުއްލިއަކަށް ހުއްޓާލީ ކަމެއް ހަނދާންވެގެންނެވެ. އޭނާގެ ކުރިމަތީ މިވަގުތު އެހުރީ ޝާމާގެ ސިފައިގަ ހުއްޓަސް ޝާމާއެއް ނޫންކަން މާޒިންއަށް އެނގިއްޖެއެވެ. އޭނާގެ ގާތުގައި ޝާމާއާ ވައްތަރު ކުއްޖަކު ދުށީންތޯ އޭނާ އޮތީ އަހާފައެވެ.
“އައި އޭމް ސޮރީ، އަހަރެންނަށް އޮޅުނީ، ހީކުރީ ތީ އަހަރެން ދަންނަ ކުއްޖާކަމަށް. ރަނގަޅަށް ބަލާލީމަ އެނގިއްޖެ ތީ އޭނައެއްނޫންކަން. ޔޫ ހޭވް ލޯންގް ހެއާ…” މާޒިން ފަރުވާތެރިކަމާއެކު ޝާއިނާގެ މޫނަށް ބަލަމުން ވާހަކަދެއްކިއެވެ.
“ދަންނަ ކުއްޖެކޭ… އެމީހަކީ…” އެ ޒުވާނާ އެދައްކަނީ ޝާމާގެ ވާހަކަހެން ޝާއިނާއަށް ހީވިއެވެ.
“އާނ!… ޔެސް!… ޔޯ ސިސްޓަރ ދޯ އެއީ.” މާޒިން ހިނިތުންވެލިއެވެ.
“އޭނަ ބުނެފަ އޮތީ އޭނާއާ ވައްތަރު ކުއްޖަކު އުޅޭކަން. ސޯ، ޔޫ މަސްޓް ބީ ޓުވި…” މާޒިންގެ ވާހަކަ ނުނިމެނީސް ސަރައްކާލި ތެރެއިން މީހަކު ގޮވާލައިފިއެވެ.
“މާ..ޒި..ން…” ޝާމާ ގޮވާލިއެވެ. ޝާއިނާގެ ގާތުގައި ހުރެފައި މާޒިން ބަލާލިއެވެ.
“ކީއްތަ ތިކުރަނީ؟… މިއަންނަނީއޭ ބުނި މީހާތީ. ކޮންއިރެއް ހޯދާތާ. ދެން ވެސް ތިހެން ނުހުރެ އާދެބަލަ… އައި ނީޑް ޔޯ ހެލްޕް” ޝާމާ ވާހަކަދެއްކީ ނިކަން އަވަހާއެވެ. ހީވީ ޝާއިނާގެ ގާތުގައި މާޒިން ހުރީތީ އެކަމާ އޭނާ ގަޔާނުވީ ހެންނެވެ. އެހެންވެ އެތަނުން އަވަހަށް މާޒިން ދުރަށްލާން ގަސްދުކުރީއެވެ. ނަމަވެސް މާޒިން ހިނގައިނުގަތުމުން ޝާމާ އަނެއްކާވެސް ހަޅޭލަވައިގަނެއްޖެއެވެ. ވަގުތުން އަންނަން މާޒިންއަށް އަމުރުކުރިއެވެ.
“ވެލް… ދެން. އަންޓިލް ނެކްސްޓް ޓައިމް…” ޝާއިނާއަށް ހިނިތުންވުމެއް ދީފައި މާޒިން ހިނގައިގަންނަންވީއިރު ޝާމާ އައިސް އޭނާގެ އަތުގައި ހިފައިފިއެވެ.
މާޒިން ގޮވައިގެން ޝާމާ ހަލުވިކޮށް ހިނގައިގަތީއެވެ. އެ މަންޒަރު ބަލަން ހުރި ޝާއިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް ޝާމާގެ ހަރަކާތްތައްވީ އާކަމަކަށެވެ.
“ކީއްވީތަ؟. ތިހާ އަވަސްއަރުވާލާފަ ކޮންކަމެއް ކުރަން އޮތީތަ؟.” މާޒިންގެ އަތުގައި ހިފާ ދަމަމުން ޝާމާ އަންނާތީ އޭނާ ސުވާލުކުރިއެވެ. އިމާރާތުގެ ދެފަރާތުން އެރެން ހުންނާތީ، މާޒިން ގޮވައިގެން ޝާމާ އައިސް ހުއްޓުނީ އަނެއްފަރާތުގެ ސިޑިއާ ދިމާގައެވެ. މާޒިންއަށް ވީގޮތެއް މާބޮޑަށް އޮޅުން ނުފިލިނި ނަމަވެސް ޝާމާ ހުއްޓުމުން އޭނާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
“ހޭ!… އެއީ ކުރިން ދުވަހު އަހަރެން ކައިރީ ދެއްކި ވާހަކައަކީ. ތީ ޓުވިން ސިސްޓާރސް ދޯ. ސޯ ކިއުޓް!.” މާޒިން ހިނިއައިސްފައި ހުއްޓެވެ.
“ކަލޭ ނުވާނެ އޭނާއާ ކައިރިވެގެން.” ޝާމާގެ ނަޒަރު މާޒިންއާ އަމާޒުވެލިއިރު އެ ބެލުމުގައިވަނީ ނުރައްކާތެރި އިންޒާރެކެވެ.
“ކައިރިވެއްޖެއްޔާ… ހަމަ ހުވާ މިކުރީ، އަހަރެން މަޑަކުން ނުހުންނާނަން. މުޅި އުމުރަށް ކަލޭ އެކަން ރިގްރެޓްކުރާވަރު ކުރާނަން. ހަނދާންކުރާތި!.” ޝާމާގެ އަޑުގައިވީ ހަރުކަށިކަމެވެ.
“އޯ!… ބިރުގަނެއްޖެ!…” މާޒިން ބުނެލީ މާނައެއްނެތް ގޮތަކަށެވެ. ޝާމާގެ ބަސްތަކުން ކުޑަކޮށް ވެސް އޭނާ ޖެހިލުންވީކަމުގެ އަސަރެއް އެ މޫނަކު ނުވެއެވެ.
“މާޒް… އަހަރެން ހުންނާނަން މާޒިންއަށް ޓަކައި. ޑޯންޓް ލެޓް ހާ ޑިސްޓްރެކްޓް ޔޫ.” ޝާމާގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ބާރުވެ ހަރުކަށިކަންވީ އަޑު ވެސް މަޑުވީއެވެ. މާޒިންގެ މޭމަތިން ގަމީހުގައި ހިފާލުމާއެކު ޝާމާ ގާތްވެލައިފިއެވެ.
“އޯކޭ…” ޝާމާގެ ނޭވާ އިޙްސާސްވާހާ މޫނު ކައިރިވެލިމުން މާޒިން ބުންޏެވެ.
“ޝާމާ!…” ހަނާއަށް ގޮވާލެވުނެވެ. އޭނާގެ އަޑު އިވުމާއެކު މާޒިންގެ މޭގައި ޖައްސާލެވިފައިވި ދެއަތުން ޝާމާއާ ދުރަށް އޭނާ ކޮށްޕާލިއެވެ. އަދި ހަނާއަށް ޝާމާ ބަލާލިއެވެ. އެ މޫނުން ހީވަނީ ފެނުނު މަންޒަރު ޤަބޫލުނުކުރެވިފައި ހުރީ ހެންނެވެ.
“ވަ… ވަޓްސް ގޮއިން އޮން…” މާޒިންއާއި ޝާމާއަށް ވަކިވަކިން ހަނާ ބަލާލިއެވެ.
ސިއްރުން ކަހަލަ ގޮތަކަށް ދަނީއޭ ޝާމާ ބުނެލުމާއެކު ހަނާގެ ގާތަށް އޭނާ އަތުވެއްޖެއެވެ. ދެން ވެސް ހަނާ ސުވާލުކުރީ މާޒިންއާއެކު ކުރަނީ ކީއްތޯއެވެ. އެހިނދު ޝާމާ ބުނީ ވާހަކައެއް ދައްކާލީކަމުގައެވެ.
“ލައިބްރަރީއަށްތަ؟.” ޝާމާ އަހާލިއެވެ.
“އާން!… ބްރޭކްވީމަ.” ހަނާ ބުނެލިއެވެ.
ޝާމާ ޚިޔާލުދިނީ ކެފެޓީރިއާއަށް ގޮސްލުމަށެވެ. އޭނާ ކޮފީ ދޭނަންކަން ބުންޏެވެ. ހަނާއަށް ވެފައި ހުރި ގޮތް ފެނުމުންނެވެ. ހަނާ އެއްބަސްވުމުން ދެ އަންހެންކުދީން އައީ ކޮފީ ބޯށެވެ. ކެފެޓީރިއާގެ އެތެރެއިން މޭޒެއް ގައި ދެ ކުދީން ތިއްބެވެ. ފުރަތަމަ ވާހަކަދެއްކީ ވެސް ހަނާއެވެ. ޝާމާއާއެކު ހުރީ ފިރިހެންކުއްޖާއަށް ކިޔަނީ މާޒިން ދޯއޭ އޭނާ އެއްސެވެ. އެއާއެކު ޝާމާ އާނއެކޭ ބުންޏެވެ.
“އޭނާއޭ ކިޔައިގެން ދައްކާ ވާހަކަތައް އަޑެއް ނާހަންތަ؟.” ޝާމާގެ ފަރާތުން ފެންނަ ހަމަހިމޭންކަން ހަނާއަށް ނުތަނަވަސްކަން ގެނުވިއެވެ.
“އޭނާއޭ ކިޔައިގެން އެކަކުވެސް ރަނގަޅު ވާހަކައެއް ނުދައްކާ. އެހާ ފްލާޓީވާނެ، މި ޑިޕާޓްމެންޓްގަ ހިޔެއްނުވޭ އޭނާ ކައިރިނުވާ އަންހެންކުއްޖަކު އުޅޭނެހެން… ޝާމާ، އޭނާއާއެކު އުޅެން އެއީ ރަނގަޅު ކުއްޖެއްނޫން. އޭނާއާއެކު ޝާމާ އުޅޭތަން ފެންނަން ވެއްޖެނަމަ، ޝާމާއޭ ކިޔައިގެން ވެސް ފާޑުފާޑުގެ އަޑުތައް އަރަންފަށާފާނެ…. އެގޮތް…”
ހަނާގެ ވާހަކަ ހުއްޓާލީ ޝާމާގެ ފޯނުން ރަނގަބީލު އަޅާއަޑު އިވިގެންނެވެ. އަތްދަބަހުގެ ތެރެއިން ޝާމާ ފޯނު ނަގައި އެލާމް ކަނޑާލިއެވެ. އަތްދަބަހަށް ފޯނު ލާފައި ދެން އޭނާ ނެގީ ބޭސްކާޑެކެވެ. އެއިން އެއްގުޅަ، މޭޒުމަތީ ހުރި ފެންތަށީގެ ކޯވަރަކާއެކު ޝާމާ ދިރުވާލިއެވެ. މި މަންޒަރު ބަލަން އިން ހަނާއަށް ލިބުނު ސިހުމާއެކު ހިނދުކޮޅަކަށް ގަބުވެފައި ޝާމާއަށް ބަލަން އިނދެވުނެވެ. ދެން އޭނާ ޝާމާއަށް ގޮވާލިއެވެ.
“ތީ… ބާތްކޮންޓްރޯލް ބޭސް ދޯ. އޭގެ މާނައަކީ… މާޒިންއާ… ދެމީހުން… ޔޫ ނޮތް ޖަސްޓް ފްރެންޑްސް…” އަޖައިބުވެ އަންތަރީސްވެފައި އިނދެ ހަނާއަށް ބަސްތައް އަތުރާލެވުނީ ލަސްލަހުން ވަކިވަކިންނެވެ. ޝާމާގެ ފަރާތުން އިޝާރާތެއް ނުވުމުން ހަނާގެ ދެބުމަ ކައިރިވެލިއެވެ.
“އާ ޔޫ ނަޓްސް… ޑޮކްޓަރަކަށް ނުދައްކާ ތިހެން ބޭސްކާން ވެދާނެތަ؟.” ހަނާއަށް ބުނެވުނެވެ.
“އަހަރެން ގައިނީއަކަށް ދައްކަމޭ… މައްސަލައެއް ނޫޅޭ، އައި އޭމް ފައިން.” ޝާމާގެ މޫނުގައިވި އަސަރުން ހީވަނީ ހަނާ މާ ކަންތައް ބޮޑުކުރަނީ ހެންނެވެ.
“ލުކް ހަނާ!… އަހަރެމެންނަކީ މިހާރު ކުޑަކުދިންނެކޭ ނުކިޔާނެ. ވީ އާ ފްރީ ޓު އެކްޓް އެންޑް ޑޫ އޭސް ވީ ޕްލީޒް.” ބޮޑުކަމެއްނޫނޭ ހީވާހެން ބޯއަރިކޮށް ހަނާއަށް ބަލަން އިނދެ ޝާމާ ބުންޏެވެ.
“ޝާ..މާ..!، ވަޓް އަބައުޓް ރާޔަން؟.” ހަނާއަށް މިފަހަރު އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
“ވަޓް އަބައުޓް ހިމް؟. ވީ އާ ޖަސްޓް ފްރެންޑްސް، ދެޓްސް އޯލް.” ޚިޔާލަކަށް ގެއްލިފައި އިންހެން ދުރަށް ބަލަން އިނދެފައި، އާދައިގެ ގޮތަކަށް ޝާމާ މިހެންބުނެ ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި އޭނާގެ ނަޒަރު ހަނާއާ އަމާޒުވެލިއިރު އެ ދެ ލޯ ހިމަކޮށްލެވިފައި ވިއެވެ. އެ ބެލުމުގައިވީ މީހުން ޖެހިލުންވާފަދަ އަސަރެކެވެ.
“ދޮގެއްތަ މިބުނީ؟.” ޝާމާ އަހާލިއެވެ.
“އަހަރެން… އަހަރެން ދާން ޖެހިއްޖެ. ކަމެއްކުރަންވެފަ އޮތްކަން ހަނދާންނެތިފަ މިއިނދެވުނީ…”
ހަނާއަށް އެއްގޮތަކަށް ވެސް ޝާމާގެ ފުށުން ފެނުނު ކަންކަން ކަމަކުނުދިޔައެވެ. އެ އަންހެންކުއްޖާގެ ކުރިމަތީ މަޑުކުރަން ބޭނުމެއްނުވިއެވެ. އަވަހަށް ތެދުވެގެން ހިނގައިގަތީ އެހެންވެއެވެ. އޭރު ހަނާގެ ސިކުނޑީގައިވީ ރާޔަންގެ ޚިޔާލުތަކެވެ. އޭނާއަށް ޝާމާ ކަމުދާވަރު ހަނާއަށް އެނގެއެވެ. ޝާމާ ނުފެންނަ ހިސާބަށް އާދެވުމާއެކު ހަނާއަށް ނިތްކުރީގައި ހިފަހައްޓާލެވުނެވެ. އޭނާ ރުޅިގަދަވަނީއެވެ. ޝާމާދެކެއެވެ. ރާޔަންއަކީ ހަމައެކަނި ރަޙުމަތްތެރިއެކޭ ބުނީމައެވެ. އަނެއްކޮޅުން ޝާމާ ކަހަލަ އަންހެންކުއްޖެއް ބޭނުންވެގެން ރާޔަން އުޅޭތީއެވެ. އޭނާ ސާދާ ވިސްނުމުގެ ސަބަބުންނެވެ. އެއްވެސް ކަމެއް ރާޔަންއަށް ނޭނގޭތީއެވެ. މޮޔައެއްހެން ޝާމާގެ ފަހަތުން އޭނާ ދުވާތީއެވެ.
ރާޔަންއަށް ހަނާ ގުޅިއެވެ. އޭނާގެ ކުލާސް ނިންމާފައި ހަނާއާ ޢާއްމުކޮށް ވާހަކަ ދައްކަން ތިބޭ ބެންޗު ކައިރިއަށް އައެވެ. ހަނާގެ މޫނުން ޢާއްމުކޮށް ފެންނަ ހިނިތުންވުން ގެއްލިފައުވާކަން ރާޔަންއަށް ފާހަގަކުރެވުނެވެ. އެހެންވިޔަސް އެކަން ބޮޑުކަމަކަށް ނުހަދާ ބެންޗުގައި ރާޔަން އިށީނެވެ.
“ކިހިނެއްވީ ގުޅީ؟، ޝާމާ އަހަރެންގެ ވާހަކައެއް ދެއްކީތަ؟.” ރާޔަންގެ އަޑުގައި ހިތްއަވަސްވުންވިއެވެ.
“ރާޔަން، ތެދަށް ބުނެބަލަ… ކީއްވެ ޝާމާއަށް އެހާ ކަމުދަނީ؟، އޭނާ ރީތިވީމަތަ؟، އޭނާ އުޅޭ ގޮތުންތަ؟، ނޫނީ ހީނލާފައި ވާހަކަދައްކާއިރު އެހުންނަ ހިތްހެޔޮ ގޮތާއި އޭނާގެ ފުށުން ފެންނަ މައުސޫމްކަންތަ؟.” ހަނާ ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.
“ކިހިނެއްވީ؟، ކުއްލިއަކަށް ތިހުރިހާ ސުވާލެއް ތިކުރަނީ ކީއްވެ؟.” ރާޔަންއަށް ކަމެއް ގޯސްވެއްޖެހެން ހީވާންފެށިއެވެ.
“އަހަރެން މިހާ ސުވާލު ގިނަ މިކުރަނީ ރާޔަންއަށް ރަނގަޅަކަށް، އަހަރެން ބޭނުމެއްނޫން ރާޔަންއަށް ދެރައެއް ލިބޭކަށް، ޝާމާއަކީ ރާޔަން ތި ހީކުރާ ކަހަލަ ކުއްޖެއްނޫން…” ރާޔަންގެ މޫނުން ހިތްހަމަނުޖެހުން ފާޅުވެލިތަން ހަނާއަށް ފެނުނެވެ. އޭނާ ބެންޗުން ތެދުވުމުން ހަނާ ވެސް ވަގުތުން ތެދުވިއެވެ.
“ޖަސްޓް ލިސެން!… ރާޔަން ހީކުރާހާ، އޭނާއަކީ ހިތްހެޔޮ، މައުސޫމް ކުއްޖެއްނޫން” ރާޔަން އަޑުއަހަން ބޭނުންނުވަނީކަން އެނގުމުން އޭނާއަށް ވިސްނައިދޭން ހަނާ ބޭނުންވިއެވެ.
“ސީރިއަސްލީ، ކީއްވެފަތަ ތިހުރީ… އަހަރެން ހިޔެއްނުކުރަން ތިކަހަލަ ވާހަކަތަކެއް ހަނާ ދައްކާނޭ. ބުނަން، ތިބުނި އެއްވެސް ކަމެއްވެގެންނެއްނޫން އަހަރެން އޭނާދެކެ ލައިކްވަނީ… އަދި ބުނަން… އަހަރެން ކައިރީ ދެން އެއްވެސް ވާހަކައެއް ނުދައްކާތި، އަހަރެން ވެސް ބޭނުމެއްނޫން ހަނާއާ އެއްވެސް ކަމެއް ޚިއްޞާކުރާކަށް. އައި ތިންކް ވީ އާ ޑަން ހިއާ… އަހަންނަށް ރަނގަޅު ގޮތް ހަނާ ވިސްނާކަށް ނުޖެހޭނެ، އަހަރެން އަމިއްލައަށް ރައްކާތެރިވާން އަހަންނަށް އެނގޭ.”
“އަހަރެމެންނަކީ ރައްޓެހިންނެއްނޫންތަ؟. އެކަކުއަނެކަކަށް ރަނގަޅުގޮތް ބުނެދިނުމަކީ ރައްޓެހިންގެ ގޮތެއްނޫންތަ؟.” ރާޔަން ހިތްހަމަނުޖެހުނު ވަރު ފެނިފަ ހަނާ ބުނެލިއެވެ.
“ޝާމާއަކީ ވެސް ހަނާގެ ރައްޓެއްސެއް، އެކަމަކު އޭނާ ނެއްތާ އޭނާގެ ވާހަކަ ހަނާ ތިދައްކަނީ. އެވެސް ރައްޓެހިން ކުރާ ކަންތައްތަ؟، ހަނާ!… ހަމަތެދަށް އަހަރެން ވަރަށް ޑިސެޕޮއިންޓްވެއްޖެ ހަނާއާ މެދު. އަހަރެން ބޭނުމެއްނޫން މަޑުކުރާކަށް. ދަނީ.” ރާޔަން އެނބުރި ހިނގައްޖެއެވެ. ހަނާއަށް ރައްދުގައި އެއްޗެއް ބުނަން ނުކެރިފައި ހުރެވުނީއެވެ.
ބައެއް މާއްދާތައް ކިޔެވުމަށް ކުލާހުގެ ދަރިވަރުން ރޫޅި، އެ މާއްދާއެއް ކިޔަވާ ދަރިވަރުންނާ ގުޅެއެވެ. އެގޮތުން ޝާއިން ވެސް އޭނާގެ ތިންވަނަ ގަޑިއަށް ކުލާސް ބަދަލުކުރިއެވެ. މާއްދާތަކުގެ ތާވަލު އޮތް ކަރުދާސްކޮޅުގައިވި ކުލާސް ނަންބަރު ހޯދާ އެކުލާހަށް ޝާއިނާ ވަނެވެ. އޭރު އަދި މޭޒުތައް ނުފުރެއެވެ.
“ހޭ… ސޭމް ކްލާސް ދޯ. ދިސް ސީމްސް ލައިކް އެން އޮޑް ޓުވިސްޓް އޮފް ފޭޓް.” މޭޒެއްގެ ދޮށުގައި އިން މާޒިން ހަނާ އަޅާލިއެވެ. ޝާއިނާ އިށީނުމުން އޭނާގެ ގާތުގައި މާޒިން އިންތަނުން ތެދުވެގެން އައިސް އިށީނެވެ. ދެވަނަ ފަހަރަށް ބައްދަލުވީމަ ރަޙުމަތްތެރިކަން ހުށަހެޅިއެވެ. ފޯނު ނަގަމުން ޝާއިނާގެ ނަންބަރު ލިބިދާނެތޯ އަހާލިއެވެ.
“ކީއްކުރަން އަހަރެންގެ ނަންބަރު ދޭންވީ؟.” ގަޔާނުވެފައި އިން ރާގެއްގައި ޝާއިނާ ބުންޏެވެ.
“ވާއު!… ރުޅިއައީތަ؟، ޔޫގެ ސިސްޓާރއާ ހެދިތަ؟.” މާޒިން ބުންޏެވެ. ޝާއިނާގެ ސިކުނޑިއަށް ޝާމާ އުޅުނު ގޮތުގެ މަންޒަރު ސިފަވިއެވެ. މަޑުމަޑުން އެ ތުންފަތް ދެމިލިއެވެ. މީހާއަށް ބަދަލުތަކެއް އައި ކަހަލައެވެ. އޭނާ މާޒިންއަށް ބަލާލިއެވެ.
“ޝާމާއަކީ ޝާމާ، އަހަންނަށް… ހީވަނީ އެހާ ފަސޭހަވެއްޖެއްޔާ އެކަމުގައި މަޖަލެއްކޮބާ؟، އެހެންނޫނަސް އަހަރެންނަކީ އަހަރެންގެ އެއްޗެހި އެހެންމީހުންނާ ޝެއާކުރަން ޝައުގުވެރިވާ މީހެއްނޫން… އަހަރެން ސިސްޓާރޔާ ވެސް…” ޝާއިނާ އެއްމިޔަ ކަނުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ތަފާތު ވިދުމެއް އެ ދެ ލޮލުގައިވިއެވެ. ދެން ކުއްލިއަކަށް ފުންނޭވާއެއް ދޫކޮށްލާފައި މޫނު އަނބުރާލިއެވެ.
“އެކަން ނިމުމަކަށް އައީމަ އަހަރެން ކައިރީ ބުނެލާ، އޭރުން ފަހަރެއްގައި އަހަރެން ވިސްނަފާނަން.” ފަރުވާކުޑަ ރާގެއްގައި ޝާއިނާ ބުނެލިއެވެ. މާޒިން އިރުކޮޅަކު އިނދެފައި ޝާއިނާގެ ގާތުން ތެދުވިއެވެ. އަދި އޭނާ އިހު އިންތަނަށް ބަދަލުވެއްޖެއެވެ.
“ޝީ އެންޑް ހާ ސިސްޓަރ ހޭވް އަ ސިމިލާ ވައިބް، ބަޓް އޯލްސޯ ނޮޓް…” މާޒިންގެ ޚިޔާލީ އަޑު ހުއްޓުމަކަށް އައީ ކުލާހަށް ވަން ލެކްޗަރާގެ ސަބަބުންނެވެ.
* * * * *
“ވަޓްސް އަޕް ހަނާ.” ކެފެޓީރިއަށް ވަދެގެން އައި ލިއުޝާ ގޮވާލިއެވެ. އަދި ހަނާ އިން މޭޒުދޮށުގައި އޭނާ އައިސް އިށީނދެއްޖެއެވެ.
“ހިތަށް އެރީ ކުރީން ދުވަހު އަހަރެމެން ކޮފީބުއި އިރު ލިއު ޕޭކުރީމަ، މިއަދު އަހަރެން ދޭނީއޭ…” ހަނާ ބުނެލިއެވެ.
“އޯ، އެހެންތަ… ދެޓް ސައުންޑްސް ގްރޭޓް، ވަރަށް ބަނޑުހައިވެފަ މިއިނީ ވެސް.” މޭޒުމަތީ އޮތް ކުޑަ މެނޫ ނަގަމުން ލިއުޝާ ބުންޏެވެ.
“ޝާމާ ދުށީންތަ؟. އޭނާގެ ކުލާސް ވެސް މިހާރު ނިމޭނެކަންނޭނގެ… ގުޅަންވީ ކަންނޭނގެ.” ލިއުޝާ އަތްދަބަހުން ފޯނު ނަގަން އުޅުނެވެ. އެހިނދު ހަނާ އޭނާ ހުއްޓުވިއެވެ.
(ނުނިމޭ)